އެމްއޭސީއެލްގެ އާ އެމްޑީ ޝަރީފު
28 ނޮވެމްބަރ 2023 - 22:48
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ވަންނަ އެއް ކުންފުނި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެކި ސަރުކާރުތަކުގައި އިސް މަގާމުތަކެއް ފުރުއްވި އިބްރާހިމް ޝަރީފު މުހައްމަދު މިއަދު އައްޔަން ކުރައްވައިފި އެވެ.
އޮސްޓްރޭލިއާގައި ހުންނަވާ ރާއްޖޭގެ ޓްރޭޑް ރެޕްރެޒެންޓޭޓިވްގެ މަގާމު އެންމެ ފަހުން ފުރުއްވި ޝަރީފު ވަނީ ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސް ކަމާއި ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަންކަން ކުރިން ކުރައްވައިފަ އެވެ.
މީގެ 36 އަހަރު ކުރިން ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވި ޝަރީފު ވަނީ ކޮމާސްގެ ދާއިރާ އިން އޮސްޓްރޭލިއާގައި 2015 ގައި މާސްޓާސް ހައްދަވައިފަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެންމެ ފަހުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވީ މަހުޖޫބު ޝުޖާއު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިކިނީ
29 November 2023
ފެން ޕުލާންޓް ބޭރު ކުރި މީހުން ހޯދާނެ ކަމައް ހީކުރަން.
ހާސަރު
29 November 2023
ޝަރީފު އަކީ ރަގަޅު ބޭފުޅެއް އެއަރޕޯޓް ކޮމްޕެނީގެ ތެރޭގައި ހުރި ނުކިއްސަރު ކަންތައްތައް ހަމައަކަަށް އެޅުވުމަކީ ފަސޭހަކަމެއްނޫން. ޑިއުޓީޕްރީ އަށް ގަންނަ މުދަލުން ކަޓްނުނެގޭނެ ގޮތެއް ހަދައިފިނަމަ ކުންފުންޏަން ލިބޭފައިދާ ބޮޑުތަނުން އިތުރުވާނެ.
އަހުމަދު މުޢީން
29 November 2023
ކީކޭ ބުނާނީ.އަ ވެރީ ބޭޑް ޗޮއިސް.ސޮވެރިންގ ވެލްތް ފަންޑަށް އެންމެ ގިނަ ޑޮލަރު ވައްދާ ކުންފުނީގެ އެމް.ޑީ.އަކަށް ކޮމްޕީޓެންސީ އެއް ނެތް މީހެއް ލުމަކީ ތަޢުލީމީ ޤާބިލް ދިވެހިންނަށް ކުރި މަލާމާތެއް ތޯ؟މީނަ ސަރުދާރުކަން ކުރަން ރަގަޅުވާނެ.އެއަރޕޯޓުގެ ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓްގައި މީނަގެ ލީޑަރޝިޕް ދައްކާނެ ގޮތެއް ނޭގޭ.މުޢިއްޒުގެ ސަރުކާރަށް ވަރަށް ވެދުން.
ހިލަބެ
29 November 2023
އިބްރާހީމް ޝަރީފަކީ ތައުލީމެއްނެއް ނުކިޔަވާހުއްނެވި ބޭފުޅެއްނޫން އިބްރާހިމް ޝަރީފަކީ ވަރަށްތެދުވެރި ބޭފުޅެއް އެކިސަރުކާރުތަކުގައި އިސްމަގާމްތަކެއް އަދާކުރުމުގެ ފުރުސަތަކީ ކަމަށްގާބިލްވީމަ ލިބޭފުރުސަތު ....
ފޮނިޓައްޕު ހަސަނު
29 November 2023
ކަމުދާ މީހެއް ނުން. އޭނަ އެއީ ޔާމީނުގެ ބޯއި އެއް.
ޒުހޫރު
29 November 2023
ޔާމީނުގެ ވެރިކަމުގަ މީނާ ކިޔަވަން ބޭނުންވީމަ މެލްބަން އަށް ފޮނުވާފަ ޓްރޭޑް ރެޕްރެޒެންޓިވް އޭ ކިޔާފަ ބޮޑު މުސާރަޔާ ގޭކުއްޔާ އެއްޗެހި ދެއްކީމަ އެކަމެއް ނުދަނެ. ބަލަ ޓްރޭޑް ރެޕްރެންޓިވްއޭ ކިޔާފަ އެއްކަމެއް ނުކުރެ. އޮފީސް ގަނޑެއްވެސް ނުހުރެ. ަެވަރު ކޮށްދިނީމްވެސް ޙަރާން ކޯރުވީ.
ނަންނި ކައްޕި
29 November 2023
ކަސްޓަމްސް ބޮއްސުން ލައްވާލާ އެތަނުން މީހިނާ ހިތާވަމުން ދުވި މީހާ, މީތަ އެބުނާ ކިޔަވައިގެން ތިބި ޒުވާނުން, ފެއިލް ވެފަ ތިބި މީހުން, ހަމަ ވައިކުޑައިގަ ފައިބާ މީހުން ކޮބާ މަގުމަތީގަ ދުވި މީހުން އެއްފަރާތް ކޮށްފި
އޮޅުންސުވާލި
29 November 2023
އެއްކުންފުނިން ރިޓަޔަރ ވެގެން އަނެއްކުންފުންޏަށް. ޕެކޭޖުވެސް ނެގޭނެދޯ
ބަކަަމޫނު
28 November 2023
ޒުވާނަކަށް އެކައްޗެއްވެސް ނެތްތަ؟
78987
29 November 2023
ޒުވާނަކަށް އެއްޗެއް ދީފި ނަމަ ބުނާނެ މުސްކުޅިއަކަށް އެއްޗެއް ނެތްހޭ. މުސްކުޅިއަކަށް އެއްޗެއް ދީފި ނަމަ ބުނާނެ ޒުވާނަކަށް އެއްޗެއް ނެތްހޭ؟ ހެޔޮ އެއްގޮތް ނޯންނާނެ. މީހާއަކީ އޮއްޓަރެއް ހުރި މީހެއް ނަމަ ޒުވާނެއް މުސްކުޅިއެއް ކިޔުން މުހިންމުތަ! ދެން ރައްޔިތުން ބަލަންވީ ސްލޯތޯ ނުވަތަ ފާސްޓްތޯ! ގައުމު ވިއްކަނީތޯ! އަޅުވެތިވަނީތޯ! އިގްތިސާދު ދަނީ ދަށަށްތޯ ނުވަތަ ވަނީ ރަނގަޅުތޯ! ރައްޔިތުން ކޮންސަރންވާންވީ ކަމެއްގައި ނުވުމުގެ ނަތީޖާއަކީ ފަގީރުވުން.