ފްލެޓްތަކުގެ ދާއިމީ ލިސްޓަށް ލިބުނު ޝަކުވާތަކާ ގުޅިގެން ހައުސިންގެ ސްޓޭޓް މިނިސްޓަރު އަދި ފްލެޓް ކޮމިޓީގެ ޗެއާޕާސަން އަކްރަމް ކަމާލުއްދީން އާއި އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ނޫސްވެރިންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
13 ނޮވެމްބަރ 2023 - 13:04
މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފުރަތަމަ 4،000 ފްލެޓްގެ ލިޔުން މި ދައުރު ނިމުމުގެ ކުރިން ހަވާކުރާނެ ކަމުގެ ޔަގީންކަން ހައުސިން މިނިސްޓްރީން މިއަދު ދީފި އެވެ.
ހައުސިންގެ ސްޓޭޓް މިނިސްޓަރު އަދި ފްލެޓް ކޮމިޓީގެ ޗެއާޕާސަން އަކްރަމް ކަމާލުއްދީން "މިހާރު" އަށް ވިދާޅުވީ ފްލެޓްތަކުގެ ދާއިމީ ލިސްޓާ ގުޅިގެން ލިބިފައިވާ ޝަކުވާތައް މިހާރު ރިވިއުކުރަމުން އަންނަ ކަމަށެވެ. ދާއިމީ ލިސްޓަށް ކުދިކުދި ބަދަލުތަކެއް އަންނަ ވަރުގެ ޝަކުވާތައް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދައުރު ނިމެންވާއިރަށް [ލިޔުން] ހަވާލުކުރެވޭނެ އިރާދަކުރެއްވިއްޔާ: އަކްރަމް
"އެހާ ބޮޑު ތަފާތެއް ނޫން، ކޮންމެވެސް ވަރެއްގެ ބަދަލެއް އަންނާނެ. ޝަކުވާތައް ބަލާ ނިމުނީމަ އެއްޗެއް ބުނަން އެނގޭނީ،" އަކްރަމް ވިދާޅުވި އެވެ.
"ދައުރު ނިމެންވާއިރަށް [ލިޔުން] ހަވާލުކުރެވޭނެ އިރާދަކުރެއްވިއްޔާ."
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ރިޔާސީ ދައުރު ހަމަވަނީ އަންނަ ހުކުރު ދުވަހަށެވެ.
ހައުސިން މިނިސްޓްރީން ކުރިން ބުނި ގޮތުގައި ފްލެޓްތަކުގެ ދާއިމީ ލިސްޓާ ގުޅިގެން 7،000 އަށް ވުރެ ގިނަ ޝަކުވާ ލިބިފައިވެ އެވެ.
މިނިސްޓްރީން ނެރުނު ފްލެޓްތަކުގެ ދާއިމީ ލިސްޓުގެ މައްސަލަ ބޮޑުވީ، އެ ލިސްޓު އާންމުކުރި އިރު އެއްވެސް މީހަކަށް ޕޮއިންޓް ދިން ގޮތުގެ ތަފްސީލު ހާމަނުކުރުމުންނެވެ. އެ މައްސަލާގައި އާންމުންގެ ޝަކުވާ ބޮޑުވުމުން، ޕޮއިންޓް ލިބުނު ގޮތުގެ ތަފްސީލު މިދިޔަ ބުދަ ދުވަހުން ފެށިގެން މިނިސްޓްރީން ވަނީ އާންމުކޮށްފަ އެވެ. އެ މައްސަލާގައި ބައެއް މީހުން ވަނީ މިނިސްޓްރީގެ އިދާރާ އަށް އެއްވެ އިހުތިޖާޖު ވެސް ކޮށްފަ އެވެ.
މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ކުރިމަތިލާން ހުޅުވާލި ފުރަތަމަ ބުރުގައި 20،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހެޅި އެވެ. އޭގެ ތެރެއިން ޝަރުތު ހަމަވަނީ 13،000 މީހުންނެވެ.
އޭގެ ތެރެއިން، މި ސަރުކާރުން ދޭ ފުރަތަމަ 4،000 ފްލެޓް ލިބޭނެ މީހުން ވެސް ވަނީ ކަނޑައަޅައިފަ އެވެ. އެ 4،000 ފްލެޓް ދެނީ ތިން ކޮޓަރީގެ ފްލެޓަށް ހުށަހެޅި މީހުންގެ ތެރެއިން 76 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުންނަށާއި ދެ ކޮޓަރީގެ ފްލެޓަށް ހުށަހެޅި މީހުންގެ ތެރެއިން 73 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުންނަށެވެ.
ފުރަތަމަ 4،000 ފްލެޓް ދޭނެ މީހުން ކަނޑައެޅުމުގައި ސަރުކާރުން ބޭއިންސާފުން ކަންކަން ކޮށްފައިވާ ކަމަށް ބުނެ އާންމުން ވަނީ ގިނަ ތުހުމަތުތަކެއް ކޮށްފަ އެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ހޮނިހިރު ދުވަހު ދެއްވި ހިތާބުގައި އެމަނިކުފާނު ވިދާޅުވި ގޮތުގައި، މަސައްކަތުގެ އެކި މަރުހާލާގައިވާ ޖުމްލަ 7،700 ފްލެޓުގެ މަސައްކަތް މާލެ ސަރަހައްދުގައި އެބަ ކުރިއަށް ގެންދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދޮރުވެރިޔާ
15 November 2023
ދައުރު ނިމެނީޔޭ. ކުޑަމިނުން ރޯ ނުބައިކޮށް އެންޓަރ ކޮށްފަ ހުރި ތަން ރަނގަޅި ކޮށްލާނަމަވެސް ޝަކުވާ ބެލިކަމަށް ވާނެދޯ. އަދި ހަމަ ބަލައިވެސް ނުލާ. ނޫނޭ މިއޮތީ ވާ ސަރުކާރެއް.
ސިއުނާ
14 November 2023
އަސްލުވެސް ލިޔުން ދޭން ޖެހޭ. ނުލިބުނީމާ ދެން އަބަދުވެސް މުޒާހަރާ ކުރާބަޔަކު އުޅޭނެ. މިވޭތުވެދިޔަ 2 ދައުރުގައިވެސް ނުލިބޭ މީހުން ހަމަ މުޒާހަރާ ކުރޭ. މަވެސް ބޭނުން ، ދެން އެކަން ކޮންމެވެސް އެއްބަޔަކަށްތާ ލިބޭނީ
އަލިފުޅު
14 November 2023
މިސަރުކާރުން ފުލެޓު ދިނީމަ މި ވެރިކަމުގަ ދިން ކަމަށް ވާނީ. ނޫނީ ތީގެ ފޮނިކޮޅު ބޯލާނީ މުއިއްޒު.
އަސޭލ
14 November 2023
އަކުރަމައް ވާނެބާ، 2 ދުވަހައްވީ.
މައިސަރު
14 November 2023
ލަދު ހަޔާތް މަދު މީހަކު ވެރިކަމުގަ ހުންނަން ވެގެން ކަނޑުން ގޯތި ދިނުން ދެކޮލެއް ނުޖެހޭ
މުބީނު
14 November 2023
ރައްޔިތުންނޭ އެއްވެސް ވަރަކަށް ޝަކުވާ އަޑުނާހާނެ! ފައިބަން ވަގުތކޮޅަކަށްވީމައި ކުރިންވެސް ފުލެޓު ބެހިގޮތައް ބަހާލާނީ! ޗަކުވާ ބަލާނަމޭ އެކިޔަނީ ރައްޔިތުނގެ އަގަމަތިރި ކުރަން!
ގެދޮރުވެރިޔާ
14 November 2023
ބޭފުޅުންނޭ ކިހިނެއް ތި ހައްދަވަނީ? ކިޔާތީ އެބަ އިވޭ މިހާރު ލިސްޓު ނުނެރެ ވަކިވަކިން މީހުންނަށް ގުޅައިގެން ގެންގޮސް ލިޔުން ޙަވާލު ކިރަނީޔޯ? ކިހާވަރެއްގެ ތެދެއްބާ?
ހޓލރ
14 November 2023
ފްލެޓް އަށް ފޯމް ހުށަހެޅި ގޮތުން ޕޮއިންޓް މަދުން ލިބުނީ އެއީ އަކްރަމްގެ މަސްއަލައެއްނޫން ެ
އެހެން
13 November 2023
އެންމެ އަނގަ ގަދަކޮށް އުޅޭ ސަތޭކަ ވަރަކަށް މީހުން 76 ދީފައި ކުރިން ދޭން ނިންމި މީހުން 90 މަތިން ދީ ގުރުއަތަށް ދާނީ އެންމެ މަތިން މާރކްސް ލިބުނު 5000 މީހުން .އެއީ ރިޒާވް 1000 ލައިގެން . އޭރުން އޮންނާނީ އަނގަގަދަ މީހުންނަށް ފުލެޓް ލިބިފައި.
ސްއި
13 November 2023
މިކަން ހުއްޓުވާ މީބޮޑު ފިތުނައެއް ހިޔާ ފުލެޓު ވެސް އިބޫ ބޭނުން ގޮތެއް ސަރުކާރު ލިޔުން ބާތިލް މުއިއްޒު ސަރުކާރަށް ގޮވާލަން މިކަން ބަލާ މިލިޔުން ބާތިލް ކޮށްދެއްވުމަށް
ސަރާސަރ
15 November 2023
މުއިއްޒުގެ މިނިސްޓަރު ކަމުގައި އެކަން ކުރިއިރު ހަމަ ރަނގަޅު ދޯ؟