07 ނޮވެމްބަރ 2023 - 11:47
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރަން ހުށަހަޅާފައިވާ ގަރާރު ކުރިއަށް ނުގެންދެވި މަޖިލިސް ހުއްޓިފައިވާ މައްސަލައަށް މަޖިލީހުގެ ނިޒާމުގެ ތެރެއިން ހަތަރު ހައްލެއް އެބަ އޮތް ކަމަށް މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާ މިއަދު ސުޕްރީމް ކޯޓުގައި ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ރައީސް ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ ގަރާރު، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ކުރިއަށް ނުގެންދެވުމުން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި ދެ ވަނަ އަޑުއެހުން މިއަދު ވަނީ ބާއްވައިފަ އެވެ.
އެ އަޑުއެހުމުގައި ނިއުޝާ ވިދާޅުވީ ގަވާއިދުގައި އެހާ ސާފުކޮށް ވަކި ބޭފުޅަކު ވަކި މައްސަލައެއްގެ ރިޔާސަތު ބަލަހައްޓަންޖެހޭ ގޮތަށް ބަޔާންކޮށްފައި އޮއްވައި، އާންމު އިޖުރާއަތުގެ މާނައެއް ނަގައިގެން މަޖިލީހުގެ އިދާރާއަށް އެހެން ގޮތަކަށް އަމަލު ކުރުމުގެ ބާރެއް ނޯންނާނެ ކަމަށެވެ.
ނަމަވެސް، މިހާރު ދިމާވެފައިވާ މައްސަލައަށް މަޖިލީހުގެ ނިޒާމުގެ ތެރެއިން ހަތަރު ހައްލެއް ނިއުޝާ ވަނީ ކޯޓަށް ހުށަހަޅުއްވައި ދެއްވައިފަ އެވެ.
ފުރަތަމަ ހައްލަކީ ނިއުޝާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ގަވާއިދުގެ 108 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ އާންމު ކޮމިޓީގެ އިސް ނެގުމުގެ ދަށުން، ގަވާއިދު އިސްލާހުކޮށް އެކަމުގައި ގޮތެއް ނިންމުމަށްޓަކައި މަޖިލީހުގެ ތަޅުމަށް ހުށަހެޅުމެވެ.
އޭނާ ހުށަހެޅުއްވި ދެވަނަ ހައްލަކީ، މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމަށް ގަރާރެއްގެ ސިފައިގައި މެމްބަރަކު ހުށަހެޅުއްވުމެވެ. އެކަމަކު މިއީ ތަންކޮޅެއް ދިގު މުއްދަތެއް ހޭދަވެދާނެ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
ތިން ވަނަ ހައްލަކީ ނިއުޝާ ވިދާޅުވި ގޮތުގައި މައްސަލައެއް ގޮތަށް ގަވާއިދު އިސްލާހު ކުރަން މެމްބަރަކު ހުށަހެޅުއްވުމެވެ. އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހުށަހަޅުއްވާފައިވާ އެފަދަ މައްސަލައެއް މިހާރު ވެސް މަޖިލީހުގެ ނިޒާމުގެ ތެރޭގައި އެބަ އޮތް ކަމަށާއި އެ މައްސަލަ އެޖެންޑާކޮށްދޭން އެދިވަޑައިގެންފައިވާ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"އެ އިސްލާހު ކުރިއަށް ގެންދަވަން ބޭނުންވާ ކަމަށް އެ މެމްބަރު ވަނީ އަންގަވާފައި. އަދި އެ މައްސަލަ އެޖެންޑާކޮށް ދެއްވުމަށް މަޖިލީހުގެ އިދާރާއިން ވަނީ މަޖިލީހުގެ ނައިބު ރައީސަށް ދަންނަވާފައި،" ނިއުޝާ ވިދާޅުވި އެވެ.
ހަތަރު ވަނަ ހައްލަކަށް ނިއުޝާ ހުށަހެޅުއްވީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރެއްގެ ރިޔާސަތުގެ މަޖިލީހުގެ ނައިބު ރައީސަށް ނުބެލެހެއްޓޭ ހާލަތެއްގައި އަމަލުކުރާނެ ގޮތެއް ކަނޑައަޅާފައި ނުވާތީ، މިއީ ގަވާއިދުގެ 250 ވަނަ މާއްދާގެ ދަށުން ގަވާއިދުގައި ބަޔާންކޮށްފައިނުވާ ކަމެއް ދިމާވެއްޖެ ކަމަށް ބަލައި، މަޖިލީހުން ގޮތެއް ނިންމުމަށެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑު އެހުން ފެށުމުގެ ކުރިން އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ މެމްބަރުންތަކެއް ކޯޓު ބޭރުގައި މަޑުކޮށްލައިގެން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އިތުބާރު ނެތް ކަމުގެ ގަރާރު އޮއްވައި މަޖިލީހުގެ އިތުރު މަސައްކަތެއް ނުކުރެވޭނެ ކަމަށް އެމްޑީޕީން ހުށަހެޅި މައްސަލާގައި ބުނެފައިވިޔަސް، އެ ގަރާރު އަދި މަޖިލީހުގެ ޖަލްސާއަކަށް ހުށަހެޅިފައިނުވާތީ، މަޖިލީހުގެ އާންމު ޖަލްސާތައް ކުރިއަށް ގެންދެވޭނެ ކަމަށް މަޖިލީހުގެ އިދާރާއިން އިއްޔެ ވެސް ވަނީ ބުނެފަ އެވެ.
މި މައްސަލައަށް ތަދައްހުލްވެފައިވާ ޑިމޮކްރެޓްސްގެ ފަރާތުން އެ ނުކުތާ ފާހަގަކޮށް މަޖިލިސް ހުއްޓި، ދުސްތޫރީ ހުސްކަމެއް އައިސްފައިނުވާތީ، މި މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް މިއަދު ކޯޓުގައި ބުންޏެވެ.
ނަމަވެސް، އެމްޑީޕީގެ ވަކީލު ވަނީ މިއަދުގެ އަޑުއެހުމުގައި ވެސް އެކަމަށް ރައްދު ދެއްވައިފަ އެވެ. އެމްޑީޕީގެ ވަކީލު އަހުމަދު އަބްދުﷲ އަފީފް ވިދާޅުވި ގޮތުގައި، މަޖިލީހުން ދެން ކޮންމެ ޖަލްސާއެއް ބޭއްވިޔަސް، އެޖެންޑާގެ ފުރަތަމަ އައިޓަމަކަށް އޮންނަންޖެހޭނީ މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ މައްސަލަ އެވެ.
މި މަހުގެ 17 ގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާކުރަން ތާވަލުކޮށްފައިވާ ޖަލްސާގައި ވެސް އެޖެންޑާގެ ފުރަތަމަ އައިޓަމަކަށް އޮންނަން ޖެހޭނީ ނަޝީދު ވަކި ކުރުމުގެ ގަރާރުގެ މަސައްކަތް ކަމަށް އެމްޑީޕީން ގަބޫލުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުންގެ ބައްލަވާ އެ މައްސަލާގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލައިފަ އެވެ. އަދި އިތުރު ކަމެއް ސާފު ކުރަން ނެތް ނަމަ، ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުން ކަމަށް އެ ބެންޗުގެ ރިޔާސަތުން ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަނީ އިއުލާނުކުރައްވައިފަ އެވެ.
އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަލީ ރަޝީދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙައިރާން
08 November 2023
ސްޕްރީމްކޯޓަށް ބަޔަކުމީހުން ހުށަހެޅިމާތޯ ޙައްލުތަކާމެދު ވާހަކަފުޅު ދައްކަވަންވީ!!!!!! ތިޔަކަންތައްތައް މަޖިލީހުގެ ތެރެއިން ޙައްލުކޮށް ނުނިންމުނީ ކީއްވެތޯ؟ ސަރުކާރުން މުސާރަދޭ އެއްވެސް މީހެއްގެ މަސައްކަތެއް އެމީހަކު އެއްވެސް ސަބަބަކާހުރެ ހާޒިރުނުވެގެން ނުނިމި ހުންނަންޖެހޭ ގޮތަކަށްނޫން ޤަވާއިދުތައް އޮންނަނީކީ....
މުބާ
07 November 2023
މީގައި އެންމެ ފާހަގަ ކޮށްލެވެނީ 4 ވަނަ ހައްލު. ގަވާއިދުގެ 250 ވަނަ މާއްދާއިން އިތުރުކަމެއް ކަމަށް ނިންމައި މަޖިލީހުން ގޮތެއް ނިންމުން. ނަމަވެސް ދެރަކަމަކީ މި ހައްލު ހޯދަން އަމީންއާއްމު ހަދާންނެތުން. މަޖިލީހުގެ ނައިބްރައީސްއަށް ރިޔާސަތުގައި ނީދެވޭ ހާލަތުއައިސް ހަފްތާއެއް ވީއިރުވެސް ތިޔަ ޖަލްސާއެއް ބާއްވަންވީގޮތް ނިއުޝާއަށް ބުނެނުދެވުނު. ކޮންމެ ދުވަހަކުވެސް ޖަލްސާ ކެންސަލް ކުރީ ނިއުޝާ ބުނެގެން.ތިހެން ބުނީމާ ހީވަނީ ކޯޓުން މައްސަލަ ނެރެން އުޅޭހެން
އަސްލު...
07 November 2023
ޖުލައިމަހުންފެށިގެން ހައްލުނުވެ ނުކޮށް ގެންދިޔަ މައްސަލައެއް މަޖިލީހައް ހައްލުކުރެވިދާނެކަމަށް ދެކެން އަދި ރާއްޖޭގެ ރައްޔަތުންގެ ނަޖިލީސް ހިންގަން މިހާމަޖިލީހުގައި ތިއްބެވި ބޭފުޅުންނަށް ނޭގިގެން އެކަން ހައްލުކުރަން ސްޕުރިންކޯޓަށް ހުށައެޅީމާ އެގެންއެދަނީ ނާގާބިލު ބައެއްކަން ދެންއިތުރަށް ލިއުށާމެންނަށް ކުރެވޭނެކަމެއް އޮތްކަމަށް ނުދެކެން....
ލަބީދު
07 November 2023
ތިޔައީ މަޖިލސްގެ ރައީސް އާއި ގުޅިގެން އަބުރާ ގޭސްގަޑެއް
ގެދާނޯމޮސް
07 November 2023
ނަޝީދަށް ބޮޝުފިލާ އަޅައިދިން ދައްތައަކު " ދުރުނުބަލާ އަކުރު ބަލަން " ބުނީމާ އޭނަޔަށް ދަސްވެފަ ހުރިއާދަ ހުރީ ހަމައެގޮތުގައެވެ.
ދެރަސޮރު
07 November 2023
އަންނި ބޭނުން ނުވާކަމެއް އެޖެންޑާ ނުކުރެވޭއިރު، ކަމަނާ ވިދާޅުވާ ގޮތަށް ކުރިޔަށް ގެންދެވޭނަމަ، މިހާރު ތިކަން ހުްނނާނީ ނިމިފަ
ދެރަސޮރު
07 November 2023
ނިއުޝާ އިސްތިއުފާ ދޭން ޖެހޭ ނޫނީ އިތުބާރުނެތް ކަމައް ފާސް ކޮއް މީނަ ބަދަލު ކުރަން ޖެހޭ .. ބަލަ ތިހައްލު ނެތިގެންނޫނޭ އަންނި އީވާ ވެސް ހުރީ ތީގެން އެވެސް ކަމެއް މަޖިލީހުގެ ތަޅުމަށް ނުގެނެސް ނުކުރާގޮތައް މުއީޒު ހުވާ ކުރުމުގެ ރަސްމިޔާތުގައި ހެވިފައި އަންނި ހުންނަންވެގެން ..
ގަލޮޅުތަރި
07 November 2023
އަދި ތިކަން ވެސް ކުރާނެ. މަޑުކޮށްލާ. އެވަރިހަމަ 3 ދުވަސް ލިބުނަސް.
އަހްމަދ
07 November 2023
އަންނި ބޭނުން ނުވާކަމެއް އެޖެންޑާ ނުކުރެވޭއިރު ތުޔަ ހޯދީ ހާދަ ފައްކާ ހައްލެކޭ..
ގެދާނޯމޮސް
07 November 2023
އެމްޑީޕީ އަށް ނުގުޑައިގެން އުޅޭނީ ގައިމު އަތަކަށް ވަރުގަދަ ހައްލެއް އޮތީމައެވެ.
ހަމައެެކަނި ހައްލު
07 November 2023
ތިހަކަމައް އޮތް ހަމައެކަނި ހައްލަކީ ސްޕްރީމް ކޯޓުން ވަކިގޮތަކައް ނިންމުން. މިއަދު ދިވެހި ރައްޔިތުން ރައްޔިތުންގެ މަޖިލީހައްވުރެ ސްޕްރީމްކޯޓައް ކުރާ އިތުބާރު މާބޮޑު.
ސޭކުބެ
07 November 2023
ފުރަތަމަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގޭތޯ ބަލަންވީނު. ރައީސް ނޫން ބޭކަލަކު ރިއާސަތު ބަލަހައްޓާ ޖަލްސާއެއްގަ ނައިބު ރައީސް ބޭރުކޮއްލެވޭ ގޮތެއް އޮވޭތޯ ބަލަންވީނު.