މޮރިޝަސްގައި ބޭއްވި "ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް"ގެ ހަވަނަ ބައްދަލުވުން: މި ބައްދަލުވުމުގައި މި އަހަރު ރާއްޖެއިން ބައިވެރިނުވޭ.-- ފޮޓޯ: އިންޑިއާ ހައިކޮމިޝަން، މޮރިޝަސް
09 ޑިސެމްބަރ 2023 - 12:02
އިންޑިއާ ކަނޑުގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުހިންމު ބައްދަލުވުމެއް ކަމަށްވާ "ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް"ގައި މި އަހަރު ރާއްޖެއިން ބައިވެރިނުވާ ކަން އާއްމުކުރި މައުލޫމާތުތަކުން އެނގިއްޖެ އެވެ.
"ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް" އަކީ ރާއްޖެ އާއި ސްރީލަންކާ އަދި އިންޑިއާ ގުޅިގެން 2011 ވަނަ އަހަރު ފެށި މަޝްވަރާ ބައްދަލުވުމެކެވެ. މިހާރު މި ބައްދަލުވުމުގެ މެމްބަރު ގައުމުތަކުގެ ތެރޭގައި ރާއްޖެ އާއި ލަންކާ އަދި އިންޑިއާގެ އިތުރުން މޮރިޝަސް ވެސް ހިމެނެ އެވެ.
މި އަހަރުގެ ބައްދަލުވުން ބޭއްވީ މޮރިޝަސްގަ އެވެ.
މޮރިޝަސްގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައިވާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި "ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް"ގެ ހަވަނަ ބައްދަލުވުމުގައި ބައިވެރިވީ ލަންކާ އާއި އިންޑިއާ އަދި މޮރިޝަސްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންނެވެ. އަދި ސީޝެލްސް އާއި ބަންގްލަދޭޝްގެ ވަފުދެއް ވެސް ބައިވެރިވި އެވެ. ރާއްޖޭގެ ނަމެއް ނެތެވެ.
National Security Advisers of India, Mauritius and Sri Lanka, as well as delegates from Seychelles and Bangladesh participated in the 6th NSA-level Meeting of the Colombo Security Conclave (CSC) today in Mauritius. (1/2) pic.twitter.com/6Fa9P9FjLD
— India in Mauritius (@HCI_PortLouis) December 7, 2023
މި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިނުވާތީ އިންޑިއާގެ ބައެއް ނޫސްތަކުން ވެސް ވަނީ އެކަން ރިޕޯޓްކޮށްފަ އެވެ. އަދި މި ބައްދަލުވުމުގައި ބައިވެރިނުވެ، ރާއްޖެއިން ޗައިނާގެ ބެއިޖިންގައި މިދިޔަ ހަފުތާގައި ބޭއްވި "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އެންޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގައި ބައިވެރިވުމުން އެކަމަށް ދަނީ ފާޑުކިޔަމުންނެވެ.
ރާއްޖޭގެ ފަރާތުން އެ ފޯރަމްގައި ބައިވެރިވެވަޑައިގަތީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ގޮތުން މިދިޔަ އަހަރު އިންޑިއާގެ ކޮންޗިންގައި ބޭއްވި "ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް"ގެ ފަސްވަނަ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވި އެވެ.
މި ބައްދަލުވުމުގެ ބޭނުމަކީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ހަރުކަށި ފިކުރާއި ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތް ކުރުމާއި، ރާވައިގެން ހިންގާ ކުށްތަކާއި ވަގުވިޔަފާރި ހުއްޓުވުމާއި ސައިބަ ސެކިއުރިޓީ އާއި ޓެކްނޮލޮޖީގެ ނާޒުކު ވަސީލަތްތައް ހިމާޔަތްކުރުމެވެ. އަދި އިންސާނީ އެހީ ފޯރުކޮށްދިނުމާއި ކާރިސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމުގައި އެހީވުން ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހުމަދޭ
10 December 2023
ޗައިނާއިން ތިބައްދަލުވުމުގައި ބައިވެރިވާކަށް ހުއްދައެއް ނުދޭ. އެހެންވެ ބައިވެރި ނުވީ. ޗައިނާ ސަރުކާރުން އަންގާ ގޮތަށް ނޫނީ މިގައުމުގެ ކަންކަން ކޮށްގެން ނުވާނެ.
މޮޔަނުވޭ
10 December 2023
އިންޑިއާ ސިފައިން މި ގައުމުން ބާލާ! ފާޑު ކިޔަނީ ކޮންބައެއްތޯ ހާމަ ކުރިނަމަ! ތިކަމުން ކުރާނެ އެއްވެސް ފައިދާއެއްނެތް. އިންޑިއާ އައުޓު!
މައިސާން މުހައްމަދު
10 December 2023
ކޮބާތޯ މައްސަލައަކީ؟ އެ ބައްދަލުވުމުގައި ބައިވެރިވެގެން އަހަރުމެންނަށް ވާނެ ފައިދާއެއް ނެތް. އިންޑިއާ ސިފައިން މިތާނގަ ތިބިހާ ހިދަކު އެމީހުންނާއި ވައިވެސް ނޭޅުނިއްޔާ ރަނގަޅީ
ޒިޔާން ސަލީމް
10 December 2023
ރަނގަޅަށް ތި ހެދީ. އިންޑިއާ ސިފައިން ބޭރު ނުކުރާހާ ހިދަކު އެމީހުންނާއި ގުޅުން ހުރި އެއްވެސް ކަމެއްގައި ބައިވެރިވެގެން ނުވާނެ
ޝަރީފާމަނިކު
10 December 2023
އެމީހުންގެ ފައިދަށަށް އަހަރުގެ ގައުމު ވެއްޓޭކަށް ނުވޭ. ސައިޒުން ކުޑައަސް އަޑު ގަދަވާނެ މި ދިވެހި ގައުމުގެ
ނަސީރު އަހުމަދު
10 December 2023
އެއީ ރާއްޖެއިން އިންޑިއާއަށް ދިން އަދަބެއް. ދިވެހި ގައުމު ތި އަދަބު އެމީހުންނަށް ދިން އަދަބެއް
ފޮނިޓައްޕު ހަސަނު
10 December 2023
ތިޔައީ މާކަ ތާކުންތާކު ޖެހޭ ބައްދަލުވުމެއް ނުން. އަދި އެއްވެސް ފައިދާއެއް ކުރާނެ ކަމެއް ވެސް ނުން. ވަފުދުތައް ގޮސް މޮޅެތިވާހަކަ ދައްކާފައި ފައިވްސްޓާރ ހޮޓާތަކުގަ ތިބެފައި، މީރުކޮށް ކާލައިގަން ދާނީ. ޗައިނާ ފަދަ ގައުމަކާއި އެކު ތިޔަފަދަ ބައްދަލުވުން ބާއްވާއި ޗައިނާގެ އަސްކަރީ އުޅަނދު ފަހަރު ރާއްޖޭގައި ބަންދަރުކުށް އަދި އަސްކަރީ ފަރިތަކުރުން ބާއްވާނަމަ ރާއްޖެއަށް މާބޮޑަށް ވެސް ފައިދާ ކުރާނެ.
ހަސަންޓޭ
10 December 2023
ކަލޭތީ ހާދަ ކޮމިނިސްޓް ވިސްނުމެއް ގެންގުޅޭ މީހެކޭ.
ލައިފް
10 December 2023
ވަރަށް ރަނގަޅު ނިންމުމެއް. މިމީހުން ބައިވެރިވާ ބޭކާރު ކަންކަމުގައި ބައިވެރިވާނެ ކަމެއް ނެތް.
ތަމްރީނު
10 December 2023
އަހުރެން ބޭނުމެއް ނޫން އަނެއްކާވެސް އިންޑިޔާ ބޭނުން އެޢްޗެއް މިގައުމަށް ހެދޭކަށް.
ވިއްކޮ
10 December 2023
ޑރ.މުއިއްޒު އަކީ މޯދީގެ ބޭކާރު ކަންކަމަށް ނޫނެކޭ ބުނަން ކެރޭ ވެރިއެއް. އާންއެކޭ ބުނަން ޖެހޭ ތަންތާ އާނއެކޭ ބުނަން ކެރޭނެ.