18 ޑިސެމްބަރ 2023 - 11:18
ސަރުކާރުގެ މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާގައި ހިމެނުމަށް ފަހު، ނިޒާމީ މައްސަލައަކާ ގުޅުވައިގެން އެ މައްސަލަ ކޮމިޓީ އަށް ފޮނުވުމުގެ ބާރެއް ރިޔާސަތަށް ނޯންނާނެ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވާފައިވާ 22 މިނިސްޓަރުންނަށް ރުހުން ދިނުން މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރި އެވެ. ޖަލްސާ ފެށުމާ އެކު ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސެއިން ވަނީ މިނިސްޓްރީތަކުގެ މެންޑޭޓު ފާސްނުކޮށް މިނިސްޓަރަށް ޒިންމާތައް އަދާ ކުރެވޭނެކަމުގެ ގާބިލުކަން މަޖިލީހަށް ވަޒަން ނުކުރެވޭނެ ކަމަށް ވިދާޅުވެ ނިޒާމީ މައްސަލައެއް ފާހަގަ ކުރައްވައިފަ އެވެ.
މަޖިލީހުގެ ރިޔާސަތުގައި އިންނެވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ ހިސާންގެ އެ ވާހަކައާ ގުޅިގެން މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލަ އަނބުރާ ކޮމިޓީ އަށް ފޮނުވާލަން ނިންމަވައިފަ އެވެ.
އެ މައްސަލާގައި މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން ޓޮމް ވިދާޅުވީ މަޖިލީހުގައި މައްސަލައެއް އެޖެންޑާ ކުރުމަށް ފަހު ޖަލްސާ ފެށުމުން އެޖެންޑާ އިން މަސައްކަތްތައް އުނި ކުރުމުގެ ބާރެއް ރިޔާސަތަކަށް ނުލިބޭ ކަމަށެވެ.
"ތުޅާދޫ ދާއިރާގެ މެންބަރު ހުށަހަޅުއްވާ ނިޒާމީ މައްސަލައަކުން މިތަނުގައި ތިބި 79 މެންބަރުންގެ މަސްއޫލިއްޔަތުތައް އަދާ ކުރުމަށް ހުރަސް އެޅޭ ގޮތަކަށް އިއްޒަތްތެރި ރައީސަކަށް ނުނިންމޭނެ. އިއްޒަތްތެރި ރައީސް ވެސް އަމަލު ކުރަން ޖެހޭނީ މަޖިލީހުގެ ގަވައިދަށް،" ޓޮމް ވިދާޅުވި އެވެ.
ޓޮމް ވިދާޅުވީ ނިޒާމީ މައްސަލައެއް ނަގައިގެން ކޮމިޓީ ރިޕޯޓެއް އަނބުރާ ފޮނުވާލުމަކީ މަޖިލީހުގެ ގަވައިދު ތަންދޭ ކަމެއް ނޫން ކަމަށެވެ.
މިހާތަނަށް އަމަލު ކޮށްފައިވާ ގޮތުން ކޮމިޓީ ރިޕޯޓެއް އަނބުރާ ފޮނުވާލަން ބޭނުންވެއްޖެ ނަމަ ހުށަހަޅައި ތާއީދުކޮށް ވޯޓު ގަޑީގައި ވޯޓަކަށް އަހަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ވެސް މަޖިލީހުގެ ޗެމްބަރުން ގޮތެއް ކަނޑަނާޅާ ފޮނުވާލެވިގެން ނުވާނެ،" ޓޮމް ވިދާޅުވި އެވެ. ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ފޮނުވާފައިވާތާ މަހެއްވާ އިރު، މައްސަލަ އަދިވެސް ގޮތެއް ނުނިންމާ ބާއްވާފައިވާ ކަމަށް ޓޮމް ވިދާޅުވި އެވެ. ދައުލަތުގެ އެއް ބާރުން ފޮނުވާ މައްސަލަ ވީއެންމެ އަވަހަށް ނިންމުމަކީ މަޖިލިސް ރައީސްގެ ޒިންމާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައްސަލައެއްނޫން
18 December 2023
މައްސަލަ ފޮނުވަންޖެހޭގޮތަށް ފޮނުވީމައި ނިމޭނެ. އެވަރު ނޭނގުމަކީ މައްސަލައެއް ނޫންތަ؟
ޑިމޮކްރަސީ
18 December 2023
ކުރިއަށް އޮތް މަޖްލީސް އިންތިޚާބު މަތިން އެމްޑީޕީ ދެންޖެހޭނީ ހަދާންނައްތާލަން އެއީ ރައްޔިތުން ހޮވާފަ ވާ ވެރި އަކަށް މަހެއްނުވަނީސް ތިމާމެންނަށް ކުޑަވަރެއްގެ ބާރެއްލިބިފަ އޮތީމަ އޭގެ ބޭނުން ނަހަމަ ގޮތުގަ ބޭނުންކުރާތީ
ދޮހޮއްތު
18 December 2023
މިއީ ދެން ކޮންސަކަރާތެއްތޯ.. މިވެރިންނަށް ބާރެއް ލިބިއްޖެތަ ޖެއްސުން ކުރުން ނޫންކަމެއް ނެތް
ފުޅު ބޭ
18 December 2023
މީ ދޯ ބައްސާމު ބޭރު ކުރި މީހާ