ޕްރޮމޯޝަނަލް ނިއުސް

މެޕްސް ކޮލެޖްގެ ޓްރިވިއާ ކުއިޒްގައި ބައިވެރިވެގެން ހިލޭ ކޯހެއް ހޯދުމުގެ ފުރުސަތު

މެޕްސް ކޮލެޖް. އެ ކޮލެޖުން ހާއްސަ ކުއިޒެއް ބާއްވަން ވަނީ ނިންމާފައި --- ފޮޓޯ/މެޕްސް

ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދިނުމުގައި ގިނަ ދުވަސްވެފައިވާ މެޕްސް ކޮލެޖުން އަންނަ އަހަރު ފާހަގަކުރާ، އެ ކޮލެޖުގެ ރިހިޔޫބީލްއަށް ހާއްސަ ހަރަކާތްތަކުގެ ތެރެއިން އާއްމުންނަށް ހުޅުވާލައިގެން ހާއްސަ ކުއިޒް މުބާރާތެއް ކުރިޔަށް ގެންދަން ނިންމައިފި އެވެ.

"މެޕްސް ޓްރިވިއާ ކުއިޒް 2023" ގެ ނަމުގައި އޮންލައިންކޮށް ކުރިއަށް ގެންދާ މި ކުއިޒް މުބާރާތުގައި 18 އަހަރުން މަތީގެ ކޮންމެ ފަރާތަކަށް ވެސް ބައިވެރިވެވޭނެ އެވެ.

މެޕްސް ކޮލެޖުގެ ފޭސްބުކް މެދުވެރިކޮށް އާއްމުންނަށް ބައިވެރިވެވޭ މި ކުއިޒް މުބާރާތް ކުރިޔަށް ދާނީ މާދަމައިން ފެށިގެން އަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

މެޕްސް ކޮލެޖުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ކޮންމެ ދުވަހަކު ހާއްސަ ސުވާލެއް އާއްމުންނަށް ދޫކޮށްލުމަށްފަހު އެ ސުވާލަށް ޖަވާބު ދިނުމުގެ ފުރުސަތު އެ ދުވަހެއް ނިމެންދެން ލިބޭނެ އެވެ. އެ ކުއިޒްގެ ސުވާލުތައް ބިނާކޮށްފައިވަނީ އެ ކޮލެޖުން ހިންގާ ކޯސްތަކާއި ކޮލެޖް ވުޖޫދަށް އައިގޮތުގެ މައްޗަށެވެ.

"މެޕްސް ޓްރިވިއާ ކުއިޒް 2023" ގެ ނަމުގައި އޮންލައިން ކޮށް ކުރިޔަށްގެންދާ ކުއިޒް. މި ކުއިޒްގައި 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ -- ފޮޓޯ: މެޕްސް

މި ހުރިހާ މައުލޫމާތެއް ވެސް މެޕްސް ކޮލެޖުގެ ވެބް ސައިޓުން ލިބޭނެ ކަމަށް އެކޮލެޖުން ބުންޏެވެ. މި ކުއިޒް މުބާރާތުން އެއްވަނަ ލިބޭ ފަރާތަކަށް މެޕްސް ކޮލެޖުން ހިންގާ ކޮންމެ ކޯހެއް ވެސް ކިޔެވުމުގެ ފުރުސަތު ހިލޭ ލިބޭނެ އެވެ. އަދި އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އެންމެ މަތިން މާކްސް ހޯދައިފިނަމަ އެއް ވަނައަށް ދާ ފަރާތެއް ހޮވާނީ ގުރުއަތުލައިގެން ކަމަށް މެޕްސް ކޮލެޖުން ބުންޏެވެ.

އެ ކޮލެޖުން ވަނީ އެ ކޮލެޖަށް 25 އަހަރު ފުރޭ ރިހިޔޫބީލަށް އަމާޒުކޮށްގެން މި ދިޔަ މަހު "މެޕްސް ކުއެސްޓް" ގެ ނަމުގައި ވެސް ވަރަށް ފޯރިގަދަ ހަރަކާތެއް ބާއްވާފަ އެވެ. މެޕްސް ކޮލެޖުގެ ދަރިވަރުން ބައިވެރިވި މި ހަރަކާތަކީ މެޕްސް ކޮލެޖާއި އާބަންކޯ ގުޅިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިޔަށްދިޔަ ހަރަކާތެކެވެ. ޖުމްލަ 20 ސެގްމެންޓަށް ބަހާލައިގެން ކުރިޔަށް ގެންދިޔަ "މެޕްސް ކުއެސްޓް" ކާމިޔާބު ކޮށްފައިވަނީ ހަތަރު ދަރިވަރުން ހިމެނޭ 'ޓީޓީއެން' ގްރޫޕެވެ.

މި ދަރިވަރުންގެ ގްރޫޕަށް ފައިސާގެ އިނާމުގެ ގޮތުގައި 4،000 ރުފިޔާ ދީފައިވެ އެވެ. އެ ހަރަކާތަކީ ކުރިމަގުގައި ބޭއްވޭ މިފަދަ ހަރަކާތްތަކުގައި ދަރިވަރުންގެ ބައިވެރިވުން އިތުރު ކުރުވުމަށް ހިތްވަރު ދީ، ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުނަރު ކުރިއެރުވުމާއި ތައުލީމީ ހަޔާތުގައި ދިމާވާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް އަމަލުކުރާނެ ގޮތްތަކަށް ދަރިވަރުން ހޭލުންތެރިކުރުވުމަށް މަގުފަހިކޮށްދިން ހަރަކާތެކެވެ.

MAPS College

MAPS College

Mapping Your Path to Success

MAPS College

މެޕްސް ކޮލެޖުގެ ވެބްސައިޓް

މެޕްސް ކޮލެޖަކީ 1999 ވަނަ އަހަރު ހުޅުވި އަދި ރާއްޖޭގެ އެންމެ ދުވަސްވީ އެއް ކޮލެޖެވެ. މެޕްސް ކޮލެޖުން އަންނަނީ 2019 ވަނަ އަހަރުން ފެށިގެން ކާމިޔާބުކަމާ އެކު އޮންލައިންކޮށް މަތީ ތައުލީމު ދިނުމުގެ ހިދުމަތް ދަރިވަރުންނަށް ފޯރުކޮށްދެމުންނެވެ. ސެޓްފިކެޓް ލެވެލްއިން ފެށިގެން ބެޗެލާސް ޑިގްރީގެ ކޯސްތަކާ ހަމައަށް މެޕްސް ކޮލެޖުގައި ކިޔެވުމުގެ ފުރުސަތު ދަރިވަރުންނަށްވަނީ ހުޅުވާލައިފަ އެވެ.

މެޕްސް ކޮލެޖުން ހިންގާ ބެޗެލަރސް ޑިގްރީގެ ހުރިހާ ކޯސްތަކަކީވެސް ސަރުކާރުގެ ހިލޭ ޑިގްރީއަށް ކިޔަވައިދޭ ކޯސްތަކެކެވެ. އަދި ދުނިޔެ ގަބޫލުކުރާ އެސޯސިއޭޝަން އޮފް ޗާޓަޑް ސަޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ)ގެ ކޯސްތަކާއި އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ އޮފް ބެޑްފޯޑްޝަޔަގެ މާސްޓާސް ކޯސްތައް ވެސް މެޕްސް ކޮލެޖުގައި ހިންގަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454