ހައުސިން މިނިސްޓްރީން ބޭއްވި ނިއުސް ކޮންފަރެންސްއެއްގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
29 ނޮވެމްބަރ 2023 - 18:27
ހިޔާ ފްލެޓްގެ ފިނިޝިންގެ މަސައްކަތަށް ހަރަދުވި 200،000ރ. އެތަނުގައި ދިރިއުޅޭ މީހުންނަށް ދޭން އާ ސަރުކާރުން ރާވާފައިވާ ގޮތް ސާފުކުރުމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުއާ ސުވާލުކުރަން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު މިއަދު ހުށަހަޅުއްވައިފި އެވެ.
ނިޔާޒު ހުށަހެޅުއްވި ސުވާލުގައި ވަނީ ހިޔާ ފްލެޓްގެ ފިނިޝިންގެ މަސައްކަތަށް ހަރަދުވި ފައިސާ ދޭން ރާވާފައިވާ ގޮތާއި އެ ފައިސާ ދޭން ކަނޑައަޅާ މުއްދަތަކީ ކޮބައިކަން ސާފުކޮށްދިނުމަށް އެދިފަ އެވެ.
ހިޔާ ފްލެޓްގެ ފިނިޝިންގެ މަސައްކަތަށް ހަރަދުވި 200،000ރ. ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނު އެގޮތަށް ވިދާޅުވީ ވެސް ކެމްޕެއިންގެ ތެރެއިން ހިޔާ ފްލެޓްތަކުގެ ދިރިއުޅޭ މީހުންނާ ބައްދަލުކުރައްވަ އެވެ.
އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ކަމަށް އިއްޔެ އައްޔަންކުރެއްވި ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ވެސް ވަނީ ރައީސްގެ ވައުދާ އެއްގޮތަށް އެ ފައިސާ ހަމަޖައްސައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
ހިޔާ ފްލެޓަށް ވަނުމަށް ކުރި ހަރަދު އަނބުރާ ދޭނަން: މުއިއްޒު https://t.co/59ucQij0zJ
— Mihaaru (@Mihaarunews) September 12, 2023
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހެދި 7،000 ފްލެޓް ހިމެނޭ ހިޔާ ފްލެޓްތައް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރުގައި ހަވާލުކުރީ ފިނިޝިންގެ އެއްވެސް މަސައްކަތެއް ނުނިންމަ އެވެ. އެކަމާ ގުޅިގެން އިބޫގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.
މިދިޔަ މެއި މަހު ސަރުކާރުން ވަނީ ހިޔާ ފްލެޓްތަކުގެ ކުލި 6،300ރ. އަށް ކުޑަކޮށްފަ އެވެ. ހިޔާ ފްލެޓްގެ ކުލީގެ ގޮތުގައި ކުރިން 8،500ރ. ދައްކަން ޖެހެ އެވެ. އެ ބަދަލާ އެކު ހިޔާ ފްލެޓް މުޅި ލޯނުގެ މުއްދަތު 25 އަހަރުން 27 އަހަރަށް ވަނީ އިތުރުކޮށްފަ އެވެ.
މި ކުލި، އެއަށް ވުރެ ވެސް ކުޑަކޮށްދޭނެ ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ކެމްޕެއިންގައި ވައުދުވެވަޑައިގެންފަ އެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ ހިޔާ ފްލެޓްގެ ކުލި 5،600ރ. އަށް ކުޑަކޮށްދެއްވާނެ ކަމަށެވެ.
ހިޔާ ފްލެޓްގެ ކުލި ކުޑަކުރުމުން، އެ ހަރަދު ހަމަޖައްސަން އަންނަ އަހަރުގެ ބަޖެޓުގައި 177 މިލިއަން ރުފިޔާ ވެސް ވަނީ ކަނޑައަޅައިފަ އެވެ.
ހިޔާ ފްލެޓްތައް އެޅީ 400 މިލިއަން ޑޮލަރު (ހަ ބިލިއަން ރުފިޔާ)ގެ ބޮޑު ލޯނެއް ނަގައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާދަރު5
30 November 2023
ފެނުކައްކާފަ ދޭނީ . އެގޮތް ބަލާނެކަމެއްނެތް
ދެރަސޮރު
30 November 2023
ހިޔާފުލެޓްގައި ދިރިއުޅެން ފެށުމަށް އެތަނަށް ހަރަދުކުރި 200000 ރުފިޔާ ދޭން މި އުޅެނީ އެއީ ވަކިމީހަކު ވަކިބަޔަކަށް މަންފާހޯދައިދިނުމަށް ވިވައުދެއްނޫންތޯ. އެނުވޭތޯ ކަރެޕްޝަންގެ އަމަލަކަށް. ކޮބާތޯ އެންޓިކޮރަޕްޝަން އާއި ހިއުމަންރައިޓްސް. ހިޔާ ނޫނަސް ކުރިން ދޫކުރި ހުރިހާ ފުލެޓްތަކަކީވެސް އަބަދުވެސް ވަންނަބަޔަކު ހަރަދުތަކެއް ކުރަންޖެހޭ
?
30 November 2023
ތިތާގަ އެބަހުރި ވަރަށް ގިނަ ފުލެޓްތައް ކުއްޔައް ނަގާ މީހުން ލައްވާ ހަދުވާފަ.. ދެން ތަނެއް ދޮރެއް ބަލާނުލާ އެމީހުނަށްވެސް 2 ލައްކަ ދެނީ..؟؟ ?
ސޮނިކް
30 November 2023
ހިޔާފުލެޓްގައި ދިރިއުޅެން ފެށުމަށް އެތަނަށް ހަރަދުކުރި 200000 ރުފިޔާ ދޭން މި އުޅެނީ އެއީ ވަކިމީހަކު ވަކިބަޔަކަށް މަންފާހޯދައިދިނުމަށް ވިވައުދެއްނޫންތޯ. އެނުވޭތޯ ކަރެޕްޝަންގެ އަމަލަކަށް. ކޮބާތޯ އެންޓިކޮރަޕްޝަން އާއި ހިއުމަންރައިޓްސް. ހިޔާ ނޫނަސް ކުރިން ދޫކުރި ހުރިހާ ފުލެޓްތަކަކީވެސް އަބަދުވެސް ވަންނަބަޔަކު ހަރަދުތަކެއް ކުރަންޖެހޭ ތަންތަން.ހަގީގަތަކީ ކިތަންމެރީތިކޮށް ހަދާފަދިނަސް ވަންނަމީހާ ހަރަދުތަކެށް ނުކޮށް އޭނަހިތްހަމަނުޖެހޭތީ ބަދަލުތަކެއްކުރޭ
ސޯލިބޭ
30 November 2023
ދޭނީގަނޑުކޮށް. ރަނގަޅުދޯ؟
ދުމަށި
30 November 2023
ތީދެން މާ ބޮޑުމެއް ނޫންތާ. ކުރީގެ ސަރުކާރަށް ޖެއްސުން ކުރަންވެގެން ފުލެޓްލިބިފައިތިބި ޕީޕީ ގުރޫޕް (70% ފުލެޓް) ކުއްޔެއް ނުދައްކާ. ވީމާ، ތިފައިސާ ކުލިން ކަނޑާލާގޮތަށް ހަމަޖައްސާށެވެ. މާނައަކީ ކުލި ދެންދައްކަން ޖެހޭނީ ދެ ލައްކަ ރުފިޔާ ހަމަވީމައެވެ، އެއީ ގާތްގަނޑަކަށް 3 އަހަރު ފަހުންނެވެ. (5600/200000= 35 މަސް) މިހާރުވެސް ކުއްޔަށްވާ ފައިސާގެ ބޮޑުބައި ނުލިބެއެއް ނޫންތޯ.
ޙިނި
30 November 2023
ކުލި ކުޑަ ކުރުމަކީ ރަންގަޅުކަމެއް، ރަންގަޅު މުޖުތަމައެއް މިނާކުރަން ކުލި ކޮންޓުރޯލު ކުރަންޖެހޭ އަދި ހައުސިން ލޯނު އަގުހެޔޮވާން ޖެހޭ.
ހިތަދޫ 2
30 November 2023
ހިޔާ ފްލެޓް ނޫނީ ދެން އަޅެ ނެތީތަ ތަނެއް؟ ހިޔާވެިހިން ނޫނީ ދެން ބަޔަކު ނެތީތަ؟ ކިހާ ދެރަ ކަމެއްތަ؟
ހަންމާދުހުސެން
30 November 2023
މިގޭ މަސައްކަތަށް އެރީ 45000ރުފިޔާ. ދެ ލައްކަ ރުފިޔާ ކީއްކުރަން 1 މިލިއަން ވެސް އަރުވާލެވިދާނެ ދޯ. ސުވާލަކީ ކާކުގެ ފައިސާއަކުން ހޭ މި ބަދަލު ދޭން މިއުޅެނީ. މިނިސްޓަރު އަމިއްލަ ޖީބުންހޭ. ނޫނީ ރައްޔިތުން ގެ ބައިތުލް މާލުންްހޭ.މިހުންނަނީ ކުޑަކަމެއްނޫން އެއްގޮތަކަށްވެސް.
އަހުމަދު ސައިފުލް
30 November 2023
ހައިދަރުގެ އޮވޭހޭ މި ބުނީ އިނގިރޭސިވިލާތުގެ ޕާސްޕޯޓު؟