ދަރުމަވަންތަ ހޮސްޕިޓަލް: އުސޫލުގައިވާ ގޮތުން ޑޮކްޓަރެއްގެ ލަފަޔެއް ނެތި މެޑިކަލް ޗެކަޕް އާސަންދައިން ހެދޭނީ އަހަރަކު އެއް ފަހަރު - ފޮޓޯ: މިހާރު
15 ޑިސެމްބަރ 2023 - 20:18
އާސަންދައިގެ ދަށަށް ސަރުކާރުން އިތުރުކުރި އާ ހިދުމަތްތައް ދޭނެ ގޮތުގެ އުސޫލު އާންމުކޮށްފި އެވެ.
"ހުސްނުވާ އާސަންދައިގެ ދަށުން އިތުރު ހިދުމަތްތައް ފޯރުކޮށްދިނުމާ ބެހޭ އުސޫލު"ގެ ނަމުގައި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އާންމުކުރި އުސޫލުގައި ތިން ހިދުމަތެއް ލިބޭނެ ގޮތް ބަޔާންކޮށްފައިވެ އެވެ.
އެއީ އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ ހިދުމަތާއި ރާއްޖޭން ބޭރުން ބޭސްފަރުވާ ކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލް ބަދަލު ކުރުމަށް ހިންގާ ހަރަދު ހަމަޖެއްސުމާއި އަންހެނުންނަށް ދިމާވާ "އެންޑޯމެޓްރިއޯސިސް" އަދި "ޕީސީއޯއެސް" ފަދަ ސިއްހީ މައްސަލަތަކަށް ހާއްސަ ފަރުވާ އާސަންދައިގެ ދަށުން ލިބޭނެ އުސޫލެވެ.
މި އުސޫލުގެ ދަށުން މެޑިކަލް ޗެކަޕްގެ ހިދުމަތް ފޯރުކޮށްދޭނީ ވަކިވަކި އުމުރުފުރާތަކަށް ހާއްސަކޮށް އާސަންދަ ކުންފުނިން ކަނޑައަޅާފައިވާ މެޑިކަލް ޗެކަޕް ޕެކޭޖްތައް، އެ އުމުރުފުރާގެ ކޮންމެ މީހަކަށް އަހަރަކު އެއްފަހަރު ބޭނުންކުރެވޭ ގޮތަށެވެ.
ޑޮކްޓަރެއްގެ ލަފާއާ އެކު މެޑިކަލް ޗެކަޕް ހަދާފައިވާ ފަރާތަކަށް އަހަރެއްގެ ތެރޭގައި ދެވަނަ ފަހަރަށް ވެސް މެޑިކަލް ޗެކަޕް ހެދިދާނެ ކަމަށް އުސޫލުގައިވެ އެވެ.
އުސޫލުގައިވާ ގޮތުން އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދޭނީ ސަރުކާރު ހޮސްޕިޓަލްތައް ނުވަތަ ސިއްހީ މަރުކަޒުތަކުން އެކަންޏެވެ.
މެޑިކަލް ޗެކަޕް އާސަންދައިގެ ސްކީމްގެ ދަށުގައި ހިމެނިކަން އިއުލާން ކުރައްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވިދާޅުވެފައިވަނީ ޑޮކްޓަރުން ލަފާ ދީފިނަމަ އާސަންދައިގެ ތެރެއިން އަހަރަކު ދެ ފަހަރު އެކި ޓެސްޓުތައް ހެދޭނެ ގޮތްތައް ހަމަޖައްސާނެ ކަމަށެވެ.
އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިއާ ވިދާޅުވެފައިވަނީ ޑިކަލް ޗެކްއަޕެއްގެ ތެރެއިން އެކްސްރޭ ފަދަ ތަކެތި ނަގަން ޖެހޭ އިރު އެއީ ބަލި މީހަކު މާގިނައިން އެކްސްޕޯސް ކުރަން ރަނގަޅު ކަންކަމެއް ނޫން ކަމަށެވެ.
"މީގެ ތަންކޮޅެއް ކުރިން ވެސް މެޑިކަލް ޗެކްއަޕް ފަށަން ވެގެން، ޕެކޭޖުތައް ހެދި އިރު ވެސް އަހަރަކު އެއް ފަހަރު ނުވަތަ ދެ އަހަރުން އެއް އަހަރު ހެދޭ ކަހަލަ ޓެސްޓުތައް ވެސް ލާފަ ޗެކްއަޕްތަކެއް ހަދަން ހިމެނީ. އަޅުގަނޑުމެން އެ މައުލޫމާތު އެންސްޕާއާ ހިއްސާކޮށްފައިވާނީ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މެޑިކަލް ޗެކްއަޕް ކީ ކަމުގައިވީ ނަމަވެސް، ވަރަށް ބޭސިކް ސްކްރީނިންތަކެއް ހެދުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ބްލަޑް އަދި ޔޫރިން ޓެސްޓްތަކެއް ހެދުމަށް ފަހު، އިތުރަށް ކަންކަން ޗެކް ކުރާނީ ޓެސްޓްތަކުގެ ނަތީޖާއިން ކަމެއް ފާހަގަކުރެވޭ ކަމުގައިވާ ނަމަ ކަމަށެވެ.
އާސަންދަ ސްކީމްގެ ދަށުން ރާއްޖޭން ބޭރުން ބޭސްފަރުވާ ކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލް ބަދަލުކުރުމަށް ހިންގާ ހަރަދު ސްކީމް މެދުވެރިކޮށް ހަމަޖައްސައިދޭނީ އެކަމަށް އެދި ހުށަހެޅުމަށްފަހު، އެކަމަށް ހުއްދަ ލިބުމުންނެވެ. ހޮސްޕިޓަލް ބަދަލު ކުރުމަށް އެދޭ ހާލަތްތަކުގައި އަގަށް އަންނަ ބަދަލު 10 ޕަސެންޓަށްވުރެ ކުޑަ ނަމަ، އިތުރު ހަރަދަކާ ނުލާ އިންތިޒާމް ހަމަޖައްސައިދޭނެ އެވެ.
ނަމަވެސް، ހަރަދު 10 ޕަސެންޓަށްވުރެ ބޮޑުވާ ނަމަ، 10 ޕަސެންޓަށްވުރެ އިތުރުވާ ހަރަދު ހަމަޖައްސާނީ ހިދުމަތް ލިބިގަންނަ ފަރާތުން ކަމަށް އުސޫލުގައިވެ އެވެ. އަދި ކުރިން ފަރުވާ ހޯދި ހޮސްޕިޓަލުން ހެދި ތަހުލީހުތައް އާ ހޮސްޕިޓަލުން ކުރަމުން ބޭނުންވާ ނަމަ، އެ ހަރަދުތައް ވެސް ކުރަން ޖެހޭނީ އެމީހަކު އަމިއްލައަށެވެ.
ބަދަލުވާން ބޭނުންވާ ހޮސްޕިޓަލަކީ އެއް ސިޓީއެއްގައި ހުރި ހޮސްޕިޓަލެއް ނަމަ، ބަދަލުވާން ދާ ހަރަދު އާސަންދައިން ހަމަޖައްސައިދޭނެ އެެވެ. ނަމަވެސް، އެހެން ސިޓީއެއްގައި ހުރި ހޮސްޕިޓަލެއްގައި ނަމަ، ދަތުރު ހަރަދު ހަމަޖައްސަން ޖެހޭނީ، އުސޫލުގައިވާ ގޮތުން އަމިއްލައަށެވެ.
އުސޫލުގައިވާ ގޮތުން އަންހެނުންނަށް ދިމާވާ "އެންޑޮމެޓްރިއޯސިސް" އަދި "ޕީސީއޯއެސް" ފަދަ ސިއްހީ މައްސަލަތަކަށް ހާއްސަ ފަރުވާ އަދި ބޭސްތައް، ކޮންމެ ޑައިގްނޯސިސްއެއްގެ ދަށުން ވެސް އާސަންދަ ސްކީމް އިން ލިބޭނެ އިންތިޒާމް ހަމަޖެހޭނެ އެވެ.
މި ފަރުވާ ހޯދުމަށް އެދެން ޖެހޭނީ އާސަންދަ ސްކީމްގައި ހިދުމަތް ދިނުމަށް ރަޖިސްޓްރީވެފައިވާ މަރުކަޒުތައް މެދުވެރިކޮށް ކަމަށް އުސޫލުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައިޒީން ކައި
17 December 2023
ސަޅި. ވަރަށް އުނދަގޫ އަތުން ޗެކަޕަށް ޕޭ ކުރަން ޖެހޭތީ.
ސަރގު
16 December 2023
ވާހަދައްކާނެކަމެއްނެތް ތިއީޑޮކްޓަރުންނަށް ފައިދާވާގޮތަށް ހަދާފަ އޮތް ސުކީމެއް، މެޑިކަލް ހަދަނީ އަލަކަށް ނޫން އާސަންދައިން، ބޭނުންނަމަ މަހަކު އެއްފަހަރުވެސް ހެދޭނެ، ކުރަންޖެހޭ ކަމަކީ ސްޕެސަލިސްޓް ޑޮކްޓަރަކަށް ދައްކާފަ މަބޭނުމޭ ޗެކަަޕެއްހަދަން ޓަޑާ، ޑޮކްޓަރު އާސަންދާގަ އިންޓެސްޓެއްވިއްޔާ ލިޔެދޭނެ. ސްކީމްރަގަޅުކުރަން ބޭނުންނަމަ އެންމެން އެއްގުރިޑެއްގެ ދަށަށްގެނޭ، ސިފައިންނާ ފުލުހުން ވެސް މުއަށްސަސާގަ އަމިއްލަ ސްކީމްތައް ނުހިންގޭ ގޮތަށް ބަދަލްކުރޭ
ބޯހަލާކުު
16 December 2023
ޑޮކްޓަރެއްގެ ލަފާއާ އެކު މެޑިކަލް ޗެކަޕް ހަދާފައިވާ ފަރާތަކަށް އަހަރެއްގެ ތެރޭގައި ދެވަނަ ފަހަރަށް ވެސް މެޑިކަލް ޗެކަޕް ހެދިދާނެ ކަމަށް އުސޫލުގައިވެ އެވެ. ޑޮކްޓަރެއްގެ ލަފަޔަކާނުލާ ހަމަދާގޮތަށްގޮސް މަމިއައީ މެޑިކަލްޗެކަޕް ހަދާށޭ ބުނީމާ ހަދާދޭތޯ؟
ބޮޑުދިދަ
16 December 2023
ނިކަމެތި ރައްޔިތުންނަށް އާސަންދައިން ، މެޑިކަލް ޗެކަޕް އަދި ބޭސް ފަރުވާ ވެސް 5 އަހަރުން 1 އަހަރު ކުރެވޭ ގޮތަށް ހަމަޖައްސާލަ ދެއްވާ … ޤައުމުގެ ވެރިން ، މަޖްލިސް މެމްބަރުން ، އިއްޒަތްތެރިން އަދި އެމީހުންގެ ގާތްތިމާގެ މީހުންނާއި ރަހްމަތްތެރިންނަށް އެހީވާން ތި އާސަންދަ ބާއްވާ… ނިކަމެތިން މާ ބޮޑަށް އެކްސްރޭ ، އެމްއާރްއައި ސްކޭން އަށް އެކްސް ޕޯސްކުރާކަށް ނުވާނެ، ކިރިޔާ ކަމެއް ވާއިރަށް އެވެރިން ގޮސް ހުރިހާ ވަތްތަރެއް ފުލުފުލުގަ ހެދިއަސް.
ސަރަގު
16 December 2023
އައިނުގަޑު 2އަހަރުން ހެދޭގޮތަށް ހަދާފަ އިބޫފައިބާގެން ދިޔައީ. މަމެންބޭނުން ކޮންމެއަހަރަކު އައިނު ހަދަން މިކަން ފާސްކޮއްދީ
ލޯކެއަރ
16 December 2023
މައްސަލައަކީ އައިނު ހެއްދުމެއްނޫން، މައްސަލައަކީ އައިނު ހެއްދުމުގެ ނަމުގައި ބަޔަކު ވިޔަފާރިއުސޫލުން ރައްޔިތުންގެ އިންސުއަރެންސް ސްކީމްފެލަމުން ގެންދާތީ، ނަމްބަރުނަގާފަ އަލީއެކްސްޕްރެސްއިން 20 ޑޮލަރަށްގަނެވޭ އައިނު މާލޭގަ އެވިއްކަނީ 5000- 7000 ރ ދޭތެރޭ އަގެއްގަ، މިބައިގަޑުގެ ވިޔަފާރި ހުއްޓުވާ ސްކީމްތަކުން ވައްކަންކުރުން ހުއްޓުވާ
އައްޔަ ބޮޑޭ
15 December 2023
އަހަރަކު ހަފަހަރު ވެސް މެޑިކަލް ޗެކަޕްހަދައިދޭނަމޭ ބުނެވިދާނެ, ނަމަވެސް އެއީ މަމިލީހުން ފާސްކޮއްފިނަމަ, ކިހާހެޔޮފުޅު,
މަކަރާޖެހުން
15 December 2023
ނަމެއްގަހަދާމެޑިކަލް- ސުރުހީއަށްއަރުވާމީޑިޔާސްޓަންޓް' ތިމެޑިކަލްހަދަނައުފުލަންޖެހޭތަކުލީފުބަލަންތިބެމާ
ށަހާދެއް
15 December 2023
މި ވާ ގޮތަކީ ކެމްޕޭން ދުވަސްވަރު ވައުދު ވީ އިރު ވާއެއް ނުވާ އެއް ނޭނގެ. އޭރު މިބުނީ ހިލޭ ޗެކްއަޕްވެސް ހަދައިދޭ ނަމޭ. އޭރު ނޭނގޭ ހިލޭ ހެދޭ ކަމެއް. ދެން ވެރިކަމަށް އައިސް ވައުދު ފުއްދަން ބެލި އިރު އަނހާ، މިއޮތީ މޮޔަ ހެދިފަ. ދެން ކުރި ކަމަކީ ކުރިންވެސް ހެއްދުނަސް އަނެއްކާ ދެވަނަ ފަހަރަށް ހެއްދޭގިތަށް މިހެދީ. ދެން އެކަން މާމޮޅު ކަމަކަށް ހަދައިގެން ވާހަކަ ދައްކަނީ ލަދެއްނެތި. ދެން އަތަށް ގޮވަނީ. ބޯހަލާކް. ލަދުންވެސް.