އެމެރިކާގެ ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް.
10 ޑިސެމްބަރ 2023 - 06:22
އެމެރިކާގެ ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ "އިރާސް ޓުއާ" އަށް ޓިކެޓް ވިއްކައިގެން އާމްދަނީގެ ގޮތުގައި އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބިއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މި ޓުއާގެ ޓިކެޓް ވިއްކައިގެން މިހާތަނަށް ވަނީ 1.04 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ. އަދި މި ރޭޓުގައި ދާ ނަމަ، ޓިކެޓް ވިއްކައިގެން މި ޓުއާ އަށް ދެ ބިލިއަން ޑޮލަރު ލިބޭނެ ކަމަށް އަންދާޒާކުރެވެ އެވެ.
މިއީ މިއުޒިކް ޓުއާއެއްގެ ޓިކެޓް ވިއްކައިގެން ފަންނާނަކަށް އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ފުރަތަމަ ފަހަރެވެ.
"އިރާސް ޓުއާ"ގެ ތެރެއިން އޭނާ މިހާތަނަށް 50 އަށް ވުރެ ގިނަ ޝޯ ދީފައިވާއިރު، އަންނަ އަހަރަށް ވެސް ގިނަ ޝޯތަކެއް ވަނީ ތާވަލުކޮށްފަ އެވެ.
މި އަހަރު މާޗު މަހުގައި ފެށި ޓޭލާގެ "އިރާސް ޓުއާ"ގެ ތެރެއިން އަންނަ އަހަރު ދުނިޔޭގެ އެކި ގައުމުތަކުގައި ޝޯތައް ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ. މިއީ ޓޭލާގެ ހަވަނަ ޓުއާ އެވެ. މި ޓުއާގައި މުޅި ޖުމްލަ 146 ޝޯ ދޭން އޭނާ ވަނީ ނިންމައިފަ އެވެ. އެ ހުރިހާ ޝޯއެއްގެ ޓިކެޓް ވެސް މިހާރު ވަނީ ވިކި ހުސްވެފަ އެވެ.
ބްލޫމްބާގް ބިލިއަނާސް އިންޑެކްސްގައިވާ ގޮތުގައި ޓޭލާގެ މިލްކިއްޔާތުގައި މިހާރު 1.1 ބިލިއަން ޑޮލަރު އެބަހުއްޓެވެ. އެހެންވެ، އޭނާ އަކީ މިހާރު ބިލިއަނަރެކެވެ.
މިދިޔަ އޮކްޓޯބަރު މަހު ނެރުނު ޓޭލާގެ "އެރަސް ޓުއާ" ކޮންސާޓް ފިލްމަށް ބޮކްސް އޮފީހުގައި ވަނީ ވަރަށް ބޮޑު އާމްދަނީއެއް ލިބިފަ އެވެ. އެ ފިލްމަށް ވަނީ 250 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
LaamuonlineDOTcom
10 December 2023
ކިތަންމެ އާމްދަނީއެއްލިބުނަސް މިފަދަ ގިނަމީހުނަށް ދިރިއުޅުމުގައި ހަގީގީ އުފާވެރިކަމެއްނުލިބޭ، އެއްބަޔަކު ޑިޕުރެޝަންވެގެން އަމިއްލަޔަށް މަރުވަނީ، އަނެއްބަޔަކު އޯވާޑޯޒްވަނީ، ދެންތިބިމީހުންވެސް ކޮންމެވެސް ކަމެއްވަނީ! މާނައަކީ ކިތަންމެ ފައިސާއެއްލިބުނަސް އިންސާނާ އުޅެން އަނގަވާފައިވާ ގޮތައްނޫޅޭހާ ހިނދެއްގައި އިންސާނާއަށް ހަގީގީހިތްހަމަޖެހުން ލިބިގެންނުދެއޭ!
ބައްސާމާ
10 December 2023
ޓޭލާ ތި ތަނުން ޑުލަރުކޮޅެއް ފޮނުވާލަބަލަ ދެ ޕެންޓްހައުސް ގަނެލަން
ކައިލީ
10 December 2023
މިހާރު އަހަރުމެންގެ އާއިލާގެ ވާހަކަ މިހާރު ނޫހުގައި ނުޖަހަނީ ކީއްވެ؟
2023
10 December 2023
ލާޓޭ ތީގެމާނައަކީ ކޮބާ؟ ބޮއިހަލަކި
ލާޓޭ
10 December 2023
މިފެންނަނީ އެމެރިކާއާއި ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގެ ރައްޔިތުންގެ ބޯގޮވާފަތިބިމިންވަރު.