މަޖީދިއްޔާ ޕްރިންސިޕަލް އައިޝަތުގެ ރިޓަޔާ ކުރުމުން އެ ސްކޫލުން ދިން ފެއާވެލް ހަރަކާތުގައި ޓީޗަރުންނާއި ދަރިވަރުންނާއެކު --- ފޮޓޯ: މަޖީދިއްޔާ ސްކޫލް
22 ޖެނުއަރީ 2025 - 15:04
ތައުލީމީ ދާއިރާގައި 40 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު، މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހް (އައިސްތު) މިއަދު ރިޓަޔާ ކުރައްވައިފި އެވެ.
މަޖީދިއްޔާ ސްކޫލުން އިއްޔެ ވަނީ އައިސްތުގެ ހިދުމަތްތައް ފާހަގަކޮށް، ޝުކުރު އަދާކުރުމުގެ ގޮތުން ހާއްސަކޮށް އެސެމްބްލީއެއް ވެސް ބާއްވައިފަ އެވެ.
އެ ސްކޫލުގެ ޓީޗަރަކު "މިހާރު" އަށް ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައްތަ އައިސްތު ރިޓަޔާ ކުރަން ނިންމެވިކަން ހާމަ ކުރެއްވީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ކަމަށެވެ.
މަޖީދިއްޔާ ޕްރިންސިޕަލް އައިޝަތުގެ ރިޓަޔާ ކުރުމުން އެ ސްކޫލުން ދިން ފެއާވެލް ހަރަކާތުގެ ތެރެއިން --- ފޮޓޯ: މަޖީދިއްޔާ ސްކޫލް
"އެ ހިސާބުން އަޅުގަނޑުމެން ފެށީ މެޑަމް ދިއުމުގެ ކުރިން ދަރިވަރުންނާ އެއްކޮށް ފެއާވެލްއެއް ބޭއްވުމަށް. އެހެންވެ އިއްޔެ އަޅުގަނޑުމެން ފެއާވެލް ބޭއްވީ. މިއަދު މިއީ މެޑަމްގެ އެންމެ ފަހު ދުވަސް،" އޭނާ ވިދާޅުވި އެވެ.
މަޖީދިއްޔާ ސްކޫލުން ބުނީ އައިސްތުގެ ހިދުމަތްތައް އެ ސްކޫލުގެ ތާރީހުގަައި ލިޔެވިފައި ވާނެ ކަމަށެވެ.
މަޖީދިއްޔާ ޕްރިންސިޕަލް އައިޝަތުގެ ރިޓަޔާ ކުރުމުން އެ ސްކޫލުން ދިން ފެއާވެލް ހަރަކާތުގައި ޓީޗަރެއް މާބޮނޑިއެއް ހަވާލުކުރަނީ --- ފޮޓޯ: މަޖީދިއްޔާ ސްކޫލް
ރިޓަޔާ ކުރެއްވުމާ ގުޅޭ ގޮތުން އައިސްތު ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވަނީ މުވައްޒަފުންނާއި ބެލެނިވެރިން ފޯރުކޮށްދިން އެހީތެރި ކަމަށް ޝުކުރު އަދާކުރައްވާ ކަމަށާއި ދަރިވަރުންނަށް އުޖާލާ މުސްތަގުބަލަކަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އައިސްތު ޓީޗިން ކޯސް ފުރިހަމަ ކުރެއްވުމަށް ފަހު، ފުރަތަމަ ވަޒީފާ އަދާކުރެއްވީ ވެސް މަޖީދިއްޔާގަ އެވެ. އަދި އޯ ލެވެލް އިމްތިހާނު ނިންމެވުމަށް ފަހު އުމުރުން 18 އަހަރުން ފެށިގެން އެ ސްކޫލުގެ ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި 1984 ވަނަ އަހަރުން ފެށިގެން 1987 ވަނަ އަހަރާ ހަމައަށް މަސައްކަތް ކުރެއްވި އެވެ.
މަޖީދިއްޔާ ޕްރިންސިޕަލް އައިޝަތުގެ ރިޓަޔާ ކުރުމުން އެ ސްކޫލުން ދިން ފެއާވެލް ހަރަކާތް--- ފޮޓޯ: މަޖީދިއްޔާ ސްކޫލް
އޭގެ ފަހުން ޕްރައިމަރީ އަށް ކިޔަވައިދޭން ޖަމާލުއްދީން ސްކޫލާއި އިމާދުއްދީން ސްކޫލް ފަދަ ސްކޫލްތައް ހުޅުވުމުން އޭނާ ބަދަލުކުރީ ޖޭއެސްގެ ސުޕަވައިޒަރެއްގެ މަގާމަށެވެ.
ޖޭއެސް އަށް ފަހު، އިމާދުއްދީން ސްކޫލްގައި މަސައްކަތް ކުރައްވަމުން ގެންދަވަަނިކޮށް، އޭރުގެ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި އަދި މިހާރުގެ މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުގެ އެދިވަޑައިގަތުމަކަށް މަޖީދިއްޔާ ސްކޫލުގެ އެސިސްޓެންޓް ޕްރިންސިޕަލެއްގެ މަގާމާ އައިސްތު ހަވާލުވެ ވަޑައިގަތެވެ.
މަޖީދިއްޔާ ޕްރިންސިޕަލް އައިޝަތުގެ ރިޓަޔާ ކުރުމުން އެ ސްކޫލުން ދިން ފެއާވެލް ހަރަކާތް--- ފޮޓޯ: މަޖީދިއްޔާ ސްކޫލް
ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ސްކޫލުގެ ފުރަތަމަ އަންހެން ޕްރިންސިޕަލްގެ މަގާމަށް މީގެ 8 އަހަރު ކުރިން، އައިސްތު ވަޑައިގަތީ އެ ސްކޫލުގެ ވަރަށް ގިނަ ކަންކަން ބޮއްސުންލާފައި ވަނިކޮށެވެ.
އައިސްތުގެ ލީޑަޝިޕްގައި މަޖީދިއްޔާ އަށް އެންމެ ބޮޑު ކުރިއެރުމެއް ގެނައީ ކުޅިވަރުގެ ދާއިރާއިންނެވެ.
މަޖީދިއްޔާގެ ނަން ކުޅިވަރުގައި ފަނޑުވެފައި އޮންނަތާ އެތައް އަހަރެއް ފަހުން އެ ނަން ދިރުވައިދިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޒްރާ
23 January 2025
ވ އިޚުލާސްތެރި ކަމާއެކު މަސައްކަތް ކުރެއްވި ޕރިންސިޕަލެއް ހިތްހެޔޮ އޯގާތެރި ހިއްތިރި މީހުންނާ ގުޅިގެން އުޅުނު ރަނގަޅު މީހެއް ޝުކުރިއްޔާ އުފާވެރި މުސްތަގްބަލަކަށް އެދެން
ޑރ. ރާމީ ޙަސަން (ޕީ.އެން.އެފް)
23 January 2025
އިބޫ ގެ ދައްތަ، ޢާއިޝަތު އަކީ ރަނގަޅު ޕްރިންސިޕަލެކޭ ބުނެވޭނީ ކުދިންގެ އޯ.ލެވެލް ނަތީޖާ އަށް ބަލާފަ. އޯ.ލެވެލް ގެ ނަތީ ޒީރޯ!!! ސުމެއް!!!
އަލްއުސްތާޒް ޝާހީ ހަމީދު
23 January 2025
އައިސްތު މަޖީދިއްޔާ އާއި ގުޅުނު އިރު އެތާ ކުދިން ކިޔެވުމަށް ކިތަންމެ މަޝްހޫރަސް އަޚްލާގު ހުރި ފެންވަރު ރާމީ އަށް ވެސް ވަރަށް ރަގަޅަށް އިނގޭނެ. މިފަސްގަނޑުގައި އުފެދުނު ހުރިހާ ގޭންގެއް ފެށުނީ މަޖީދިއްޔާ ތެރެއިން. އެކަން ގައިމު އައިސްތު ކޮންޓްރޯލް ކޮށްފި. 90ސް ގައު 2000 ކުރީކޮޅު އެތާ ކުދިންގެ އަޚްލާގު އޮތީ ބޮއްސުންލާފައި. ޢެތަނުން އުފެދުނު މޮޅެތި ދަރިންގެ ފަހުން އައި ފޭސް މިބުނީ. ޢެކަން ތީގެ ފިރިހެނަކަށްވެސް ނުވެފައި އޮތީ.
ޑޭވިޑު
25 January 2025
ޝާހީ އޭ؟ ފުރިހަމަ ނަން ވެސް ޖަހާ ލާ ކަށް ނުކެރުނު ދޯ!!! ތިގޭ ހުރިހާ އެންމެންގެ ވެސް ވައްތަރު. އަބަދު ވެސް އެހެން ކުލާސް ކުދިންގެ ފުރުސަތު ތައް ކާލައިގެން އުޅޭނީ.
މުހައްމަދު 22
22 January 2025
ދަ ގޯލްޑަން އީރާ އޮފް މަޖީދިއްޔާ ވަނީ މާޒީވެ ގޮސްފަ، ޑރ މުއިއްޒަކީ ވެސް އެޖީލުގެ ދަރިވަރެއް، މަޖީދިއްޔާ ސްކޫލްގެ އެންމެ ޕޮޕިއުލަރ ޕްރިންސިޕަލަކީ މިސް ޕީ ޖޯޖް، އެއިރު ކިޔެވި ގިނަ ދަރިވަރުންނަކީ މިއަދު ހަޔާތުގަ ކާމިޔާބު ހޯދި މީހުން، އެއިރު ހީވޭ މިދަނީ ސްކޫލަކަށޭ، މިހާރު ހިޔެއް ނުވޭ ބޭރުން ބަލާލާފަ ވެސް މީ ތައުލީމް އުގަންނައިދޭ ތަނެއް ހެނެއް
ބެންޖަމިން
23 January 2025
މަޢުލޫމާތަށް ޓަކައި ދައްނަވާލަން. މިސް ޕީ. ޖޯޖު އަކީ ޕްރިންސިޕަލް ކަން ކުރެއްވި ބޭކަނބަލެއް ނޫން. އެއީ ޕްރިންސިޕަލުން ނަށް ވުރެ ބާރު ގަދަ ބޭފުޅަކަށް ވިޔަސް، އެއީ މަޖީދިއްޔާ ގައި ދަރިވަރުންނަށް އުނގަންނާ ދެއްވި ވަރަށް ހިތްހެޔޮ ރަނގަޅު ބޭކަނބަލެއް. މަޖީދިއްޔާ ގެ ދަރިވަރުންގެ އަޙްލާޤު ބައްޓަން ކުރުމުގައި ޙާއްސަ ރޯލް އެއް ޢަދާ ކުރެއްވި. އަދި މަޖީދިއްޔާ ކުރިއެރުމުގެ ހުރިހާ ކަމެއްގައި ވެސް ޝާމިލް ވެލެއްވި.
ޢަޒުމް
22 January 2025
ތިޔަ ޕްރިންސިޕަލް ބޭނުންވަނީ ކުޅިވަރު ކޯޗުންނާ ބޭންޑް ފަދަ އެކްޓިވިޓީސް ހިލޭސާބަހަށް މީހުންލައްވާކުރުވަން
ޤާބިލު އެކަމަކު ޒީރޯ އައުޓްކަމް
22 January 2025
ޤާބިލު ވެދާނެ. އެކަމު މީނަ މަޖީދިއްޔާއާއި ހަވާލުވިފަހުން، ހަމަ ޒީރޯ އައުޓްކަމް ނުކުރތީ. ކިޔެވުމާއި ކިޔަވަިދިނުމުގެ ފެންވަރަު ކުރިއަށްވުރެ ދަށްވީ. ވަރަށް ދެރަ. ދެން އަކަމުވެސް ފާގަތި ދުވަސް ތަކަކަށް އެދެން.
މަޖީދިއްޔާ ފޯ ބޯއިސް އޮންލީ
22 January 2025
މަޖީދިއްޔާ ކުރިން ވެސް އޮތް ގޮތަށް ފިރިހެން ކުދިންގެ ސްކޫލަށް (އަމީނިއްޔާ އަންހެން ކުދިންގެ ސްކޫލަށް) ބަދަލު ނުކޮށްދެވުނިއްޔާ މިހާރުގެ ރައީސަށް ވޯޓް ނުލާން ނިންމައިގެން މިހިރީ.
ޕީއެން،ސީ11
22 January 2025
ކުރިޔަސް ނުކުރިޔަސް ވޯޓް ދޭނީ މަދުބައެް ޑރ،ޖަންޖަބީލް
ކ އަދި ފާތުން
22 January 2025
ވަރަށް ރަނގަޅު ބޭފުޅެއް އައިސްތުއަކީ . އުފާވެރި ހަޔާތަކަށް އެދެނެ.
ެައަހަރެން
22 January 2025
މަޖީދިއްޔާގެ ފުރަތަމަ އަންހެން ޕްރިންސިޕަލަކީ ޑރ. އާމާލް ޢަލީ.
އުމަރުބޭ ބނޑދ
22 January 2025
މިސަރުކާރުގާ ކިޔަވާގެން ތިބި ގާބިލު މީހުންނައް ޖާގަޔެއްނެތް ކިޔެވުމަކީ ބޭކާރުކަމަކައްވެނިމިއްޖެ . މިސަރުކާރުގެ މަތީ ފަޑީގާ ގިނައިންތިބީ ނާގާބިލް މީހުންލާފާ ....... މިކޮމެންޓު ސާއިރުކުރަން ކެރޭނެބާ؟