އެމްޑީޕީން ކުރިން ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއްގައި ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އަދި ޗެއާގެ ނައިބް އިބްރާހިމް ވަހީދު ބައިވެރިވަނީ: އެ ޕާޓީގެ ޓިކެޓުގައި ޕްރައިމަރީއަށް ވާދަކުރަން މި މަހުގެ 25 އަށް ވަނީ ހުޅުވާލާފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
16 ޑިސެމްބަރ 2023 - 12:46
މަޖިލިސް އިންތިހާބަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރާއިރު ކުށުގެ ރެކޯޑް ސާފުކުރަން ޖެހޭ ގޮތަށް އުސޫލު ބަދަލުކޮށް، އެ ޕްރައިމަރީގައި ވާދަކުރަން މިއަދު ހުޅުވާލައިފި އެވެ.
އެ ޕާޓީން ޕްރައިމަރީގައި ވާދަކުރަން ހުޅުވާލީ މިއަދުން ފެށިގެން މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ. ޕްރައިމަރީއެއް ބާއްވަން ޖެހޭ ދާއިރާތަކުގެ ޕްރައިމަރީ އަންނަ މަހުގެ 26 އަދި 27 ގައި ބާއްވަން އެމްޑީޕީން ވަނީ ނިންމައިފަ އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ޗެއާޕާސަންގެ ނައިބު، އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވީ ޕްރައިމަރީގައި ވާދަކުރަން ހުށަހަޅާއިރު ކެންޑިޑޭޓުންގެ ކުށުގެ ރެކޯޑް ސާފު ކުރުމަށްފަހު ހުށަހަޅަންޖެހޭ ގޮތަށް މިފަހަރު ނިންމާފައިވާ ކަމަށެވެ. އެ ބަދަލު ގެނައީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުށުގެ ރެކޯޑް ސާފުކުރާ ގޮތް ބަދަލުކޮށްފައި ވާތީ އާއި ޕްރައިމަރީން ހޮވުމަށްފަހު ކެންޑިޑެސީ ފޯމް ހުށަހަޅާއިރު ރެކޯޑް އޮތުމުގެ މައްސަލަތައް ކުރިމަތިވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު އިލެކްޝަން ކޮމިޝަނުން ބަލަމުން ގެންދަނީ މާލޭގައި ހުންނަ ސުޕީރިއާ ކޯޓްތަކާއި އެމީހެއްގެ ދާއިމީ އެޑްރެސް އޮންނަ ރަށުގެ ކޯޓްތައް އެކަނި. ނަމަވެސް މިހާރު އެބަ ބަލައި ހުރިހާ ރަށެއްގެ ރަށު ކޯޓުތަކުގައި އޭނަގެ ދަރައްޏެއް ނުވަތަ ކުށުގެ ރެކޯޑެއް އޮތްތޯ،" އޭނާ ވިދާޅުވި އެވެ.
ކުށުގެ ރެކޯޑު ސާފުކުރަން ނިންމި އަނެއް ސަބަބަކީ ޕްރައިމަރީން ހޮވޭ މީހުންގެ ކުށުގެ ރެކޯޑްކުރަން ފަސް ދުވަސް ހޭދަވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕްރައިމަރީގައި ވާދަކުރެވޭނީ އަދި ވޯޓު ލެވޭނީ މިއަދުގެ ނިޔަލަށް އެ ޕާޓީގެ މެމްބަރުންނަށް ވެފައި ތިބި މީހުންނަށެވެ. ނަމަވެސް ޕްރައިމަރީގައި ވާދަކުރާ މީހުންނަކީ މިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ ދެކޮޅަށް ކެމްޕެއިން ކުރި ބައެއް ނަމަ އެކަން ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕްރައިމަރީގައި ވާދަކުރުމަށް ޓަކައި ފުރަން ޖެހޭ ފޯމް އެމްޑީޕީގެ ވެބްސައިޓުން ލިބެން ހުރި އިރު އެ ފޯމާ އެކީ ކުށުގެ ރެކޯޑް ސާފުކުރާ ފޯމު ލިބޭނެ ކަމަށް އެމްޑީޕީން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުނބުށޭމު
17 December 2023
އަޣުލަބިއްޔަތެއްނެތްއިރު ޤާނޫނު އަސާސީގައި ޕޭކޮމިޝަނެއް ހިމެނުމަށް ބާރުއެޅި މީހުން އަޣުލަބިއްޔަތު ލިބުނީމާ ހިތަށް އެރިއިރަކު ތިމާމެންގެ މުސާރަ ތިމާމެން ހިތްފުރޭވަރަށް ބޮޑުކޮށްލުމުގެ ބާރު ގެއްލިދާނެތީ އެކަމާ ނޫޅުނުތާ އެހެން ތަންތަނާ އަޅާބަލާއިރު މިހާރުވެސް ނިސްބަތުން މާބޮޑު މަޖިލީހުގެ އަދަދު ދަށްކުރަން ނޫޅުނުތާ އަދަދު ލިމިޓްކުރަން ހުށަހެޅުނުހާ ހުށަހެޅުމެއްވެސް ބޭރުކޮށްލަމުންދަނީ ހަމަ ތިމާމެންނަށް އިތުރު ދައުރެއް ލިބުމުގެ ފުރުޞަތު ބޮޑުވާނެކަމަށްބާ
ސީތާ
16 December 2023
ތިޔަ ޕާޓީގައި މިހާރު ކިތައްމެމްބަރުން އެބަތިބިތޯ؟ ދުވަހެއް ދުވަހަކަށް ޕާޓީން މެމްބަރުން މަދުވަމުންދާކަމުގެ މަޢުލޫމާތު ވަރަށް ޞައްޙަގޮތެއްގައިވަނީ ލިބިފައި. އަދި ތިޔަ ޕާޓީއަށް އަލަށް ވަންނަބަޔަކުވެސް ނެތްކަމަށްވަނީ.
ޢެމެރިކާ
16 December 2023
އެމްޑިޕީ އޮވާލަންވީ
ޢަލީ ކުރުސީ
16 December 2023
ބަޤާވާތް ޕާޓީއަށް ވޯޓެއް ނުދޭނަން!
އޮނަރަބްލް އަފީފު ދީދީ
16 December 2023
ޤާނޫނުއަސާސީގައި ދައުލަތުގެ އިދާރީ ދާއިރާތައް "ލާމަރުކަޒީ އުސޫލުން ހިންގުމަށްބުނެ އަމުރުކޮށް" އަދި މަޖިލިހަށް މެންބަރުން ހޮވުމަށް ކަޑައެޅި ޤާނޫނުގެ 72 ހ ގައި އޮތް ކޮންމެ "އިދާރީދާއިރާ އަކުން" ޢޮތް އޮތުމުގެމާނައާއި މިދެންނެވި ޤާނޫނުތަކުގެ ރޫޙަށާއި، އަދި ޑެމިކްރަޓިކް ދައުލަތް ތަކުގައިވެސް މިކަން ކުރާގޮތަށް ރާއްޖޭގެ އެކިސަރަޙައްދުތަކުގެ ރައްޔިތުންގެ ގޮތުގައި ތިބި މެންބަރުންނަށް މަޖިލީހުން ފުރުސަތު ލިބޭގޮތަށް ތިކަންކުރާކަށް އަދިވެސް ނުވިސްނަންތޯ!؟
އޮނަރަބްލް އަފީފު ދީދީ
16 December 2023
ޤއ އާއި ޤާނޫނުތަކުގެމުރާދަކީ ނުވަތަ ރޫޙަކީ މަތީގައިދެންނެވިގޮތް ނޫންކަމަށާއި 72 ހ ގައިބުނަނީ "ކޮންމެ އިދާރީދާއިރާއެއްގެ ރަށްވެއްސެއްގެވާހަކަ ނޫންކަމަށާއި، އެއީ ކޮންމެދާއިރާއެއްގެ މީހުން ވަކިން ވޯޓްއަޅައިގެން ހޮވާ މީހެއްގެވާހަކަ ކަމަށް" ދެކޭ ފަރާތްތަކަށް ދޭންއޮތް މެސެޖަކީ މިމާއްދާ މާނަކުރުމަށް ސްޕްރީމްކޯޓަށް ހުށަހަޅާނަމޭ އެދުވަހު "ކޯޓުންބައްދަލުވެ ޖަދަލުކުރުމަށް" ތައްޔާރަށްތިއްބަވާށޭ. ޑެމޮކްރަސީއަށްޓަކާ މިކަމަށް ނިމުންގެންނެ ވާހަކަ. ޝުކުރީއްޔާ.
ބަޑިތަކުރު
17 December 2023
މިހާރު އޮތްވަރަށް ވުރެ ހަނިކުރުމުން ލިބޭނީ ކޮންފައިދާއެއް ބާވައެވެ. ތިޔަ ބޭފުޅާއަށް ރައްޔިތުންގެ ތާއީދު އޮތިއްޔާ އިތުރު ބަޔަކު ވާދަކުރިޔަސް ހޮވޭނެއެވެ. ތިޔަ ވަރަށް ހަނިކޮށްލުމަކުން ތިޔަ ބޭފުޅާ އިތުރު މީހަކާ ވާދަނުކޮށް އޮޓަމެޓިކުން އިންތިޚާބު ކާމިޔާބު ވުމަކީ މިހާރު މުސްތަހީލުކަމެކެވެ.
އަހުމަދު676
16 December 2023
މަޖިލިސްއިންތިހާބުގަ ވޯޓުލާމީހެެއްނޫން އެކަމަކު މިފަހަރު ތި ބައިގަނޑާދެކޮޅައްވޯޓުލާން ބޭނުން. އިރާދަކުރެއްވިއްޔާ އަހަރެންގެ ވޯޓް ރާއްޖެ ގަނޑުބަޑު ކުރަންއުޅޭ މީހުންނަކައްނުދޭނަން..
އުނބުށޭމު
17 December 2023
ތިއީ ރަނގަޅު ގޮތެކެވެ. އަބަދު ލައްގާ ހުރައަށް ލައްގާގޮތަށް ބޭއްވުމުގެ ބަދަލުގައި ކޮންމެ 5 އަހަރަކުން އިތުރު އާއިލާތަކަކަށް ތަނަވަސްކަން ދައުލަތުން ފޯރުކޮށްދިނިއްޔާ ހާސްބައި ރަނގަޅުވާނެއެވެ. ތިބޭ ބަޔަކަށް ފުރުޞަތު ބޮޑުނުވާކަން ރައްޔިތުންގެ ވޯޓުން ދައްކަންވީއެވެ. ޕްރައިމަރީތަކުގައިވެސް އާބަޔަކު ނެރެންވީއެވެ. ހިނގާ 5 އަހަރު ކަމެއް ކޮށްދީފައިވާނަމަ އެއީ އެމީހުންނަށް ވޯޓުދިން ބޭނުމެވެ. އެއީކީ އިތުރު ދައުރެއް ހައްގުވާކަމެއް ނޫނެވެ.
އޮނަރަބްލް އަފީފު ދީދީ
16 December 2023
ރިޔާސީ އިންތިޙާބުގައި އެމްޑީޕީގެ ކެންޑިޑޭޓްގެ ގޮތުގައި ހުންނެވި އިބްރާހިމް އަށް ވޯޓް ނުދިން ކަމުގެ ތުހުމަތުކޮށް ނުވަތަ އިބްރާހިމް އަކީ "ވެރިކަން ކުރާން ކަމުދާ މީހެއްނޫން ކަމަށް ބުނެ އިބްރާހިމްގެ ވާދަވެެރިންނާއި ގާތް ގުޅުމެއް ބޭއްވިކަމުގެ ތުހުމަތު އަޅުވާފައި" ތިއުޅެނީ ޕްރައިމެރީގައި ތިބޭފުޅުންގެ ބޮޑުންނަށް ޓިކެޓް ހޯދުމަށް ހުރަހަކަށް ވެދާނެ އެންމެން އިންތިޙާބުގައި ވާދަކުރަންވެސް ފުރުސަތުނުދީ ބޭރުކޮށްލަން!؟ ތިއީ އަސާސީ ޤަވާއިދާއި ދެކޮޅު ނިންމުމެއް.
ގުންޑާ
16 December 2023
މި ރާއްޖޭއިން ހުރިހާ ސިޔާސީ ޕާރޓީ ތަށް ފޮހެލަން އެބަޖެހ،ޭފިތުނަ ފަސާދަ އާއި ވައްކަމާ،އަދި އެހެނިހެން ވިޔާނުދާ ޢަމަލު ތަށް ކޮށް ދަރިފަސްކޮޅު ހަލާކު ކުރުން ނޫން ކަމެއް ނުކުރޭ އެއްބަޔަކުވެސް،100 ޕަސެންޓް މުސްލިމް ޤައުމަކަށް ސިޔާސީ ޕާރޓީ މުހިންމެއްނޫން،ބޭނުންވަނީ ﷲ ގެ ޝަރީޢަތް މިތާ ތަންފީޒު ކުރުން،ވަގުންގެ ބަޔަކު އަޑީގައި ތިބެގެން ރައްޔިތުން ގުބޯހައްދައިގެން ކުރުވާކަމެއް،
ސިކުންޑިން
16 December 2023
ހަމަހޭގަތޯ، ލިޔެވޭ އެއްޗެއްއެނގޭތޯ