މެންބަރު ހުސެއިން ޝަހީމް: ފްލެޓް ލިސްޓަށް ޕޮއިންޓް ދީފައިވަނީ އިންސާފުވެރިކޮށް ނޫން ކަމަށް ވިދާޅުވި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
28 ނޮވެމްބަރ 2023 - 11:08
ފްލެޓް ލިބޭ މީހުންގެ ލިސްޓު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު އެކުލަވާލާފައިވަނީ ދެފުށް ފެންނަ ގޮތަށް އެންމެ އިންސާފުވެރިކޮށް ނޫން ކަމަށް އެމްޑީޕީގެ މަޖިލިސް މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ސަރުކާރުގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައެއް ވަޒީރުންނާ ވަރަށް ގާތުން މަސައްކަތް ކުރެއްވި، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަނދުން ހުސައިން އެހެން ވިދާޅުވީ، އެ ސަރުކާރުން ދޫކުރި ގޯއްޗާއި ފްލެޓް ލިބުނު މީހުންނާ ވީ އެންމެ އަވަހަކަށް އެ ތަންތަން ހަވާލުކުރުމަށް ގޮވާލައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކައިލް ނަސީމް ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގަ އެވެ.
އަނދުން ހުސައިން ވިދާޅުވީ ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކުރާ 4،000 ފްލެޓް ލިބޭ މީހުން ކަނޑައަަޅައި، ޕޮއިންޓް ދީފައިވަނީ ގަބޫލު ކުރެވޭ އުސޫލަކުން ނޫން ކަމަށެވެ.
"ގަބޫލު ނުކުރެވިގެން އުޅޭ ކަމަކީ ޕޮއިންޓް ދިނުމުގައި ގެންގުޅުނު ދޯހަޅި އުސޫލު. ކަނޑައެޅިގެން ސައްހަ ނޫން މައުލޫމާތު ލައިގެން ޕޮއިންޓް މަތިކޮށްގެން ޕޮއިންޓް ލިބުނު ފަރާތްތަކަށް، ފްލެޓް ދެވޭނެ ކަމަށް ބުނި ފުރަތަމަ 4،000 ޔުނިޓް ތެރޭގައި ފްލެޓު ދެވޭނެ ކަމަށް ބުނެފައި އޮތުމާއި އެ ގޮތަށް ނިންމި ނިންމުން އަޅުގަނޑު ބަލައެއް ނުގަންނަން،" އޭނާ ވިދާޅުވި އެވެ.
"އެއީ އަދި އަޅުގަނޑު ނިސްބަތްވާ ޕާޓީއެއްގެ ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކު އަދި މިނިސްޓަރަކު ކުރެއްވި ކަމެއްވީ ނަމަވެސް ރަނގަޅަށް ބަލާފައި ކޮށްފައި އޮތް ކަމެއް ނޫން."
އަނދުން ހުސައިން ވިދާޅުވީ ޕޮއިންޓް ދީފައިވަނީ އިންސާފުން ނޫން ކަން ރައްޔިތުންނަށް ވަރަށް ސާފު ކަމަށާއި އެކަމާ ގުޅޭ ވަރަށް ގިނަ ކަންބޮޑުވުންތަކެއް އޭނާ އަށް ލިބިފައިވާ ކަމަށެވެ. އެއީ އެމްޑީޕީގެ ސަރުކާރަކުން އޭނާ އުއްމީދު ކުރި ކަމެއް ނޫން ކަަމަށް ވެސް ވިދާޅުވި އެވެ.
މެންބަރު ހުސެއިން ޝަހީމް، ކުރީގެ ރައީސްއާ ސަލާމް ކުރައްވަނީ: ފްލެޓް ލިސްޓަށް ޕޮއިންޓް ދީފައިވަނީ އިންސާފުވެރިކޮށް ނޫން ކަމަށް ވިދާޅުވި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
"ދާއިރާގެ ޖެހިޖެހިގެން ހުރި ދެ ގޭގެ އެކަކަށް ލިބިފައި އަނެކަކަށް ނުލިބުނީމާ އަޅުގަނޑެއް ދެން ނުޖެހޭ ދެން އެ ރައްޔިތުންނަށް ޕޮއިންޓް ދިން ގޮތް ކިޔައިދޭކަށް، އެ މީހުންނަށް އެނގޭ ކުއްޖަކު ވެސް ނެތް މީހަކަށް މި ހުރީ ލިބިފައި ކަން. ރަށްރަށުގައި މާލެ ނައިސް އުޅެފައިވާ މީހުންނަށް ވެސް އެބަހުރި ލިބިފައި،" އަނދުން ހުސައިން ވިދާޅުވި އެވެ.
އެ ޝަކުވާތަކާ ގުޅިގެން އޭނާ ބެއްލެވި ބެއްލުމުން އެނގިވަޑައިގަތީ އަނދުން ހުސައިން ވިދާޅުވި ގޮތުގައި، ފްލެޓްތަކަށް ހުށަހެޅި މީހުންގެ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރަން ސަރުކާރަށް ވަގުތު ނުލިބިގެން އުޅުނު ކަމެވެ. ނަމަވެސް، ރައްޔިތުން ވަނީ ފަސް އަހަރުގެ ފުރިހަމަ ދައުރެއް އެމްޑީޕީގެ ސަރުކާރަށް ދީފައި ކަމަށާއި އެހެންކަމުން އެކަމަށް ވަގުތު ނުލިބިގެން އުޅުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިކަމުގައި އަޅުގަނޑު ކުރި މަސައްކަތުން ސާފުވީ ފްލެޓަށް ހުށަހެޅި މީހުންގެ މައުލޫމާތުގެ ތެދުކަމާއި ދޮގުކަން ސާފުކުރަން ތިމަންނަމެންނަށް ވަގުތެއް ނެތޭ، އަޅުގަނޑު ދެންނެވިން ފަސް އަހަރު ރައްޔިތުން ދެއްވިއޭ، ފަސް އަހަރަށް ވުރެ ހަމަ އެންމެ ދުވަހެއް ވެސް ދައުރުގައި މަދެއް ނުވެއޭ،" އަނދުން ހުސައިން ވިދާޅުވި އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދާއިމީ ލިސްޓުގައި ފްލެޓަށް ޝަރުތު ހަމަވާ 13،000 މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން، އެންމެ ފުރަތަމަ ކަނޑައެޅީ 4،000 ފްލެޓް މީހުންނެވެ. ތިން ކޮޓަރި ދޭން ހަމަޖައްސާފައިވަނީ 76 ޕޮއިންޓަށް ވުރެ މަތިން ލިބޭ މީހުންނަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓު ދޭނީ 73 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުންނަށެވެ.
ވެރިކަމުގެ އެންމެ ފަހު ދުވަހު މި ފްލެޓްތަކުގެ ލިޔުން ދޭން ސަރުކާރުން މަސައްކަތް ކުރަނިކޮށް އެކަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ހުއްޓުވާފަ އެވެ. އަދި އާ ސަރުކާރުން ވަނީ އެ ލިސްޓް ރިވިއު ކުރަން ނިންމާފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަފްތަރު
29 November 2023
އަޅުގަނޑު ރަށްވެހިވެފައިވާރަށް، ކ.މާލެ، އެޑްރެސް، ދަފްތަރު ނަމްބަރެއްގަ އޮންނަތާ 30 އަހަރު، އަންބަކާ ދެދަރިން. ލިބުނު ޕޮއިންޓް 48 - އެކަމަކު ރަށެއްގަ ދިރި އުޅޭ މީހަކު ރައްޓެއްސެއްގެއަތުން މާލެ އުޅޭކަމުގެ ނޯޓެއް ހުށައަޅައިގެން އެހެރީ ފްލެޓް ދީފަ - މީ އިންސާފުތޯ!
ބަރުބާދު
28 November 2023
ފިލްމުނިމެންދެން ޖެއްސުނު ވައްތަރެއްޖައްސާފަ ދެބަނޑައް ޕޮޕްކޯންކެއީ. ހަމަފިލްމްނިމުނީ އަނެއްފިލްމުންވެސް ޓިކެޓްލިބޭތޯ ކިއުޖެއްސީ!!!!!.
އަލީބެ
28 November 2023
އަނގުން ހުސޭނާ ބަލަ ގޯތިލިސްޓު ރަނގަޅުތޯ.11
އަހުމަދުބޭ
28 November 2023
ރަނގަޅަށްވިއްޔާ މީނާގެ ލިސްޓުގެ އެންމެންނަށް ފުލެޓު ނުލިބިގެން އެކަމުގެ ރުޅިމިބާލާލީ ހުސޭނާ އެދުވަހު ތިޔަވާހަކަ ނުދައްކާ މިއަދު ތިޔަވާހަކަ ދެއްކީމާ އިޚްލާސްތެރިކަން އެބައިނގޭ ނޫނީ އަދުރޭގެ ނުވަތަ ޔާމީނުގެ އިންވިޓޭސަންއެއް ލިބިފައި އޮތީ
ދެފުށު ބެއްޔާ
28 November 2023
މިކަހަޅަ ދެފުއްކެހެރިން. އަވަހައް މުއިއްޒުގެ ޕީންސީ ޕާޓީއަށް ސޮއި ޕުލީޖު
އަފްރާސިޔާބު
28 November 2023
އަދުން އަޅުވަންވީނުން. ގޯތި ސެކިއު ކުރުމަށް ކަނޑާލަނީ ހެން ހާދަ ހީވޭ.
ފުލެޓް
28 November 2023
މުޢީޒުގެ މިނިސްޓަރުކަމުގައި ހިޔާ ފުލެޓަށް ލިޔުން ލިބުނު މީހުންގެ ހައްގު ކޮބާ؟ ޢެމީހުން އަތުން ނުހައްގުން ހިޔާ ފުލެޓް ނަގަިއގެން ގިނަ މީހުންނަށް ގެދޮރުވެރިޔާ ފުލެޓްވެސް ނުދިން. ޢެއީވެސް ޝަރުތުހަމަވާ އިރު. އެމީހުންހެ ހައްގު ކޮބާ؟
ޙަސަނދީބެ
28 November 2023
5 އަހަރު ދިޔައީ ހަމައެކަނި ތިލިސްޓު ޗެކުކުރަންދޯ. ކޮބާކޮވިޑު ދެއަހަރު. ތިލިސްޓުގެ މަސައްކަތް ފެށުނީ ކޮންއިރަކުބާ. ކޮންވެރިކަމެއްގަ ކޮންލިސްޓެއްގަބާ މައްސަލަ ނުޖެހިދިޔައީ. އަދިވެސް މައްސަލަޖެހޭނެ.
އުޒުރު
29 November 2023
ތިޔަކިނެތް ގަބޫލުކުރެވޭ އުޒުރެއް. ކޮވިޑާހުރެ ނޫނީ އެހެން ކަމަކާ ހުރެ ބަލަން ޖެހޭވަރަށް ބަލަން ވަގުތު ނުލިބެންޔާ ނުބަހާ މަޑުކުރަން ޖެހެނީ. އިންތިހާބަށް ޕޮއިންޓު ހޯދަން އަވަސް އަރުވާލައިގެން ބަހާކަށްނޫން. ދެން އަނެއްބައިމީހުންވެސް ކަންކުރީ އެހެންނޭ މިހެންނޭ ބުނީމަ އެއީ ކުޑަކުދިން ދައްކާކަހަލަ ބަހަނާ. 2 ރޯންގްސް ޑޯންޓް މޭކް އަ ރައިޓްއޭ ބުނެއުޅޭ. ބޮޑުވެ ތަސައްރަފު ފުދިފަތިބޭ މީހުންނަށް އެވަރު ވިސްނެން ޖެހޭ
އ އަހްމަދު
28 November 2023
ފްލެޓް އެކަންޏެއްނޫން ގޯތިވެސްދިނީހަމަ އެއުސޫލުން މާލޭގަގެދޮރުހުރިމީހުން މޮޅުޗައްކަރެއްޖަހާފަ ގޯތިފޯމުލީ އެވެސްބަލަންޖެހޭ އޭގެތެރޭގައަނދުންހުސެންވެސް ހިމެނޭ
ބައިކިލޯ
28 November 2023
ހުޅަނގުމޫސުމް ނިމި އިރުވައިމޫސުމަށް ވައި ބަދަލުވާނެ. ޑިސެމްބަރ10ގައި އިރުވައި މޫސުމް ފެށޭނެ.