15 ނޮވެމްބަރ 2023 - 19:46
މިއަންމާގެ ބައި މަދު ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގައި ހިންގާ ގަތުލުއާންމު ހުއްޓުވުމަށް، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހަޅާފައިވާ މައްސަލައަށް ތަދައްހުލުވާން ރާއްޖޭން ހުށަހަޅައިފި އެވެ.
މިއަންމާގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ލާ އިންސާނީ އަމަލުތަކާ ގުޅިގެން އައީސީޖޭއަށް 2019 ވަނަ އަހަރުގެ ނޮވެމްބަރު ހުށަހެޅީ ގެމްބިއާ ސަރުކާރުންނެވެ.
އެ މައްސަލައިގައ،ި މިއަންމާގެ ރާކީން ސްޓޭޓްގައި ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް 2016 ވަނަ އަހަރުން ފެށިގެން އެ ގައުމުގެ ސިފައިންނާއި އެހެން ފަރާތްތަކުން ހިންގަމުން އަންނަ އަމަލުތަކަކ،ީ 1948 ވަނަ އަހަރުގެ ޖެނޮސައިޑް ކޮންވެންޝަނާ ހިލާފު އަމަލުތަކެއް ކަމަށް ވަނީ ހުށަހަޅާފަ އެވެ.
ރާއްޖޭން މި މައްސަލައަށް ތަދައްހުލްވާން ނިންމައި، އެ ކަން އިއުލާނުކުރީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު ބޭއްވި އދ.ގެ ހިއުމަން ރައިޓްސް ކައުންސިލް ބައްދަލުވުމުގަ އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ބުނީ، މި މައްސަލައަށް ތަދައްހުލުވާނެކަމަށް އިއުލާނުކޮށްފައިވާ އިތުރު ހަ ގައުމަކާ ރާއްޖޭން ވެސް އެކަމަށް ބޭނުންވާ ލިޔެކިޔުންތައް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.
އެ އޮފީހުން ބުނީ ރާއްޖޭގެ އިންޓަވެންޝަން މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން "ޑިއުޓީ ޓު ޕަނިޝް ޖެނޮސައިޑް" މާނަކޮށްފައިވާ ގޮތުގެ މައްޗަށް ކަމަށެވެ.
މި މައްސަލާގައި ރާއްޖެ ތަމްސީލުކުރުމަށް އައްޔަންކޮށްފައިވާ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމުގައި ހިމެނެނ،ީ އިނގިރޭސިވިލާތުގެ ޑައުޓީ ސްޓްރީޓް ޗޭމްބާސްގެ ވަކީލު އަމާލް ކްލޫނީ އާއ،ި އިނގިރޭސިވިލާތުގެ ޓްވެންޓީ އެސެކްސްގެ ވަކީލު ޕްރޮފެސަރު ފިލީޕާ ވެބް ކަމަށް ވެސް އޭޖީ އޮފީހުން ބުންޏެވެ.
މިއަންމާގައި ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން ރާއްޖޭން ވަނީ 2017 ވަނަ އަހަރު އެ ގައުމާ އެކު ވިޔަފާރީގެ ހުރިހާ ގުޅުމެއް ކަނޑާލައިފަ އެވެ. އަދި މި މައްސަލައާ ގުޅޭ ގިނަ ރެޒޮލިއުޝަންތަކެއް ކޯ-ސްޕޮންސާކޮށް އދ.ގެ އާންމު މަޖިލީހާއި ހިއުމަން ރައިޓްސް ކައުންސިލަށް ރާއްޖޭން ހުށަހަޅާފައި ވެ އެވެ.
މިއަންމާގެ އަސްކަރިއްޔާގެ އަނިޔާތަކުން ސަލާމަތްވުމަށް 2017 ވަނަ އަހަރު ގައުމުދޫކޮށް ދިޔަ، ގާތްގަނޑަކަށް އެއް މިލިއަން ރޮހިންޔާ މުސްލިމުން މިހާރު ދިރިއުޅެމުންދަނީ ބަންގްލަދޭޝްގެ ތޮއްޖެހިފައިވާ ކޭމްޕްތަކުގައި ވަރަށް ނިކަމެތި ހާލުގަ އެވެ.
ރާކައިން ސްޓޭޓްގައި ތިބި ކަމަށް ލަފާކުރެވޭ 600،000 އެއްހާ ރޮހިންޔާ މުސްލިމުންނަށް މިއަންމާ ސަރުކާރުން ގޯނާތަކާއި އަނިޔާވެރިކަން ދަނީ ކުރިމަތިވަމުންނެވެ. ދަތުރުފަތުރު ކުރުމުގެ މިނިވަންކަން ނެތް ކޭމްޕްތަކުގައި، އެކަށީގެންވާ ކާނާއާއި ސިއްހީ ފަރުވާއާއި ތައުލީމާއި އާމްދަނީ ހޯދުމުގެ ފުރުސަތުތައް ވަނީ ކަނޑާލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
16 November 2023
ފަލަސްތީނު ރައްޔިތުންނާ އެއްކޮޅަށް، އިޒްރޭލް ގެ ވެރިންނާ ދެކޮޅަށް މިހާރު ގައުމު ތަކުން ކުރަމުންދާ ގާނޫނީ މަސައްކަތުގެ ތެރެއަށް ވަނުން ވެސް މުހިންމު...
ހަސަނު
16 November 2023
ދެން މިތާ ތިބި ޕާސްޕޯޓުނެތް ބަންގލަދޭޝް މީހުންނަށް ކިހިނެއް ހަދާނީ؟؟
ލަބްޔާ
16 November 2023
ރާއްޖެ މިއަށް ނުވަނަސް މައްސަލަ ހިނގާނެ. ބޭނުމަކީ އޭޖީން ކޮރަޕްޝަންގެ ގޮތުގައި ލާރިގަނޑެއް ކައްވާލުން. އަދިވެސް ވެރިކަން ނިމެން ބައިގަޑި އިރަށްވީމަވެސް ކެވުނުހާ އެއްޗެއް ކަނީ. ރައްޔިތުން ނުކުމެ މި އެންމެންގެ ކަންތައް ހުއްޓުވަންޖެހޭ.
އެއްޗެއް
16 November 2023
ކިޔާފަ ކޮމެންޓް ކޮށްބަލަ! އިސްލާހީ ފާޑު ކިޔާމީހުނެއް ނޫނިއްޔާ..
ބަލްޔާ
16 November 2023
ލިޔަން ކިޔަން ދަސްކުރަމާ! އެއޮތީ ލިޔެފަ 2020 ގަ މިކަންކުރަން ނިންމި ވާހަކަ. އޭރު އެކަން ކުރަން ނިންމާ ކަމާ ގުޅޭ ލިޔެކިޔުންތައް ނިންމާ ހުށަހެޅުނީ އިއްޔެކަން އެއޮތީ ލިޔެފަ.
އަބްޑޫޅް +
16 November 2023
ނުބެހޭ ކަންކަމަށް ތަދައްހުލު ވުމުގެ ބޭނުމެއް ނެތް. ދިވެހިރާއްޖޭގަ ތިބޭނީ ގަބުޅި ކަތީބުން. ގަބުޅިކަތީބުންނަށް ލިބޭނީ، ގަބުޅިކޮޅު، މަސްކޮޅު، ކާށިކޮޅު. ގަބުޅިއެކޭ ހީނުކޮށް ކާލައިގެން ތިބެބަލަ.
އާދަނު69
15 November 2023
ތަނެއްއޮތިއްޔާ މި ކުޑަޤައުމުންއެބަވަދޭ
ނޮވެމްބަރު17
15 November 2023
މިޔަންމާ މައްސަލައަށް ވަންނަން އަދި އަވަހެއް ނޫންތަ؟ ލަދު ކޮބާ؟؟ #ލަދުކުޑައިބޫއާއިޝާހިދު
ޞބެގވ
15 November 2023
ފަލަސްތީނުގެ މައްސަލައަށް ވެސް ޕްލީސް
ކކކކކ
15 November 2023
އާމާލު ކުލޫނީއަށް 30 ހާސް ގަޑިއަކަށް ދެމުންދަނީ ތި މައްސަލަ ތެރެއަށް ވައްދައިގެންނެއް ނޫންތަ؟
ހަދީ
15 November 2023
ހަމަ މިގޮތަށް ފަލަސްތީނުގެ މައްސަލަ އަށް ވެސް ވަންނަން ޖެހޭނެ
އަލީ!
15 November 2023
ވަދެފައޭއޮތީ..
ކާސްޓް
16 November 2023
ރޮހިންޖާ މީހުންގެ ހަމުގެ ކުލަ ކަޅުވީމަ އެމީހުންވަނީ 3 ވަނަ ދަރަޖައިގެ މުސްލިމުންނަށްބާ؟