ޚަބަރު / ބޯހިޔާވަހިކަން

މާލެ މީހުންނަށް ދިން ބިންތައް އަތެއްނުލާނެ، އެކަމަކު ލޮކޭޝަން ބަދަލުވެދާނެ: މިނިސްޓަރު

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ނޫސްވެރިންނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މާލޭ މީހުންނަށް ދިން ބިންތައް އަތެއްނުލާނެ ކަމަށާއި އެކަމަކު ބައެއް މީހުންނަށް ބިން ދީފައި ހުރި ލޮކޭޝަންތަކަށް ބަދަލުތަކެއް އަތުވެދާނެ ކަމަށް އާ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި މިއަދު ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ ކުރީ ސަރުކާރުން ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ގޯތި ދީ އަދި ގޯތީގެ ރަޖިސްޓްރީ ދީފައި ވިޔަސް، އޭގެ ތެރޭގައި ވުޖޫދުގައި ނެތް ބިންތައް ހިމެނޭ ކަމަށެވެ.

ބިމާ ބެހޭ ގާނޫނާއި ގަވާއިދުތައް ބަޔާންކުރާ ގޮތުގައި ގޯތީގެ ރަޖިސްޓްރީ ދެވޭނީ ބިން އޮތް ތަނަކުން ކަމަށާއި އެހެންވެ، އެ ބިންތަކަކީ ގާނޫނީ ގޮތުން ސުވާލު އުފެދިފައިވާ ތަންތަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ވުޖޫދުގައި ނެތް ތަންތަނުން ގޯތި ދީފައި ވަނީ އެއްވެސް ޕްލޭނެއް ނެތި އެވެ. ގޯތި ދީފައި ހުރީ މީހުން ދިރިއުޅޭ ސަރަހައްދަކަށް ބޭނުންވާ އަސާސީ ހިދުމަތްތަކަށް އެއްވެސް ޖާގައެއް ކަނޑަނާޅާ ކަމަށާއި ނަމަވެސް އާ ސަރުކާރުން ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅަށް ހާއްސަ ޕްލޭނެއް ހަދާފައިވާ ކަމަށް ވިދާޅުވި އެވެ. ދެން މަސައްކަތް ކުރިއަށް ގެންދަވާނީ އާ ސަރުކާރުގެ ޕްލޭންގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ނޫސްވެރިންނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ ޕްލޭން ތަންފީޒުކުރާ އިރު، ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ބައެއް މީހުންނަށް ގޯތި ދޫކޮށްފައި ހުރި ލޮކޭޝަނަށް ބަދަލު އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ލޮކޭޝަން ބަދަލުކުރި ނަމަވެސް، އެ މީހަކަށް ގޯތީ ދިން ރަށް/އަވަށް އަދި އެ މީހަކަށް ދީފައިވާ ބިމުގެ ބޮޑުމިނަށް ވެސް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

"[ހުޅުމާލެ 3]، ގުޅިފަޅާއި ގިރާވަރުފަޅުން ގޯތި ދިނުމުގެ ކުރެހުން ފެނިފަ އޮންނާނީ. ހަމަ ގޮޅިތަކެއް ޖަހާލާފައި ހުރީ. އެއްވެސް އެހެން ކަހަލަ ހިދުމަތެއް ދޭނެ ބިމެއް، ނުވަތަ ހުސް ޖާގައެއް ދޭނެ ބިމެއް ވެސް ނެތް. އެގޮތަށް ގޮޅި ޖަހާލައިގެން ބިން ދޫކުރުމަކީ އެތާ ދިރިއުޅޭ ބަޔަކަށް ވެސް ދަތިވާނެ ކަމެއް. އާބަން ޕްލޭނަށް ބެލި ކަމަށް ވިޔަސް އެއީ ގަބޫލުކުރެވޭ ކަމެއް ނޫން ގޮޅި ޖަހާލާފައި ހުރުން،" ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް ހައުސިން މިނިސްޓަރުކަން ކުރެއްވި ޑރ. ހައިދަރު ވިދާޅުވި އެވެ.

"އެގޮތަށް ބިން ދޫކޮށްފި ނަމަ ތަކުލީފާއި އުނދަގޫތައް ދިމާވާނެ."

ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ 2 އާއި ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ވެސް ދޫކޮށްފައިވެ އެވެ. އަދި މިހާރު ހިއްކާ ނިމިފައި ހުރި ބިންތަކުން ބިންކަނޑާ ބިން ހަވާލު ވެސް ކުރި އެވެ. ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުގެ ބިން ހިއްކާ ނުނިމުނު ނަމަވެސް ވަނީ ގަވާއިދަށް ބަދަލު ގެނެސްގެން ބިމުގެ ރަޖިސްޓްރީ ވެސް ހަވާލުކޮށްފަ އެވެ.

މިނިސްޓަރު މިއަދު ވިދާޅުވި ގޮތުގައި، ކުރީ ސަރުކާރުން ދިން އެއްވެސް ބިމެއް އަތެއްނުލާނެ އެވެ. ނަމަވެސް، ކުރީގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޭ ފްލެޓުތަކުގެ ލިސްޓާ ގުޅިގެން ލިބިފައި ހުރި ޝަކުވާތައް ބަލައި އެ ލިސްޓު ރިވިއުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ހުއްޓުވާފައި އޮތް އެ ސްކީމާ ގުޅޭ ކަންކަމުގައި ގާނޫނީ ލަފާ ވެސް ހޯއްދަވާނެ ކަމަށެވެ.

ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހަދަމުން އަންނަ ފްލެޓުތަކެއް.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މާލޭ މީހުންނަށް ދިން ބިމުގެ ލިސްޓު ރިވިއުކުރާނެތޯ ތަކުރާރުކޮށް ބައެއް ނޫސްވެރިން އެހެމުން ވެސް މިނިސްޓަރު ވިދާޅުވީ އެ ކަހަލަ ނިންމުމެއް އާ ސަރުކާރުން ނިންމާފައި ނެތް ކަމަށެވެ.

އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިންގައި ވައުދުވެވަޑައިގެންފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދޫކުރާ އެއްވެސް ގޯއްޗެއް އަދި ފްލެޓެއް ވެސް އަތުނުލައްވާނެ ކަމަށެވެ. ނަމަވެސް، މިއަދު މިނިސްޓަރު ވިދާޅުވި ގޮތުގައި، އާ ރައީސް ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާ ހަމަ އަށް ކުރީގެ ސަރުކާރުން ދޫކުރި ގޯއްޗާއި ފްލެޓް އަތުނުލާނެ އެވެ.

"ރައީސް މުއިއްޒަށް ރިޔާސީ އިންތިހާބު ކާމިޔާބު ވުމަށް ފަހު، އޭރުގެ ސަރުކާރަށް އިލްތިމާސްކުރެއްވި އެހާ ތަނުން އެއްވެސް ބިމެއް ނޫނީ ފްލެޓެއް ދޫކުރުން މަޑުޖައްސާލަން... އެހެންވީމާ އެ ހިސާބުން ދޫކޮށްފައި ހުރި ބިމެއް ނުވަތަ ފްލެޓަކަށް މި ސަރުކާރުން ބޭނުމެއް ނޫން އިހުތިރާމު ކުރާކަށެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު މިހެން ވިދާޅުވި އިރު ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް ޑރ. މުއިއްޒު ވަނީ އޭރުގެ ސަރުކާރުން، ސިޔާސީ ވިސްނުމެއްގައި ވިޔަސް، އެއްވެސް ރައްޔިތަކަށް ދޭން ބުނި އެއްޗެއް އަތުލުމެއް ނޯންނާނެ ކަމަށެވެ.

"އެއީ ގޯތި ވިޔަސް، ފްލެޓް ވިޔަސް، ސިޔާސީ ވަޒީފާތައް ފިޔަވައި އެހެން ހުރިހާ ވަޒީފާތައް ވިޔަސް، ބޮޑުކުރާނެ ކަމަށް ބުނި މުސާރައެއް ވިޔަސް، ދޭނެ ކަމަށް ބުނި ލޯނެއް ކަމަށް ވިޔަސް ފަށާފައި އޮތް މަޝްރޫއެއް ކަމަށް ވިޔަސް، ފަށާފައި ހުއްޓާލާފައި ފަށަން ނޭނގިފައި އޮތް މަޝްރޫއެއް ކަމަށް ވިޔަސް، މި ހުރިހާ ކަމެއް އަޅުގަނޑުމެން ކޮށްދޭނަމޭ،" ކެމްޕެއިންގައި ރައީސް ވިދާޅުވެފައިވެ އެވެ.

ދޭން ނިންމި އެއްވެސް އެއްޗެއް ބަދަލު ނުކުރައްވާނެ ކަމަށާއި އޭގެ ބަދަލުގައި އިތުރު ފަރާތްތަކަށް ވެސް އިތުރު ލުއިތަކާއި ފަސޭހަތަކާއި އިތުރު ކަންކަން ކުރެވޭނެ ނިޒާމެއް ގާއިމުކުރާނެ ކަމަށާއި "ދިން އެއްޗެއް އަތުލުމަކީ އަޅުގަނޑު ކުރާނެ ކަމެއް ނޫން" ކަމަށް އޭރު ރައީސް ވިދާޅުވި އެވެ.

"އެ ވެދާނެ ގޯސްކޮށް ދީފައިވާ އެއްޗަކަށް ވެސް. ސަރުކާރަކުން ނޫންތޯ އެ ކަމެއް ކޮށްދެނީ،" އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ތެރޭ ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.

135 ކޮމެންޓް, 43 ރިއެކްޝަންސް

icon happy icon happy 26%
icon sad icon sad 0%
icon angry icon angry 60%
icon wow icon wow 0%
icon inlove icon inlove 14%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަލްލާ

05 December 2023

100%

The name is already taken The name is available. Register?

ާރިމާޙް

21 November 2023

ހުޅުމާލެއިން އެމްޑީޕީ އެކްޓިވިސްޓުންނަށް ބަހާލީ.... ރޮޒޭނާއާ މުއްސަދި އެމްޑީޕީ ވެރިންނަށް ބަހާލީ... ވަރަށް ދެރަ.. އެހެންވެ ރިޔާސީ އިންތިހާބް ކާމިޔާބު ނުވީ

The name is already taken The name is available. Register?

ާރިމާޙް

21 November 2023

ވިނަރެސް އަށް ޑައުންޕީމަންޓް ދެއްކޭނެ ގޮތެއް ނެތިގެން ދޫކޮށްލަން މިޖެހުނީ... ސޯޝަލް ހައުސިންގ އަށް ބޮޑު ޑައުންޕޭމަންޓް ދައްކަން ޖެހުމަކީ ހިތާމަ ހުރި ކަމެއް... ކޮބައިތޯ މިވެރިކަމުގަ ވިނަރެސް ލިބުން މީހުނަށް ދިން ލުއި؟ މަހުން މަހަށް ދައްކަން ޖެހުނަސް ޑައުންޕޭމަންޓް އޮވެގެން ނުވާނެ..

The name is already taken The name is available. Register?

ސުބާން

21 November 2023

ނުހައްގުން ދީފަ ހުރީ ހަމަ އެކަނި ފްލޭޓްތޯ. ގޯތި ވެސް ރިވިއު ކުރެވެން ވާނެ. އެއްވެސް މީހަކު އަތުން ދީފަހުރި ފްލެޓެއްވެސް ގޯއްޗެއް ވެސް ނާތުލާނަމޭ ބުނިމީހާ ކޮންހާ ރިވިއު ކުރުމަކާއިގެން ބާ މިއުޅެނީ.

The name is already taken The name is available. Register?

ވޯލް

22 November 2023

ނުހައްގުން ދޭނީ ކިހިނެއް ގޯތި ދިނީ މާލެ ރައްޔިތުންނަށް އެތާގައި އެހެންރަށެއްގެ މީހަކު ހުރިތޯ ބަލަންވީ.

The name is already taken The name is available. Register?

ގެދޮރުވެރިޔާ

21 November 2023

ހިލޭ އެއްވެސް ބަޔަކަށް ގޯތި ދިނުމަކީ ރަނގަޅު ކަމެއްްކަމަކަށް ނުފެނޭ. އަތޮޅުތެރެވެސް ހިމެނޭގޮތަށް. ހަގީގަތަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ކެޕިޓަލް ސިޓީގެ ބިން އިންތިހާޔަށް އަގުބޮޑުވުން. އެހެންވީމާ، ކުޑަމިނުން ބިން ހިއްކަން ދިޔަވަރު (ބިމުގެ ސައިޒު) ގޯތި ލިބުނު ފަރާތްތަކުގެ އަތުން ނެގުން ހަމަ ރަނގަޅުކަމަށް ދެކެނީ. ނޫނީ އެކި ސަރަޙައްދު ތަކަށް ސަރުކާރުން ކަނޑައަޅާފައިވާ އަގު ދައްކާ ގޮތަށް. އަދި ބިންހޯދުމަށް އެންމެންނަށްވެސް ފުރުޞަތުއޮންނަންވާނެ

The name is already taken The name is available. Register?

ޒިޔާމާާ

21 November 2023

ވީހާވެސް އަވަސް މުއްދަތެއް ތެރޭގަ ނުހައްގުން މީހުންނައް ދީފައިވާ ފްލެޓްތަކާ ބިންތައް އޭގަ ހައްގުވެރިންނައް ދެއްވުން އެއީ ކުރުން ވަރަށް މުހިންމު ކަމެއް. އޭގެ ސަބަބުން ނިކަމެތި މީހާ އިތުރައް ނިކަމެތި ކޮއްލާ.

The name is already taken The name is available. Register?

މިރަން

21 November 2023

ފްލެޓް ބެހުމުގަ ޖަހާފަ ހުރި ސަކަރާތެއް ވެސްފެންނާނެ. ތި ފްލެޓްތަކާ ބިންތައް ވެސް އޭގެ ހައްގުވެރިންނަށް ދެއްވާނީ ރައީސް ޑރ މުއިއްޒު.

The name is already taken The name is available. Register?

އަޒްނީމަ

21 November 2023

ވުޖޫދުގައި ނެތް ތަންތަނުން ގޯތި ދީފައި ވަނީ އެއްވެސް ޕްލޭނެއް ނެތިއެވެ. ލޮލް. މަ އޭރުވެސް މިހެން ކިޔަކިޔާ ހުރިން މަގޭ އާއިލާގެ 7 މީހުންކައިރީ. އެންމެން މަށަށް ކުރީ މަލާމަތް.

The name is already taken The name is available. Register?

ނިކަމެތި

21 November 2023

ބިންތައް އަތުލާ. މާލޭ މީހުންގެ އެކަނި އެއްޗެއް ނޫން އެއީ.

The name is already taken The name is available. Register?

ވިސްނުނާނެނަމަ

21 November 2023

މާލޭމީހުންގެ އެެއްޗެއް އެބައޮތްތަ؟ ހުރިހައި ރަށްތަކަކީ އެރަށެއްގެ ބައެއްގެ ތަނެއް. މާލޭމީހުން މީ އެއްވެސް ތަނަކަށް ލައްވާ ނުލާ ގުރޫޕް. ވ. ފެއަރ.

The name is already taken The name is available. Register?

އާސިމް ނިޒާރް

21 November 2023

އަޅުގަނޑުވެސް ގަބޫލްކުރަން ތި ބިން ނުދެވޭނެކަން ލޭންޑް ޔޫސް ޕްލޭން ހަދާފަ އޮތް ހުޅުމާލެއިން. ބިންތައް ދޭންވާނީ ދެން ހިއްކާ ނުވަތަ ހިއްކަމުންދާ ތަނުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454