ޚަބަރު / ޑރ. އައިޝަތު ރަމީލާ (އެގްރިކަލްޗަ މިނިސްޓަރު)

ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށް މިނިސްޓަރު ރަމީލާ ފުރާވަޑައިގަންނަވަނީ

ކެންސަރު ޖެހިފައިވާ ކަން ރަމީލާ އަށް އެނގިވަޑައިގަތީ އެންމެ ފަހު ސްޓޭޖްގައި ހުއްޓާ

އާ ސަރުކާރުގެ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ: އޭނާއަށް ކެންސަރު ޖެހިގެން ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ވަނީ ނިންމަވައިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ކެންސަރުގެ އާލާސްކަންފުޅާ ގުޅިގެން، އާ ސަރުކާރުގެ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ ފަރުވާ އަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަން ނިންމަވައިފި އެވެ.

ރަމީލާ ފޭސްބުކްގައި މިއަދު ހެނދުނު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ ކެންސަރަށް ޑައިގްނޯސްވުމާ ގުޅިގެން ކީމޯ އާއި ރޭޑިއޭޝަން ތެރަޕީ ނެގުމަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށެވެ. އަދި ބަލި ޖެހިފައިވާކަން އެނގުނީ ކެންސަރުގެ އެންމެ ފަހު ސްޓޭޖުގައި ހުއްޓާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ބަރު ހިތަކާ އެކު މި ވަގުތަށް އެންމެންނާ މި ވަކިވަނީ. ﷲގެ އިރާދަފުޅާ އެކު އަލުން ބައްދަލުވާނެ،" ރަމީލާގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

ނަމަވެސް، އެއީ ކެންސަރުގެ ކޮން ބާވަތެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

އޭނާ ފަރުވާ އަށް ވަޑައިގަންނަވަނީ އިންޑިއާ އަށެވެ.

ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން އިބްރާހިމް ހަލީލް ވަނީ ރަމީލާ ކެންސަރަށް ފަރުވާ ހޯއްދަވަމުން އަންނަކަން މިއަދު "މިހާރު" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާއަށް މަގާމުގެ ލިޔުން ރައީސް ޑރ މުއިއްޒު ހަވާލުކޮއްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ހަލީލް ވިދާޅުވީ ރަމީލާ އަށް ކެންސަރު ޖެހުނުކަން އެނގިވަޑައިގަތުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އޭނާ އަށް ގުޅުއްވައި ހާލު ބެއްލެވި ކަމަށެވެ. އަދި އެމަނިކުފާނާއި ސަރުކާރުގެ ތެރެއިން ރަމީލާ ދެވެން ހުރި ހުރިހާ އެހީތެރިކަމެއް ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސްގެ ދުއާ އަކީ ރަމީލާ އަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުން. އަދި ބަލިން ފަސޭހަވެ، މަސައްކަތާ އަލުން ގުޅިވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް އުއްމީދުކުރައްވާ،" ހަލީލް ވިދާޅުވި އެވެ.

ރަމީލާ ފަރުވާގައި ހުންނަވާ މުއްދަތުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީގެ އިސް މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން އެހެން ބޭފުޅަކާ ހަވާލުކުރުމުގެ މަސައްކަތް ރައީސް އޮފީހުން ކުރާނެ ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.

ނަރުހެއްގެ ގޮތުގައި 1990 ވަނަ އަހަރު މަސައްކަތް ފެއްޓެވި ރަމީލާ ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެ ފަހަރެއްގެ މަތިން ކުރިން ކުރައްވައިފަ އެވެ.

ރަމީލާ ވަނީ 2010 ވަނަ އަހަރު ސޯޝަލް ސައިންސްގެ ދާއިރާއިން މެލޭޝިއާއިން ޕީއެޗްޑީ ވެސް ހާސިލުކުރައްވައިފަ އެވެ.

28 ކޮމެންޓް, 76 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 96%
icon angry icon angry 3%
icon wow icon wow 1%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އ

01 December 2023

އާމީން

The name is already taken The name is available. Register?

މަގޭ ހިޔާލު

30 November 2023

ވަރަށް ހިތާމަވެރި. ކަމަނާއަށް އަވަސް ޝިފާއެއް މާތްﷲ މިންވަރު ކުރައްވާށި.

The name is already taken The name is available. Register?

އނއސ

30 November 2023

ރާއްޖޭގައި ކެންސަރު މިހާ ގިނަ އިރު ރާއްޖޭގައި މިކަމަށް ފަރުވާ ދެވޭނެ ނިޒާމެއް ނެތް. މިއީ ދެރަ ކަމަކީ. މުޅި މާރކެޓްގައި ލޯ ކޮޅެޓީ ފުޑްސް. ހޮސްޕިޓަލް ތަކުގައި ތިބީ ބެލަރުސް ކަހަލަ ތާރޑް ވޯޅްޑް ގައުމުތަކުން އަދި ކިރިޔާ ފާސް ވެގެން އައިސް ތިބި ވާނުވާ ނޭގޭ ޑޮކްޓަރުން. އަދިވެސް ސުކޫރީނިން ކުރުން ކޮންމެ 6 މަހަށް މަޖުބޫރު ކުރަން ވީ. ޢޭރަށް އެއްމެ ފަހު ސުޓޭޖު އައުމުގެ ކުރިން ބަލި އަށް ފަރުވާ ފެށޭނެ.

The name is already taken The name is available. Register?

ދިވެހިރާޖު

30 November 2023

އަވަސް ޝިފާއަކަށް އެދެން. ވަޒިރުކަމުން އިސްތިއުފާ ދިނުން ރަނގަޅު ގޮތަކީ.

The name is already taken The name is available. Register?

ފަެިސަަ

29 November 2023

އަވސް ޝިފާއަކަށް އެދެން. ރަގަޅު ގޮތަކީ ވަޒީރުކަމުން އިސްތިއުފާދިނުން

The name is already taken The name is available. Register?

ލޮލް01

30 November 2023

ބައްޔެއް ވާއިރަށް އިސްތިއުފާ ދޭންޖެހޭކަމެއް އަޅާ ނުދެނަހުރިން. ތިބޭފުޅާ ބައްޔެއްވީމަ އިސްތިއުފާތޯ ދެއްވަނީ

The name is already taken The name is available. Register?

ލޮލް02

30 November 2023

ކެންސަރުގެ ފަހި މަރުހަލާ ވީމާ ވަރަށް ބާރުގަދަކޮށް ބޭސް ދޭނީ، އެހެންވީމާ ވަޒީރު ކަމުގެ ޒިންމާ އަދާ ކުރެވޭނެ ކަމާ ދޭތެރޭ ޝައްކު ހާލު ރަނގަޅު ގޮތަކީ އިސްތިއުފާ ދިނުން

The name is already taken The name is available. Register?

ލޯންގްލިވް

29 November 2023

ރަމީލާ އަށް މަމެން އަވަސް ޝިފާ އަށް އެދެމޭ ލޯންގް ލިވް ރަމީލާ ލޯންގް ލިވް ލޯންގް ލިވް...

The name is already taken The name is available. Register?

ނަނާ241

29 November 2023

އަވަހަށް މިނިސްޓަރކަން ދޫކޮށްލުން ރަނގަޅު އެއީ ރައްޔިތުންގެ ފައިސާ ވީމާ. ސަރުކާރުން އާއްމު އުސޫލުން ޚަރަދުކުރިޔަސް އޯކޭ. އަވަސް ޝިފާއަކަށް އެދެން

The name is already taken The name is available. Register?

ހާމިދު ޝާޙިދު

29 November 2023

ﷲ ތަޢާލާ މިކަމަނާއަށް އަވަސް ޝިފާއެއް ދެއްވާށިއެވެ.

The name is already taken The name is available. Register?

މުހައްމަދު99

29 November 2023

آمیـــــــــــــن یارب العالمین

The name is already taken The name is available. Register?

ސަނީސައިޑްބޮންޑް

29 November 2023

شَفَاكِ اللهُ وعَافاك

The name is already taken The name is available. Register?

އެސް ޒެޑް

29 November 2023

އެ ކަމަނާއަށް އަވަސް ޝިފާއެއް ދެއްވާށި، އާމީން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454