ހުރަވީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން މިރޭ ބޭއްވި ޖަލްސާ އަށް ރައީސް ޑރ. މުއިއްޒާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވަޑައިގްނަނަވަނީ.---ފޮޓޯ: ރައީސް އޮފީސް
16 ޑިސެމްބަރ 2023 - 22:12
ރާއްޖެއަށް ފެންނަ ބަރަހަނާ ވެބްސައިޓުތައް އަންނަ ހަފްތާގެ ނިޔަލަށް މުޅިން ބަންދުކުރެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަކީ ރާއްޖޭގައި ޒަމާނުއްސުރެ މިނެއް ނެތި ހުޅުވާލެވިފައިވާ ދޮރުތަކެއް ނަމަވެސް އެއީ ރާއްޖޭގެ ގާނޫނު ވެސް މަނާ ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ ގައުމުގެ ވެރިޔާގެ ހައިސިއްޔަތުން އެފަދަ ނާތަހުޒީބު ދޮރުތައް ބަންދުކުރުމަކީ އެމަނިކުފާނުގެ މައްޗަށް ލާޒިމުކުރާ ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ ޒަމާނީ ދިރާސާތަކުން ދައްކާ ގޮތުގައި އެ ފަދަ ވެބްސައިޓުތަކަށް ދެވި ހިފުމަކީ އިންސާނުންގެ ސިކުނޑީގެ ނިޒާމު ހަލާކުކޮށްލައި ލޮޑުކޮށް، އުފެއްދުންތެރިކަން މަރާލާ ކަމެއް ކަމަށެވެ.
ޕޯން ވެބްސައިޓުތަކަށް ވަނުމަކީ ނަފްސާނީ ބަލިމަޑުކަމެއްގެ ތެރޭގައި މީހާ ޣަރަގުކުރުން ފަދަ އެތައް ސަބަބެއް ކުރިމަތިވާ ކަމަކަށްވާތީ ގައުމާއި މުޅި އިންސާނިއްޔާތު ސަލާމަތްކުރުމަށްޓަކައި، އެމަނިކުފާނު ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ނަފުސާނީ ބަލިމަޑުކަމެއްގެ ތެރޭގައި މީހާ ޣަރަގުކޮށްލާކަމެއް. މި ފަދަ އެތައް ސަބަބެއް އޮތީތީ މާތްވެގެންވާ އިސްލާމްދީން ވަނީ މާ ކުރިން މި ފަދަ ހުތުރު އަމަލުތައް ނަހީކުރައްވާފައި،" ރައީސް ވިދާޅުވި އެވެ.
އެހެންވެ ރާއްޖޭގައި އިންޓަނެޓް މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވޭ ހުރިހާ ދޮރެއްގައި ސަރުކާރުން ތަންޑު އަޅުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ މަސައްކަތުގެ ބޮޑު ބައި މިހާރު ނިމިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އިރާދަކުރެއްވިއްޔާ ރާއްޖޭގައި އިންޓަނެޓު މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހައި ދޮރެއްގައި މި ސަރުކާރުން ތަންޑު އަޅުވާނަން... ކުރިއަށް އޮތް ހަފުތާ ތެރޭގައި ރާއްޖެއިން ލަދުހުތުރު ވެބު ސައިޓުތަކަށް ނުވަދެވޭ ގޮތަށް އެ ފަދަ ވެބްސައިޓްތައް މުޅިން ބަންދުކޮށްލެވޭނެ - ރައީސް
"އިރާދަކުރެއްވިއްޔާ ރާއްޖޭގައި އިންޓަނެޓު މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހައި ދޮރެއްގައި މި ސަރުކާރުން ތަންޑު އަޅުވާނަން... ކުރިއަށް އޮތް ހަފުތާ ތެރޭގައި ރާއްޖެއިން ލަދުހުތުރު ވެބު ސައިޓުތަކަށް ނުވަދެވޭ ގޮތަށް އެ ފަދަ ވެބްސައިޓްތައް މުޅިން ބަންދުކޮށްލެވޭނެ،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުން އަންގައިގެން މިހާރު ވެސް ވަނީ ރާއްޖެ އަށް ފެންނަ ބަރަހަނާ ސައިޓުތައް ބްލޮކްކުރަން ފަށައިފަ އެވެ. މިއީ ރާއްޖޭގައި ބަރަހަނާ ވެބްސައިޓުތަކުގެ އެކްސެސް މި ގޮތަށް ކަނޑާލި ފުރަތަމަ ފަހަރެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރާސީނު
17 December 2023
ރާއްޖޭގެ އައިއެސްޕީތަކުން ބުލޮކްކޮށްފައި، މިއުޅޭ އީލޮން މަސްކުގެ ސްޓާލިންކުގެ އިންޓަނެޓުން ބުލޮކް ނުކުރެވޭނެ. ދެން، ހުރިހާ އެންމެން އެއަށް ބަދަލުވާތަން ފެނިގެންދާނީ
މުހައްމަދު އަމީން
17 December 2023
ދީނީނަޒަރަކުން ސިއްހީނަޒަރަކުން އަދި ސެކިއުލާނަޒަރަކުން ސިގިރޭޓު ބޭން ކުރުންވެސް އަސްލު ރަނގަޅު…
ސަނާސް
17 December 2023
ދީން ބޭނުންކޮށްގެން ވެރިކަން ކުރަން މިސްރާބު ހިފާހަ ތިހުރީ.
ފަހުދު.
17 December 2023
ދެން ބްލޮކް ކޮއްލާނީ ސިޔާސީ ވެބްސައިޓްތައް
ވެބްކެމް
17 December 2023
ހަނދާނާއި ތާރީޚުގެ ތެރެއިން މިއަދު ކުއްލިއަކަށް ހަނދާންވީ، އެއްދުވަސްވަރެއްގައި ވެބްކެމް ނަމަކަށް ކިޔުނު ފިލްމެއްގައި އެދުވަސްވަރު ސަރުކާރުގެ އިސްވެރިން ތިބި ހަނދާން. މިހާރުވެސް އެބަޔަކު މި ގައުމުގައި އެބައުޅޭ.
ހަސޯ
17 December 2023
ވައުދު ނުފުއްދުމަކީ މާބޮޑަށްވެސް ލަދުވެތިކަމެއް. ކޮންއިރަކުން ޔާމީނު ދޫކުރަނީ. ހާހުން ރާއްޖޭގައިތިބި ސިފައިން ފޮނުވާލަނީ ކޮންއިރަކުން. ގެއްލުނު ކަނޑުހޯދާ ދުވަހެއްވެސް ބަލާލަން ބޭނުން. މިހިރީ ބޮޑެތި "ލަދު"
ސަމްސިއްޔާ
17 December 2023
ކިލޭ އަދިވެސް ކަންބޮޑުވަނީ ވަގުން ދޫ ކުރާތީތަ؟؟ ހަމަ ލިއެފައިއޮތް އެއްޗެއް ކިޔާފައި ހަޖަމު ނުވީމަ އެހެން ފަތިވަރެެއް ތިދަމަނީ. މާގިނައިން އެކަހަލަ ސައިޓްތަކަށް ވަންނަނީތަ؟؟
ސިޔާމު،
17 December 2023
މިކަމާ އެމުޑީޕީ މަޖުލީސް މެމުބަރުންނައް ކެއްނުކުރެވިގެން އެއުޅޭނީ
ލިލީ،
17 December 2023
ސާބަހޭ ރައީސް މުއިޒު
ކަޓުނޭ
17 December 2023
ދެން ރާއްޖޭގެވެސް އާބާދީ ބޮޑުވެގެން ދާނެ ކަމަށް މިބަލަނީ
ސައުދާން ހިލްމީ
17 December 2023
2 ވަނަ ދައުރެއް މުއިޒްއަށް ހައްގުވެއްޖެ މިކަމުން އެކަނިވެސް.