ޝަކީބް: ތައުލީމީ ދާއިރާގައި ދިގު މުއްދަތެއް ވަންދެން އޭނާ ހިދުމަތް ކުރެއްވި
03 ޖުލައި 2024 - 16:41
ތައުލީމީ ދާއިރާ އާއި މީޑިއާގެ ދާއިރާގައި 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި އަހްމަދު ޝަކީބް (ޝަކިއްބެ) ސަރުކާރުގެ ހިދުމަތުން ރިޓަޔާ ކުރައްވައިފި އެވެ.
ނޭޝަނަލް އިސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި އެންމެ ފަހުން ހުންނެވި ޝަކީބް ފޭސްބުކްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވަނީ މި މަހު ފުރަތަމަ ދުވަހުން ފެށިގެން އޭނާ އެ މަގާމުން އިސްތިއުފާ ދެއްވައި، ހިދުމަތުން ރިޓަޔާ ކުރެއްވިކަން ކަށަވަރުކޮށް ދެއްވައިފަ އެވެ.
އޭގެ ކުރިން އޭނާ ހުންނެވީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ)ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގަ އެވެ. އެ މަގާމުގައި އޭނާ 16 އަހަރު ހުންނެވި އެވެ. އަދި އޭގެ ކުރިން ވެސް ތައުލީމީ ދާއިރާގެ އެކި މަގާމުތައް ފުރުއްވާފައިވެ އެވެ.
"މި ހިނގާ ޖުލައި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އަޅުގަނޑުގެ ކަރުން ޓައީގެ ގޮށް މޮހާލައި، މިނިވަން ވެއްޓެއްގައި ހިދުމަތްކުރުމުގެ އާ ބާބެއް ލިޔަން ފަށައިފީމެވެ. މިހާރު ނޭވާ ލާން ހާދަހައި ފަސޭހަވެއްޖެ އެވެ. އެންމެ މަތިވެރި، އޯގާވަންތަ، ދީލަތިވަންތަ، ﷲ އަށް ހަމްދުކުރަމެވެ،" އެ ޕޯސްޓުގައި އޭނާ ވިދާޅުވި އެވެ.
ޝަކީބް ތައުލީމީ ދާއިރާއަށް ހިދުމަތް ކުރައްވަން ފެށްޓެވީ 1985 ވަނަ އަހަރު އެވެ. އޭގެފަހުން އެ ދާއިރާގެ އިސް މަގާމުތައް އަދާ ކުރެއްވި ޝަކީބް 35 އަހަރާއި ހަތް މަސް ވަންދެން އެ ދާއިރާއަށް ހިދުމަތް ކުރެއްވިއިރު، އެ މުއްދަތުގައި ޓީވީއެމްގެ ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ.
"ތައުލީމީ ދާއިރާގައްޔާއި މީޑިއާގެ ދާއިރާއިން ލިބުނު ގިނަގުނަ ފުރުސަތުތައް އަޅުގަނޑު ބޭނުންކޮށްފައި ވާނީ މީހުން ހޭލުންތެރި ކުރުމަށެވެ،" އޭނާ ވިދާޅުވި އެވެ.
ޝަކީބް ވިދާޅުވީ އޭނާއަށް އިރުޝާދު ދެއްވި ވެރިންނަށާއި އަދި އޭނާއާ އެކު މަސައްކަތް ކުރެއްވި ބޭފުޅުންނާއި އަދި އޭނާގެ އިރުޝާދަށް މަސައްކަތް ކުރެއްވި ބޭފުޅުންނަށް ހިތުގެ އަޑިން ޝުކުރު ދަންނަވާ ކަމަށެވެ.
އޭނާ ވަނީ އޮސްޓްރޭލިއާގެ ގްރިފްތު ޔުނިވާސިޓީން ތައުލީމީ ދާއިރާއިން ޑިގްރީ އަދި އެންވަޔަރަމެންޓަލް އެޑިއުކޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ ވެސް ހާސިލް ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިނބޭ
04 July 2024
ތި އެކްޒާމް ޑިޕާޓުމެންޓުގަ ދެން ހިދުމައް ކުރި އެހެން ހުރިހާ ވެރިން އެއީ އެއްވެސް ކަމެއް ތަނަށް ކޮށްނުދޭ ބައެއް ކަމަށް ހަދަން މަސައްކަތްކުރި ސަކީބު ތީ! މީ ވަރަށް ވާހަކަ
މުންތަސިރު އަލީ
04 July 2024
ފޮނި ބޯޑާ ކުބުތުވެރި މީހެއް
ވޯލް
04 July 2024
ޝަކީބެގެ ވާހަކައިންވެސް މި އެނގުނީ، ރާއްޖޭގެ ސިވިލް ސަރވިސްގައި މަސައްކަތް ކުރުމަކީ ވަރަށް ޕްރެޝަރުބޮޑު ޑިމާންޑީންގް ކަމެއްކަން (ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު މަސައްކަތް ކުރާމީހަކަށް)
ލުތުފީ
04 July 2024
ޝަކީބ
ވާންވީ
04 July 2024
ދެތިން ބޭފުޅެއްގެ ފަރާތުން ދިވެހި ބަހުން މާތްކޮށް ވާހަކަ ދަސްކުރަން އުޅެވުނު. އެކަން އެންމެ ފަސޭހައިން ބޮލަށް ވައްދާލެވުނީ ޝަކީބްގެ ކިޔަވައިދެއްވި ފަހަރު!
ޖަގޭ
04 July 2024
ޝަކީބުގެ ގައުމީ ޚިދުމަތައް ދިވެހިރަށްޔިތެއްގެ ވަރަށް ބޮޑަށް ޝުކުރު ވެރިވަން، އެދެނީ އުފާވެރި ދުޅަ ހެޔޮދުވަސްތަކަކަށް ވ ވ ބޮޑަށް ޝުކުރިއްޔާ!!
ޓައީގެ ގޮށް
03 July 2024
ޓައީގެ ގޮށް މޮހާލުމާއި "މިނިވަން ވެށްޓެއްގައި" މަސައްކަތް ކުރާ ވާހަކައާއި. ނޭވާލާން ފަސޭހަ ވި ވާހަކަ... މިހުންނަނީ ވަރަށް ފުނުން ބުނެފައި ހުރި ވަރަށް ވާހަކަހެން ހީވޭ. އަނެއްކާ މި ސަރުކާރުން ބޭރުކޮށްލީކީ ނޫންބާ؟
ހިރިގާ
03 July 2024
ހަފްތާގެ 7 ދުވަހު ދިވެހި ޓީޗަރުން ހެދުނު ސްކޫލް ފެށޭގޮތަށް ރޭގަނޑު 21:30 ވަންދެން ކިޔަވާދިނީމާ 10 އަހަރު ކިޔެވެނީ 7 އަހަރު ކިޔެވުން ޝަކީބެ ޓައިގެ ގޮތް މޮހާލިއިރު 7 ދުވަސް މަދުވެ ރޭގަނޑު ގެޔައް އައުން 22:30 އަށް މިއޮތީ ބަދަލްވެފަ
ޕިކްސް
04 July 2024
ތިކަމުން އެގެނީ ޓީޗަރަކަށް ވިޔަސް ރަނގަޅަށް ވަގުތުގެ ބޭނުންހިފަން ނޭގޭކަން.
ސައްދު
03 July 2024
މިޚަބަރު ފެނުމާއެކު މިހާރު ޕާޓީތަކުން އޮންނާނީ ޝަކީބްބެއަށް ދައުވަތުކާޑު ފޮނުވާފާ. އެންމެނަށްވެސް އެނގޭ ޝަކީއްބެއަކީ ކުޅަދާނަ ޑިމަގޮގެއްކަން.
ސައްދު
03 July 2024
ޑިމަގޮގެކޭ ބުނެވުނީ އޮޅުމަކީ. ޝަކީބްބެއަކީ މޮޅު ވާހަކަދެއްކުންތެރިއެއް. މީ ރަނގަޅު ގޮތަކީ.
ޑިސްއޮނަރަބަލް ޑީޑީ
03 July 2024
ޝަކިއްބެއަށް ފާގަތި މުސްތަގުބަލަކަށް އެދެން. ޓައީބޭލިޔަސް ގައުމީ ހިދުމަތުގާ، އަދިވެސް ފަރުދީގޮތުންނަމަވެސް، ފެންނާނެކަމަށް އުންމީދުކުރަން.