30 ނޮވެމްބަރ 2023 - 13:48
އެފްއޭއެމްގެ ވެރިންގެ މައްޗަށް ކުރެވޭ ހިޔާނާތުގެ ތުހުމަތުގައި، އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލަކީ އެންމެ އިސްކޮށް ތުހުމަތުކުރެވޭ ފަރާތް ކަމަށާއި އޭނާގެ މައްޗަށް މި ހަފްތާގައި ދައުވާ ކުރަން ފޮނުވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
އެފްއޭއެމަށް ބައިނަލްއަގުވާމީ އިދާރާތަކުން ފޮނުވާ ފައިސާ، ނަހަމަގޮތުގައި ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވިގެން، ޕީޖީގެ އަމުރަށް ފެށި ތަހުގީގުގައި، ފުލުހުން ވަނީ މިދިޔަ މަހުގެ 22 ގައި އެފްއޭއެމްގެ އިދާރާ ރެއިޑްކޮށްފަ އެވެ.
ޕީޖީ އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޝަމީމް ވިދާޅުވީ، ބޭރުގެ އިދާރާތަކުން ފޮނުވާ ފައިސާއާ މެދު އަމަލުކުރެނެ އުސޫލުތަކެއް ރާއްޖޭގައި ހުންނަ ކަމަށެވެ. އެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރާކަމަށް ތުހުމަތު ކުރެވެނީ އެފްއޭއެމް ހިންގަވަން ތިއްބެވި ވެރިންނަށް ކަމަށް ޝަމީމް ވިދާޅުވި އެވެ.
"އެ މައްސަލައިގައި ތުހުމަތު ކުރެވެނީ އެފްއޭއެމްގެ ހިންގެވުމާ ހަވާލުވެ ތިއްބެވި ބޭފުޅުންނަށް. ޕްރައިމް ސަސްޕެކްޓަކަށް އަޅުގަނޑުމެންނަށް މިހާތަނަށް ފެންނަން އޮތީ އެފްްއޭއެމްގެ ރައީސް ބައްސާމް،" ޕްރެސްގައި "މިހާރު" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޝަމީމު ވިދާޅުވި އެވެ.
"ދެން އަޅުގަނޑުމެންގެ ތުހުމަތަކީ ނުވަތަ ފުލުހުންގެ ތުހުމަތަކީ އެފްއޭއެމަށް ފީފާއިން ފޮނުވާ ފައިސާ ރާއްޖޭގެ ގާނޫތަކާ ގަވާއިދުތަކާ ހިލާފަށް އެކި ކަންކަމަށް ބޭނުންކުރަނީއޭ."
އޭނާ ވިދާޅުވީ ފީފާއިން އެފްއޭއެމަށް އެ ފައިސާ ފޮނުވިޔަސް، އެއީ ދިވެހި ރައްޔިތުންނަށް ފޮނުވާ ފައިސާ ކަމަށެވެ.
"އެހެންވީމާ ރައްޔިތުންނަށް ދޭ ފައިސާ ވަކި ބަޔަކާ އަމާނާތްތެރިކަމާ އެކު ހަވާލުކޮށްފައި މިއޮތީ އެކަން ކުރަން," ޝާމީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގިނަ އަދަދެއްގެ ފައިސާ އެކިގޮތްގޮތަށް ބޭނުންކޮށްފައި ހުންނަތަން ފެންނަ ކަމަށެވެ. އެފްއޭއެމްގެ ބައެއް ވެރިން ބޭރަށް ކުރާ ދަތުރުތަކުގައި ފައިސާ ހަރަދުކޮށްފައި ހުންނަ ގޮތް ފެންނަން ހުންނަ ކަމަށް ޝަމީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ދަތުރުތަކުގައި ގޮސް ފައިސާ ހަރަދުކޮށްފައި ހުންނަނީ ކޭޝް ކާޑުން ކަމަށްވާތީ އެ މައުލޫމާތުތައް ފެންނަން ހުންނަ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެނގޭ ކޮންތާކުން ކޮންތާކަށްކަން ދިޔައީ ވެސް. ކޮން ހޮޓަލަކުން ކޮން ހޮޓަލަކަށްކަން ދިޔައީ، ކޮން މޯލަކަށް ކަން ދިޔައީ. ވަނީ ކޮން ފިހާރައަކަށްކަން ގަތީ ކޯއްޗެއްކަން. މިހުރިހާ މައުލޫމާތެއް ނިޒާމެއްގައި ރައްކާކުރެވިފައި އެބަ ހުރޭ،" އެފްއޭއެމްގެ ވެރިން ބޭރު ދަތުރުތަކުގައި ގޮސް ހަރަދުކޮށްފައި ހުންނަ ގޮތް ފެންނަން ހުންނަކަން ފާހަގަކޮށް ޝަމީމު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައުލޫމާތުތައް ވަކި ސިސްޓަމެއްގައި ރައްކާ ކުރެވިފައި ހުރުމުން ބައެއް ކުށްތަކަކީ ފަސޭހައިން ފޮރުވޭނެ ކަންތައްތަކެއް ނޫން ކަމަށެވެ.
މިހެން [ތަހްގީގުކޮށް] ބަލައިފިއްޔާ ހޯދޭނެ،" އޭނާ ވިދާޅުވި އެވެ.
ޝަމީމު ވިދާޅުވީ އެފްއޭއެމްގެ ބައެއް ލިޔުންތައް ބަލަހައްޓާފައި ހުރީ "އާންމުގޮތެއްގައި އިންސާނުން ލިޔުން ބަލަހައްޓާ ގޮތަކަށް ނޫން" ކަމަށެވެ. އެހެންވެ އެ އެއްޗިހީގެ ތަފުސީލު ހޯދައި ނިއުޅުވާ ބަލަން އިތުރު ވަގުތު ނަގާނެ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލު ކުރަނީ ކުރިއަށް އޮތް މަދު ދުވަސްކޮޅުގައި އަދި އިތުރު މައުލޫމާތު އަޅުގަނޑުމެންނަށް ލިބޭނެކަމަށް،" ޝަމީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލީ އިދާރާތަކުން އެއްކޮށްފައިވާ މައުލޫމާތުތަކުގައި ދައުވާ ކުރެވޭ ވަރަށް މައުލޫމާތު އެބަ ހުރި ކަމަށެވެ. ދައުވާ ކުރަން ފޮނުވުމުގެ ކުރިން، މިހާރު ކުރިއަށްދަނީ އިތުރަށް ބަލާލަން ޖެހޭ ކަންތައްތައްކަމަށް ޝަމީމް ވިދާޅުވި އެވެ.
ޝަމީމު ވިދާޅުވީ ތުހުމަތު ކުރެވިފައިވާ ވެރިން، އެފްއޭއެމްގެ މަގާމުތަކުން ދުރު ކުރުމަކީ އޭނާ އަށް އޮތް ކަމެއް ނޫން ކަމަށާއި އެކަން ނިންމާނީ އެފްއޭއެމްގެ މެންބަރު ކްލަބްތަކުން ކަމަށެވެ.
"އެފްއޭއެމްގެ މެންބަރުން ތިމަންނަމެންގެ ވެރިންނަށް ތިބޭނީ މި ވައްތަރުގެ މީހުންނޭ ބުނީމަ. އެއީ އެފްއޭއެމްގެ ކަމެއް،" ޝަމީމް ވިދާޅުވި އެވެ.
އަޅުގަނޑުމެންގެ މަސައްކަތަކީ ތުހުމަތު ކުރެވޭ މީހުންގެ މައްސަލަ ތަހުގީގުކޮށްފަ އެ ގެންދަން ޖެހޭ ހިސާބަކަށް ގެންދިއުން... ދެން ޕާސްޕޯޓް ހިފެހެއްޓުމާ އެކަންކަމަކީ ފުލުހުންގެ ކަމެއް."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައިފޯލިން ޖަހާ ޖެހުން
02 December 2023
ބައްސާމް އެއަތނުގަ މާ ގިނަދުވަސް ވެއްޖެ ވަގަކަށް ހާސް ދުވަސް - ވެރިއަކަށް 1 ދުވަސް
މަށޭމީ
01 December 2023
މި ބައްސާމްސަންޑޭ އެމަންޑޭއަކަށްވުރެ ވަކިސަހަލެއް ނުވިތާ! ޓިއުޒްޑޭއިން ފެށިގެން ސަޓަޑޭއަށްވެސް ތިބީ ތިކަހަލަ މީހުން. ދޫނިރާއްޖެ.
ސާބަހޭ ޕޖ
01 December 2023
ސާބަސް ދެން . ރައްޔިތުން ނަށް ނުވެގެން މަގު ހިންގަން ޖެހޭމީހެއް މިފަދަ ގޮތަކަށް އެފް އޭއެމް އިން ބޭރުކޮށްލަން ތިކުރާ މަސައްކަތަށް ސާބަސް ދެން. އިސްތިއުފާ ނުދިނަސް ބޭރުކުރެވޭނެ ގޮތްތަށް ހުރިކަން މީގެން އެނގޭ ސާބަހޭ ސަމީމް..
މަންޑޭނުކާޕާކު
01 December 2023
އޭނާއަށް ވާގިވެރިވި ކުލަބްތަކަށްވެސް ފިޔަވަޅު އަޅަންވާނެ
ޝަމްސުއްދީން
01 December 2023
ހަގީގަތަކީ އަހަރުމެން ދިވެހިންގެ %95 އަކީ ހުސް މަންޑޭއިންނާއި ބައްސާމުންކަން.. އަހަރުމެން ތެރެއިން ހަމަމަދުމީހެއްނޫނީ ނެތް ފައިސާފޮއްޗެއް ކާލަން ފުރުސަތު ލިބި ނުކާލާނެ.. ފުރުސަތު ނުލިބި ކޮމެންޓްކުރަން ހުރެވިދާނެ…
ބޫގަލްމޫ
30 November 2023
ލޯބިވާ ދިދަޔާއެވެ. މި ބައްސާމަކު މިއުޅުއްވަނީ ކޮންމަމަކާއި ލައިގެންތޯއެވެ. ދިދަޔަށް އޮޅުވާލާފައި އެފްއޭއެމަށް ލިބުނު ފައިސާއިން މިނާވެސް ކޭޕާކް މަންޑޭ ހެއްދެވިހެން ރަނާއި ޖަވާހިރާއި ގަނޑުވަރަކާއި ބައްލަވައިގަތީ ތޯއެވެ؟ ދިދަޔާ މިކަން ހިނގައިދިޔަގޮތެއް އަހަރުމެން ދިވެހިންނަށް ކިޔައިދެއްވާތޯ ދަންނަވަމެވެ.
ޢަލި
30 November 2023
މިހާރު ކޮބާ އަޑު އަހަން ހުންނަ ބައި. ޥަރަށް ފަސޭހަ އެހެން ހުރީމަ
ކިހިނެއް ރަނގަޅުވާނީ
30 November 2023
އާންމު ރައްޔިތަކަށް ކުޅިވަރުގެ މިނިސްޓަރާ ބައްދަލުކުރަންވެސް ގަރުނެއް މަޑުކުރަންޖެހޭ
ލަރޭ
30 November 2023
ވަގުން ނާ ވާނީ ވަގުން ! ތީގެން ވެސް އިގެނީ ބައްސާމު މަގާމުގަ ދެމި އެހުރީ ވެސް ވަގުން ތަކެއްގެ އެހީގަ!… ކޮބާ ހޭ އެބޮޑު ދިދަޔާ .މިކަން ނިންމާ ފުޓްބޯޅަ ސަލާމަތް ކުރަނީ ކޮންދުވަހަކުން ތޯ ؟
ލޫތް
30 November 2023
މީނާ ހިފާ ހަށްޔަރު ކޮށްބަލަ އެފްއޭއެމް ސަސްފެންޑް ކުރިޔަސް ކޮބާ މަންސަލަ އަކީ. މިހާރު ވެސް ކަމެއް ވާ ތަނެއް ނޫން