ޕޮލިސް ކޮމިޝަނަރު ހަމީދު "މިހާރު" އަށް މިއަދު އިންޓަވިއުދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
13 ނޮވެމްބަރ 2023 - 14:21
ޒުވާނުން ސިންތެޓިކް ޑްރަގް ބޭނުންކުރާ މިންވަރު އިތުރުވާތީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ފުލުހުންގެ ހިދުމަތުން އަންނަ ބުދަ ދުވަހު ރިޓަޔާކުރެއްވުމުގެ ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއުގައި ހަމީދު ވިދާޅުވީ ކެމިކަލް ބޭސްޑް އަދި ލެބޯޓްރީތަކުގައި ހަދާ ޑްރަގްތަކާއި އެހެނިހެން ބާވަތްތައް އެއްކޮށް ހަދާ ޑްރަގުން ސިއްހަތާއި އާއްމުންގެ ފުރާނައަށް ނުރައްކާވާ ކަމަށެވެ.
އެ ކަންކަމާ މެދު ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ އެލާމިން ލެވެލްގައި އޮތް ކަމެއް. އެއަށް އަޅުގަނޑުމެން ޖެހޭ އެޑްރެސްކުރަން ގައުމީ ލެވެލްގައި. ނޭޝަނަލް ޑްރަގް އެޖެންސީއާ ދައުލަތުގެ މިކަމާ ގުޅުންހުރި އާއްމު ސިއްހަތަށް ގުޅުންހުރި އިދާރާތަކާ ނުވަތަ ހެލްތު މިނިސްޓްރީއާ ފުލުހުން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ." ސީޕީ ވިދާޅުވި އެވެ.
ރާއްޖޭގައި އާއްމުކޮށް ބޭނުންކުރަނީ ހެރޮއިން ނުވަތަ ކެނެބިހެވެ.
އެއީ އެލާމިން ލެވެލްގައި އޮތް ކަމެއް. އެއަށް އަޅުގަނޑުމެން ޖެހޭ އެޑްރެސްކުރަން ގައުމީ ލެވެލްގައި. ނޭޝަނަލް ޑްރަގް އެޖެންސީއާ ދައުލަތުގެ މިކަމާ ގުޅުންހުރި އާއްމު ސިއްހަތަށް ގުޅުންހުރި އިދާރާތަކާ ނުވަތަ ހެލްތު މިނިސްޓްރީއާ ފުލުހުން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. -- ހަމީދު
ހަމީދު ވިދާޅުވީ ކޮންމެ ބާވަތެއްގެ މަސްތުވާތަކެއްޗަކަށް ވިޔަސް ޝަރީއަތަށް ބަހައްޓަންޖެހޭ މިންވަރަށް ބެހެއްޓުމަށްފަހު ބާކީ ހުރި ބާވަތްތައް ނައްތާލާ ކަމަށެވެ.
އެކަމަކު، މި ފަހަކަށް އައިސް ސިންތެޓިކް ޑްރަގްސް އާއްމުވި އެއް ސަބަބަކީ، ޑްރަގާ ދެކޮޅަށް ފުލުހުންގެ އޮޕަރޭޝަން ފުޅާވުމަކީ އެކަށީގެންވާ ކަމެއްކަން ފާހަގަކުރެއްވި އެވެ.
އޭގެ ފަހުން ޕޯސްޓް ނުވަތަ ޑީއެޗްއެލް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި ގެނެސް، ފަސޭހައިން ހޯދޭނެ ނުވަތަ ކެމިކަލް ޑްރަގް ބޭނުންކުރަން ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރަނީ އެކަމާ ގުޅުންތަކެއް ހުރި ކަމަށް. އާއްމުކޮށް މި ބޭނުންކުރާ ހާޑް ޑްރަގްސްތައް އެތެރެކުރުން ހުއްޓުވުމަށްޓަކައި އަޅާފާނެ ފިޔަވަޅަކަށް ވިސްނާފައި އަޅުގަނޑުމެން އެކި ބާވަތުގެ މަސްތުވުން ބޭނުންވާ ފަރާތްތަކުގެ މާކެޓުގެ އެކްސްޕްލޮއިޓް ކުރުމަށްޓަކައި ތަފާތު އާ ބާވަތްތަކެއް ގެންދިއުން."
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފރފ5
14 November 2023
އެކަން ހުއްޓުވަން ކަމެއް ނުކުރެވުނީ ކީއްވެތޯ؟؟ ސްކޭމް ކޯލްތައް ނުހުއްޓުވުނީ ކީއްވެތޯ؟؟ މަނިކްފާނުގެ ގަޓު އެބަހުރިތޯ މި 2 ސުވާލަށް ޖަވާބުދެވޭނެ؟
އަބްޑޫޅް +
14 November 2023
"ސިންތެޓިކް ޑްރަގް ބޭނުންކުރުން އޮތީ އެލާމިން ލެވެލްގައި". ހޫނ. މީނައަށް ވެސް އިގިރޭޝި ބަޝް އެނގޭކަން ހާމަވެއްޖެ. ސާބަހޭ!
އެމްސީބެ
13 November 2023
ރިޓަޔަރ ކުރާ ވަގުތު މިބާވަތުގެ ވާހަކަ ދައްކަން އެނގޭނެ.
ޢަފީ
13 November 2023
ޢޭ މި އާޓިކަލް ނިނމާލުމުގައި ހަމީދު ބުނެފަިވާ އެއްޗެއް ނޭގުނު. މަށަށް ވިސްވުނީ ބާރު ގަދަ ޑްރަގުގެ ބަދަލުގައި ބާރު ދެރަ ޑްރަގެއް ތަޢާރަފް ކޮށްފަ ދޭންޖެހޭ ބުނެފަ އޮތް ހެން…
ޕަބްލިކް ސިއްރު
14 November 2023
އަޅުގަނޑަށް ހީވަނީ އެ ވިދާޅުވަނީ، ޑީލަރުންނާ ސަޕްލަޔަރުން ވިސްނާ ގޮތްކަމަށް. ފުލުހުންގެ މަސައްކަތް ކާމިޔާބުވާ ވަރަކަށް، މަސްތުގެ މާރކެޓް އިން ފައިދާ ހޯދުމުގައި ސަޕްލަޔަރުންގެ އުކުޅުތައް ބަދަލުކޮށް ޢަމަލު ކުރަނީ މިބާވަތްތަށް އެތެރެކޮށްގެންވެސް މަސްތުގަ ޖެހިފަތިބި ނުވަތަ ޖެއްސިދާނެ މީހުން ދަލުގައި ޖެއްސުމަށްކަމަށް. ދެރަކަމަކީ، ހުރިހާ ކަމެއް އިގޭއިރުވެސް މިކަންކަން ނުހުއްޓުވޭތި. މުލުން ލުހެ ނުލެވޭތީ
ވަރަށް ފައްކާ
13 November 2023
ވަޒީފާ ދޫކޮށްފަ 1 މިލިއަން ރުފިޔާގެ ރިޓަޔަމެންޓާ 5 ލަކަ ރުފިޔަގެ ކާރެއް ހިފަިގެން ދަމުން މޮޅު ވާހަކައެއް ތި ދެއްކީ. މަގަމުގަ ހުރެގެން ތި އިންޒާރު ދިނިންތޯ؟ ތީގެން ގަުމު ސަލާމަތް ކުރަން ގަމުމީ ލެވެންގަ ތިބުނާހެން ކުރީ ކޮން މަސަކަތެއްތޯ؟ ބޯހަލަކު!
ހަސީނާގެ ޑައިރީ
13 November 2023
ބަލަ އެލާމިންގ ލެވެލްގައި ނެތީ ކޮން ކަމެއްތަ، ހަމީދޫ؟ ވަޅި ޖެހުން، މީހުން މެރިން، ސްކޭމް، ޕޮންޒީ، ޚިޔާނާތްތައް، ކޮރަޕްޝަން، ނެޕޯޓިޒަމް، ވައްކަން، ސްޓިކަރ، ޓްރެފިކް، ޖިންސީ އަނިޔާ، ރޭޕް.... މިހެން ކިޔާ ހުސް ނުވާނެ
ކުޑަކަތީބު
13 November 2023
މަނިކުފާނުވެސް ތިހުންނެވީ އިސްޓިކާބެ ހެދިގެން އެލާމިން ލެވަލްގައެއް ނުންތޯ. . .
ކަޅުސޮރު01
13 November 2023
އޯކޭވާނެ، ބިންހިންކާ ފްލެޓްއަޅަންވީ - އަދި ހުރިހާ ފަޅުތަކެއްވެސް މުއިއްޒު ހިއްކައިނގެން ސޯލިހަށް ކުރި ކަންކަމަށް ވެރު 'ހެޔޮ' ބޮޑުވެެގެން އެންމެންނަށް ބަހަމުން ގެންދޭ
އެއްކަލަ މީހާ ދޯ
13 November 2023
ފުލުހުންގެ ވެރިޔާގެ ގޮތުގައި 5 އަހަރު ހޭދަކުރިއިރު ފަހު ދުވަހާ ޖެހެންދެން ބުނަމުން އައީ މަސްތުވާތަކެތީގެ މައްސަލަ އަށް ހައްލުވެފައިވާ ވާހަކަ. އަދި މަސްތުވާތަކެތި ބޭނުންކުރާ ނިސްބަތް ދަށަށް ދިޔަވާހަކަ. ކުއްލިއަކަށް ވަޒީފާއިން ނިކުންނަން ފަހުދުވަހު މިބުނަނީ ބޮއްސުންލާފަ އޮތްވާހަކަ. އަޅެފަހެ ވެއްޖެއެއްނެ މިފަދަ މަގާމުތަކުގަ ތިބޭ މީހުން މަގާމުގެ ދަހިވެތިކަމުގަ މިމޭރުމުން ވާހަކަ ދެއްކީމަ ފިޔަވަޅުއެޅޭނެ ގޮތަށް ގާނޫނަށް ބަދަލުގެންނަން
ގެދާނޯމޮސް
13 November 2023
ގޯސްކަންކަން ނޭންގި ގެން ނޫނެންނޫންތޯ ހާމަނުކޮށް މުޅިފަސްއަހަރު ޒުވާންޖީލު ތިނަގާލީއެވެ. ދެން މޮޅުކޮށްލީމާ ހިޔެއްނުވެއެވެ.