28 ނޮވެމްބަރ 2023 - 21:10
މޯލްޑިވްސް ޕޯޓްސް ލިިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯގެ މަގާމަށް މުހައްމަދު ވަޖީހު އިބްރާހިމް ހަމަޖައްސަވައިފި އެވެ.
މިއަދު އޭނާއަށް ވަނީ ޕީސީބީގެ ބޯޑުން އެކަން އަންގައިފަ އެވެ. މާދަމާއިން ފެށިގެން އޭނާ ވަޒީފާއަށް ނުކުންނަވާނެ އެވެ.
ވަޖީހަކީ 2013 އިން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް އެމްޕީއެލްގެ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. އޭނާ އެމްޕީއެލްގައި ހޭދަކުރެއްވި ނުވަ އަހަރުގައި ވަނީ އެކުންފުނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު ކަމާއި ޖެނެރަލް މެނޭޖަރު ކަމާއި އެސިސްޓެންޓް ސީއީއޯކަން ވެސް ފުރުއްވައިފަ އެވެ.
އެމްޕީއެލްގެ ވަޒީފާއަދާ ކުރެއްވުމުގެ ކުރިން އޭނާ ވަނީ ރާއްޖޭގެ ގިނަ ސްކޫލުތަކެއްގެ ޕްރިންސިޕަލްކަމުގެ މަގާމު ފުރުއްވާފަ އެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ފައިނޭންސް ޑިޕާޓްމެންޓްގައި ވެސް އޭނާ މަސައްކަތް ކުރެއްވި އެވެ.
ވަޖީހު ވަނީ އިނގިރޭސިިވިލާތުގެ އެންގްލިއާ ރަސްކިން ޔުނިވާސިޓީއިން އެމްބީއޭ ހާސިލުކުރައްވާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނޭގުނު
30 November 2023
ޒުވާން ބޭފުޅުން ދެއްތޯ ؟ ކިޔަވައިގެން އުޅޭމީހުން ހައްތަހާވެސް ، ނުކިޔަވާމީހަކު ނޫޅޭތާ.
ފޮނިޓައްޕު ހަސަނު
30 November 2023
ވަޖީހުބެ އެމް.ޕީ،އެލް އިން އެއްވެސް ކުށަކާއި ނުލައި ބޭރުކޮށްލި އެމްޕީއެލްގައި އުޅޭ ބައިގަނޑު ތިބޭނެ މިހާރު އަނގަ ހުތްވެފަ. އެހެންވީމަ މީހުންނާއި މެދު ބޭއިންސާފުން ކަންތައް ނުކުރަންވީ.
ބަލަދުއަރާ
30 November 2023
މައުމޫނާ އިބޫ ނަންވާނީ. އަދުރޭ ބަލަދު އަރާ މީހުން މި ސަރުކާރުގަ.
ހަމަތެދު
29 November 2023
އަބުދުއްރަހީމު ގެ ގައުމީ ކާރިސާގެ އަސަރު މިފެންނަނީ
ލިޔާނާ ފަހުމީ
29 November 2023
ތިޔައީ އެއްވެސް ފެންވަރެއް ހުރި ބޭފުޅެއްތޯ؟
ށަވިޔަނި
29 November 2023
ކިޔަވައިގެންހުރި ހިންގުންތެރިއެއް. ހާއްސަމަޖިލީހުގެ މެންބަރުކަންވެސްކުރި. ކުރީގެ ޕްރިންސިޕަލެއް.
ފޮނިޓައްޕު ހަސަނު
30 November 2023
ހަމަ ޔަގީނުން ވެސް ހުޅުދޫ ޝާހިދުބެ އަށް ވުރެން ހިންގުންތެރިކަން ރަނގަޅުވާނެ. ޝާހިދުބެގެ އެހުންނަ އީގޯއެއް ނުހުންނާނެ.
ޒުވާނުން
29 November 2023
އޭނާގެ އުމުރު ބަލާލަދީބަލަ..ޒުވާނުންނައް ކޯންޗެއް އޮތީ
ނޫނޫނީ
28 November 2023
އަދުރޭ ދަނބިދަރީގެ ބައްޕަ މީ މުޅި ދައުލަތުގައި އަދުރޭއާއި މުއީއްޒުގެ ފެމެލީ މީހުން
ނަރީޝް
28 November 2023
ހާއްސަ މަޖިލީހުގައި ފުވައްމުލަކު މެންބަރ ކަންވެސް ކުރި! ވަޖީހު އަކީ ޤާބީލް ބޭފުޅެއް
އުމޭއްތަ
28 November 2023
ފަހަތު ޕެރެގްރާފްގައި އޭންދީ ހުރިހާ ދިވެހިން އޮންލައިން ކްލާސް ނަގައިގެން އަގަށް އެސައިންމަންޓް ހަދައިގެން ހޯދާ އެމްބީއޭގެ ވާހަކަތަ؟
އަނީ
28 November 2023
މި ހަމަ މުއިއްޒު އާއިލާއާއި އަދުރޭ އާއިލާ ވެރިކަމެއް ދޯ.. ލަދުވެތި ދެން