ޑިމޮކްރެޓްސްގެ މެންބަރުންތަކެއް، ނަޝީދާ އެކު: އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަށް ތަދައްހުލްވާން ފުރުސަތެއް ނުދިން - ފޮޓޯ: މިހާރު
05 ނޮވެމްބަރ 2023 - 14:41
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުދާތީ، އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަށް ތަދައްހުލްވާން "ދަ ޑިމޮކްރެޓްސް"ގެ ނުވަ މެންބަރުން ވަކިވަކިން ހުށަހެޅި ހުށަހެޅުމަށް ފުރުސަތު ނުދޭން ނިންމައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ޑިމޮކްރެޓްސް އަށް ނިސްބަތްވާ ނުވަ މެންބަރުން ތަދައްހުލުވާން އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ނިންމާފައިވަނީ އެ ފުރުސަތު ނުދިނުމަށެވެ. ހަމައެއާ އެކު މި މަހުގެ 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވާ ޕީއެންސީ/ޕީޕީއެމް އިން މައްސަލަ އަށް ތަދައްހުލްވާން އެދި ހުށަހެޅުން ވަނީ ބަލައިގަނެ، އެކަމަށް ފުރުސަތު ދޭން ނިންމައިފަ އެވެ.
އެމްޑީޕީ ޕީޖީ ލީޑަރު އަލީ އާޒިމް "މިހާރު" އަށް ވިދާޅުވީ ދުސްތޫރީ މައްސަލައަކަށް ވާތީ ތަދައްހުލު ނުވެވޭނެ ކަން ޑިމޮކްރެޓްސްގެ މެންބަރުންނަށް އަންގާފައިވާ ކަމަށެވެ.
އެމްޑީޕީން ހުށަހެޅި މައްސަލައިގެ ޝަރީއަތް މާދަމާ ސުޕްރީމް ކޯޓުގައި ފަށާއިރު ދައުވާ ލިބޭ ރައްޔިތުންގެ މަޖިލިސް ތަމްސީލް ކުރަނީ ބަންޑާރަ ނައިބުގެ އޮފީހުންނެވެ.
މައްސަލާގައި ބަންޑާރަ ނައިބުގެ ފަރާތުން މަޖިލިސް ތަމްސީލް ކުރާއިރު، މި ދުސްތޫރީ މައްސަލައަކީ މަޖިލީހުގެ ނިންމުމާ ދެކޮޅަށް އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައެކެވެ. އެމްޑީޕީން ގަބޫލުކުރާ ގޮތުގައި މަޖިލީހުގެ އެއްވެސް މަސައްކަތެއް އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ކަނޑަނާޅާ ކުރިއަށް ނުގެންދެވޭނެ އެވެ.
ގަރާރާ މެދު ގޮތެއް ނުނިންމާ މަޖިލީހުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ މަސައްކަތް އެޖެންޑާ ކުރުމުން، ބަންޑާރަ ނައިބު ވަނީ އެކަމާ ދެކޮޅަށް ގާނޫނީ ލަފާ ވެސް ނެރުއްވައިފަ އެވެ. އަދި، އެ ލަފާގެ މަތިން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެ ދުވަހު މަޖިލީހަށް ވަޑައިނުގަންނަވަ އެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީގެ 49 މެމްބަރުން ސޮއި ކުރައްވައި ހުށަހެޅި މައްސަލައިގެ ނޯޓިސް މުއްދަތު ހަމަވުމަށް ފަހު މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން އެހެން ހުރިހާ މަސައްކަތްތައް ހުއްޓާލުމަށް ފަހު އެ މައްސަލަ ކުރިއަށް ގެންދިޔުމަށް މަޖިލީހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ނަމަވެސް ޑެންގޫ ހުން ޖެހިވަޑައިގެން އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ކޮންމެ ޖަލްސާއަކަށް ސަލާން ފޮނުއްވައިފަ އެވެ. މިއަދުގެ ޖަލްސާއަށް ވެސް އެ ގަރާރު އެޖެންޑާކޮށްފައިވަނިކޮށް އީވާ ވަނީ ސަލާން ފޮނުއްވައިފަ އެވެ.
މަޖިލީހުން ގަބޫލުކުރާ ގޮތުގައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނީ ހަމައެކަނި ނައިބު ރައީސް ރިޔާސަތުގައި އިންނަވައިގެންނެވެ. އެއީ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގައި އެގޮތަށް ބަޔާންކޮށްފައިވާތީ އެވެ.
ނަމަވެސް، އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާ އަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާ އަށް އަމަލު ކުރަންޖެހޭ ގޮތަށް މާނަކޮށްދިނުމަށެވެ. އެއީ މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަސް މެންބަރުންގެ ތެރެއިން ބޭފުޅަކު ރިޔާސަތު ބެލެހެއްޓެވުމެވެ.
މީގެއިތުރުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށް ފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް މާނަކޮށްދިނުމަށް ވެސް އެމްޑީޕީން ވަނީ ސުޕްރީމް ކޯޓުގައި އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުމާރުބެ
06 November 2023
7% ލިބުނީމަވެސް ގޮނޑީގަ ބައްދައިގެން. %65 މެންބަރުން ސޮއިކޮށް އިތުބާރުނެތްކަމަށް ބުނީމައި ޑިމޮކްރަސީގެ ބައްޕަ ތިއުޅުއްވަނީ ޑިކްޓޭޓަރޝިޕްގެ ބައްޕައަށް ވުރެ ވެސް ހާލުގަ. މައުމޫނަށް ޑިކްޓޭޓަރ ކީއިރު، %54 ނޫނެކޭ ބުނީމައި މައުމޫނު ވެސް ވެރިކަމުން ފޭބި.
އައްޔަ
05 November 2023
ކިހާދުވަހަކު ތިގޮތައް ހިފަހައްޓާލެވިދާނެބާ . މިފަހަރުގެ މޮޅުރޭވުން އަތައްނުގޮވައިފިއްޔާނަސީބު, ޑިންގީހުންފުޅައްވެސް އަވަސްޝިފާފުޅަކައްއެދެން,
އައްބެ
05 November 2023
މަޖިލިސް ޑްރާމާގެ ދެންމިފެށޭ އެޕިސޯޑްގައި ސްޕްރީމްކޯޓުގެ ދައުރު ފެނިގެންދާނެ. ތާކުންތާކުނުޖެހޭ ޗަރުކޭސް ކުޅުމުގައި ޕާޓީތަކާއި މަޖިލީހާއި އެންމެފަހުން ސްޕްރީމް ކޯޓުގެ ވަގުތުތައް ބޭކާރުކުރަނީ. ރައްޔިތުންގެ ފައިސާއާއި ވަގުތު ބޭކާރުކަންކަމުގައި ބަހުސްކޮށް ޝަރީޢަތްކޮށް މިގެނައި މޮޅު ޑިމޮކްރަސީއާއި ޤާނޫނު އަސާސީން ލިބުނު ފައިދާއެއް އެބައޮތްތޯ؟
ފިކުރު.....
05 November 2023
ރިޔާސީއިންތިޚާބުގައި ވާދަކޮށްގެން ޖީއެސްޓީ ޕަސެންޓް ވެސް ހަމަނުވިބަޔަކު އެހާވެސް ރައްޔަތުން ބަލައިނުގަތްބަޔަކު ނާޖާއިޒުފައިދާ ނަގައިގެން މަޖިލީސްހުއްޓުވާ ބޭނުންގޮތަކަށް މިއުޅެނީ ހަމައެކަނި އަޑުގަދަ ކޮށްގެން އަބަދު ދުނިޔޭގައި އުޅެވިދާނެކަމަށް ހީކޮށްގެންކަމަށް ވެސް ވެދާނެ އެކަމަކު ނިމުންކާރިވެފަ ހިތިވާނެ...
މަންތިރި އައްޔާ
05 November 2023
ދެން ކިހިނެއް ވާނީ
ހަރުފަ
05 November 2023
ހަމަ ރަނގަޅަށް ތިޔަވީ. ޑިމޮކްރެޓުސް އޭ ކިޔައިގެން މި ޤައުމު ފަނާކޮށް ނިންާލައިފި، ނުވިތާކަށް ވަކީލުންނަށް މި ލަނީ ބާވެ ފޫގޮސްފަ ތިބި މީހުން ވިއްޔަ. ވާނެ އެތ ވެފަ ތިއޮތީ.
ޢަހްމަދ
05 November 2023
ކެކެކެ، ހިތުން މިދެން މާ ބުއްދިވެރިކޮށް މޮޅަށް ކަންކަން ކުރާބައެއް. އަތައް ނުގޮވާ އެއްކަމެއްވެސް ނުނިމޭ އަދި. އެހެންނުވާނީ، ގިނައީ ރޯނުއެދުރުން ވިއްޔަ.