05 ނޮވެމްބަރ 2023 - 08:41
ރައްޔިތުންގެ މަޖިލީހުގައި ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ނުގެންދެވިގެން އެމްޑީޕީން ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ، ނަޝީދު ވަކިކުރާ މައްސަލައިގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އުޒުރުވެރިވެވަޑައިގެންފި އެވެ.
އީވާގެ އެ ނިންމެވުމާ ގުޅިގެން، ނަޝީދު ވަކިކުރާ މައްސަލަ ކުރިއަށް ގެންދަން މިއަދު ބާއްވަން ތާވަލުކުރި ޖަލްސާ ވެސް ވަނީ ކެންސަލްކޮށްފަ އެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީގެ 49 މެމްބަރުން ސޮއި ކުރައްވައި ހުށަހެޅި މައްސަލައިގެ ނޯޓިސް މުއްދަތު ހަމަވުމަށް ފަހު މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން އެހެން ހުރިހާ މަސައްކަތްތައް ހުއްޓާލުމަށް ފަހު އެ މައްސަލަ ކުރިޔަށް ގެންދިޔުމަށް މަޖިލީހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ނަމަވެސް ޑެންގޫ ހުން ޖެހިވަޑައިގެން އާލާސްކަންފުޅާ އުޅުއްވާތީ އީވާ ވަނީ ކޮންމެ ޖަލްސާއަކަށް ސަލާން ފޮނުވައިފަ އެވެ. އެ މައްސަލާގައި އެމްޑީޕީން ކަންބޮޑުވުން ފާޅު ކުރުމަށް ފަހު ޖަލްސާ ކުރިޔަށް ގެންދެވޭނެ ގޮތަކަށް މަޖިލީހުގެ ގަވައިދު މާނަ ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅި އެވެ.
ނަޝީދުގެ މައްސަލަ މިއަދު ވެސް ކުރިޔަށް ގެންދަން ހަމަޖެހިފައި ވަނިކޮށް އީވާ ރޭ މަޖިލީހަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލާގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމުމުގެ ކުރިން މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދިޔުމަށް ރިޔާސަތުގައި އިންނަވަން އޭނާ އުޒުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގަނެ މާދަމާގެ ހެނދުނު 10:00 އަށް ވަނީ އަޑުއެހުމެއް ތާވަލުކޮށްފަ އެވެ.
އީވާ ވިދާޅުވި ގޮތުގައި އެ ކޯޓުން މައްސަލަ ނިންމުމުގެ ކުރިން ވަކި ގޮތެއް އިހްތިޔާރު ކޮށްގެން ކުރިޔަށް ގެންދިޔުމަކީ މަޖިލީހުން މީގެ ކުރިން ވެސް އަމަލު ކުރަމުން އަންނަ ގޮތެއް ނޫނެވެ.
"...ރައްޔިތުންގެ މަޖިލީހުން ވަކި ގޮތެއް އިހްތިޔާރު ކޮށްގެން ކުރިޔއަށް ގެންދިޔުމަކީ، ސުޕްރީމް ކޯޓުގައި ބަލަމުންދާ މައްސަލައަކަށް ނުފޫޒަކަށް ވާނެ ކަމަކަށް ވެސް އަޅުގަނޑު ދެކެން،" އީވާ ވިދާޅުވި އެވެ.
ކޯޓަށް މައްސަލައެއް ހުށަހެޅުމަށް ފަހު ވަކި ގޮތެއް ނިންމުމުގެ ކުރިން އަނެއްކާވެސް މަޖިލީހުން ވަކި ގޮތަކަށް ކަންކުރުމުގެ މަސައްކަތް ކުރުން ވާނީ ކޯޓުގެ ގަދަރާއި ހުރުމަތަށް އިހްތިޔާމް ކުޑަކުރުން ކަމަށް ވެސް ދެކިވަޑައިގަންނަވާ ކަމަށް އީވާ ވިދާޅުވި އެވެ. "...ސުޕްރީމް ކޯޓުގައި ބަލަމުން ގެންދާ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރުގެ މަސައްކަތް ކުރިޔައަށް ގެންދިޔުމަށް ރިޔާސަތުގައި އިނުމަށް އަޅުގަނޑު އުޒުރުވެރިވާ ވާހަކަ ދެންނެވީމެވެ،" އީވާ ވިދާޅުވި އެވެ.
އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ދެ ކަމަކަށެވެ.
އެއީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާއަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާ އަށް އަމަލު ކުރަންޖެހޭ ގޮތަށް މާނަކޮށްދިނުމަށެވެ.
ދެވަނަ ކަމަކަށް އެދިފައިވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށްފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް މާނަކޮށްދިނުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތުމީހާ
05 November 2023
ގައުމަށްވުރެ 2 މީހަކު މާ ބޮޑުވެގެން މިއުޅޭ މައްސަލަ މީ ގައުމަށް ޖެހިފަ އޮތް ބޮޑު މުސީބާތެއް....
އަލިކާ ދިއްދޫ
05 November 2023
މި މުސީބާތުން ނެއްޓި ދައުލަތުގެ އެއްބާރު އެބަޖެހޭ ހިގައި ގަންނަށް އަންނިއާއި އީވާގެ ސަބަބުން ގައުމުހުއްޓޭކައް ނުޖެހޭ މި ރާއްޖެއާއި މިތާގެ އަހުލުންނަކީ އެވެރިންނާއި އެވެރިންގެ އާއިލާގެ ތަރިކަމުދަލެއްނޫން. ތިޔަކުޅޭ ފިލުމު ކުޅެން އިންތިއާއި ސިއްޕެ އާޒިމްއާއި ލޫކާސް އަދި އަމްރާއިލަބީބުގޮވައިގެން ވަޑައިގެންނަވާ ތިޔަހޯދާ އަނެއްރާއްޖެއަށް. ދިވެހިންނައް ދުއްތުރާނޮކޮއް ބަލަ ތިޔަ ބައިގަނޑުގެސަބަބުން ގައުމު ހަމަނޭވާލިޔަކަނުދޭ އަމިއްލަ ވެރިކަން އޮތްއިރުވެސް
ޖަހަންގީރު
05 November 2023
ކުރެދި ފަލުގަ ނުދެވި ފިތިފަ އިން ދެ ކަނބިއްޔޯ... ލޯހޫރާ ބޯހޫރާ އިން ދެ ކަނބިއްޔޯ... ތުރުތުރު އަޅަ މޭ ސިހިސިހި، ހިތްސިހިސިހި އިން ދެ ކަނބިއްޔޯ... ފިޔަ ވާޅުވެ ބިރުހީވެފަ އިން ދެ ކަނބިއްޔޯ! ހާލަތާ ވަގުތާ ވަރަށް މުނާސަބު އަދި މަށަށް ވަރަށް ރީތި ފަރުމާ ބޮޑުބެރު ގްރޫޕުގެ ލަވައެއް ވީމާ، ކިޔުންތެރިންނަށް ހިއްސާ ކޮށްލީ. ވަރަށް ސަލާމް.
މުނާ ލަތީފް
05 November 2023
މީ އެމް.ޑީ.ޕީ އާއި ނަޝީދު ރޭވިގެން ޖަހާ ސަކަރާތެއް! ޢެއް ދުވަސް ވެސް މި މީހުންނަށް މުހިއްމު، ސަރުކާރުތެރެއިން ފައިސާ ލޫޓުވުން ނޝދ އަދި އެމް.ޑީ.ޕީ ގެ ކަމަކީ!
ދަނޑި
05 November 2023
މޑޕ ގެ ނަން ނުގެނޭ މިހާރު
ހެޔޮނުވާނެ، ފަރަންޖީންގެ އެޖެންޑާ ފަތުރާ ގްރޫޕް
05 November 2023
އެއްވެސް ޕާޓީއަކުން މިބައިގަނޑު ދެން ނުހޮވަން އާދޭސް ކުރަން.
ހަޔާތު
05 November 2023
މީހުންގެ ގޮތްކުޑަކަމާ ހަޔާތްކުޑަކަން ގޮތެއް ފޮތެއްނެތްކަން ފެނޭތޯ ރައްޔިތުންނޭ؟ ލަދުވެސް ނުގަނެ މީހުންގެތެރެޔައް ނިކުމެ ހެވިލާފަ އުޅެން ކެރޭކަމޭ މަހިތައްއަރާ
ސުންބުލި
05 November 2023
އިންސާނަކު ހަޔާތްކުޑަވިޔަސް މިވަރު ދެން ބޮޑުވަރު. ނަޝީދުގެ ކަށީގަ ހިފާފަހުރި ކަމެއް ވީމާ އުދަގޫވަނީ ކަންނޭންގެ ތަންކޮޅެއް ހަމަޖެހިލައިގެން ސިޔާސީ އަރާރުމެއްނެތި ކަމެއް ކުރަން. މުއިއްޒަށް ކަމެއް ކުރެވުނު ކަމަށްވާނީ މި ނަޝީދުގެ އުދަގުލުން ދިވެހިން މިންޖުކޮށްދިނުން. މައުނޫނަކަށް ވަހީދަކަށް ޔާމީނަކަށް އިބޫއަކަށް މިކަމެއް ނުވި. މި ވަގުތަކީ ރަގަޅު ވަގުތެއް. ޕޮޕިއުލަރިޓީ މިއޮތީ ވަރަށް ދަށުގައި ރައްޔިތުން ތިބީ މީނާދެކެ ފޫހިވެފައި.
ލަތީކީ
05 November 2023
މުއީޒް އަކީވެސް ކުޑަ ކުޑަ އީވާ ނޫނީ ނަޝީދެއް! ކޮންމެވެސް ޝަކުވާއެއް ރުޅިވެރިކަމެއް ނަފުރަތެއް މުއީޒް ގެންގުޅޭނެ! މިކަން މުއީޒްގެ ސިޔާސީ އަދި ޒާތީ ހަޔާތް ބެލި މީހަކަށް ފެނިގެންދާނެ! އަދި ކުރިއަތް އޮތް 2 އަހަރު މިކަން އާންމުނަށް ތިލަވާނެ!
ރަދީފު ބިން ރަފައިދާ
05 November 2023
ގައުމަށްޓަކާ ދީނަށްޓަކާ ތިކުރާކަންތައް ހުއްޓާ. މަޖުލީހުން ލިބޭ ލާރި ހަލާލުވާވަރުކުރޭ!
މުރާކިބޭ
05 November 2023
ބަލަ ގަމާރަސް ބޮޑުވަރު.. އީވާ ޖަލްސާގެ ރިޔާސަތުގައި އިދެ ޖަލްސާ ބާއްވާ ހިސާބުން ކޯޓުގައި އޮތް މައްސަލައަށް ނިމުމެއް އަންނާނެ. އެހާ ހިސާބުން އެ މައްސަލަ އިތުރަކަށް ކުރިއަށް ގެންދާކަށް ނުޖެހޭ. އަދިވެސް ތި އުޅެނީ ސްޕްރީމްކޯޓާއި އެމްޑީޕީ ބޮލުގައި އަޅުވާފައި މުއިއްޒުއަށް ހުވާނުކުރެވި އައްނި އަށް ދުވަސްކޮޅަކަށްވެސް ވެރިކަން ލިބޭތޯ. އެކަމަކު އެކަން އެހެން ވެދާނެހެން ހީނުވޭ..
ތަރުތީބު
05 November 2023
މަޖުލިސްތެރޭގައި ބޭޑް ބްލަޑް މަޖުލީހުގެ ރައީސާ ނައިބު ރައީސްގެ ބްލަޑް ރިލޭޝަންގެ ސަބަބުން. އާންމުން ބްލަޑް ޕްރެޝާ މައްޗަށް. މީ މައްސަލައެއް. އެހެވީމާ މަޖުލީހުގެ ރައީސް އަދި ނައިބު ހޮވާއިރު އެއީ ބަލަންވެއްޖެކަމެއް.