ސްޓެލްކޯގެ ކުރީގެ އެމްޑީޕީ މުޣުނީ: އޭނާ ވަނީ ޕީސީބީގެ މެންބަރެއްގެ ގޮތުގައި އައްޔަން ކުރައްވާފައި --
23 ނޮވެމްބަރ 2023 - 10:05
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) ގެ ބޯޑުގެ މެމްބަރަކަށް މިދިޔަ ސަރުކާރުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަން އަދި އެންވައިރަމެންޓް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުކަން ކުރެއްވި ހަސަން މުޣުނީ އައްޔަން ކުރައްވައިފި އެވެ.
މިދިޔަ ސަރުކާރުގައި އިސް މަގާމުތަކެއް އަދާ ކުރެއްވި މުޣުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރެއްވީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕޭން ތެރޭގަ އެވެ. ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީއަށް ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހުގަ އެވެ.
މުޣުނީ ވަނީ އެމެރިކާގެ ބްރޭންޑައިސް އިންޓަނޭޝަނަލް ބިޒްނަސް ސްކޫލުން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލް ކުރައްވައިފަ އެވެ.
މުޣުނީއަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓަކޮށް، އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕީސީބީގެ ބޯޑަށް ރައީސް މުއިއްޒު އައްޔަން ކުރެއްވި ފަސް ވަނަ މެންބަރެވެ.
އެ ބޯޑަށް ރައީސް އިއްޔެ ވަނީ ތިން މެންބަރަކާއި ރައީސަކު އައްޔަން ކުރައްވައިފަ އެވެ.
- ރައީސް ކަމަށް ހެންވޭރު ރަންގަލި 4، ހަމްދީ އަގީލް
- އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާ އިން: އަހުމަދު މުޝްތާގު، ދަފްތަރު 4652 - ބޭންކިން ދާއިރާ އިން: ލީނާ އަބްދުލްޖަލީލް، ވ. ބްލޫއޯޝަން - ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން: މޫސާ ފަތުހީ އާދަމް، ރަންކޮކާގެ ށ. ކޮމަންޑޫ
ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުތަކަށް މެމްބަރުން ހަމަޖެއްސުމުގެ ގާނޫނީ ޒިންމާ މަތިކޮށްފައި ވަނީ ޕީސީބީއާ އެވެ. ގާނޫނުގައިވާ ގޮތުން ޕީސީބީގެ ބޯޑުގެ މެންބަރުންގެ ގޮތުގައި ހަތް މެމްބަރަކު ތިއްބަވާނެ އެވެ. މި ސަރުކާރު ވެރިކަމަށް އައިރު އެ ބޯޑުގައި ކޯރަމް ހަމަނުވާތާ ތިން މަސް ވެއްޖެ އެވެ.
ބޯޑަށް މެންބަރުން ހަމަކުރުމާ އެކު ކުންފުނިތަކުގެ ހުސްވެފައިވާ މެނޭޖިން ޑިރެކްޓަރުންގެ މަގާމަށް ބޭފުޅުން އައްޔަން ނުކުރެވި އޮތް ހުރަސް ނެތިގެންދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެއްކަލަކަންތައް
24 November 2023
މީނަ ސްޓެލްކޯގަ ހުރެގެން ކޮށްފައިވާ ބޮޑެތި އިސްރާފުތައް ބަލާނެ މީހަކު ނެތީތަ؟ މިކިޔަނީ މިލިއަނުން މިލިއަނުގެ ވާހަކަ!!!
ސުނީލާ
23 November 2023
ރަނގަޅު. ހިހޫ ތަނުން ކާލައިގެން އުޅެން ދަސްވެފަ އެބަހުރި. ދެން ދައުރު ބަދަލުވާންވާއިރަށް ގޮސް ދެން އަންނަ މީހާގެ ފަހަތުގަ ފޮޓޯ އެއް ނަގާލީމާ އަނެއް ވަޒީފާ ހަމަޖެހޭނެ.
ކައިޒިންޓެ
23 November 2023
ހުރިހާ ވެރިކަމެއްގަވެސް ކާން ދަންނަ މީހުން މީ ދޯ
އިސްމަތު99
23 November 2023
މުގުނީއަކީ ތަންދޮރު ނުދަންނަ މީހެކޭ ނުބުނެވޭނެ. މިކަހަލަ މަގާމަށް ގޯހެއް ނުވާނެ.
ާއުނިމާ
23 November 2023
މީނަމީ ކޮންމެ ވެރިކަމެއްގަވެސް މަޤާމު ލިބެންޖެހޭ މީހެއްބާ ؟ ދައުލަތައް ބަލަދުއަރަނީތޯ
ފުލްބްރައިޓް
23 November 2023
އޭނާ އަކީ އެވްރެޖް ދިވެހިންނަށްވުރެ ވިސްނޫން ތޫނު މީހެއް. ނޮލެޖްހުރި ޑައިނަމިކް އަދި ކެރިސްމެޓިކް ލީޑަރެއް. އެކުގައި މަސައްކަތް ކުރިމީހެއްގެ ހައިސިއްޔަތުން އޭނާގެ ގާބިލްކަން ވަޒަންކުރެވިފައިވާތީ، އޭނާއަކީ މިނިސްޓަރަކަށް އަދި ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށްވެސް ވަރަށް އެކަށޭނަ މީހެއް.
އަލިފުތާ
23 November 2023
ގާބިލު ވިއްޔާ ކީއްވެ ނުދޭންވީ؟ ގަބީލާ ވިސްނުންތަ އިސްކުރަންވީ؟؟
ާއުނިމާ
23 November 2023
އަޅުގަނޑުގެ ޤާބިލްކަން ދައްކަން ފުރުސަތު ދިނީމާދޯ ދެއްކޭނީ، ޤާބިލް މީހުން އެބަތިބި
Draw
23 November 2023
މިކަހަލަކަނޑުކޮހުންވެސް ތަންތަނަށްލާތަ؟ މިއީމުއިއްޒުގެ ހަލާކު
މުއިއްޒުބްރޯ
23 November 2023
ޙުރިހާ މަސައްކަތެއް ކުރީ ޕީޕީއެމް ކުދިން. މަގާމްތައް ފަހުވަގުތު ފަޅި ބަދަލުކުރިކުދިންނަށް. ޔާމީން ވާ ރުޅިމަޑު
ހަރީފް
23 November 2023
ފޮނަދޫ އަދުރަޙިމް އަށް ހީވަނީ ލައްކައެކޭ، ޕާޓީއަށް ގުރުބާންވި މީހުން ބާކީ ކުރާކުރުން މަޖިލިސް އިންތިހާބުގައި ދައްކާލާނަން
ފޫހި
23 November 2023
ރާއްޖޭގައި މީހުން ހުސްވީތަ؟ މި މުޣުނީ މެން ލާންޖެހެނީ
ރުޝްދީ
23 November 2023
މެޑަމް ފްރެންޑެއް. mikahala ވަރަށް ގިނަ ފުރެންޑުން ލަމުންދަނީ
ރަދީފްއޮފިޝަލް
23 November 2023
ސާމީ އަގީލްގެ ކޮއްކޮ ހަމްދީ؟؟؟ !! ގޯހެއް ނޫން.
އަގީލުންތައް
23 November 2023
ދެން ގޯސް ވާނީ ކިހާވަރެއްވީމަ!؟