17 ނޮވެމްބަރ 2023 - 19:58
މި ސަރުކާރުގެ ކެބިނެޓް މިނިސްޓަރުން އައްޔަން ކުރައްވައި، އެ ބޭފުޅުން ހުވާކުރައްވައިފި އެވެ. މި ރަސްމިއްޔާތު ބާއްވަމުން އަންނަނީ ރައީސް އޮފީހުގަ އެވެ. ހުވާލައިދެއްވަނީ އުއްތަމަފަނޑިޔާރު ޑރ. މުއުތަސިމް އަދުނާނެވެ.
އާ ސަރުކާރުގައި 22 މިނިސްޓްރީން ހިމެނޭނެ އެވެ. އޭގެ ތެރޭގައި އާ މިނިސްޓްރީތައް ވެސް ހިމެނެ އެވެ.
ރައީސް ޑރ. މުއިއްޒުގެ ކެބިނެޓްގެ ބޭފުޅުންނާ އެކު، އެ މަނިކުފާނާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު މިރޭ ފޮޓޯފުޅެއް ނަންގަވަނީ.---ފޮޓޯ: ރައީސް އޮފީސް
1. ޑިފެންސް މިނިސްޓަރު: މުހަންމަދު ޣައްސާން މައުމޫން
2. ފޮރިން މިނިސްޓަރު: މޫސާ ޒަމީރު
3. ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ: އަލީ އިހުސާން
4. ފިނޭންސް މިނިސްޓަރު: މުހަންމަދު ޝަފީގު
5. އެޑިއުކޭޝަން މިނިސްޓަރު: ޑރ. އިސްމާއިލް ޝަފީއު
6. ހެލްތު މިނިސްޓަރު: ޑރ. އަބްދުﷲ ހަލީލު
7. އިކޮނޮމިކް އެންޑް ޓްރޭޑް މިނިސްޓަރު: މުހަންމަދު ސައީދު
8. ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު: އަހުމަދު ޝިޔާމް
9. އިސްލާމިކް އެފެއާޒް މިނިސްޓަރު: ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު
10. ޓޫރިޒަމް މިނިސްޓަރު: އިބްރާހިމް ފައިސަލް
11. ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓް މިނިސްޓަރު: ޑރ. އައިޝަތު ޝިހާމް
12. ސްޕޯޓްސް އެންޑް ރިކްރިއޭޝަން މިނިސްޓަރު: އަބްދުﷲ ރާފިއު
13. ކްލައިމެޓް އެންވަޔަރަމެންޓް އެންޑް އެނާޖީ މިނިސްޓަރު: ތޯރިގް އިބްރާހިމް
14. ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު: އަލީ ހައިދަރު
15. ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަަން މިނިސްޓަރު: މުހަންމަދު އަމީން
16. ދިވެހި ލޭންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު: އާދަމް ނަސީރު އިބްރާހިމް
17. ހަޔާ އެޑިއުކޭޝަން ލޭބާ އެންޑް ސްކިލްސް މިނިސްޓަރު: ޑރ. މަރިޔަމް މާރިޔާ
18. ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު: ޑރ. އަބްދުﷲ މުއްތަލިބް
19. ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު: އިބްރާހިމް ވަހީދު (އަސްވާޑް)
20. ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު: އާދަމް ޝަރީފު
21. އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު: ޑރ. އައިޝަތު ރަމީލާ
22. އެޓާނީ ޖެނެރަލް: އަހުމަދު އުޝާމް
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައިއްޓެ
18 November 2023
އެއްވަނައިގެ ކެބިނެޓެއް. ކެބިނެޓާ ދޭތެރޭ އެއްވެސް ޝައްކެތް ނުކުރަން
ބައްކު
18 November 2023
ދާއިރާއާގުޅޭ އިލްމީ ބޭފުޅުން ހިމެނޭ ވަރަށް ފުރިހަމަ ކެބިނެޓެއް
ސިޔާމު އާދަމް
18 November 2023
އެހުރީ ކޮންމެ މިނިސްޓްރީ އަކައް ހަމަ އެންމެ ފިޓް މީހުން ނަގާފަ، ވަރައް ސަޅި
ފިރުދައުސު
18 November 2023
މި ކެބިނެޓް ހާސްވެސް ރަނގަޅު އިބޫގެ ކެބިނެޓައް ވުރެން
ފައިސަލޯ،
18 November 2023
ޓޫތިޒަމް ދާއިރާގައި މާރަގަޅު ބޭފުޅުން ތިއްބާ ތިލީކާކު؟
މަހުލޫފާ
18 November 2023
ވަރަށްވެސް ރަނގަޅު ކެބިނެޓެއް. ވަރަށްވެސް ގާބިލު ބޭފުޅުން އެތިއްބެވީ
ޒުބެއިރު
18 November 2023
އަންނި ސަރުކާރުން ފެށިގެން މި އަދާ ހިސާބަށް މިއީ ވެރިޔަކު ހޮވާނެ އެންމެ ތަފާތު އިލްމީ ގާބިލް ކެބިނެޓް.
ށަނީ
18 November 2023
ކޯއްޗެއް މީ ؟؟ ބޭކަާރު މިނިސްޓަރީ ތަކެއް އުފައްފައްދާފަ..
ޝިފާޒް އަހްމަދް
18 November 2023
ކެބިނެޓް ޒިންމާދާރު ކުރަން މުއިއްޒު ވަރަށް ގާތުން މިނިސްޓްރީ ތަކުގެ މަސައްކަތް ބަލާނެ. އިބޫ ހެން އެބަޔަކު ހަދާނެ އެއްޗެއް ހަދަން ދޫނުކުރައްވާނެ.
ޖީޝަމް
18 November 2023
މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރި ހިސާބުން ބުނަމުން އައީ އެމަނިކުފާނުގެ ވެރިކަމެއްގައި ތަންތަނަށް ލާނީ ވަަރަށް އިލްމީ ޤާބިލް ބޭފުޅުން ކަމުގައެވެ. މިއަދު މުއިއްޒުގެ ބަހާއި އަމަލާއި އެވަނީ ދިމާވެފަ. އެދެނީ ކެބިނެޓަށް ފުރިހަމަ ކާމިޔާބާއި ކުރިއެރުން.
އުސްމާން
18 November 2023
މުއިއްޒު މިނިސްޓްރީތަށް ގިނަކުރައްވާ ކުރިން އެއްކުރައްވާފައިވާ މަސްއޫލިއްޔަތުތަށް ވަކި ކުރައްވުން އެއީ ހިންގުމުގައި ލިބިގެންދާނެ ބޮޑު ލުޔެއް. އެމަނިކުފާނުގެ ދުރު ވިސްނުން ވަރަށް ފާހަގަ ކޮށްލެވޭ.
އާސިފާ
18 November 2023
ރާއްޖޭގެ ތާރީހުގަވެސް އައި އެންމެ ތައުލީމީ ޤާބިލް ކެބިނެޓް.