އެމްޓީޑީސީގެ އާ އެމްޑީ ނިޔާޒް
30 ނޮވެމްބަރ 2023 - 09:35
އެމްޓީޑީސީގެ އާ މެނޭޖިން ޑިރެކްޓަރަކަށް އެ ކުންފުނީގެ މަސައްކަތް ފަށައިގަތް ދުވަސްވަރު ވެސް އިސް ދައުރެއް އަދާކުރެއްވި އަހުމަދު ނިޔާޒް ހަމަޖައްސައިފި އެވެ.
ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ރޮނގުން އިނގިރޭސި ވިލާތުން މާސްޓާސް ހައްދަވާފައިވާ ނިޔާޒަކީ އެ ކުންފުނީގައި ދިގު ތާރީހެއް އޮތް ބޭފުޅެކެވެ. މިދިޔަ އަންގާރަ ދުވަހާ ހަމައަށް 2016 އިން ފެށިގެން އޭނާއަކީ އެމްޓީޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރެވެ. އޭގެ ކުރިން ނިޔާޒް ވަނީ އެ ކުންފުނީގެ ބޯޑު ޑިރެކްޓަރުކަމާއި އޮޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް މެނޭޖަރުކަން ކުރައްވައިފަ އެވެ.
ނިޔާޒް އެމްޓީޑީސީގެ މަގާމަކަށް އެންމެ ފުރަތަމަ ވެންނެވީ 2007 ގަ އެވެ. އޭގެ ފަހުން އެކި ގޮތްގޮތުން އޭނާ ވަނީ އެ ކުންފުންޏަށް ހިދުމަތް ކުރައްވައިފަ އެވެ.
އެމްޓީޑީސީގެ އިތުރުން ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ޗެއާމަންކަން ވެސް ނިޔާޒް ކުރެއްވި އެވެ. އޭނާ ވަނީ 2016-2018 އަށް އެމްޓީސީސީގެ ޗެއާމަންކަމާއި 2013-2016 އަށް އެސްޓީއޯގެ ޗެއާމަންކަން ކުރައްވައިފަ އެވެ. އެސްޓީއޯގެ ބޯޑު ޑިރެކްޓަރުކަން ވެސް އަހަރެއްހާ ދުވަހު ކުރެއްވި އެވެ.
އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް އެންމެ ފަހުން ހުންނެވީ ތަޒްމީލް އަބްދުއްސަމަދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚުކކކކ
30 November 2023
މިވަރުގެ އަޖާއިބު ކުންފުންޏެއް ނުދެކެމެވެ. އަހަރެން ތިޔަކުންފުނިން 10 ހާސްރުފިޔާގެ ހިއްސާގަނެގެން އުޅޭތާ ބަރާބަރު 15 އަހަރުވީއެވެ. ނިޔާޒު ގާތު އަހާލަން ބޭނުންވަނީ 10 ހާސްރުފިޔާ 15 އަހަރުވަންދެން އާދައިގެ ފިހާރައެއްގަ ބޭއްވިޔަސް ބައިރުފިޔާއެއް ލިބުނީހެވެ. މިވަރުވެސް ތިޔަކުންފުންޏަކަށް ނުވިއެވެ. އަހަރެންގެ ލީ ފައިސާވެސް ހިމެނޭ ކުންފުނިތީ ތިޔަކަހަލަ ބަޔަކަށް މުސާރަދޭން ލީފައިސާ ހެއްޔެވެ؟
ހަސަންކާރި އާމިނާއްދީ
30 November 2023
ވަރަށް ބޮޑަށް މަރުހަބާ، ބައިސިކަލާ މަ ހައުދަހައި އުފާވެގެޔޭ އެކަލޯއަށް އެމްޑީ ކަން ލިބެނެމެއި
ސޭކުބެ
30 November 2023
ވ. މަރްހަބާ. ދަންނަވާލަންއޮތީ އަޅުގަޑުމެންގެ ތިކުންފުނިން އެއްވެސް އެއްޗެއް ނުލިބޭތާ ވީ ދުވަހެއް ހަނދާންވެސްނެތެވެ. ރަންބިސްއަޅާ ކުކުޅުން ގައުބިހެއްވެސް އަހަރުމެންނަކަށް ނުލިބެއެވެ. ތިކުންފުނިވެސް ހިންގާ ގޮތަކަށް ހިންގަމުން އެބަގެންދެއެވެ. އަހަރަކުން އަހަރަކަށް ރައުސްމާލުވަނީ ކުޑައެވެ. ރައްޔިތުމީހާގެ ފައިސާކޮޅު މުސާރައާ ޚަރަދައް ކަނޑައި ނިމިދަނީއެވެ. މިކަން ބަދަލުކޮށް ތިކުކުޅު ރަންބިސް އަޅާތަން ބެޓީ ދައްކަދީބަލާށެވެ. ސެލިއުޓުކުރާނަމެވެ.
ނޯޓީ
30 November 2023
ވަރައްހިންގާލާ އެމްޑީއެއްތީ 5 އަހަރެއް ނިންމާލީ ނޫސްތަކުގަ ސުރުހީއަޅާލައިގެން ކަމެއް ނުކުރެވި
ބޫން
30 November 2023
އަބަދު އެއްބައްއްތަ ކުންފުނި ތަކުގެ އެމްޑީންނަށް މިއައްޔަންކުރަނީ... ހާދަ ގާބިލް ޒުވާނުން އެބަތިއްބޭ....
ބަޑިތަކުރު
30 November 2023
ފައިދާއެއް ނުވާ ކުންފުނިތައްވެސް އެމްޑީ އައުކޮށްގެން ހަމަ ދަމަހައްޓަނީ ދައުލަތަށާއި ހިއްސާދާރުންނަށް މުކޮސްވެސް ނުލިބުނަސް ކޮންމެވެސް މަންފާއެއް ލިބޭބަޔަކު ތިބޭތީތާއެވެ.
އަލިފުޅު3
30 November 2023
ދެލޯފުޅާ، ތިޔަބުނީ ހަމަ ރަނގަޅަށް. މި އެމްޓީޑީސީ އަކީ ހަމަ އަޖާއިބު އަންތަރީސް ވާ ވަރު ކުންފުންޏެއް! ހިއްސާ އަކަށް ލާރި ކޮޅެއް ބަހަޔޭ ވެސް ނޫހުގަ އޮވޭ. އެވެސް ޖަމައެއް ނުވޭ!
ޓިޔުލިޕް
30 November 2023
މަރްހަބާ ނިޔާޒް! ޤާބިލް ހިންގުންތެރި ތަޢުލީމީ އަދި ތަޢުލީމީ އާއިލާއަކަށް ނިސްބަތްވާ ބޭފުޅެއް
ބަޑިތަކުރު
30 November 2023
މަޝްހޫރު ބޭފުޅަކު ވިދާޅުވިގޮތުގައި ރާއްޖޭގައި ރިސޯޓަކަށް ކުރެވޭ އިންވެސްޓްމަންޓް ހައެއްކަ އަހަރުން ކަވަރކުރެވެއެވެ. އެކަމަކު ދައުލަތުން އެކަން ކުރަން އުޅެގެން ހަމަވާގޮތެއް ނުވެއެވެ. ހިންގަން ޖެހެނީ ގިނަފަހަރަށް ގެއްލުމުގައެވެ. މިއީ އަރަތެއް ނޫންބާވައެވެ. އަޑުއެހިގޮތުގައި ބަނޑޮސް ވެސް ސަރުކާރުން ހިންގައިގެން ފައިދާ ނުވެގެން ވިއްކާލީމާ ގަތީ އޭރުވެސް ހިންގަން ހުރިފަރާތެވެ. އެހިސާބުން އެއީވެސް ހަމަ ރަންބިސްއަޅާ ކުކުޅެކެވެ.
ޒަމީލާ
30 November 2023
މިނިސްޓަރ ޒަމީރު ގެ އާއިލާ އަށް އިތުރުވި މަގާމެއް. ރައީސްއާއި އަދުރޭ ނަގާފަ އެންމެ ގިނަ ވަޒީފާ ހަމަ ޖެހުނީ މި އާއިލާ އަށް
ހެހެހެހ
30 November 2023
އެމްޓީޑީސީގެ އާ މެނޭޖިން ޑިރެކްޓަރަކަށް އެ ކުންފުނީގެ މަސައްކަތް ފަށައިގަތް ދުވަސްވަރު ވެސް އިސް ދައުރެއް އަދާކުރެއްވި އަހުމަދު ނިޔާޒް ހަމަޖައްސައިފި އެވެ. މިދިޔަ އަންގާރަ ދުވަހާ ހަމައަށް 2016 އިން ފެށިގެން އޭނާއަކީ އެމްޓީޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރެވެ.
ޕެޕެޕެ
30 November 2023
ހެހެހެހ އަށް އެނގޭބާ އެމް.ޓީ.ޑީ.ސީ އަނޑިއަޅާލުމުގައި އޭނަގެ އިސްދައުރެއް ވާކަން.
އަލިފުޅު3
30 November 2023
2016 އިން ފެށިގެން 2023 ގެ ނޮވެމްބަރަށް އޭނާ ކުރީ ކީއްތޯ އަހާލުމުގެ ހައްގު އޮތިއްޔާ އެ ސުވާލު ކޮށްލަން ބޭނުން. މަ ވެސް 400 ހިއްސާ ގަނެފަ އޮންނާނެ.