ވިޔަފާރި / ފްލެޓް

ހިޔާ ފްލެޓްގެ ކުލިން ކުޑަކުރި ބައި ހަމަޖައްސަން ބަޖެޓުން 177 މިލިއަން

ހިޔާ ފްލެޓްތަކެއް. ފްލެޓްތަކުގެ ކުލި ހަމަޖައްސަން ދައުލަތުން 177 މިލިއަން ރުފިޔާ ހޭދަކުރޭ -- ފޮޓޯ: މިހާރު

ހިޔާ ފްލެޓްގެ ކުލި ކުޑަ ކުރުމުން، އެ ހަރަދު ހަމަޖައްސަން އަންނަ އަހަރުގެ ބަޖެޓުގައި 177 މިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ ބަޖެޓް ރިޕޯޓުގައިވާ ގޮތުން، އެއަދަދު އާބަންކޯއަށް ދެނީ، ހައުސިން ސަބްސިޑީގެ ގޮތުގައި ކަމަށެވެ. އަދި މި ސަބްސިޑީއަކީ، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ މުއްދަތަށް ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމުން ކުރިމަތިވާ ދަތިތަކަށް އާބަންކޯގެ ކޭޝްފްލޯ މެނޭޖްކުރަން ދޭ އަދަދެކެވެ. އަދި މެދުރާސްތާގައި ކުންފުނީގެ އާމްދަނީ ރަނގަޅުވެ، ކޭޝްފްލޯއަށް ދަތިނުވާނެ ކަމަށް ބެލެވޭތީ މި ސަބްސިޑީ ހަމައެކަނި ދޭނީ އަންނަ އަހަރު އެކަނި ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

މިދިޔަ މެއި މަހު ސަރުކާރުން ވަނީ ހިޔާ ފްލެޓްތަކުގެ ކުލި 6،300ރ. އަށް ކުޑަކޮށްފަ އެވެ. ކުރިން ހިޔާ ފްލެޓްގެ ކުލީގެ ގޮތުގައި 8،500ރ. ދައްކަން ޖެހެ އެވެ. މި ބަދަލާ އެކު ހިޔާ ފްލެޓް މުޅި ލޯނުގެ މުއްދަތު 25 އަހަރުން 27 އަހަރަށް ވަނީ އިތުރުކޮށްފަ އެވެ. އެކަމަކު އާބަންކޯ އިން ބުނީ އިތުރުވާ ދެ އަހަރު ލޯނަށް އިތުރު އިންޓްރެސްޓެއް ނުނަގާނެ ކަމަށެވެ.

ހިޔާ ފްލެޓަށް މަހަކު ދައްކަން ޖެހޭ އަދަދު ކުޑަކޮށްދޭން ސަރުކާރުން ނިންމީ އެތަނުގެ ފިނިޝިން ނިންމަން އެ ތަންތަނުގެ ވެރިން ބޮޑު ހަރަދެއް ކޮށްފައި ވާތީ، އެ މީހުންނަށް ކުރިމަތިވެފައިވާ މާލީ ދަތި ކަމަށް ލުޔެއް ހޯދައިދިނުމުގެ ގޮތުންނެވެ.

ހިޔާ ފްލެޓްގެ އަގު މިއަހަރު ކުޑަ ކުރި އިރު، މީގެ ކުރިން ސަރުކާރުން ބުނަމުން ދިޔައީ، ކުލި ކުޑަކޮށްގެން ހަރަދުތައް ހަމަޖައްސަން އުނދަގޫވާނެ ކަމަށެވެ. ހިޔާ ފްލެޓްތަކުގެ ކުލިތައް ކުޑަ ކުރި އިރު ބަރާބަރަށް ކުލި ދައްކަނީ 35 ޕަސެންޓު ކަމަށް އާބަންކޯއިން މީގެ ކުރިން ބުނެފައިވެ އެވެ.

ހިޔާގެ 7000 ފްލެޓް އެޅީ 400 މިލިއަން ޑޮލަރު (ހަ ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ.

31 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 0%
icon angry icon angry 88%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިންޒާރު ވާހިދް

03 November 2023

އަޅެ އަހުރެން ކުއްޔަށް އުޅޭތާ 30 އަަހަރު. އަހަރެމެން ދައްކާ ކުލި ކުޑަކުރުމަށް ބަޖެޓް ނުކުރަނީ ކީއްވެ. ތިތާ އުޅޭ މީހުންނަށް ވުރެ މަދެއް ނުވާނެ.އަހުރެމެން މާލޭ ސަރަހައްދުގެ ކުއްޔަށް ބޮޑުއަގުގައި އުޅޭ މީހުންގެ އަދަދެއް.. ހަމަ މިހާރު ބަޖެޓްކުރޭ ކުއްޔަށް އުޅޭ މީހުންގެ ކުއްޔަށް އެހީ ވާން. ނޫންނަމަ ނުލާނަން ވޯޓެއް. ސަރުކާރަކަށް. ވިސްނާލާ.......

The name is already taken The name is available. Register?

ހުޅުމާލެ އަލީ

01 November 2023

ބަލަގަ މަ އަޑުއެހިން ހުޅުމާލޭން ދިވެހިރައްޔިތުންނަށް ގޯތި ދިނީ ސަރުކާރުން އެޗް ޑީ ސީ އަށް ފައިސާދެއްކުމަށްފަހު ކަމަށް. އެހެންކަމަށްވާނަމަ އެ ފައިސާ މިއަންނަ އަހަރުގެ ބަޖެޓުގައި ނުހިމަނަނީތޯ. ނޫންނަމަ. އެޗް ޑީ ސީ އިން ވަކިބަޔަކަށް ބިން ހިލޭ ދިނުމުގެ ސިޔާސަތެއް ގެންގުޅެނީތޯ. މަވެސް މީ ދިވެހި އާދައިގެ ނިކަމެތި ރައްޔިތެއް.އަދިވެސް މި އުޅެނީ ބިމަށް ފައިސާ ދައްކާ ނުނިމިގެން. އަޅުގަނޑުމެނގެ ގޯތީގެ އަގުގެ ބާކީ ބައި މައާފުކޮށްދިނުމުގެ ވިސްނުމެއް ނެތީތޯ. އަބަދުވެސް ލުއިގޮތް މި އޮންނަނީ މާލެއަށް އުފަން މީހުނަށް.އަޅުގަނޑުމެންގެ ހައްގުކޮބާތޯ.

The name is already taken The name is available. Register?

ހަހާ

01 November 2023

ދެން ކަލޭމެން ތިބޭ ބާރަށް އަތްޖަހަން. ހިޔާ ފްލެޓްތަކުގެ ކުލި އެންމެ ފަހުން ދައްކަން މިޖެހުނީ ރާއްޖެ ހުރިހާ ރައްޔިތުންގެ ޖީބުން. 8 ރަށުގެ ބަނދަރު ހަދާހާ ލާރި

The name is already taken The name is available. Register?

މާލެ މީހާ

01 November 2023

ހިޔާ ފްލެޓް ލިބިފައިވާ ގިނަ ފަރާތްތަކަކީ ރަށްރަށުގެ ރައްޔިތުން ވީމާ، ހަމަ މާލެ މީހުންނަށް ފްލެޓް ދިނޭ ބިން ދިނޭ ކިޔާ އެކަކު އަނެކަކު ދެކެ ރުޅިއައުމުގެ ބޭނުމެއްނެތް ދެރަކަމަކީ ތިޔަ ހިޔާ ފްލެޓް ރައްޔިތުންނަށް ދިން އިރު އެތަންތަން ނުނިންމާ ދިނުން އަދި މިހާރުވެސް ތިޔަ ތަނަށް ބަޖެޓްއިން ތިހާ ބޮޑެތި ޙަރަދުތައް ކުރަން ނިންމާއިރު އެހެން ރައްޔިތުންނަށް އަދި އެހެން މުހިއްމު ޙަރަދުތައް ކުރަން އޮތް ބަޖެޓްގެ ބޮޑު ބައެއް އުނިވާކަން

The name is already taken The name is available. Register?

ހަމަދު.

01 November 2023

ރަށްރަށު މީހުންނަކަށް ނުދޭ . ފުލެޓް ދިނީ ހަމަ ތިރަށު މީހުންނަށް. ތިރަށުގައި އޮންނަ ދަފުތަރުގައި ޖެހިފައިތިބޭނީވެސް ތިރަށު މީހުން. އަމިއްލަ ރަށު މީހުންނާއި މެދު ހާދަ ހަސަދަވެރި ބައެކޭ މިއީ. ބޮޑާ ވެގަތުމުގައިވެސް ތިއީ ތަންކޮޅެއް ބޮޑުވަރު.

The name is already taken The name is available. Register?

ޖުލައި2021

01 November 2023

ވިނަރެސް ފުލެޓްތަކުގެ ކުއްޔައްވެސް ލުއިދިނުމަށް ރައީސް ޑރ.މުއިއްޒު ވީ ވައުދުވެސް ފުރަތަމަ 100 ދުވަހުތެރޭގައި ފުއްދަވާނެކަމަށް ގިނަބަޔަކު ތިބީކެއްމަދުވެފަ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

01 November 2023

ސިންގަޕޯރ، ޤަތަރު، ސްވިޓްޒލެންޑް ފަދަ ޤައުމުތަކުގައި ނުކުރާ ހޭދަ މާލޭސަރުކާރުން ކުރަންރާވަނީ އެވަރަށް ފައިސާ ހުރީމަތޯ. # ކ.އަތޮޅު މާލޭމީހުންނަށް "އަގު ހެޔޮކޮށް" ސޯޝަލް ހައުސިންގ ފުލެޓްދީފައި އަދި ސަބްސިޑައިޒްކޮށް ކުލީގެއެއްބައި ދައްކާނަމަ މާލޭމީހާ އަތުން އެތަންތަން ކުއްޔަށްހިފައިގެންތިބި "ކުލީ އަޅުންގެ 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ސަރުކާރު ސްކޫލްތަކަށް ކިޔަވަންދާ" އެހެންރަށްރަށު ކުދިންނަށް Lodging Allowance ނުދޭވީ ސަބަބެއްވެސް ނެތް.

The name is already taken The name is available. Register?

މަންދިޔެ.

01 November 2023

100 ގެ ވާހަކައެއް. އަހަރުމެންގެ މެންބަރުން މީ ކީއްކުރަން މަޖިލީހުގައި ތިބޭ ބައެއް ؟

The name is already taken The name is available. Register?

ދޫގަސް.

01 November 2023

ބަލަ އަފީފު ދީދީގެ އަްޑޫސިތީ މެންބަރުންނަށް ހުށަހަޅައިގެން މާލޭގައި ކިޔަވަންތިބޭ އައްޑޫ ކުދިންގެ އާއިލާތަކަށް ސަބްސިޓީގެ ތެރެއިން ފައިސާ ލިބޭނެގޮތް ހަމަޖައްސަން އަމިއްލައަށް އުޅެންވީނު. އެކަންކަންވެސް ކޮށްދޭން ޖެހެނީ މާލޭ މެންބަރުންތަ ؟ މިއީ އަޖައިބެއް ކަހަލަ މީހެއް.

The name is already taken The name is available. Register?

ޥާނުވާ

01 November 2023

ހިލޭ ބިންދިނީމަ ވެސް ތިޔަބުނާ އާދަންކޮޔަށް ކޭޝްފްލޯ މަޅިނާރާތަ. ޙަމަ އެކަނި ހިޔާ ފްލެޓުގެ ނަމުގަ ތިޔަ ބަޖެޓުކުރި އެއްޗަކީ ބިންތައް ހިލޭ ބަހާލުމުން އަރާ ކޭޝްފްލ9 މައްސަލަތައް ހައްލުކުރަން ނަގާ އެއްޗެއް. އޮޅުވާނުލާ. ހިލޭ ބެހި ބިންތައް އަގު ކޮއްފަ ޕަބްލިޝް ކޮއްބަލަ. ޢޭރުން އެނގޭނެ މ8ވާނުވާ.

The name is already taken The name is available. Register?

ހައްވައްތަ

01 November 2023

ނުލިބޭނެ ވޯޓެއް. ނާންނާތި

The name is already taken The name is available. Register?

ޖަމީލާ

01 November 2023

މީ ދޯ މުއީޒްއަށް ވޯޓު ދިން ސަބަބަކީ؟ ހިޔާފުލެޓުގަ ގިނައިން އުޅެނީ ޕީޕީއެމް ނޫނީ މުއީޒްގެ ސަފޯޓަރުން. އެމީހުނަށް އަހަރަމެން ރެއާއި ދުވާލު މަސައްކަތްކޮށް ދައްކާ ޓެކުސް ފައިސާއިން މިޖެހެނީ ކުލި ދައްކަން! ދެން ބާކީ ހުރި އެތިކޮޅު މަހަކު 170،000ރ ނަޝީދު، މައުމޫނު، ޔާމީން، ވަހީދު ކަހަލަ މީހުންނަށް ދޭން! ބޮޑުވަރު

The name is already taken The name is available. Register?

ގުބޯގުބޯ

01 November 2023

އަހަރެމެން ޓެކްސް އަށް ދައްކާ ފައިސާ ސަބްސިޑީއޭ ކިޔައި ތިހެންދީގެންނުވާނެ. އެމީހުން މީގެކުރިންވެސް އެޅެމުންދިޔައީ ތަންތަން ކުއްޔަށް ހިފައިގެން 8500 ރުފިޔާ މާލެ ސަރަހައްދުން އެޕާރޓްމަންޓަކަށް ދައްކަންޖެހުނީމަ އެބޮޑުވެގެން، އެއީ ބޮޑު ކުއްޔެއް ނޫން. ތިހެން ސަބްސިޑީ ދިނުމަކީ އިންސާފެއްނޫން، އެވެސް އަހަރެމެންގެ ޓެކްސް ފައިސާއިން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454