ލޯކަލް ގަވަރަމެންޓް މިނިސްޓަރު: އާދަމް ޝަރީފް: ރަށްރަށުގެ ކައުންސިލްތަކުން ޕްރޮޕޯސަލް ހުށަޙަޅައިގެން ފަޅު ރަށްތައް ހޯދުމުގެ ފުރުސަތު ހުޅުވާލަން ވަނީ ނިންމާފައި - ފޮޓޯ: ރައީސް އޮފީސް
05 ޑިސެމްބަރ 2023 - 19:44
ތަރައްގީގެ އެކި މަސައްކަތްތައް ކުރުމަށް ޕްރޮޕޯސަލް ހުށަހަޅައިގެން، ކައިރީގައި ހުންނަ ފަޅު ރަށްތަކާއި ފަޅުތައް ހޯދުމުގެ ފުރުސަތު ކައުންސިލްތަކަށް ހުޅުވާލަން ސަރުކާރުން ނިންމައިފި އެވެ.
މީހުން ދިރިއުޅޭ ރަށްރަށާ 700 މީޓަރާ ހަމައަށް ހުންނަ ފަޅު ރަށްރަށާއި ފަޅުތައް މިހާރު ވެސް ރަށްރަށުގައި އިހުތިސާސް ތެރޭގައި ހިމެނެ އެވެ. އަދި އޭގެ ބޭރުން ވެސް ބައެއް ރަށްރަށުގެ އިހްތިސާސް ތެރެއަށް ރަށްރަށް ހިމަނާފައިވެ އެވެ.
ނަަމަވެސް، އެ ތަންތަނުގެ ބޭނުމެއް ގިނަ ކައުންސިލްތަކަކުން ހިފަމުން ނުދާ ކަމުގެ ކަންބޮޑުވުން އޮވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެކަން ނިމުމަކަށް ގެނެސް، ކައުންސިލްތައް އިތުރަށް ބާރުވެރިކުރުމަށް ކައިރީގައި ހުންނަ ފަޅު ރަށްތަކާއި ފަޅުތައް ކައުންސިލްގެ ބެލުމުގެ ދަށަށް ގެނައުމަށް ފުރުސަތު ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ގައުމީ ތަރައްގީގެ ޕްލޭންއާ އެއްގޮތަށް ތަރައްގީ މަޝްރޫއުތައް ހިންގުމަށް ވަކި ރަށަކަށް ހާއްސަކޮށް ޕްރޮޕޯސަލްތައް ހުށަހަޅަން ކައުންސިލްތަކަށް ހުޅުވާލާނެ ކަމަށާއި އެއާ އެގޮތަށް ކައުންސިލްތަކަށް އެ ރަށްތައް ދޫކުރަމުންދާނެ ކަމަށެވެ.
ނަމަވެސް، އެގޮތަށް ދޫކުރާ ރަށެއް ނުވަތަ ފަޅެއް، ވަކި ރަށަކަށް ހާއްސަކުރާނީ އަތޮޅުގެ އެހެން ހުރިހާ ރަށެއްގެ ތާއިދާއި ރުހުން ހޯދަން ޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެކަން ކުރާނީ ސަރުކާރާއި ކައުންސިލްތަކާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިކަމުގެ ސަބަބުން ވަރަށް ގިނަ ތަރައްގީގެ ފުރުސަތުތައް ރަށްރަށަށް ލިބިގެންދާނެ ކަމަށެވެ. އަދި އިގްތިސޯދީ ނަފާ ރަށްރަށަށް ލިބި، ވަޒީފާގެ ފުރުސަތުތައް ވެސް ގިނަވެ ރަށްރަށް ބާރުވެރިވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކނއތގތ
07 December 2023
ފަޅުފަޅާއި ފަޅުރަށްރަށަށް އެކިގޮތްހަދާފައިވާބައެއްގެކަންތައް ވަރަށްގާތުން ފެނިވަޑައިގެންފައިތިބިބޭފުޅުންތަކެއް އިސްސަފުގައިތިއްބެވި ސަރުކާރެއް. ވަރަށް ތަޖުރިބާހުންނާނެކަމުގައިބެލެވޭ. ވާގޮތްފެންނާނެ. އެނގޭނެ.
ސުލް
07 December 2023
އެކަކު ވާހަކަ ދައްކާއިރު ދެން ތިބޭ އެންމެން ކޮޅަށް އެތިބެނީ ކީއްކުރަންބާ؟ މަށަށް ހަމަ ނޭނގިގެން މިއުޅެނީ. ހީވަނީ އަދަބެއް ދީފަ ތިބޭހެން.
މުނާލް
07 December 2023
ފުވައްމުލަކަށް ދެނީ ޗާގޮސް އައިލެންޑުތަ؟
ފަހަލަ
06 December 2023
ރަށްތައް އެއްވެސް ހަރުދަނާ ކަމެއް ނެތް ބައެއްގެ އަތްމައްޗަށް ދޫކޮށްލުން ރަނގަޅު ގޮތެއް ނޫން މޮޔައިން އަތަށް ކަނދި ދިނުން ކަހަލަ ކަމެއް
މޫމިން މުހައްމަދު
06 December 2023
ވަރަށް ރަނގަޅު ނިންމުމެއް. ކައުންސިލްތައް އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ
ޝާފިއު އަބްދުﷲ
06 December 2023
އުފާވެރި ހަބަރެއް ކައުންސިލްތަކަށް ތިދިނީ
ވިސާމްް
06 December 2023
ރަށްތަކުގެ މުއްސަނދިކަން އުތުރި އަރައިގެން ދާނެ ކަން ކަށަވަރޭ.
އަފްރާހު ދެއްވަދޫ
06 December 2023
ވައުދާއި އެއްގޮތަށް ވައުދު ފުއްދާތަން ފެނިގެން މި ދަނީ
ދާއިން
06 December 2023
ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ތަރައްޤީ މެކުހަށް، ސާބަހޭ މުއިއްޒު
ޒިންދާބާތު
06 December 2023
ވެރިކަމަށް އައިސް ހުރީ ކަންކަން ކުރަން އިނގޭތީ. ކަންކަން ފަހިކޮއްދޭނެ. ކައުންސިލްތަކުން އެއްބާރުލުން ލިބެންޏާ މި ނިމުނީ