އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު -- ފޮޓޯ: އެސްޓީއޯ
28 ނޮވެމްބަރ 2023 - 15:36
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޝިމާދު އިބްރާހިމް ހަމަޖައްސައިފި އެވެ.
މި މަގާމަށް ވަޑައިގަތުމާ ހަމައަށް ޝިމާދު ހުންނެވީ އެސްޓީއޯގެ ބޯޑު މެމްބަރެއްގެ ގޮތުގަ އެވެ. ޝިމާދު ވަނީ އެކައުންޓިން ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވައިފަ އެވެ. އޭނާ ވަނީ ކުރިން ފިނޭންސް މިނިސްޓްރީގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.
އެސްޓީއޯގެ ކުރީގެ އެމްޑީއެއްގެ ގޮތުގައި ހުންނެވީ އަބްދުﷲ ސައީދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެއްވަދޫ ބެއްޔާ
29 November 2023
ޑރ.ޝަމްހީދު އާއި ރައީސް ޑރ.މުޢިއްޒުއަކީ އ.ވިލާތުގައި އެކުގައި ވަރަށް އެކުވެރިކޮށް އުޅުނު ކިޔަވަން އުޅުނު ދެކުދިން.މި ފެންނަނީ އެކުވެރިކަން އިތުރަށް ބަދަހި ކުރާތަން.އަސްވާޑަކީވެސް މީގެތެރެއިން ތަބެއް.އެސް.ޖޭ.އިން އިންތިޚާބަށް ގިނަ ފައިސާ ޚަރަދު ކުރި.އެކަން ކުރީ ޝަމްހީދު.އެހެންވީމަ ބަދަލު ދެވި މުއްސަންދިކަން އިތުރު ހަރުފަތަކަށް އެބަ ގެންދަން ޖެހޭނު.
ދަރިވަރު
29 November 2023
މި ސަރުކާރުން މަޤާމްތަކަށް އައްޔަނު ކުރި ބޭފުޅުންގެ ތެރެއިން އެންމެ ޤާބިލް ބޭފުޅަކީ ޝިމާދުކަމަށްވާނެ. މެނޭޖްމަންޓް އެކައުންޓިންގެ އެކްސްޕާޓެއް އަދި ވިޔަފާރި ހިންގުމުގެ ތަޖުރިބާ ކާރެއް.
އޮނަރަބްލް އަފީފު ދީދީ
29 November 2023
އާ އެމްޑީގެދައުރުގައި ރާއްޖޭގެ ފޫޑް ސިކިއުރިޓީއާއި، ޑީސަލް، ޕެޓްރޯލް އަދި ޖެޓްފިއުލްގެޔަޤީންކަން ކަށަވަރުކުރުމަށްޓަކާ އަބަދުވެސް 3 މަސްދުވަހުގެ ކާޑްގެބާވަތްތަކާއި 6 މަސްދުވަހަށް ބޭނުންވާވަރަށް ޑީސަލް، ޕެޓްރޯލް ރައްކާކުރެވޭނެނިޒާމް ކ.ފޮނަދޫގެއިތުރުން ހުވަދުއަތޮޅު ފަރެސްމާތޮޑާއާއި ލ.ފޮނަދޫގައިޤާއިމްކޮށް ކ.ހުޅުލޭގެއިތުރަށް ހަނިމާދުއާއި ގޭންއެއަރޕޯޓް ޖެޓްފިއުލް ސްޓޯރޭޖްވެސް ތަރައްޤީކޮށް 3 އެއަރޕޯޓްގައި ފިއުލް ރައްކާކުރެވޭނެގޮތް ހަދާނެކަމަށް ހީކުރަން.
ރަބީއުު
29 November 2023
ކ.ފޮނަދޫ އެއްނޯވޭ. ކ.ފުނަދޫ(މުސްކުޅިބަހުރުވައިން ގުއިފުނަދޫ)
ކަތްދައްތަ
28 November 2023
މިގައުމަކީ ވަކި ފިކުރެއް ހިނގާ ގައުމެއްނޫން. ކިޔަވައިގެން ތިބި މޮޅު އިޚްލާޞްތެރި ކޮންމެ ދިވެހި ރައްޔިތަކީ މަގާމުތަކަށް އެކަށޭނަ މީހުން. ޝީމާދުއަކީ ކިޔަވައިގެން ހުރި ތަޖުރިބާ ހުރި އަދި އިޚްލާޞްތެރި ބޭފުޅެއް. ދެން ކޮން އެމްޑީޕީ ފިކުރެކޭ ޑިމޮކްރެޓިކް ފިކުރެކޭ މިކިޔަނީ. ވެެރިކަންކުރާ ޕާޓީތަކުން ގައުމަށް ވިއްކި ފިކުރަކީ ވައްކަމާ ލޫޓުމާރު. އެފިކުރު ޝިމާދުގެ ކިބައިގައި ނުހުންނާނެކަން 100 ޔަޤީން. ދެއްވަދޫ ރަސްގެއާ ގުޅިިފައިވާ ރަގަޅު މީހެއް މިލިބުނީ.
އަލިހުއްތު
28 November 2023
ދެއްވަދޫ ޝިމައްޓޭ. ދެއްވަދޫ މުޖުތަބާ. ދެއްވަދޫ އަކީ އާދައިގެ ރަށެއް ނޫނޭ. ތާރީޚުގަވެސް ވެރިކަންކުރި ރަށެކޭ. ލެޓިން ހުތުބާއެއް އެންމެ ފުރަތަމަ ވިދާޅުވީ ދެއްވަދޫ މަރުހޫމް މުހުއްމާކަތީބާ އޭ. އެއީ ދެއްވަދޫ ޝިމައްޓޭގެ ބޮޑުބޭބެއޭ. ޝިމައްޓޭ އަކީ އިތުބާރުހިފޭ މީހެކޭ. ޗާޓަޑް އެކައުންޓު ކިޔަވާފައޭހުރީ. ވިލާގެވެސް ޑިރެކްޓަރުކަން ކުރި ތަޖުރިބާކާރެކޭ. މުއިއްޒުގެ މިނިންމުމަށް މަރުހަބާ
އުޝާން
29 November 2023
ސިމާދު އަކީ ގެމަނަފުށި ދާއިރާގެެމްބަރުގެ ކަޒިންއެއް. ރަނގަޅަށް ތިބުނީ މުހައްމާ ކަތީބާ އަށް ބޮޑުބޭބެ ކިޔާ މީހުން އެއީ ހައްތާވެސް. ފިނޭންސުގެ މަރުހޫމް މުޖުތަބާ، އެސްޖޭ ކުންފުނީގެ މަސްލަހަތު، ޝިމައްޓޭ ލުޖެއިންއެމްވީ މިއީ އެއްބައެއް. ތާރީޚު ލިޔާ ތިނަދޫ ހިލްމީ ލިޔުއްވި ގޮތުގާ މުޙައްމާ ކަތީބާ އަކީ ވަރުގަދަ ޝަހުޞިއްޔަތެއް. ރަސްމަތި ބޭކަލެއް. ރައީސް ނާޞިރުއާ ދެކޮޅުވެރިވީމަ ޖަލަށް ލައި އަނިޔާ ލިބުނު. ޝިމައްޓޭ އެމްޑީއަކަށް ނެގުން އެއީ މުއިއްޒުގެ ގަދަކަން.
އަމްމަޑޭ
28 November 2023
ރަނގަޅު ޗޮއިސްއެއް. ހިންގޭނެ ގާބިލު މީހެއް. އެކައުންޓިންގް ދާއިރާގަ މިވަރުގެ މީހެއް ރާއްޖޭގަ ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ
ހުސައިން ފިކުރީ
28 November 2023
ގއ.ދެއްވަދޫ އަށް އުފަން ޝިމާދު އަކީ ސީމާ ކޮލިފައިޑް އެކައުންޓެންޓެކެވެ.ފުރަތަމަ ޚިދުމަތް ކުރައްވަން ފެއްޓެވީ ފިނޭސްގައި.ފަހުން ވިލާގެ އެކް.ޑައިރެކްޓަރ އަކަށް ހުރި.ސަރުކާރުގެ އެކި ކުންފުނިތަކުގެ ޑިރެކްޓަރުކަން ކުރި.މިހާރު އެއީ ސުޢޫދު އަންވަރު ލޯވފާމުގެ ޕާޓްނަރެކެވެ.އަމިއްލަ ވިޔަފާރި ހިންގައެވެ.ހުޅުމާލެއިން2 އިން 11މ ރުފިޔާގެ ބިމެއް އޮވެއެވެ.މިއީ މިލިއަނަރެކެވެ.ރަގަޅު ވިސްނުން ހުންނާނެއެވެ.އެސްޓީއޯއަށް އަންނަ ކުރިއެރުން ބަލަން ތިބެމާ ހިގާށެވެ.
ދަންޑަހެލު
28 November 2023
މަރުހަބާ ޝިމާދް.
އަލިދޫ
28 November 2023
ގާބިލު މީހަކަސް އެމްޑީޕީ މީހުން ލައިގެން ނުވާނެ! މިއީ ރަތްލާ ޖެހި އެމްޑީޕީ މީހެއް. މިއީ އެމްޑީޕީ ސަރުކާރެއްތަ މި ހޮވުނީ؟ ދެއްވަދޫގަ އެބަތިބި ޕީޕީއެމްގެ ގާބިލު މީހުން
ހާމިދު ޝާޙިދު
28 November 2023
އެމްޑީޕީ ސަރުކާރުގައިވެސް ބޯޑު މެމްބަރަކަށް އުޅުއްވި ބޭފުޅަކަށް ޑރ މުއިއްޒު އެމްޑީކަން ދެއްވުމުން މިއިގެނީ ޑރ ޖަމީލު ދައްކަވާ ވާހަކަފުޅު ގެ ތެދުކަން. ރައީސް ޔާމީން ހިންހަމަ ޖެހިވަޑައިނުގަންނަވަނީ ކީއްވެކަން! ޕީއެން ފްރަންޓް އަށް ޕީޕީއެމް ހުރިހާ ކުދިން ވަދެ، ވަރުގަދައަށް ޤައުމީ ފިކުރުގައި ހިންގާލާ!