18 ޑިސެމްބަރ 2023 - 09:50
އާ ސަރުކާރުން މިނިސްޓްރީތަކުގެ މެންޑޭޓު ފާސްކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިނުވާތީ، ވަޒީރުންނަށް ރުހުން ދޭން ފެންނަ ކަމަށް މަޖިލީހުގެ ކޮމިޓީން ނިންމާފައިވާ ނިންމުން ރަނގަޅު ނޫން ކަމަށް ކަނޑައަޅައި، އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވާފައިވާ 22 މިނިސްޓަރުންނަށް ރުހުން ދިނުން މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ އިރު، ޖަލްސާ ފެށުމާ އެކު ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސެއިން ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި، ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ ހ. އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުން އުފައްދާފައިވާ ވުޒާރާތަކާއި، އެ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ފާސްކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަންޖެހޭކަން ފާހަގަކުރައްވައިފަ އެވެ.
ހިސާން ވިދާޅުވި ގޮތުގައި، މިނިސްޓްރީތަކުގެ މަސައްކަތުގެ ދާއިރާތައް ފާސްނުކޮށް، އެ މިނިސްޓްރީތަކުގެ ޒިންމާތައް ވަޒީރަކަށް އަދާކުރެއްވޭނެ ކަމުގެ ގާބިލުކަން މަޖިލީހަކަށް ވަޒަނެއް ނުކުރެވޭނެ އެވެ.
އެހެންވެ، ރައީސް އައްޔަންކުރައްވާފައިވާ ވަޒީރުންގެ ޝަރުތު ހަމަވާކަމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމާފައިވަނީ ރަނގަޅަށް ނޫން ކަމަށާއި އެ ރިޕޯޓަށް ވޯޓަށް ނޭހޭނެ ކަމަށް ހިސާން ފާހަގަކުރެއްވި އެވެ. ހިސާން ނެންގެވި ނިޒާމީ ނުކުތާ ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ބަލައިގަންނަވައި، އެ ކަމާ މެދު ގޮތެއް ނިންމުމުގެ ކުރިން މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރާ މަޝްވަރާ ކުރައްވަން ޖަލްސާ މެދުކަނޑާލެއްވި އެވެ.
ޖަލްސާ އަލުން ފައްޓަވައި، އަސްލަމް ވިދާޅުވީ އެ މަޝްވަރާތަކަށްފަހު ނިންމަވާފައިވަނީ ކޮމިޓީ ރިޕޯޓު އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށް ކަމަށެވެ.
އެކަމާ ދެކޮޅު ހައްދަވައި، މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގު ވިދާޅުވީ ކޮމިޓީގެ ރިޕޯޓެއް އަނބުރާ ފޮނުވާލެވޭނީ ތަޅުމުން ފާސްކޮށްގެން ކަމަށެވެ. އަދި ރިޔާސަތުން އަމަލުކުރައްވަމުން ގެންދަވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް އޭނާ ވިދާާޅުވި އެވެ.
ނިޒާމީ ނުކުތާއެއް ނަންގަވައި ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު ވިދާޅުވީ މިނިސްޓްރީތަކުގެ މެންޑޭޓު ފާސްކުރަން ސަރުކާރުން މި މަހުގެ 15 ވަނަ ދުވަހު މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.
މިނިސްޓްރީތަކުގެ މެންޑޭޓު މަޖިލީހަށް ފޮނުވަން ވަކި ތާރީހެއް ގާނޫނުއަސާސީގައި ބަޔާންކޮށްފައިނުވާތީ، އެކަމާ ހަވާލާދީ ވަޒީރުންނަށް ރުހުން ނުދީ، ކޮމިޓީ ރިޕޯޓު އަނބުރާ ފޮނުވާލަން ރިޔާސަތުން ނިންމީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް އާމިރު ވެސް ވިދާޅުވި އެވެ.
އެ ދެ މެމްބަރުން ނެންގެވި ނިޒާމީ ނުކުތާ ވެސް ބަލައިނުގަންނަވައި، ރިޔާސަތުން އަސްލަމް ވިދާޅުވީ ރިޕޯޓު އަނބުރާ ފޮނުވާލީ ހިސާން ފާހަގަކުރެއްވި ފަދައިން ކޮމިޓީ ރިޕޯޓު ފުރިހަމަ ނުވާތީ ކަމަށެވެ.
އޭގެފަހުން އަސްލަމް ވިދާޅުވީ، މަޖިލީހުގެ މި ހިނގާ ދައުރު މިއަދަށް ހަމަވާ އިރު، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލަންޖެހިފައިވާތީ، އެ މަސައްކަތް ނިންމުމަށްޓަކައި މަޖިލީހުގެ ދައުރު އަނެއްކާވެސް އިތުރުކުރަން މިއަދު ވޯޓަށް އައްސަވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަސޮރު
18 December 2023
ރަނގަލުވާނެ ހުސްގޮނޑި ވިއްކަިގެން ވެރިކަމަށް އައީ, މިހާރު އެގޮނޑި ގެއްލިއްޖެ
ބީނޫ
18 December 2023
އެއް ގޮނޑިއަށްވުރެ ގައުމުގެ ހައްގު ބޮޑު
އިސްމާލި
18 December 2023
" ހިސާން ވިދާޅުވި ގޮތުގައި، މިނިސްޓްރީތަކުގެ މަސައްކަތުގެ ދާއިރާތައް ފާސްނުކޮށް، އެ މިނިސްޓްރީތަކުގެ ޒިންމާތައް ވަޒީރަކަށް އަދާކުރެއްވޭނެ ކަމުގެ ގާބިލުކަން މަޖިލީހަކަށް ވަޒަނެއް ނުކުރެވޭނެ އެވެ." އަމައްޔާތް ދެން ހިސާން ހުސައިންވެސް ހާދަހާ ބަލާޣާތްތެރިއޭ ދޯ. އަދި ސަރުކާރު ޒިންމާދާރު ކުރުވުމުގައި ނަމޫނާތެރިކަން ހުރި މިންވަރު ދެކިބަލަ. މޑޕ މީހުންނަކީ އެއްގޮތަކަށް ވެސް ޖެއްސުންކުރަން ދަންނަ ބައެއް ނޫން. ވާ.ވާ....
އެނދިމަރިޔަނބު
18 December 2023
ރައްޔިތުންނަށް ޖެއްސުންކޮއްފަ މަޖްލީހަށް ހޮވޭނެތަ ރައްޔިތުންގެ ބަންދޫބުންނޭ ކިޔައިގެން؟ ކޮސްކަންތައް މުޅިންވެސް ކުރާނީ. އަމިއްލަ އަތުން ހައުސިން ޕްރޮޖެކްޓްފަދަ ބޮޑެތި ޕްރޮޖެކްޓް ފެއިލް ކޮއްލާފަ ވެރިކަން ގެއްލުވާލާފަ އަނެއްކާވެސް އަމިއްލައަށް ތިމާމެންގެ ސިޔާސީ ހަޔާތް ގެއްލުވާލަނީ.
ސީޕިއާ
18 December 2023
ބަލަގަ ތަންދޮރު އޮޅުންއެބަފިލާބާ! ޑިމޮކްރަސީގައި އޮންނަނީ 3ބާރު. ޢެއްބާރުން އަނެއްބާރަށް ނުފޫޒު ނުފޯރުވޭނެ. ދައުލަތް ހިންގުމުގެ ބާރަށް ރައްޔިތުން އޮތީ ރުހުންދީ ހުވައިކުރުވައިގެން ޒިންމާތަކާއި ހަވާލުކުރުވާފައި. ރައްޔިތުންގެ ނިންމުން ބޮލާލާނުޖެހޭނެ. ޙިންގުމުބާރަށް އެނގޭނީ އޭނާގެމަސައްކަތަށް ފަސޭހަވާނެގޮތަށް އުފައްދާނީ ކޮންކޮން މިނިސްޓްރީތަކެއްކަމާއި އެތަންތަނާއި ހަވާލުކުރާނީ ކޮން މަސްއޫލިއްޔަތެއްކަމާއި ވަޒީރަކަށް އައްޔަންކުރާނީ ކާކުކަން.
ކީމިޔާ
18 December 2023
ތިބުނާ ނިޒާމުގައި ރުހުންދިނުންވެސް އޮތީ!
އެސް ޒެޑް
18 December 2023
ދެންކީއްކުރަންބާ! ތިބުނާ ޑިމޮކްރަސީގެ އުޞޫލުން 3 ބާރު ވަކިކޮށްފައޮތް ޤާނޫނު އަޞާސީގައި ކަޅާއި ހުދުން ލިއެފަ އެއޮތީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދަންޖެހޭނެ ކަމަށް، އަދި ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ނުވަތަ ވަޒީރަކާއިމެދު މަޖިލީހުގެ އިތުބާރު ގެއްލޭފަދަ ހާލަތެއްދިމާވެއްޖެނަމަ މަޖިލީހުން އިތުބާރުނެތްކަމުގެ ވޯޓެއް ނެގިދާނެކަމަށް
ސާދިން މުހައްމަދު
18 December 2023
ސަރުކާރަށް ޖެއްސުންކުރުން ހުއްޓާލާ.
އަޝްރަގް މުހައްމަދު
18 December 2023
އަދިވެސް ވި ބަލި ހަޖަމް ނުވެގެން މިމީހުން މިއުޅެނީ.
އަސްލަމް ވަހީދު
18 December 2023
ބަލަ ރައްޔިތުން ވަނީ ކަލޭމެން ވޯޓުން ރީތިކޮށް ބަލިކޮށްފަ. ދެން މައިތިރިވެބަލަ
އިބްރާހިމް ހަމީދު
18 December 2023
އެމްޑީޕީ ވެއްޖެ ބޮޑު އުދަގުލަކަށް.
މުހައްމަދު އަލީ،
18 December 2023
މޮޔަވެގެންތަ ތިއުޅެނީ ކަލޭމެން؟
ޒަރީނާ
18 December 2023
މުއިއްޒަކީ މި ދިވެހިރާއްޖޭގެ ރައީސް. އެކަން ބަޔަކަށް ހަޖަމް ނުވެގެން އުޅޭ ސަބަބެއް ނޭގޭ. ކެބިނެޓަށް ރުހުން ނުދީ މި ސަރުކާރަށް ދުއްޕާންކުރަން މާ ގިނަ ދުވަހެއް ނެތް.