ބޮޑުތަކުރުފާނު މަގުގައި ފޮރިން މިނިސްޓްރީ ކުރިމަތީ ޓްރެފިކް ތޮއްޖެހިފައި: ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވާ ވަގުތުގައި މާލޭގައި ބޮޑެތި ވެހިކަލްތައް ދުއްވުން ވަނީ މަނާކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
16 ނޮވެމްބަރ 2023 - 20:46
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު މާދަމާ ބާއްވާ ވަގުތުގައި މާލޭގެ މަގުތަކުގައި ބޮޑެތި ވެހިކަލްތައް ދުއްވުން ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު މަނާކޮށްފި އެވެ.
އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ އިންތިހާބީ ރައީސާއި ނައިބު ރައީސް މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު މާދަމާ ބޭއްވުމަށް ހަމަޖެހިފައި ވާތީ، މާލޭގެ ޓްރެފިކް ސެކިއުރިޓީ ކަންތައްތައް އަމާންކަމާއި އޮމާންކަމާ އެކު ގެންދިއުމަށް މަގުތަކުގައި ދުއްވާ ބޮޑެތި އުޅަނދުތަކުގެ ތެރެއިން ސީ 1 ކެޓަގަރީގެ 350 ކިލޯގެ ކުދި ޕިކަޕް ފިޔަވައި އެހެން ބަރު އުޅަނދުތައް ދުއްވުން މަނާވާނެ ކަމަށެވެ.
އެ އުޅަނދުތައް ދުއްވުން މަނާ ވާނީ މާދަމާ މެންދުރު ފަހު 2:00 އިން 6:00 އަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
ދުއްވުން މަނާ ވާނީ "ސީ2"، "ސީ0"، "ޑީ"، "އީ" އަދި "ވީ" ކެޓަގަރީގެ ވެހިކަލްތައް ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.
އެ ކެޓަގަރީތަކުގެ ވެހިކަލްތަކުގެ ތެރޭގައި ބޮޑެތި ވޭނާއި ކާރާއި މުދާ އުފުލުމަށް ބޭނުންކުރާ ވެހިކަލްތަކާއި ކޮންސްޓްރަކްޝަން މަސައްކަތަށް ބޭނުންކުރާ ވެހިކަލްތައް ހިމެނެ އެވެ.
އެ ކެޓަގަރީތަކުގެ ތެރޭގައި ހިމެނޭ ސަލާމަތީ ބާރުތަކުގެ އުޅަނދުތަކާއި ސަރުކާރުގެ އިދާރާތަކުގެ އާންމު ހިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދުފަހަރު އެ ވަގުތުތަކުގައި ދުއްވުން މަނާ ނުވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އެ އުސޫލާ ހިލާފަށް ދުއްވާ ވެހިކަލްތައް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން 750ރ. އިން ޖޫރިމަނާކުރާނެ ކަމަށެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު މާދަމާ ހަވީރު 4:30 ގައި ޖުމްހޫރީ މައިދާނުގައި ބާއްވަން ހަމަޖެހިފައިވާ އިރު، އެތަން ވަށައިގެން ބޮޑު ސަރަހައްދެއްގައި ވެހިކަލް ޕާކުކުރުން ވެސް ފުލުހުން ވަނީ މަނާކޮށްފަ އެވެ.
ފުލުހުން އިއްޔެ "އެކްސް" ގައި ކުރި ޕޯސްޓެއްގައި ހިއްސާކޮށްފައިވާ ކުރެހުމުގައިވާ ގޮތުން، އެ ރަސްމިއްޔާތަށް ލޯކަލް މާރުކޭޓުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ބޮޑުތަކުރުފާނު މަގުގައި ޕާކު ކުރުން ވަނީ މަނާކޮށްފަ އެވެ. އަދި ޖުމްހޫރީ މައިދާނުގެ ފަހަތުން އޮންނަ އަމީރު އަހުމަދު މަގުގައި ޕާކު ކުރުން މަނާކޮށްފައި ވަނީ، އެމްއެމްއޭ އިން ފެށިގެން ފޮރިން މިނިސްޓްރީއާ ހަމަ އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާލެމީ
17 November 2023
މާލެއަކީ މިހާރު ތިޔަ ކަހަލަ ރަސްމިއްޔާތު ބާއްވަން ރަގަޅު ތަނެއް ނޫން. ހުޅުމާލޭގަ ބޭއްވިނަމަ ތަން އޮންނާނެ.
މަދިރިދުންދަނޑި
16 November 2023
މިދޭތެރެއަކުން ބޫޓުކިބަ ބާލާނަމޭކިޔާފަ އެގޮވި ގޮވެލިފައްޗާހެދި އިންޑިއާމީހުން ތިތަނަށްދާނީ ފައިވާނުގަކަންނޭނގެ.
ދަގަތްފާނު
16 November 2023
މިކަމާ އޭސީސީއިން ޓްރާންސްޕޯޓު މިނިސްޓްރީއަށް ނުވަދޭބާ.
އޮނަރަބްލް އަފީފު ދީދީ
16 November 2023
އެކިދުވަސް ދުވަހު އެކިގޮތް ގޮތަށް "މާލެ" ބަދަލުވެ މާލޭގެ ސައިޒާއި މާލޭގެ އަވަށް ތަކާއި، މާލޭގެ އާބާދީ އޮޅޭގޮތް ވަމުން އެބަދޭ. # ޑރ މުއިއްޒު ހުވާ ކުރުމުގެ ރަސްމީއްޔާތު އޮންނަ ދުވަހު "މާލެ" މިއޮތީ ހުޅުމާލެއާއި ވިލިގިލިވެސް ހިމެނޭ ގޮތަށް ނުވަތަ ނުހިމެނޭ ގޮތަށްތޯ!؟ މިދެންނެވި 2 ރަށް ހިމެނޭ ގޮތަށް ނަމަ 17 ނޮބެމްބަރ 2023 ގައި އެ ދެރަށުގައިވެސް "ބޮޑެތި" އުޅަނދު ނުދުއްވޭނެ ނޫންތޯ!
އަ ފީފާ
16 November 2023
ކަލެއަށް ކީއް؟
ރިކާބީ
16 November 2023
ފުށިދިއްގަރުފަޅަކީވެސް މާލޭގެ ބައެކޭ އެބަކިޔާ މިހާރު.
ރަދީފްއޮފިޝަލް
16 November 2023
ކިހާވަރަކުން ދާނެބާ!!!! ކެމްޕެއިން ދުވަސްވަރު "ރާއްޖެއޮތީ ދަރާފައޭ" ކިޔާއިގެން ވާހަކަދައްކާފަ 23 މިލިޔަން ޚަރަދުކޮއްގެން ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުމަކީ ދެކޮޅުޖެހޭ ކަމެއްބާ.
ޑްރައިވަރ
16 November 2023
ގަލޮޅުދަނޑް ގަ ތިކަން ކޮށްލިނަމަ . އަހަރަމެން މީ ޓެކުސީ ކޮށްގެން ކައިގެން ބޮއިގެން ކުލިދަށްކައިގެން އުޅޭ މީހުން އެއްމެ ދުވަހަކު އެއްމެ ގަޑީއިރަކުވެސް މަސައްކަތް ހުރެންޖެއްޔާ އިންތިހާއަށް ދަތިވޭ އަތްމަތި
ހީވާގި
17 November 2023
ހާދަ ހީވާގި ޑްރައިވަރެކޭ. ވިއްސަކަށް ގަޑިއިރު ކަލޭގެ ޓެކްސީ އަބަދު މަގުމަތިން ފެންނާނެތާދޯ އެހެންވީމަ.
މޯޑް
16 November 2023
ރަށްއިތުންނަށް ހުރިހާ ބުރައެއް
ބޮޑުރިޔާ
16 November 2023
މީގެ ކުރިން ވެސް މިގައުމުގާ ވެރިން ހުވާ ކުރޭ މިހާވަރަށް ރައްޔިތުންނަށް އުނދަގުލެއް ނުކުރޭ އެހެންތާ ވާނީ އާ ކުކުޅަކައް ގާބިހެއް އެޅުނީމަވެސް އެހާ ހަޅޭއްލަވާ އެހެންކަންނޭގެ މިވަނީ
އެމީލިއޯ
16 November 2023
ވަރުގަދަ ހުވައެއްތާ މިކުރެވެނީ.