މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް --- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
28 ނޮވެމްބަރ 2023 - 19:42
ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ، އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިބްރާހިމް އިޔާސް ހަމަޖައްސަވައިފި އެވެ.
އެމްޑީގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން އިޔާސް ހުންނެވީ އެ ކުންފުނީގެ ޗީފް އޮޕަރޭޝަން އޮފިސަރުގެ ގޮތުގަ އެވެ. އޭނާ ޗީޕް އޮޕަރޭޝަން އޮފިސަރުގެ ގޮތުގައި މަސައްކަތް ކުރައްވަން ފެއްޓެވީ 2021 ވަނަ އަހަރު އެވެ.
އިޔާސް އައިލެންޑް އޭވިއޭޝަންގައި މަސައްކަތްކުރައްވާތާ 15 އަހަރު ވެއްޖެ އެވެ. ގައުމީ އެއާލައިން ހިންގާ ކުންފުންޏާ އޭނާ އެންމެ ފުރަތަމަ ގުޅިވަޑައިގަތީ 2008 ވަނަ އަހަރު ސޭފްޓީ އެންޑް ކޮލިޓީ މެނޭޖަރެއްގެ ގޮތުގަ އެވެ. އޭގެ ފަހުން އޭނާ އަންނަނީ މެނޭޖީރިއަލް ވަޒީފާތައް އައިލެންޑް އޭވިއޭޝަންގައި އަދާކުރައްވަމުންނެވެ. އެގޮތުން އައިލެންޑް އޭވިއޭޝަންގެ މަތިންދާބޯޓުތައް ބެލެހެއްޓުމަށް ހާއްސަ ޑިޕާޓްމެންޓް، އިންޖިނިއަރިންގެ ހެޑެއްގެ ގޮތުގައި ތިން އަހަރު ހޭދަކުރެއްވި އެވެ.
އިޔާސް އަކީ އިނގިރޭސިިވިލާތުގެ ޔުނިވަސިޓީ އޮފް ލަންޑަންގެ އިމްޕީރިއަލް ކޮލެޖުން އޭރޯނޯޓިކަލް އިންޖިނިއަރިން އިން މާސްޓާސް ހާސިލުކުރެއްވި ބޭފުޅެކެވެ. ކިޔަވާވިދާޅުވުމަށް ފަހު 2004 ވަނަ އަހަރު ރާއްޖެ ވަޑައިގެން އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ސިވިލް އޭވިއޭޝަން ޑިޕާޓްމެންޓް ނުވަތަ މިހާރުގެ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގަ އެވެ.
އެހެންވެ، އިޔާސް ސިވިލް އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރައްވާތާ މިއީ 19 ވަނަ އަހަރެވެ.
މޯލްޑިވިއަންގެ އިތުރުން ސަރުކާރުގެ ގިނަ ކުންފުނިތަކެއްގެ މެނޭޖިން ޑިރެކްޓަރުން ޕީސީބީން މިއަދު ވަނީ އައްޔަންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންދަލޫސިޔާ
30 November 2023
މަރުޙަބާ އިޔާސް. މާޝާ ﷲ. އިޔާސް އަކީ 1999 ބެޗުގެ އޭލެވެލްގެ ރާއްޖެއިން 1 ވަނަ. ވަރަށް ތޫނުފިލި ބޭފުޅެއް. އަޅުގަނޑަށް ޔަޤީން ކާމިޔާބުކުރާނެކަމަށް.
އޮނަރަބްލް އަފީފު ދީދީ
29 November 2023
އައްޑޫއިން މާލެއަށްދާ މީހާ އެއަރޕޯޓްގައި 4 ގަނޑިއިރުވާފަހުން އެތައް ފަހަރަކު ބޯޓް ޑީލޭކުރޭ. # މާލެ އައްޑޫ ދަތުރު ދިގުމިނަކީ މާލެ ކޮލަންބޯގެ މިންވަރުކަމަށްވިޔަސް މިދަތުރުގައިދެނީ ޕެކްޓްގައިބަންދުކުރި ޖޫސް ކޯވަރަކާއި 4 އޮށް ބަދަން އަދި ފެންފޮދެއް. # ނަމަކަށް މިކަންކުރުމުގެބަދަލުގައި މޯލްޑިވިއަންއަކީ "ޑޮމެސްޓިކް ލޯކޮސްޓް އެއަރލައިނެއްކަމަށް" ކަޑައެޅުން ރަނގަޅު. އަދި ކުރޫން އަޅާ "އަގުބޮޑު" ހެދުންވެސް ތަންކޮޅެއް އާދައިގެ ހެދުމަކަށް ބަދަލުކުރެވިދާނެ.
ޑެބީ
30 November 2023
ކާނެވަރަކަށް ކައިގެން ބޯޓަަށް އަރާނަމަ. 1 ގަޑިއިރާ 20 މިނެޓުގެ ފްލައިޓަކަށް ބިރިޔާނިއާ ހަނާކުރިމަހާ ކޭކާ ދޭންޖެހޭތަ؟
ާމޮޑްސަން
29 November 2023
މަރުހަބާ!! މިބޭޅާޔަށް މިކަންވާނެ !! ޓެކްނިކަލް ގާބިލް ބޭޅެއް، އިންޖިނިއަރިން ޓީމްގެ ފުލޮ ސަޕޯޓު ލިބޭނެ
ރުއްމާ
29 November 2023
އިޔާޒް އަށް މަރުަހަބާ. މައްސަލަ އަކީ އިޔާޒެއްނޫން. އިޔާޒް އައްޔަން ކުރާ މީހުން. މި ތަނަށް ބޭނުންވަނީ ބަނގުރޫޓު ވަމުންދާ އެއަރލައިނެއް ސަލާމަތްކޮށް އެ ޕްރޮފިޓް ވާނެ ތަނަކަށަ ހެދޭނެ އިލްމާ ހުނަރާ ތަޖުރިބާ ހުރި މީހެއް. އަދި ސަރުކާރުން މި ކުންފުންޏަށް އަތްބާނަައިގެން މިގަންނަ ގަނޑު ހުއްޓާލަންޖެހޭ. އަގުތައް ހުންނަންވީ ކޮމަރޝަލީ ވައިބަލް ރޭޓެއްގައި. ނޫނީ ކުންފުނި ބަނގުރޫޓުވާނީ.
ފިޔަނާ
29 November 2023
މަރުޙަބާ އެކުވެރި އިޔާ! އައިއޭއެސް ގެ ކުރިމަގު އުޖާލާ ވާނެ! އަދި މުވައްޒަފުންގެ ކުރިމަގު އުޖާލާ ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރަން
އަހުމަދު ސައިފުލް
29 November 2023
އައިލެންޑް އޭވިއޭސަންގެ މެނޭޖްމަންޓުން ވަނީ ޓްރާންސްޕޯޓު މިނިސްޓަރަކަށް މިހާރު ހުރި އަމީނުގެ މައްސަަލަ އަނބުރާ ގެނެސް އޭނައަށް ދެ މިލިޔަން ރުފިޔާން ދޭން އެއްބަސް ވެފަ ކަމަށް ބެލެވެނީ! އެކަމު ކުންފުނި އޮތީ ބަނގުރޫޓު ވެފަޔޯ! ކީކޭ ދެން އަޅެ ފަހެ ބުނާނީ!
ސާމިހް ކެޕްޓަން
29 November 2023
މީނަ ކަޑަވާނެ އެއަލައިނެއް ހިންގަން. ހަމަ ސީރިއަސްކޮށް
އަމްރާ
29 November 2023
ރިހޭ ފައިމައްޗައް ފޮއެ
އޮނަރަބްލް އަފީފު ދީދީ
29 November 2023
މޯލްޑިވިއަންގެ ފަރާތުން ބޭރުޤައުމުތަކަށް "ގެއްލުމުގައި" ކުރާ ދަތުރުހުއްޓާލާފައި އެއަރބަސް A-321 ބޯޓް ބޭނުންކޮށްގެން މާލެ-ހަނިމާދޫ-މާލެއަށް ދުވާލަކު 1 ފްލައިޓް އަދި މާލެ-ގޭން-މާލެ އަށް ދުވާލަކު 1 ފްލައިޓް ބާއްވަންވީނޫންތޯ. # މިބަދަލާއިއެކު މާލެއިން ޑޮމެސްޓިކް އެއަރޕޯޓްތަކަށް ދަތުރުކުރާނީ ހަމައެކަނި ފުވައްމުލަށް، ދަރަވަންދޫ އަދި އިފުރަށްކަމުގައި ކަޑައެޅިދާނެ. ދެންހުރި އެއަރޕޯޓްތަކަށްދެވޭނީ ހަނިމާދޫ ނުވަތަ އައްޑޫގައި ޓްރާންސިޓް ވެފަ ކުދި ބޯޓްތަކުގަ.
ބޮނަރަބަލް ބަފީފް ބީބީ
29 November 2023
މިކަހަލަ ރޯނުއެދުރުން ގިނަކަމުން މިގައުމު ކުރިނާރައިގެން މިއުޅެނީ. ފުރަތަމަ ކަމަކަށް ހަނިމާދޫގަ އެއަރބަސް ޖައްސާނެ ރަންވޭއެއް ނޯންނާނެ. އަދި ދުވާލެއްގެ މައްޗަށް އެކި އެކި އިންޓަނޭޝަނަލް ކަނެކްޝަންސްގަ އެކިގަޑިތަކުގަ ހަނިމާދޫ ސަރަހައްދުގެ ރިޒޯރޓްތަކަށްދާން އެވްރެޖްކޮށް އަންނަނީ 40 ހަކަށް ޓުއަރިސްޓުން. މިއެންމެން އެއްކޮށްލައިގެން 20 ދިވެހިންނާއެކު ހަނިމާދޫއަށް ބޯޓުގެ 2/3 ހުސްކޮށް ދަތުރުކޮށްގެން ވާނެ ގެއްލުން ވިސްނާ.
މާކުންބެ.
29 November 2023
ބަފީފު ތިބުނާގޮތުން ނަމަ މޯލްޑިވިއަންގެ ބޮޑު ބޯޓް 15 މީހުން ގޮވައިގެންވެސް އިންޑިޔާއަށް ދަތުރެއްކޮށްފިނަމަ އެއީ ފައިދާގަ ކުރާ ދަތުރުދޯ ؟ ތިތަނުގެ ބޮޑެތި މީހުންގެ މުދަލާއި އެމީހުންގެ އާއިލާ ޗުއްޓީ ހަދަންވެގެން އިންޑިޔާ ދަތުރުތައް ކުރަނީ. އެކަން އިގޭނެ ދަތުރު ތަކުގެ ތަފުސީލު ބެލުމުން.
ކެޕްޓަން.
29 November 2023
ވަރަށްބޮޑަށް ހީވޭ ބޮނަރަބަލް ބަފީފް ބީބީ އަކީ މޯލްޑިވިއަންގައި މަސައްކަތެއްނުކޮށް ބޮޑު މުސާރަ ކައިގެން މެނޭޖަރުން ހެދިފައިތިބޭ މީހުންގެ ތެރެއިން މީހެއްހެން. އެހެންވެ އަފފީފުގެ ކޮމެންޓް ފެނިފައި ރުޅިގަދަވެގެން އެއުލެނީ. އެފަދަ ބަދަލެއް ގެނެސްފިނަމަ ތަނެއްދދޮރެއް ނޭގޭ މެނޭޖަރުންގެ ބޭނުން ކެޑިދާނެތީ.
އޮނަރަބްލް އަފީފު ދީދީ
29 November 2023
މަތީގައިދެންނެވި ބަދަލުގެނައުމުގެ އެތައްބޭނުމެއް އެބައޮތް. މިސާލަކަށް މިހާރު ތިމަރަފުއްޓާއި އައްޑުއާއި ދެމެދުހުރި "ދެކުނުގެ އެއަރޕޯޓް ތަކަށް" ދުވާލަކު މޯލްޑިވިއަންއިން ބާއްވަމުންދާ ފްލައިޓްގެއަދަދާއި، ޕައިލެޓުންނަށާއި ކުރޫސެޓަށް ކުރާންޖެހޭހޭދައާއި އެގަނޑިތަކުގައި އިދާރީމުވައްޒަފުންނަށާއި، މާލޭއެއަރޕޯޓަށްދައްކާންޖެހޭ ލޭންޑިންގ އަދި ޕާކިންގ ފީތައްފަދަ ޗާޖެސްތަކުގެ އަގުމަގުކޮށްބަލައިފިނަމަ މިބަދަލުގެސަބަބުން ކުންފުންނަށްލިބޭނެ ފައިދާ އެގި ހާމަވާނެ.
މަރިޔަމް މޫސާ.
29 November 2023
ބޮނަރަބަލް ބަފީފް ބީބީ އަކަށް ނޭގޭ ދޯ ރައީސް ސޯލިޙްގެ ސަރުކާރުން ހަނިމާދޫ އެއަރޕޯޓް ބޮޑުކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާކަމެއް. ގަޅިވިޔަސް ތިއީ ތަންކޮޅެއް ބޮޑުވަރު. ބަލަގަ އަފީފެއްވެސް ނުބުނެއޭ ކުރިން އެކަން ނުކޮށް އޮތް ވާހަކައެއް. އޭނާ އެކިޔަނީ އެކަންކަން ކުރާންވީއޭ.
އޮނަރަބްލް އަފީފު ދީދީ
29 November 2023
މާލެއާއި ހަނިމާދޫ އަދި މާލެއާއި އައްޑުއާއި ދެމެދު A-321 ޑެއިލީ ޝެޑިއުލް ބާއްވާފައި ފޯއްމުލައް، ދަރަވަންދޫ، އިފުރު ނޫން ހުރިހާ ޑޮމެސްޓިކް އެއަރޕޯޓް ތަކަށް މާލެއިން ޝެޑިއުލް ދަތުރު ކުރުންހުއްޓާލާ މަތީގައިދެންނެވިގޮތަށް އުތުރުގެ އެހެން ހުރިހާ އެއަރޕޯޓްތަކަށް ދިއުމަށް ހަނިމާދޫގައި ޓްރާންސިޓް ވާގޮތަށް އަދި ދެކުނުގެ އެހެން އެއަރޕޯޓްތަކަށ ދިއުމަށް އައްޑޫގައި ޓްރާންސިޓް ވާގޮތް ހެދުމުން ޑޮމެސްޓިކް ހުރިހާ އެއަރޕޯޓްތައް ގުޅި ފަތުރުވެރިކަމަށް ޖާގަ ފުޅާވާނެ.
މަތީނު.
29 November 2023
އަފީފު އެބުނާގޮތަށް އެކަން ކުރެވިދާނެ އެއްގޮތަކީ މާލެއިން ކުދި އެއަރޕޯޓް ތަކަށް ކޮންމެ ހަފުތާއަކު ސީދާ ދަތުރުގެ އެއް ދަތުރު ބާއްވާފައި ހަފުތާގެ އެހެން ދުވަސް ދުވަހު ކުދި އެއަރޕޯޓް ތަކަށް ދާންބޭނުން ޕެސެންޖަރުން އައްޑޫ ގަމުގައި ނުވަތަ ހަނިމާދޫ ގައި މަޑުކޮށް އެތަނުން ޓްރާންސިޓް ވެގެން ފައިނަލް ޑެސްޓިނޭޝަނަށް ދާގޮތަށް އޮތުން. އޭރުން ޑައިރެކްޓްކޮށް ކުރާ ދަތުރު ތަކުގެ ޓިކްޓް މިހާރަށްވުރެން އަގުބޮޑުވާނެ.
ނަގިއްޔާ.
29 November 2023
އަފީފު ހާދަވަރެކޭ މިވަނީ އައްޑުއަށް އެއަރބަސް 321 ބޭއްވޭތޯ ؟ ބޮޑު ބޯޓް އައްޑުއަށް ނުބޭއްވި ކަމުގައިވިޔަސް ސްރީލަންކަން އައްޑުއަށް ޖައްސާ ދުވަސްތަކާއި ދިމާކޮށް ދެކުނުގެ އެއަރޕޯޓް ތަކުން ގަމަށް ކަނެކްޓިވިޓީ ދޭނެ ކަމަށް ޑރ މުއިއްޒުވަނީ ވިދާޅުވެފަ. އެކަން ކުރާނެ މިސަރުކާރުން ހާސްކަޑާލާ އަފީފު.
ގެދޮރުވެރިޔާ
29 November 2023
އަބްދުލް ޙާރިސް ގެންނާނެ ކަމަށް ހީކުރެވުނީ. ކަންތައްތައް ރަނގަޅަށް ގެންގޮސްފީޔާ ކޮންމެ ބޭފުޅަކުވެސް އޯކޭ ވާނެ އަސްލު. ނިމިދިޔަ ސަރުކާރުގަ ތި ތަނަށް އައްޔަނުކުރި ބޭފުޅާގެ އެންމެ އިސް ކަމަކަށް ހެދީ އެބޭފުޅާ އާއި ޗީފް އެޑްމިނިސްޓްރޭޓަރ އަކަށް ހުރި ބޭފުޅާގެ މުސާރަ އަތް ނުފޯރާފަށަށް ބޮޑު ކުރުން. އެހެން ތިނެ "ކުރީ ސަރުކާރު ކުރީ ސަރުކާރު" ގޮވަމުން ގޮވަމުން ފައިބައިގެން އެ ދިޔައީ ލީސްއަށް ގެނެސްފަ އޮތް ބޯޓުގަނޑުވެސް އަނބުރާ ފޮނުވާލާފަ. ނަލަ ދެން.