ޒަމްޒަމް ފާރިޝް: ދަރިވަރުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުކޮށް، މައްސަލަ ވަނީ ފުލުހަށް ހުށަހަޅާފައި.--
04 ޑިސެމްބަރ 2023 - 15:22
އަރަބިއްޔާ ސްކޫލްގެ ޓީޗަރެެއް ކަމަށްވާ ޝައިހް ޒަމްޒަމް ފާރިޝް އެ ސްކޫލްގެ ކުދިންތަކަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގައި ފިޔަވަޅު އަޅާނީ ލިބޭ އިތުރު މައުލޫމާތަށް ބެލުމަށް ފަހު ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
ޒަމްޒަމް ފާރިޝްގެ މައްސަލަ އެ މިނިސްޓްރީން ފުލުހުންގެ އިދާރާ އަށް ހުށަހެޅީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މިދިޔަ މަހުގެ 8 ގަ އެވެ. އެ ވެރިކަން ބަދަލުވުމުގެ ހަތަރު ވަރަކަށް ދުވަސް ކުރިން ފުލުހުންގެ ރިޕޯޓް އެޑިއުކޭޝަން މިނިސްޓްރީ އަށް ހުށަހެޅި ނަމަވެސް އޭރުގެ މިނިސްޓަރު ޑރ. އާއިޝަތު އަލީ ވެސް ދައުރު ނިންމާލެއްވީ ރިޕޯޓުން ފެނިވަޑައިގެންނެވި ވާހަކަތަކުގެ އަލީގައި ޒަމްޒަމް ފާރިޝް އަށް އެއްވެސް ފިޔަވަޅެއް ނާޅުއްވަ އެވެ.
މުވައްޒަފުންނަށް ކުރާ އެފަދަ ތުހުމަތު ތަކުގައި އެންމެ ފުރަތަމަ އަޅާ ފިޔަވަޅަކީ ސަސްޕެންޑް ކުރުމެވެ.
ޒަމްޒަމް ފާރިޝް އަށް ކުރާ ތުހުމަތުގެ މައްސަލަ އަށް މަހެއްހާ ދުވަސް ވެފައި ވާއިރު އެއްވެސް ފިޔަވަޅެއް ނާޅަނީ ކީއްވެތޯ "މިހާރު" އިން ސުވާލު ކުރުމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ވިދާޅުވީ، ފިޔަވަޅު އަޅާނީ ލިބޭ އިތުރު މައުލޫމާތަށް ބެލުމަށް ފަހު ކަމަށެވެ.
ޖިންސީ ފުރައްސާރަކުރި ކަމަށް ކުރާ ތުހުމަތުތަކަށް ޒަމްޒަމް ފާރިޝް ވަނީ އިންކާރު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ތުހުމަތު ކުރަނީ ފްރޭމްކުރަން ކަމަށެވެ.
ޒަމްޒަމް ފާރިޝް ވިދާޅުވީ މިއީ ސީރިއަސް ތުހުމަތަކަށް ވިޔަސް މިފަދަ މައްސަލަތަކުގައި މީގެ ކުރިން އަވަސް ފިޔަވަޅު އަޅާ ގޮތަށް މިހާތަނަށް އެއްވެސް އިދާރާއަކުން އޭނާއާ އެއްވެސް ސުވާލެއް ނުކުރާ ކަމަށެވެ.
"މީޑިއާ އިން އަޅުގަނޑަށް ވެސް މި އެނގުނީ. މިހާ ދުވަސް ވެފައިވާ އެ ކަހަލަ މައްސަލައެއްގައި އެ ވަރުގެ ތުހުމަތެއް ކުރާއިރު ކޮންމެވެސް އެއްތާކުން އަޅުގަނޑާ ސުވާލު ކުރާނެ ނޫންތޯ؟. އެތައް ކުދިންތަކަކަށް ފުރައްސާރަ ކުރި ކަމަށް ބުނާއިރު، އެއްވެސް ތަނަކުން އަޅުގަނޑާ އެއްވެސް ސުވާލެއް ނުކުރޭ. މައްސަލައެއް ހުށަހަޅާފައި އޮތް ކަމަކަށް ވެސް ނާންގާ،" އޭނާ މިދިޔަ ހުކުރު ދުވަހު "މިހާރު"އަށް ވިދާޅުވި އެވެ.
އަރަބިއްޔާއިން ވަކިވާކަށް ނުނިންމަން، ތުހުމަތު އަޅުވަނީ ފްރޭމްކުރަން: ޒަމްޒަމް ފާރިޝް https://t.co/MVXMEFBl1q
— Mihaaru (@Mihaarunews) December 1, 2023
ޒަމްޒަމް ފާރިޝްއަކީ އަކީ މިދިޔަ ސަރުކާރުގައި، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަކަށް ފާޑުކިޔުމުގެ ސަބަބުން ވަޒީފާ އިން ސަސްޕެންޑް ވެސް ކުރި ޓީޗަރެކެވެ. އެކަމަކު، މިދިޔަ އަހަރުގެ ތެރޭގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަނީ އޭނާ ސަސްޕެންޑް ކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައިފަ އެވެ.
އޭނާ ސަސްޕެންޑް ކުރުމުގެ ކުރިން ވެސް އެ މައްސަލާގައި ހާޒިރުކޮށް، ނަސޭހަތްތެރިވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާމިރު ބުނި ބައްތި
06 December 2023
ހުށަހަޅާފަ ތި އޮތީ މިދިޔަ މަހު 8 ގަ. ތީގަވެސް ތި އޮތީ ރިޕޯޓް ބަލާފަ އޭރުގެ މިނިސްޓަރު ފިޔަވަޅެއްނާޅާ ވާހަކަ. ތީގެން ވެސް އެނގެނީ އޭނާގެ މައްޗައް ފިޔަވަޅު އެޅޭފަދަ އެއްވެސް ގަރީނާ އެއް ނެތް ކަން . އޮތް ނަމަ ކުރީ ސަރުކާން އަޅާ ނުލާ ދޫ ނުކޮށްލީސް. ތީގެން ވެސް އެނގެނީ ދައުރު ނިމުމު ގެ ކުރިން ބޮނޑީއެއް ދޭން ވެގެން އަބުރު ކަތިލީކަން
ހާޖަރު
05 December 2023
ޒަމް ޒަމް ގެ މާނަޔަކީ ހުއްޓޭ ހުއްޓޭ
ޢާއިޝަތު ލީ
05 December 2023
އަޅުގަނޑަކީވެސް ޢަރަބިއްޔާގަ އުޅޭ މީހެއް. މިއުޅެނީކީ ޖިންސީ ފުރައްސާރައެއް ކޮށްގެންނެއް ނޫން. މީ ޒާތީ ޙަސަދައެއް. މަޤާމަށް ދަހިވެތިވުން ނޫންކަމެއް ނެތް.
އަނީސް
05 December 2023
ދަރިވަރުން ތައް ވެސް މީނަގެ މަގާމު ބޭނުން ވެގެން ތޯ އުޅެނީ. ތިމާ ދައްކާ ވާހަކަ އެއްވެސް ވަރަކަށް ހަމަ ނުޖެހޭކަން އިހުސާސް ނުވޭތަ؟
ފާހިޝް
05 December 2023
އޭނަ އެއީ މާމަތީ މަގާމެއްގަ ހުރި މީހެއްތަ އެމަގާމަކަށް މީހުން ދަހިވެތިވާން؟ ދެން އެހުރިހާ ދަރިވަރުން އެއުޅެނީ އޭނާގެ މަގާމުގެ ބޭނުމުގަބާ؟
އަލީ ފިކުރީ
05 December 2023
ކުރީ ސަރުކާރާ ދެކޮޅަށް އޭނާ އަޑު އުފުލާތީ ސަރުކާރު ނިމުމުގެ ކުރިން ބޮނޑިއެއް ދޭނަމޭ ހިތާ.. އެ ސަރުކާރުން ރާވައިގެން އުޅޭ ރޭވުމެއް.
ސާތުލީ
05 December 2023
ދިފާއުގައި މޮޅު ކޮމެންޓްއެއް ކުރަން އުޅެނިކޮށް އަތަށް ގޮވީ ދެއްތޯ؟
ކާށި މިނިސްޓްރީ
05 December 2023
ޒަމްޒަމް އަށް ފިޔަވަޅު އެޅޭނެ ފަދަ ބާރެއް މިސަރުކާރަކު ނެތެވެ. މިކަހަލަ ގޯސްކަންކަން ކުރާ އެއްމެން ނިކުމެ މުއިއްޒުއަށް ވޯޓްލީ ސަބަބު ދެން ވިސްނާށެވެ. ކުދިންނަށް ކިޔަވައިދޭ އެދުރެއްގެ ފަރާތުން މިކަންތަށް ފެނުނީމައިވެސް އިތުރު ހެކި ހޯދަން ފުރަތަމަ 100 ދުވަސް މަޑުކޮށްލަން ވީއެވެ.
ޙަގީގަތްއެގޭ
05 December 2023
މިދިޔަ ސަރުކާރުގަ ހުށަހެޅުނު މައްސަލައެްް. ދެން ކީއްވެބާ އެ ސަރުކޜުން ފިޔަވަޅު ނާޅާ އެ ދިޔައީ؟ އޭގެން އެނގޭ ކަމަކީ ހަގީގަތެއް ނތް މައްސަލައެްްވީމަ އޭރުވެސް އެކަމާ އަޅާނުލީކަން. މިސަރުކާރުގެ ބޮލުގަ ކޮންކަމެއް އަޅުވަން ތިއުޅެނީ؟
ސވލ
04 December 2023
ގައުފުރޮޅުމުގައާއި އެހެނިހެންކަންކަމާއިހުރެ ނުނިންމިފަހުރި ތިކަހަލަ ވަރަށްގިނަ މައްސަލަ އެބަހުރި މިސަރުކާރުގެ ފުރަތަމަމައްސަލަ. ދައުރުނިމުމުގެކުރިން އިތުރުމަޢުލޫމާތު ލިބޭނެބާ؟ ނޫނީ ދެންފެންނާނީ ފުރައިގެންހިނގައްޖެޔޭ ސުރުޚީބާ؟
ޒަމް
04 December 2023
ޒަމްޒަމްބޭރުކުރޭ ޒަމްޒަމްބޭރުކުރޭ ޒަމްޒަމްބޭރުކުރޭ ޒަމްޒަމްބޭރުކުރޭ ޒަމްޒަމްބޭރުކުރޭ ޒަމްޒަމްބޭރުކުރޭ
އަނީސް
04 December 2023
މިޔޭ ޕީޕީއެމް ވެރިކަމާ ދެކޮޅުވާން ޖެހޭ ސަބަބަކީ. މި މީހުންނާ ގުޅުން އޮންނަ މީހެއް ކަމަށް ވަންޏާމުން އެމީހަކަށް ފިޔަވަޅު އެޅޭ ކަމަކަށް ނުވާނެ
ހުސޭނު
05 December 2023
މީ ޒަމްގެ މަޤާމަށް ޙަސަދަވި ބަޔަކު ރާވައިގެން ކުރިކަމެއް. މި މައްސަލަ ވައްދާފަ އޮތީ ކުރީ ސަރުކާރުގަ.
އަހުމަދޭ
04 December 2023
އޭނައާ ދެކޮޅަށް މިސަރުކާރަކުން ފިޔަވަޅެއް ނާޅާނެ. މީ ޒަމްޒަމްމެން ގެ ސަރުކާރު.
ސަރީފާ
05 December 2023
ފިޔަވަޅެއް އެޅޭނީ ކުށެއް ކޮށްފަ އޮތިއްޔާތާ؟ މީ ޒަމްގެ ކެރިއަރ ދުއްވާލަން ބަޔަކު ރޭވިގެން ކުރިކަމެއް.
މަލާ
04 December 2023
ޒަމްޒަމް ކޮންމެ ކުޅިއެއް ކުޅުނަށް ގުޑުވާލެވޭކަށް ނެތޭ ދެއްތޯ ތިޔަވިދާޅުވީ. އެހްންވީމަ ދެއް ބޯޅަމިއޮތި ބެލެނިވެރިންގެ ކޯޓުގަތާ! ހާދަ ގަތެއްނެތޭ ގަޓު ރައީސް ގެ ސަރުކާރުގަ. ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މީހަކު ސުކޫލެއްގެ ޓީޗަރަކަށް ލައިގެން, ހަމަ ހަދާލެވޭނެ އެއްގޮތެއްވެސް ނުފެނިގެން ދެއްތޯ ތިޔަ އުޅުއްވަނީ. ތިވަރުން ކިހިނެއް ދުނިޔޭގެ އެންމެ ބޮޑު ދިމޮކްރަސީން, ދުނިޔޭގެ އެންމެ ވަރުގަދަ އެއްބާރުން ރާއްޖޭގަ ބައިތިއްބާފަ ތިބި ސިފައިންތަކެއް ފޮނުވާލެވޭނީ. ވަރަށް ވެދުން.
މަރީ
04 December 2023
މިނިސްޓަރު އިސްމާއިލު ޝަފީއުގެ ނިންމުން ބަލާފަ މިނިސްޓަރަށް ކަމުދޭތޯ ނުދޭތޯ, ސާބިތުވޭތޯ ނުވޭތޯ ބެލުމެއްނެތް. ޒަމަޒަމަ ފާރިސް ހުރި މަދަރުސާއަކަށް އަޅުގަނޑުގެ 2 ދަރިން ފޮނުވުން ހުއްޓާލީ. ސަރުކާރަށް މިި ޒަމަޒަމަށް ކަމއްނުކުރެވޭނެ ކަން މިހާރު އެގިއްޖެ. ރަންނަމާރިއަށް ގުރުބާން ކުރަން އަލުގަނޑުގެ ދެއަންހެން ދަރިން ފޮނުވެން ނެތް. ޒަމްޒަމް އަދި މިނިސްޓަރު ގެ ފަރާތުން ވަރަށް މާފަށް އެދެން.