ކްރިމިނަލް ކޯޓު: ހަފީޒަށް އަނިޔާވި އެކްސިޑެންޓާ ގުޅިގެން ސައިކަލުގައި ދުއްވި މީހާ ދެ އަހަރަށް ޖަލަށްލާން ވަނީ ހުކުމް ކޮށްފައި --- ފޮޓޯ/މިހާރު
06 ނޮވެމްބަރ 2023 - 15:52
މާލޭގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި، ގައުމީ ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާ އަލީ ހަފީޒަށް ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލާގައި، ސައިކަލު ދުއްވި މީހާ ދެ އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މިދިޔަ ޖޫން މަހު ފަތިސް ނަމާދުން ފައިބައިގެން ހަޒީފް ހިނގާފައި ދަނިކޮށް، ލައިސަންސް ނެތް މީހަކު ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލުން ޖެހި އެކްސިޑެންޓްވުމުން ހަފީޒަށް ބޮޑެތި އަނިޔާތަކެއް ލިބި، ފަރުވާ ހޯދަން ރާއްޖެއިން ބޭރަށް ގެންދަން ޖެހުނެވެ.
އެ މައްސަލާގައި ސައިކަލު ދުއްވި ރ. އިނގުރައިދޫ ލެގޫންވިއު، ޝަމްއާން އަބްދުއްޝުކޫރުގެ މައްޗަށް ދައުލަތުން ކުރީ އަނިޔާއެއް ދިނުމުގެ ދައުވާ އެވެ. އަދި ދައުލަތާ އެކު ހެދި އިއުތިރާފް އެއްބަސްވުމެއްގެ ދަށުން ކޯޓުގައި އޭނާ ކުށަށް އިއުތިރާފްވި އެވެ.
ނަމަވެސް އެއީ ގަސްދުގައި ކުރި ކަމެއް ނޫން ކަމަށް ކޯޓުގައި ބުނެފައިވެ އެވެ.
ކޯޓުގެ ހުކުމުގައިވަނީ އޭނާގެ އިއުތިރާފުން އެ ކުށް ސާބިތުވާ ކަމަށެވެ. އަދި އިއުތިރާފްގެ އެއްބަސްވުމުގައިވާ ގޮތަށް ދެ އަހަރަށް ޖަލަށްލާން ހުކުމް ކުރިޔަސް، އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ތަންފީޒު ކުރަން ޖެހޭނީ އެއް އަހަރާއި 10 މަހާއި 29 ދުވަހުގެ ޖަލު އަދަބެއް ކަމަށް ހުކުމުގައިވެ އެވެ.
އެ މައްސަލާގައި ޝަމްއާން ކުރިން ހައްޔަރު ކުރުމަށްފަހު ފަހުން ހުރީ ޝަރުތުތަކާ އެކު ދޫކޮށްލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައްކަކާކޯ
08 November 2023
މިގައުމުގަ އިންސާފް ލިބެނީ މަދު ބަޔަކަށް. ނިކަމެތި މީހެއް ނޫނީ ނިކަމެއްޗެއްގެ ދަރިއެއް އެކްސިޑެންޓެއްގައި މަރުވިޔަސް އިންސާފް ނުލިބޭ
އަބްޑޫޅް +
07 November 2023
ދެ އަހަރަށޭ؟ ތިޔައީ ހަފީޒަށް ހައުދަހައި ބޮޑު ބޭއިންސާފެކޭ! މަދުވެގެން ވިހި އަހަރު ބޭނުން.
ހިޔާކޔ
07 November 2023
މަގުތަކުގެ ފެންވަރު ރަނގަޅު ކުރެވި ހިނގާ މީހުން ނަށް ހަމަޖެހިގެން ހިނގޭނެ ގޮތެއް ބޭނުން ވޭ. ގަވައިދާ އެއްގޮތަށް 30 ކިލޯމީޓަރ ޕާ އަވާގައި ، ލައިސަންސް އޮތް މީހަކު އަތުން ވެސް ތިފަދަ އެކްސިޑެންޓެއް ވެ ، އަދި ދިމާވާ ގޮތުން މީހާ ދުނިޔެ ވެސް ދޫކޮށް ހިގައިދާނެ. އެހެން އެކަން ވެފައި ވެސް އެބަވޭ. މަގު ތަކުގެ އިންފުރާސްޓަކްޗާރ އަކުން ހިނގާ މީހުން ނަކަށް އެއްވެސް ރައްކަޅެއް ނެތް.
ގޮޅިބޮޑުމުންޑުއަލިބެ
07 November 2023
ޝަމްއާނަށް އެކަންޏެއްނޫން. ނުރައްކަލާއި ދިމާވެދާނެ ގޮތަށް ގަވާއިދާއިހިލާފަށް ދުއްވާ އެންމެނަށް ބޮޑެތި އަދަބު ދެވެންޖެހޭ. ދެވޭއަދަބަކީ ހަމައެކަނި ކުށެއްކުރީމަ ދޭއަދަބަކަށް ބަޢްޓަންވެ ތިބެގެން އިސްލާހެއް ނުވާނެ. ގަވާއިދަށް ހުރުމަތްތެރިކޮށް ހިތަން މަޖުބޫރުވެ ކުށެއްކުރުމުގެ ކުރިން އެތަށްފަހަރަކު ވިސްނާފިކުރުކުރަން މަޖުބޫރުވާގޮަތަށް އަދަބުދެވިގެން ނޫނީ އިސްލާހެއްނުވާނެ. ނުގަވާއިދުން ދުއްވި އެތި ނައްތާލާ ބޮޑުއަދަދުން ޖުރިމާނާކޮށް ޖަލަށްލާންޖެހޭ.
ކޮރަލް
06 November 2023
2 އަހަރަށް ޖަލަށް ލުން އެއީ ހައްލެއް ނޫނެވެ. ގެއްލުމުގެ ބަދަލުވެސް ލިބެން ޖެހެ އެވެ. ޖަލުގައި މަސައްކަތް ކޮށް ފައިސާ ލިބޭ ނެގޮތް ވެސް ހަދަން ޖެހެ އެވެ. އޭރުން ބަދަލު ނަގާ ދެވޭނެ އެވެ. ޖަލުގަ ކެއުމާ ބުއިން ހިލޭދީފަ ހިލޭ ނިންދެވީމަ ސަރުކާރަށް އަދި ގައިދީ އަށް ވާނެ ފައިދާ އެއް ނެތެވެ.
ތުނޑުހަސަނު
06 November 2023
ތިޔަ ހުކުމުން އެނގެނީ ލައިސަންސްނެތި ދުއްވުން އޯކޭ ކަމާއި މީހަކަށް ކިތަންމެ ބޮޑު އަނިޔާއެއް ދިނަސް އެކަމުގެ ސަބަބުން އަނިޔާދިން މީހާއަށް ލިބޭނެ އަދަބެއް ނެތްކަން. ސާބަހޭ އޭޖީ ޕީޖީ.
ސީތާ
06 November 2023
އަނިޔާއެއް ދިނުމުގެ ދަޢުވާއިން އެކަނި ނިންމާލެވެން އޮތްކަމެއްތޯ ތީ؟؟ ކޮބައިތޯ ލައިސަންސް ނެތިވެ ދުއްވިކަމުގެ މައްސަލަ؟ އެއީކީ މައްސަލައެއްނޫންތޯ؟ ނުވަތަ ދަޢުވާއެއް ކުރެވޭ ވަރުގެ ކުށަކަށް އެކަން ނުވަނީތޯ؟
ކަންޒުކަހަބުބަރިސްތާ
06 November 2023
ލައިސަންސް ނެތި ދުއްވީމަ ޖޫރިމަނާ ކުރެވޭތީ އެއްކުށަށް ދެ އަދަބު ނުދޭން މިހާަރު އެދައުވާ ނުކުރާނެ
ނަން22222
07 November 2023
ތަންދޮރު އެނގުމަކީ ތަނާއި ދޮރު ވަކިކުރަން އެނގުން ނޫންކަން ކޮމެންޓްތަކުން ވިސްނިއްޖެއެވެ.
ސިލްމާ ޒާހިރު
06 November 2023
އަލްޙަމްދުލިﷲ. އަދި ކިރިޔާ ކަމެއްވީ. ނަމަނަމަ ދޫނުކުރާތި. އިންތިޚާބީ ރައީސް ޑރ. މުޢިއްޒު އޭނާ ދޫކޮށްފިއްޔާ ފާޅުގަ ދެކޮޅަށް ނުކުންނާނަން!
ވާން
06 November 2023
ނުނުކުންނާނެ. ފެންނަކަމަށްވެސް ނެހެދޭނެ.