ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ނޮވެމްބަރު 17، 2018 ގައި ވަޒީރުންގެ މަޖިލީހަށް އައްޔަނުކުރެއްވި ބޭފުޅުން މަގާމުގެ ހުވާ ކުރައްވަނީ. --ފައިލް ފޮޓޯ: ރައީސް އޮފީސް
18 ޑިސެމްބަރ 2023 - 10:40
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓަށް ފުރަތަމަ އައްޔަނުކުރެއްވި ބޭފުޅުންނަށް ރުހުން ހޯއްދަވަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައި، ރުހުން ދީފައިވަނީ އެ މަނިކުފާނު އުފެއްދެވި އާ މިނިސްޓްރީތަކުގެ މަސައްކަތުގެ ދާއިރާތައް މަޖިލީހަށް ފޮނުވައި ފާސްކުރުމުގެ ކުރިންނެވެ.
މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މިނިސްޓްރީތަކުގެ މެންޑޭޓު ފާސްނުކޮށް، އެ މަނިކުފާނުގެ ވަޒީރުންނަށް ރުހުން ދިނުން ބޮޑު ސުވާލަކަށް މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ހަދާފައިވާ އިރު، އޭރު އެމްޑީޕީގެ ވެރިކަމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުރަތަމަ އައްޔަނުކުރެއްވި 19 ވަޒީރުންނާއި ބަންޑާރަ ނައިބަށް ރުހުން ހޯއްދަވަން ފޮނުއްވީ ނޮވެމްބަރު 25، 2018 ގަ އެވެ.
އެކަމަކު އޭރު ވެސް އާ މިނިސްޓްރީތަކެއް އުފައްދަވައި ގިނަ މިނިސްޓްރީތަކުގެ ބަދަލު ގެނެސްފައިވާ އިރު، ގާނޫނުއަސާސީގައި ބަޔާންކުރާ ގޮތަށް މިނިސްޓްރީތަކުގެ މަސައްކަތްތައް ފާސްކުރަން މަޖިލީހަށް ފޮނުވައި ކޮމިޓީން ގޮތެއް ނިންމާފައިވަނީ އޭގެ ފަހުންނެވެ.
އޭރު ވަޒީރުންނަށް ރުހުން ދޭން ކޮމިޓީން ޑިސެމްބަރު 3، 2018 ގައި ނިންމީ ވަޒީރު ކަމަށް ޝަރުތު ހަމަވުމާއި ގާބިލު ބޭފުޅުން ކަމަށް ކަނޑައަޅާފަ އެވެ. ކޮމިޓީން ރުހުން ދޭން ނިންމި ގޮތަށް، އޭގެ ޖެހިގެން އައި ދުވަހުގެ ޖަލްސާގައި 19 ވަޒީރުންނަށް އޭރުގެ އިދިކޮޅު މެމްބަރުންގެ ވޯޓާ އެކު ރުހުން ދީފައިވަނީ މިނިސްޓްރީތަކުގެ މެންޑޭޓު ކޮމިޓީން ފާސްކުރުމުގެ ކުރިންނެވެ. މެންޑޭޓާ ގުޅޭގޮތުން ކޮމިޓީން ފާސްކޮށްފައިވަނީ ޑިސެމްބަރު 15، 2018 ގަ އެވެ.
އޭރު މަޖިލީހުން ވަޒީރުންނަށް ރުހުންދީފައިވަނީ، މިނިސްޓްރީތަކުގެ މެންޑޭޓު ފާސްކުރުމުގެ ކުރިންނެވެ. ވަޒީރުންނަށް ރުހުން ދިން އިރު، އޭރު 18 ވަނަ މަޖިލީހުގެ މެޖޯރިޓީ އޮތީ އެމްޑީޕީ، ޖޭޕީގެ އިތުރުން އަދާލަތު ޕާޓީ ހިމެނޭ ގޮތަށް އޭރު ސަރުކާރު ހިންގާ ކޯލިޝަނުގެ އަތުގަ އެވެ.
އެކަމަކު ރައީސް މުއިއްޒުގެ ސަރުކާރުގެ މެންޑޭޓު މަޖިލީހުން ފާސްނުކޮށް، އެ މަނިކުފާނުގެ 22 ވަޒީރުންނަށް ރުހުން ދޭން ފެންނަ ކަމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމީ ގޯސްކޮށް ކަމަށް ރިޔާސަތުން ނިންމައި އެ މައްސަލަ އަނބުރާ ކޮމިޓީއަށް މިއަދު ވަނީ ފޮނުވާލާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޑިގިއްލާ
18 December 2023
ކުރިޔޭ ފަހެކޭ ކިޔާނެކަމެއްނެތް! ވަޒީރަކަށް ރުހުން ދެވޭނީ އެ ވަޒީރަކާ ހަވާލު ކުރެވިފައިވަނީ ކޮންކަންތައް ތަކެއްކަން އެނގިގެން! އެކަންކަން ކުރާނާނެ ޤާބިލްކަން، ނުވަތަ އެފަދަ ކަމެއް ކުރިން ކޮއްފަވާނަމަ ކުރީ ކިހިނެތްތޯ ބަލާ އަޅާކިޔާފަ ނޫނީ ކިހިނެތް ޤބިލް ވަޒީރެއްކަމަށް ރުހުން ދެވޭނީ؟
ފަހުލަވާނު
18 December 2023
އެމްޑީޕީގެ އަގުވެއްޓިއްޖެ މިގްރޫޕާހުރެ. މިހާރުދެން ހެދޭނުހެދޭއެއްވެސް ނޭނގެނީއޭހަމަ.
ޢެޑްމުންޑޯ
18 December 2023
މި އެމްޑީޕި ދުޗަހެއްގައިވެސް ރަގަޅެއްބުވާނެ ، މިފަހަރު އެމީހުންނަށް ވޯޓް ނުދިނީވެސް އެހެންވެ ، މިމީހުންގެ ސިފަޔަކީ ޔަހޫދީންގެ ސިފަ
ޢާއިޝަތު ނަހުލާ
18 December 2023
އެކަމު 2018ވަނަ އަހަރުގެ ޑިސެމްބަރުގައި ތިއްބަވާނީ މިހާރު ތިބި މެމްބަރުންނެއް ނޫން. އޭރު އޮތީ 18 ވަނަ މަޖިލިސް. މެޖޯރިޓީ އޮތީ ޕީޕީއެމްގަ. އާރޓިކަލްގައި އެވަނީ ރަނގަޅު މަޢުލޫމާތެެއް ނޫން.
އޮޅުވާނުލާ
18 December 2023
ނޫނޭ އޭރު ޔާމީނުގެ ޕާޓީގެ މެންބަރުން ލައިގެން 18 މެންބަރުން ވަނީ ބޭރު ކޮއްފަ. ވެރިކަން ލިބުނު އިރު މެޖޯރިޓީ އޮތީ އެމްޑީޕީގަ އަލުން އެމެންބަރުން ގުޅުނީ އެމްޑީޕީޔާ
އޮޅުންސުވާލި
18 December 2023
ބަލަގަ ޕީޕީއެމް މެޖޯރިޓީ ގެއްލި މަސީހު ވަކިކޮށް ހުވާކުރުމުގެ ޖަލްސާގައިހުރީވެސް ގާސިމުއޭ.
އުދުހޭ
18 December 2023
އެމްޕީޑީ މިހާރު ހަރަކާތްތެރިވަނީ ޕްލޮޓް ޖަމާއަތުގެ ބައިގަނޑެއް ފަދައިން. އުމާ މަހޭޝްވަރަމްގެ ރޯލު ސިޔާސީކޮށް އެބަފެނޭ.
އުދުހޭ
18 December 2023
މަޖިލީހުގެ މެޖޯރިޓީ ނަހަމަގޮތުގައި ބޭނުންކޮށް ގައުމަށް ގެއްލުންދިނުން މިއީ މިކުރާ ކަމަކީ. ރައްޔިތުންގެ ފައިސާއިން އެތަށް މިލިޔަނެއް ޚަރަދުކޮށްގެން އިންތިހާބު ބޭއްވީ އެހައްދުވަހު. ގެންލުންވާނީ ޑރ މުއިއްޒުއަށް އެކަންޏެއްނޫން މުޅި ގައުމަށްވެސް މި މުސީބާތުން އޮތީ ގެއްލުން. އެމްޑީޕީ އަކީ މޯލްޑިވްސް ޑިސްޓްރަކްޝަން ޕާޓީ.
ސްމޭޝ
18 December 2023
ރަނގަޅު ގޮތަކީ ފުރަތަމަ މޭންޑޭޓް ފާސްކުރުން. އެއިގެ ފަހުން ވަޒީރުންނަށް ރުހުން ދިނުން. ކުރީގައި އެމްޑީޕީ އަދި އެހެން ބަޔަކު ކުރިޔަށް އެއީ ރަނގަޅު ގޮތްކަމަކަށް ބަލއެއް ނުގަނެވޭ! މޭންޑޭޓް ފމަޖުލީހަށް އވަހަށް ފޮނުވައި ފާސްކޮށްލާ... އެއިގެ ފަހުން ވަޒީރުންނަށް ރުހުން ދިނުން ކުރިޔަށް ގެންދޭ!
މެންޑޭޓް
18 December 2023
އެވެސް އޮންނަނީ އެމްޑީޕީ ބޭނުން ގޮތެއް
ޑާލު
18 December 2023
ކުރިން ކަމެއް ގޯސްކޮށް ކޮށްފައި އޮތުމަކީ އެކަމެއް ތަކުރާރުކުރަން ޖެހޭ ސަބަބެއްނޫން
މަހުދީ
18 December 2023
ގޯސްކޮއް ކަމެއް ކޮއްގެނެއް ނޫން މިއުޅެނީކީ މިވާ ގޮތަކީ ވެރިކަން ގެއްލުނީމަ ވެރިކަން ބޭނުން ވެގެން ކުރާކަމެއްތީ
ކައުންސެލަރު.
18 December 2023
ކަލޯ މަޖިލިސް އިންތިޚާބުގައި ތިޔާގެ ހިތި ދައްކާލާނަން ފިސާރި ފުރިހަމަޔަށް. ބޮވުނުބޮނޑި ކުޑަވެގެން ދޯ ތިޔައުޅެނީ އަދިވެސް.. އުޑެއްބުޑެއް ނޭނގުނަސް ގުއިވަހެއް ސެންޓުވަހެއް ނޭނގުނަސް ގޮނޑީގެ ތިބޭ. ހިތިދައްކާލާނަން
ރަބީއުު
18 December 2023
މިފެންނަނީ ގައުމަށް ހެޔޮއެދޭ މީހުނާއި ގައުމަށް ހެޔޮނޭދޭ މީހުންގެ ތަފާތު. އެމްޑީޕީއަކީ އެއްއިރެއްގާވެސް ގައުމަށްހަޔޮއެދޭ ޕާޓީއެއްނޫންކަން މިކަމުންވެސް އެގިގެން މިދަނީ.