އެއް ލީޓަރުގެ އަދި އެއް ލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފެންފުޅި އަކީ ރާއްޖޭގައި މަނާ ކުރާ ސިންގަލް ޔޫސް ޕްލާސްޓިކުގެ ލިސްޓުގައި ހިމެނޭ އެންމެ ފަހު ބާވަތް.
ލޮރީއަކުން، ފެންފުޅިތަކެއް ބާލަނީ. - ފޮޓޯ: މިހާރު
09 ނޮވެމްބަރ 2023 - 13:23
އަންނަ މަހުން ފަށައިގެން އެއް ލީޓަރުގެ އަދި އެއް ލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފެންފުޅި ވިއްކުން މަނާ ވާނެތީ ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިއަދު އެކަން ހަނދާން އާކޮށްދީފި އެވެ.
ރާއްޖެ އަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓެއް އެކުލަވާލައި އެކި ތާރީހުތަކަށް ބަހާލައިގެން ސަރުކާރުން އަންނަނީ އެ ތަކެތި މަނާކުރަމުންނެވެ.
އެއް ލީޓަރުގެ އަދި އެއް ލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފެންފުޅި އަކީ އެ ލިސްޓުގެ ދަށުން ރާއްޖޭގައި މަނާ ކުރާ އެންމެ ފަހު ބާވަތުގެ ސިންގަލް ޔޫސް ޕްލާސްޓިކެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އަންނަ މަހުގެ އެކަކުން ފެށިގެން އެއް ލީޓަރުގެ އަދި އެއް ލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފެންފުޅި ރާއްޖެ އަށް އެތެރެ ކުރުމާއި އުފެންދުން ވެސް މަނާ ވާނެ ކަމަށެވެ. އަދި އެ ތަކެތި ބާޒާރަށް ނެރުން މަނާ ވާނީ އަންނަ އަހަރު މާޗު މަހުގެ އެކަކުން ފެށިގެން ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ބަދަލާ އެކު، މިހާރު ބާޒާރުގައި އާންމުކޮށް ވިއްކަން ހުންނަ 500 މިލިމީޓަރުގެ ޕްލާސްޓިކް ފެންފުޅި ވިއްކުން މަނާ ވާނެ އެވެ.
Announcement!📢 Import, production and sales of water packed in plastic bottles of 1litre and below will be banned starting from 01st December 2023 pic.twitter.com/RNWVo4kDUG
— Min. of Environment, Climate Change and Technology (@MoEnvmv) November 9, 2023
ރާއްޖެ އަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައަޅާފައި މިހާރު އޮންނަނީ މިދިޔަ އަހަރު އަމަލު ކުރަން ފެށި ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުންނެވެ.
ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން ތިމާވެެއްޓަށް ގެއްލުންދޭ 13 ބާވަތެއް އެ ލިސްޓުގައި ބަޔާންކޮށްފައިވާ ތާރީހުތަކުން ފެށިގެން ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ކަމަށް ބުނެފައިވެ އެވެ.
• އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ހޮޅި
• ޕްލާސްޓިކުން ހަދާފައި ހުންނަ ކާ ތަށި، ސަމުސާ، ވަޅި، އޫ އަދި ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު
• ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި
• ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކު ކޮތަޅު
• ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ، އިމްޕޯޓުކުރާ ސުޕާރީ
• 250 މިލިލީޓަރަށް ވުރެ ކުޑަ އަދި އެއްފަހަރު ބޭނުންކުރެވޭ ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ތަށި
• ޕްލާސްޓިކް ދަނޑިކޮޅުލާފައިވާ ކަފަބުރު
• 50 މިލިލީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި، ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ޝޭމްޕު އާއި ސައިބޯނީގެ އިތުރުން ކޮންޑިޝަނާ އާއި ލޯޝަން
• 500 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކު ފެންފުޅި
• އެހެން ބާވަތުގެ ދިޔާތަކެތި ހުންނަ 500 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކު ފުޅި
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރުބާދު
11 November 2023
ތީގަނެތް އެއްވެސް މައްސަލައެެއް، 500 އެމްއެލްގެ ފުޅި ފުއްޕާއިރު އިތުރައް 50 އެމްއެލް އެޅޭވަރައް ވައިޖަހާލާފަ ފުއްޕާލާ، ދެން ލޭބަލް ބަދަލުކޮއްލާ 550އެމްއެލްއައް. ސިމްޕަލް.
ޖަމީލާ
11 November 2023
ބޭކާރު ވާހަކަ ނުދައްކާ ސަރުކާރުން ނޫނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނަމޫނާ ދައްކަބަލަ! ކޮން ބޭކާރު ވާހަކަ ތަކެއް ދައްކާކަށް؟؟
އުވާލާ
09 November 2023
ތިމާވެއްޓޭ ކިޔާ އާންމުން ފެލަނީ ފެލަނީ ފެލަނީ ފެލަނީ ތިޔާ ކަން މުއިއްޒުގެ ގަރާރަކުން ހުއްޓުވާ ހުއްޓުވާ ތިޔާ ގާނޫނު އުވާލާ ރައްޔިތުންގެ ވޯޓަކުން ތިޔާ ގާނޫނު ފާސް ކުރަން ޖެހޭނީ
ރަސްދޫ ސައީދު
09 November 2023
ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކު ކޮތަޅު. މާނަޔަކީ، 30 ސމ އަށްވުރެ ބޮޑެެތި ކޮތަޅަކުން ތިމާވެއްޓަށް ގެއްލުމެއްނުވާނެޔޭ. 250 މިލިލީޓަރަށް ވުރެ ކުޑަ އަދި އެއްފަހަރު ބޭނުންކުރެވޭ ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ތަށި. 260 މލ ތައްޓަކުން ތިމާވެއްޓަށް އެއްވެސް ގެއްލުމެއްނުވާނެ. ޕްލާސްޓިކް ދަނޑިކޮޅުލާފައިވާ ކަފަބުރު. މީ ތިމާވެއްޓަށް އެންމެ ގެއްލުންބޮޑު އެތި. މިޖެހޭނެ ކޮންމެހެންވެސް މަނާކުރަން.
ދޮން ހަސީނާ
09 November 2023
ސިޔާސީ ވެރިންތިބެނީ ތިމާވެށިދެކެ މާލޯބިވާ ބަޔަކަށް ހެދިގެން. ފުރަތަމަ ކަމަކަށް މޫދަށް ކުނިއެޅުން ހުއްޓުވަބައްލަވަ. ބޯޓު، ފެރީތަކުގައި ޑަސްޓްބިން ހުރުން މަޖުބޫރު ކޮއްބަލަ. ފެން ފުޅި، ޖޫސް ޕަކެޓް ބޮއެފަ މޫދައް އުކުން ހުއްޓުވަ ބައްލަވަ. ނުހުއްޓުވޭނަމަ ޖުރުމާނާވެސް ކޮއްބަލަ. ފަޅުތެރޭފައިވާ ކުނިތަށް ނަގާ ސާފުކޮއްބަލަ. އޭއިގެ ފަހުން ކަމާއި ނުބެހޭ ރައްޔިތުންނަށް އުދަގޫ ކުރާނީ...
ސަނީސައިޑްބޮންޑް
09 November 2023
ފެންކުދިފުޅިމަނާވެފަ ހަމައެސައިޒުގެ ކޯކް، ސްޕްރައިޓް ފަދަ ބޭކާރު ގެއްްލުންހުރިބުއިންތައް ހަމައޯކޭދޯ؟
ބަރުބާދު
11 November 2023
ސްސްސް ، ބޮޑުމީހާގެ ސެއަރޑް ބިޒްނަސް ވައްތަރުހުންނަނީ.
ނިޔަތް
09 November 2023
ސަރުކާރުން ހެޔޮ ނިޔަތުގައި ކަމެއް ރަނގަޅުކުރަން ބޭނުންނަމަ، ސްކޫލްތަކާއި އޮފީސްތަކުގައި ފެން ފިލްޓަރު ހަރުކުރޭ. އަދި ގޭގައި ފިލްޓަރު ހަރުކުރަން ކޮންމެވެސް ކަަހަލަ އިންސެންޓިވްއެއް ދީ، ދައުލަތުން އެހީތެރިކަން ފޯރުކޮށްދީގެން ވިޔަސް، އޭރަށް މަނާ ނުކުރިޔަސް، ޕްލާސްޓިކް ފުޅީގެ 80% އެ މަދުވީ.
ފެންހަން
09 November 2023
ދެން ދަރިން ސްކޫލަށްވެސް ފޮނުވަންވީ ކަޅުހަމެއް ދީފަތަ؟
ކިހާބޮޑު
09 November 2023
މިއީދެން ރައްޔިތުންނަށް ތުރާލަކަށްވެއްޖެ ކަމެއް. ތިމާވެށި ހިމާޔަތްކުރަންށޭ ކިޔާފަވެސް ހުރިހާ ތަކުލީފެއް އާންމު މީހާއަށް. ވެރިން ހަމަ ޖެޓުގައި ދެކޮޅަށް ދުއްވިޔަސް، ތިން ހަަތަރު ކާރުން ތެޔޮ އެންދިޔަސް ވަރިހަމަ. އާންމު މީހަކު ފެންފޮދެއްވެސް ނުލިބޭވަރު އެބަ ކުރޭ ތިބެގެން.
ހިތަދޫ 2
09 November 2023
ދެން ބާޒާރުގަ ހުންނާނީ 1200ލ ފެން ފުޅި ދޯ!
ރައްޒާގު
09 November 2023
ކޮންމެ ފިހާރައެއްގަ، ހޮޓާތަކުގަ ހުންނާނީ ބޮޑެތި ކަޅުހަން. ކޮންމެ ކަސްޓަމަރެއްވެސް ފެންބޯން ބިއްލޫރި ތައްޓެއް ހިފައިގެންދާން ހަނދާންކުރާތި.