އެމްޓީސީސީގެ އާ ސީއީއޯ އަދި އެމްޑީ ޒިޔާދު
28 ނޮވެމްބަރ 2023 - 22:30
އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ކުރީގެ އެކި ސަރުކާރުތަކުގައި އިސް މަގާމުތައް ފުރުއްވި އަބްދުﷲ ޒިޔާދު އައްޔަންކޮށްފި އެވެ.
އޭނާ ވަނީ ކުރިން ހައުސިން ޓްރާންސްޕޯޓް އެންޑް އެންވަޔަރުމެންޓް މިނިސްޓްރީގެ ސީނިއާ އިންޖިނިއަރުކަމާއި ހައުސިން އެންޑް އިންފްރާސްޓްރަކްޗަ މިނިސްޓްރީ އާއި އެންވަޔަރުމެންޓް އެނާޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވައިފަ އެވެ.
އޭނާ މަތީ ތައުލީމަށް ކިޔަވައި ވިދާޅުވީ، އިންޖިނިއަރިން މެނޭޖްމަންޓުގެ ދާއިރާއިންނެވެ. ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ އެކި ކުންފުނިތަކުގައި ވެސް ކުރިން މަސައްކަތް ކުރެއްވި ޒިޔާދު ކިޔަވައި ވިދާޅުވީ ބަހުރެއިން ޔުނިވާސިޓީންނެވެ.
އެމްޓީސީސީގެ ސީއީއޯ އަދި އެމްޑީކަން އެންމެ ފަހުން ކުރެއްވީ އާދަމް އާޒިމެވެ. އޭގެ ކުރިން މި ސަރުކާރުގައި ދެން އެ ދެ ދެ މަގާމު ފުރުއްވީ ހަސަން ޝާހެވެ.
މި މަހުގެ 17 ގައި މަގާމުގެ ހުވާކުރެއްވި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކަށް މެނޭޖިން ޑިރެކްޓަރުން އައްޔަން ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުވިފްޓު
29 November 2023
ސަރުކާރުން ހުރިހާ ޕްރޮޖެކްޓް އެއް ތިޔަ ކުންފުންޏާ ހަވާލުކޮށްފަ އޮތް އިރު އެ ޕްރޮޖެކްޓްތަކުން ލިބެންޖެހޭ ސާފު ފައިދާގެ %30 ވެސް ކުންފުންޏަށް ނުލިބޭނެ. އަނެއް %70 ޕަސަންޓް ދާނީ ބޮޑުއަގުގަ ގަންނަ މުދަލާ މެޓީރިއަލަށް.
އަލިފުހާ
29 November 2023
ރަނގަޅު ނިންމެވުމެއް. ތަޢުލީމީ، ތަޖުރިބާހުރި ސިވިލް އިންޖިނިއަރެއް. ނަތީޖާ ނެރެދެއްވާތި. މިދިޔަ ދައުރުގަ އާޒިމް ހަވާލުވިފަހުން ވަރަށް ރަގަޅަށް ދިޔައީ ތިތަން. މައްސަލައަކީ ސަރުކާރުގެ ނުފޫޒާހެދި އާޒިމް ބޭނުންވާގޮތަށް މަސައްކަތް ނުގެންދެވެނީ. އިޔާޒުގެ ބޭބެ، ޒިޔާދުގެ މޭސްތިރިކަމުގައި އެމްޓީސީސީއަށް ނަޔާ ފަހި ދައުރެއް ގެނެސްދެއްވާ ދިވެހިން ބޭނުންވާގޮތަށް ނަތީޖާ ދައްކަވާނެކަމަށް އުންމީދުކުރަން. މަރުޙަބާ.
ފޮނިޓައްޕު ހަސަނު
29 November 2023
މަރުހަބާ ޒިޔާދު. ޒިޔާދު އަކީ ސިވިލް އިންޖިނިއަރިންގެ ދާައިރާ އިން މަތީ ތައުލީމު ޚާސިލް ކޮށް، އަދި ގިނަދުވަހު އަމަލީ ތަޖުރިބާ ލިބިފައިވާ ގާބިލު ބޭފުޅެއް.
ތުނޑުޙަސަނު
29 November 2023
އެމް.ޓީ.ސީ.ސީ.ގެ ވޭތުވީ އަހަރުގެ ހިއްސާގެ ފައިދާ މިއަހަރު ނިމެމުންދާއިރު އަދިވެސްވަނީ ދޫނުކޮށް. އާ އެމް.ޑީ. ހިއްސާ ދާރުންގެ ހައްގު ވީއެންމެ އަވަހަކަށް އަދާކުރައްވާނެކަމަށް އުންމީދުކުރަން. ހިއްސާދާރުން ކޮންމެހެން ބޭނުމެއްނުވޭ ކޮންމެ އަހަރީ ޖަލްސާއެއް ލަގްޒަރީ ފެންވަރުގެ ރިސޯޓްތަކުގައި މިލިޔަނުން ހޭދަކޮށްގެން ބާއްވާކަށް. ބޭނުންވަނީ ޚަރަދުކުޑަކޮށްގެން ކުންފުނީގެ ފައިދާ އިތުރުކޮށްދިނުން. އަދި އެހެން ކުންފުނިތަކުން ފައިދާ ދޫކުރާ މުއްދަތުގައި ފައިދާ ލި
ޕްރޯ ޓިޕް
29 November 2023
ތިތާ ލީގަލް ގަ އުޅޭނެ އާޒިމްގެ ކަނާތު ލޯ، ޒިޔާދު ވަރަށް ވިސްނާފަ ޓްރަސްޓު ކުރާނީ ލިޓިގޭޝަން ކައުންސިލު އާ
ނޫނޭ.
29 November 2023
ވާހަކަ ވަރަށް ވަރަށް ގިނަވާނެ މީޓިންގ ތަކުގައި. މުއިއްޒު އަށް އުނދަގޫ ވެގެން... އެންވަޔަރަނމަންޓް މިނިސްޓްރީއަށް މި ޒިޔާދު ބަދަލުކުރީ ކުރީ ސަރުކާރުގައި. ހައުސިންގ ގަ ހުއްޓަ. އެމްޓީސީސީ ފަދަ އަމަލީ ތަނަކަށް އެއް ގޮތަކަށް ވެސް ކަމަކު ނުދާނެ
ފޮނިޓައްޕު ހަސަނު
29 November 2023
ޒިޔާދު ކަމުނުގޮސްގެން ތިއުޅެނީ ކޮރަޕްޓް ވިޔަފާރީގައި ބައިވެރި ނުވާތީވެ.
ވެޓްރަން
29 November 2023
އެނގޭ ކަމަކީ ޒިޔާދު ޕްރޮޖެކްޓް ތަކުން ކަޓު ނަގައިގެން ކެމްޕެއިނަށް ހަރަދު ނުކުރާނެކަން. މިދިޔަ ދައުރުގަ މޓސސ ކުރިކަމަކީ އެއީ.
ކިރު ސައި
28 November 2023
ފޮޓޯ ކުޑަކަމުން ނުފެނޭ