10 ޑިސެމްބަރ 2025 - 15:51
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރަކަށް އަހުމަދު ޝަކީބް (ޝަކިއްބެ) މިއަދު އައްޔަންކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނީ، ޓީވީއެމްގެ ޕްރެޒެންޓަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ޝަކީބް ދައުލަތުގެ މީޑިއާގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިއަދު އައްޔަން ކޮށްފައިވާ ކަމަށެވެ.
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް ޝަކީބް އައްޔަންކުރީ ކުރިން އެ މަގާމު ފުރުއްވި އިބްރާހިމް ނަސްރީން މިދިޔަ ނޮވެމްބަރު 29 ގައި އިސްތިއުފާ ދެއްވުމުންނެވެ.
ޝަކީބްއަކީ މި ސަރުކާރުގައި ޕީއެސްއެމްގެ އެމްޑީގެ މަގާމަށް އައްޔަންކުރި ހަތަރު ވަނަ ފަރާތެވެ. މީގެ ކުރިން އެ މަގާމު ފުރުއްވީ ޒީނާ ޒާހިރާއި މުހައްމަދު ސައީދު އަދި ނަސްރީން އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ޕޮޑްކާސްޓް ޝޯ އެންމެ ފަހުން ހުށަހަޅުއްވަމުން ގެންދެވި ޝަކީބް ވަނީ ޓީވީއެމްގެ ތިޔަބޭފުޅުންގެ ފުރުސަތު، އެހާރާއި މިހާރު، އެހަނދާނުގައި، ހޭޔަންބޯގެ އިތުރުން ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ފަދަ ބޮޑެތި ޓީވީ ޝޯތައް ހުށަހަޅުއްވައި ދެއްވައިފަ އެވެ.
ޝަކީބް އެންމެ ގިނަ ދުވަސް ވަންދެން މަސައްކަތް ކުރެއްވީ ޑިޕާޓްމަންޓު އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ގަ އެވެ. އެ ތަނުގެ ޑިރެކްޓަ ޖެނެރަލްގެ މަގާމުގައި ހުންނަވަނިކޮށް ބަދަލުކުރީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަށެވެ. އެއާ އެކު، މިދިޔަ އަހަރުގެ ޖުލައި މަހު ތައުލީމީ ދާއިރާ އިން އޭނާ ރިޓަޔާ ކުރެއްވީ އެވެ.
ޝަކީބް ތައުލީމީ ދާއިރާއަށް ހިދުމަތް ކުރައްވަން ފެށްޓެވީ 1985 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ ދާއިރާގެ އިސް މަގާމުތައް އަދާ ކުރެއްވި އެވެ. ޝަކީބް 35 އަހަރާއި ހަތް މަސް ވަންދެން ތައުލީމީ ދާއިރާ އަށް ހިދުމަތް ކުރެއްވިއިރު، އެ މުއްދަތުގައި ޓީވީއެމްގެ ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަގޭނި
11 December 2025
މިއީ މިގައުމުގަ އެންމެ ގިނަ ބަޔަކު އެމީހެއްގެ ހުނަރު ވެރިކަން ބެލި މީހަ.މިކަހަލަ މީހުން ނުފެނުމަކީ ދެރަ ކަމެއް.
އަވާމެންދުރު
11 December 2025
ޝަކީބެއް ގެ ގާބިލް ކަމާއިމެދު އެއްވެސް ގޮތަކަށް ޝައްކެއް އުފައްދަނީކީ ނޫން. ނަމަވެސް ތިޔަ މަގާމު ތި ލުބުނީ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ޕޮޑްކާސްޓް ޝޯ ހުޝައަޅައިދޭތީ. މިހެން ބުނަން މި ޖެހުނީ ރާއްޖޭގެ ވެރިންގެ ސަގާފަތަކީ ގާބިލް ކަމަށް ވުރެއް ސަނާ ކިޔާމީހުން އިސްކުރާތީ. އެހެޔޮށް އަންނި އަކަސް. ވަހީދަކަސް، ސޯލިހަކަސް. މުއީޒަކަސް.
ތައައްސުބު
11 December 2025
މާނައަކީ މައުމޫން، ޔާމީނު ދައުރުގަ ހުރިހާ ކަމެއް ރަނގަޅޭ ދޯ؟ ކީކޭ ބުނާނީ!!؟
މަގްބޫލު
11 December 2025
ޕީއެސްއެމް ޒަމާނީ ވާންޖެހޭ. ޕްރޮގްރާމް އުފެއްދުމުގައި ބޯދާ ކުރީގެ ވިސްނުންދޫކޮށް އާ ވިސްނުމަކަށްދާންޖެހޭ. އެކަން ކުރަންބޭނުންވާ ހުނަރުވެރި ކުދިންވެސް ޕީއެސްއެމްގަ އެބަތިބި. ކުންފުނިތަކުގެ ތެރެއިން ހިންގުމުގައި މަތީ ފަޑީގަ އެންމެ ނުކިޔަވާ މީހުންވެސް ތިބީ ޕީއެސްއެމްގަ. ގިނަމީހުންގެ އޭ ލެވެލް ގަނޑެއްވެސް ނެތް. އުންމީދުކުރަނީ އާ ގޮތަކަށް މިތަން ޝޭޕްވާނެކަމަށް. އެކަމަކު މަތީ ފަޑި ފެނިފަ ޝައްކު.
މަބުނީ
11 December 2025
ދިވެހި ރާއްޖޭގައި އޭލެވެލަ ގައި ކިޔަވާއިދޭތޯ މީޑިއާ ކަހަލަ ބޮޑެތި ކުންފުނިތައް ހިންގާބަލަހައްޓާނޭގޮތް؟ މިބާވަތު ގެކަނކަމަކީ ކަމާއި ގެ ގުޅޭ އެކި އެކި ދާއިރާއިނ ކިޔަވާ، ތަޖުރިބާ އަދި އަހުލާގު ( އެންމެ މުހިއްމުކަމަކަށް) ، ހިލްމު ހޯދައި ލީޑާރ ޝިޕެއް ހުރެގެން ކުރެވޭނެކަންތަ..
އަބްޑޫޅް +
11 December 2025
އޭނަ ދެ އަތަށް ގެނެސްގެން އެ އިން ހަރަކާތަކީ އަހުރެން ދަސްކުރަން އުޅެ އުޅެ ދަސް ނުވި ހަރަކާތެއް. އަހުރެންނަށް އެ ހަރަކާތް ދަސްކޮށްދޭނެ އެދުރަކަށް އޭނަ ވެދާނެ ބާވަ؟
ޗަޕް
10 December 2025
ޓީވީ އަށް އަރުވާ ލިޔުންތަކުގައި ކުށްނުލައި ލިޔެވޭވަރުގެ މީހަކު ތިތަނަށް ހޯދަބަލަ. ޝަކީބޫ!
ކަމެއް ދެން ނުނިމޭނެ
10 December 2025
ތީ ކަމެއް ނިންމައިދޭން އެނގޭ މީހެއްނޫން. ޑެސިޝަންނެގުމުގަިއ ވަރަށް ދެރަވަރު ބޭފުޅއް
ސިވިލް ސަރވަންޓު
10 December 2025
ގިނަ ދުވަހު ވަޒީފާ އަދާކުރުމަކީ މީހާގެ ތަަޖްރިބާ ވަޒަން ކުރެވޭނެ މިންގަނޑެއް ނޫން. އެތައް އަހަރަކު އޮފީހުގައި އުޅެފައިވާ " ހާކާލި ބުރުވާލިން" ވަރަށް ގިނަ. އޮފީސް ތައްޤީކޮށް ޒަމާނީ ފެންވަރަށް ގެންދަން، މިފަދަ މީހުންގެ ސަބަބުން ހުރަސް އެޅޭ.
މޮހޮނު
11 December 2025
ޑެންތިބުނަނީ ޝަކީއްބެއަކީ އެކަށީގެބްވާ ބޭފުޅެއްނޫނޭތަ ދެންކިހިނެއް ސިވިލް ސަރވަންޓް އެކަން ސާބިތުކޮއްދޭނީ ސާބިތުކޮއްނުދެވެންޏާ ރަގަޅުގޮތަކީ އަގައިން ނުބުނެހުރުން
ރޯދަ މަސް
10 December 2025
ޝަކީބުބެ މި ރޯދަ މަހަކީ ތަފާތު މަހަކަށް ހަދާދޭތި
ސަރުމީލާ
10 December 2025
1980 ގެ އަހަރުތަކުގައި ޝަކީއްބެ ދިވެހި ޓީވީ އާއި ގުޅުނީ އިގިރޭސިން ހުންނަ ޚަބަރު ދިވެހި ބަހަށް ތަރުޖަމާކުރުމަށެވެ. ޓީވީ އެމް ގައި ހުށަހަޅާދިން ޕްރޮގްރާމް ތަކުގެ ތެރޭގައި :- ތިޔަބޭފުޅުންގެ ފުރުޞަތު - 11 އަހަރުވަންދެން ސުނާމީ ޚާއްޞަ ކަވަރޭޖް ޓެލެތޯން ސްޕޯޓް އެއިޑް މަރިޔާދު ހާރުދަން ހެދުނު ހެދުނާ
ފިރުސާން
10 December 2025
އަހުމަދު ޝަކީބު(ޝަކީބުބެ) ( ގުލްއަލާމާގެ ފ.ފީއަލި ) އަކީ ހުނަރުވެރި ހުށަހެޅުންތެރި އެކެވެ. ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހީވާގި މުއައްޒިފެކެވެ. ތައުލީމީ ނިޒާމްގައި ހިމެނޭ ކަރިކިޔުލަމްގެ މަސައްކަތުގައި 20 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައި ވެއެވެ. ދިވެހި ޓީވީ އަދި ވިލާ ޓީވީ ގައި ޕްރޮގްރާމް ހުށަހެޅުއްވުމުގައި ހަރަކާތްތެރި ވެލެއްވި އެވެ. އަދި ދިވެހި އަދަބިއްޔާތުގައި ހަރަކާތްތެރި ވެފައި ވެއެވެ.