އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރި ޒީނިޔާ.-- ފޮޓޯ: އާސަންދަ
28 ނޮވެމްބަރ 2023 - 13:24
އާސަންދައިގެ އާ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، އެ ކުންފުންޏަށް އެންމެ ފުރަތަމަ ނެގި މުވައްޒަފު އައިމިނަތު ޒީނިއާ ހަމަޖައްސައިފި އެވެ.
ޒީނިޔާ އެންމެ ފުރަތަމަ އާސަންދައާ ގުޅިވަޑައިގަތީ 2012 ވަނަ އަހަރު މެޑިކަލް ޑައިރެކްޓަރެއްގެ ގޮތުގަ އެވެ. އޭރު އެ ކުންފުނި ހިންގީ އެލައިޑުގެ ދަށުންނެވެ. އާސަންދަ ވަކި ކުންފުންޏެއްގެ ގޮތުގައި ހިންގަން ފަށާފައި ވަނީ 2014 ވަނަ އަހަރު އެވެ.
މެޑިކަލް ޑައިރެކްޓަރުގެ މަގާމަށް ފަހު އެ ކުންފުނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރުގެ މަގާމާއި ޖެނެރަލް މެނޭޖަރުކަން ވެސް ފުރުއްވި އެވެ. އޭނާ ވަނީ ނާސިން އާއި ޕަބްލިކް ހެލްތު ދާއިރާއިން މާސްޓާސް ހާސިލުކުރައްވައިފަ އެވެ.
މީގެ ކުރިން އާސަންދައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ އިސްމާއިލް އައްޒާމު ވަޖީހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިފުޅު3
30 November 2023
ޒީނިޔާ އަށް މިވަރުގެ މަގާމެއް ލިބުނީތީ އުފާ ކުރަން އަދި މަރުހަބާ ކިޔަން. ހިތާމައަކީ 17-11-2028 ގައި ސަރުކާރު ބަދަލުވެއްޖެނަމަ، ޒީނިޔާ ވެސް ހިމެނޭ ގޮތައް ސިޔާސީ އެޕޮއިންޓްމެންޓް ތަކުގާ ތިބި އެންމެހާ ބޭފުޅުން ގެއަށް ދާންޖެހޭނެ ކަން. އަދި އެ ހިސާބުން ދެން ގައުމަށް ޚިދުމަތް ކުރުމުގެ ދޮރު ބަންދުވެ، އާމްދަނީ ހޯދަން އެހެން ގޮތެއް ހޯދަންޖެހި، ސިޔާސީ ޕޯޑިއަމް ތަކަށް އަރަން މަޖުބޫރުވެ އޭގެ 5 އަހަރު ފަހަށް އިންތިޒާރު ކުރަން ޖެހުން! މީ ގައުމަށް ދެރަ ގޮތެއް.
މުނީރު
29 November 2023
މަރުހަބާ
ރަދީފްއޮފިޝަލް
28 November 2023
ވަރަށް ރީތި ކަނބަލެއް.މި ސަރުކާރުން އެޕޮއިންޓްކުރި އެންމެ ރަނގަޅު ބޭފުޅާ. ގުޑް ލަކް.
ނައިބޮލިއާދަންމަނިކު
28 November 2023
ތަފާތު ދެދަތުރަކު ރާއްޖެއިންބޭރުގަ ހުރެގެން އަހަރެން އާސަންދަޔަށް އެޕްލައިކޮށް ކޮންމެ ފަހަރަކު ދިޔައީ ނުލިބި ގޮތްހުސްވެގެން. އެއްކަމެއްގައި އެއްތަނެއްގައި ތިބެގެން މެންބަރަށް ގުޅިމީހުންނަށް އާސަންދަ ހަމަޖެހިގެން ދިޔަކަމީ ވަގުންނާއި ކަރަޕްޓުވެފައި ތިބިބަޔަކު އުޅޭތަނަކު ހައިރާންވާންވީ ކަމެއްނޫން. ޒީނިޔާގެ މަސައްކަތުން ތިޔަތަނަކީ މެންބަރު ނުވަތަ ވަޒީރު ބުނީމަ ވާންޖެހޭ ތަނަކަށް ނަހަދާ ތަން ހަމަމަގަށް އަޅުވާނެ ކަމަށް އުއްމީދު ކުރަން
ޑރ. ރާމީ ޙަސަން މަނިކު
28 November 2023
ޒީނިޔާ އަކީ ހިންގުންތެރި ބޭފުޅެއް. މީހުން ގޮވައިގެން އުޅެން ދަންނަ ހިތްހެޔޮ ބޭފުޅެއް!
ރަދީފްއޮފިޝަލް
28 November 2023
މަރުހަބާ. އިމްޕްރެސްޑް. ފޮޓޯ.
އެމްޑީއަށް ވެދުން
28 November 2023
އާސަންދައަކީ މަޖްލީސް މެމްބަރުން ގުޅައިގެން އެމީހުންގެ ގާތްތިމާގެ މީހުންނަށް ހަމަޖެހިގެންވާނެ އެއްޗެނޫން,ދިވެހި ކޮންމެ ރައްޔަތަކަށްވެސް ބަލިވެގެން ކަމެއް ދމާވެގެން ފަރުވާ ކުރެވެން އޮންނަށް އެއްޗެ, އެހަމަޖައްސަން އޮވޭ ޑރ ންގެ ޓީމެއް އެޓީމުން ގޮތް ނިްމީމަ ހަމަޖެހެންޖެހޭނެ , މެމެބަރުންނަށް ގުޅައިގެން ރޮއެގެން ނުޖެހޭނެ ރައްޔަތުމީހާ އުޅޭކަށް.
ސަމާލު
28 November 2023
ރަނގަޅު ނިންމުމެއް، ތަހުނިޔާ
މަރުހަބާ
28 November 2023
މަރުހަބާ ޡީނިޔާ
ހަމަތެދު
28 November 2023
ލ.ފުނަދޫ މީހަކަށް ނުވިއްޔާ ރަގަޅު،
ލާމުމީހާ
28 November 2023
ކަލޭ ފުރަތަމަ ދަސްކުރަންވީ ފުނަދު އާއި ފޮނަދޫ އޮންނަކަން. ލ.ފޮނަދޫ ށ.ފުނަދޫ