ފިނޭންސް މިނިސްޓްރީ. 5.2 ބިލިއަންގެ ޓީބިލް ވިއްކަން ވަނީ ހުޅުވާލައިފައި -- ފޮޓޯ: މިހާރު
15 ނޮވެމްބަރ 2023 - 12:03
ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން 5.2 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ހުޅުވާލަން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ވާ ގޮތުން މި އަދަދަށް ޓީބިލް ވިއްކުން އޮންނާނީ އާ ވެރިކަމުގެ ފުރަތަމަ ރަސްމީ ދުވަސް ކަމަށްވާ އަންނަ އާދިއްތަ ދުވަހު އެވެ. އާންމު ގޮތެއްގައި އެ މިނިސްޓްރީން ވިއްކަނީ ހަފުތާއަކު 2.5-1 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދެކެެވެ. އެހެންވެ، މިއީ އެވްރެޖުކޮށް ވިއްކާ އަދަދަށް ވުރެ އިތުރު އަދަދެކެވެ.
ފިނޭންސް މިނިސްޓްރީން މި އަހަރުގެ މިހާތަނަށް 33 ބިލިއަން ރުފިޔާ ވަނީ ވިއްކައިފަ އެވެ. ކޮމާޝަލް ބޭންކުތަކަށް 16.5 ބިލިއަން ރުފިޔާގެ ޓީބިލް އަދި އެހެން މާލީ އިދާރާތަކަށް 15 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކާފައި ވެ އެވެ. ޕްރައިވެޓް ސެކްޓަރަށް ވިއްކި ޓީބިލްގެ އަދަދު 103 މިލިއަން ރުފިޔާ އަށް އަރަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ދައުލަތުން ވިއްކި ޓީބިލާއި ބޮންޑާއި ސުކޫކުގެ އަދަދު 77 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އޭގެ ތެރެއިން ރާއްޖޭގައި ހިންގާފައިވާ މުއާމަލާތުތަކުގެ އަދަދު ހުރީ 68 ބިލިއަން ރުފިޔާގަ އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ހަތަރު ވައްތަރެއްގެ ޓީބިލް އަންނަނީ ވިއްކަމުންނެވެ. އެއީ 28 ދުވަހާއި 98 ދުވަހާއި 182 ދުވަހުގެ އިތުރުން 364 ދުވަހުގެ ތެރޭގައި ފައިސާ އަނބުރާ ދައްކަންޖެހޭ ޓީބިލެވެ. އަނބުރާ ދައްކަންޖެހޭ މުއްދަތު އިތުރުވާ ވަރަކަށް އިންޓަރެސްޓް ރޭޓް ދާނީ ބޮޑުވަމުންނެވެ.
ޓީބިލް ވިއްކުމަށް ހަފުތާއަކު އެއް ފަހަރު ހުޅުވައިލާއިރު، ސަރުކާރުގެ ކޭޝް ފްލޯ ހަމަޖެއްސުމަށް ޓީބިލް އާންމު ގޮތެއްގައި ވިއްކަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކްތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކަށެވެ. މީގެ ތެރޭގައި މަޝްހޫރު ޗަމްޕާ ބްރަދާސްގެ ހިއްސާ އޮންނަ ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް އާއި ޔުނިވާސަލްގެ ހިއްސާ އޮންނަ ކުންފުނިތަކުން ވެސް ސަރުކާރުން ވިއްކާ ޓީބިލަށް އިންވެސްޓް ކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަވާލާ
15 November 2023
ސޯލިބޭ ގައުމު ދަވާލީ ، މިވަރުގެ ހާއިނެއް ދެން މިގައުމުގެ ވެރިކަމަށްނާންނާނެ
ލީނާއްނަ
15 November 2023
ކީއްވެތަ މިމީހުން އަބަދު ޓީބިލް ވިއްކަނީ؟ ކޮބާ ކޮފީ ބިލް؟
ކަރަދުއިބްރާހީމް
15 November 2023
ޓީބިލް ވިއްކުމަކީ އޮތް މަދު މަގުތަކުގެ ތެރެއިން މިވަގުތަށް އޮތް މަގެއް ، އެމެރިކާގެ ޓީބިލް ޗައިނާއިންވެސް ގަނެއުޅޭ ( ކަނޑައެޅޭ ވަކި މިންވަރަކަށް ) ރާއްޖޭގައި މިސްރާބެއްނެތް ވެރިކަމެއް މިނިންމަނީ ދައުލަތް ދަރަނީން ކުޑަކަކޫ ޖައްސާލުމަށްފަހު ، މިޤައުމުގައި ވެރިއަކަށް އަންނަ ބޭފުޅަކަށް ޚަރަދުކުރެވޭނެ ޢަދަދުތައް ހިމެނޭ ޤާނޫނެއް އުފަން ކުރަން އެބަޖެހޭ ، ޑެފިސިޓަކީ ހޮވުނު ފަސްއަހަރުން ދުވަސް މަދުވާ އެއްޗަކަށް ހަދަން އެބަޖެހޭ ދަރަނިރަތްބޮކި ދިއްލެންޖެހޭ
ތައްކާނު ބޭ
15 November 2023
ހުސް ކުރާ ސޭލް! މަ ވެސް ޓީ ބިލް ގަންނާނަން