ކާލް "މިހާރު" އަށް ދެއްވި އިންޓަވިއުގެ ތެރެއިން. އޭނާ ވިދާޅުވީ، ޑޮލަރު ލިމިޓު ކުޑަ ކުރެވެން އޮތީ، ޑޮލަރުގެ މައްސަލަ ހައްލުކޮށްގެން ކަމަށް -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
21 ޑިސެމްބަރ 2023 - 16:00
އޮންލައިން ޓްރާންސެކްޝަންތަކުގައި ކާޑު ލިމިޓު އެއްކޮށް ކަނޑާނުލެވެނީ ޑޮލަރުގެ މައްސަލައަށް ހައްލެއް ނުލިބޭތީ ކަމަށް ބޭންކް އޮފް މޯލްޑިވްސްފެ ސީއީއޯ ކާލް ސްޓުމްކަ މިއަދު ވިދާޅުވެއްޖެ އެވެ.
"މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، ކްރެޑިޓް ކާޑު ލިމިޓެެއް ނެތި ބޭރުގެ މުއާމަލާތުތައް ހިންގޭނެ ގޮތެއް ފަހިކުރަން ބޭނުންވާ ކަމަށާއި އެކަމަކު މި ވަގުތު އެކަން އޮތީ ކުރެވޭނެ ކަހަލަ ގޮތަކަށް ކަމަށެވެ. އެ ކަން ހައްލުކޮށް، ލިމިޓަށް ބަދަލުތަކެއް ގެނެވޭތޯ މިހާރު ވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑާ ގުޅިގެން އޮންލައިން ޓްރާންސެކްޝަންތައް ބޭނުންކުރާ ވަރު ލިމިޓު ކުރުމަށް ފަހު ބީއެމްއެލް އިން އަންނަނީ ބޭނުންކުރާ ލިމިޓު ރިވައިޒްކޮށް، އިތުރު ކުރަމުންނެވެ. އެންމެ ފަހުން ކާޑު ލިމިޓަށް ބަދަލު ގެނެސްފައިވަނީ 2021 ވަނަ އަހަރު އެވެ. ކްރެޑިޓް ކާޑު ބޭނުން ކޮށްގެން އޮންލައިން މުއާމަލާތުތައް ހިންގޭ ލިމިޓު އެ އަހަރު 750 ޑޮލަރަށް ބަދަލުކުރި އެވެ. ޑެބިޓް ކާޑު ބޭނުންކޮށްގެން އަދިވެސް ބޭރުގެ މުއާމަލާތުތައް ހިންގެނީ މަހަކު 250 ޑޮލަރާ ހަމައަށެވެ.
ބީއެމްއެލްގެ ކާޑަކުން އޮންލައިން ޓްރާންސެކްޝަނެއް ހަދަނީ -- ފޮޓޯ: މިހާރު
ކާލް ވިދާޅުވީ، ޓީޓީ އަށް ވުރެ މާ ބޮޑު އާމްދަނީއެއް ކްރެޑިޓް ކާޑުން އެ ބޭންކަށް ލިބޭ ކަމަށެވެ.
"ކަޅު ބާޒާރުގެ ރޭޓުގައި ޑޮލަރުގެ މުއާމަލާތުތައް ހިންގޭ ނަމަ ބޭންކްތަކަށް މިކަމުގައި ކުރެވޭނެ ކަމެއް ނެތް. މިސާލަކަށް 100 ޑޮލަރު މި ގަންނަނީ. އެހެންވިއްޔާ ވިއްކެން ވެސް ޖެހޭނީ 100 ޑޮލަރަށް ހަމަ. އެކަމަކު މި ވާގޮތަކީ 100 ޑޮލަރު ގަތީމަ 125 ޑޮލަރަށް އެބަ ވިއްކޭ،" އޭނާ ވިދާޅުވި އެވެ.
ކާލް ވިދާޅުވީ، ކާޑު ލިމިޓާ ގުޅޭ ގޮތުން ކޮންމެވެސް ބަދަލެއް ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ޑޮލަރުގެ ކަޅު ބާޒާރު ހުއްޓި، ރަސްމީކޮށް ޑޮލަރު ސިސްޓަމަށް ވަންނަން ފެށުމުން ނޫން ގޮތަކަށް އެކަން ކޮންޓްރޯލެއް ނުވާނެ،" ވިދާޅުވި އެވެ.
ކާލް ވިދާޅުވި ގޮތުގައި، މި މައްސަލައާ ހެދި، ކޮންމެވެސް ހިސާބަކުން މުޅި ނިޒާމު ހަމަޖެއްސުމަށް ފިޔަވަޅުތަކެއް އަޅަން ޖެހޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮވިޑް23
24 December 2023
ކޮވިޑްގެ ބޮލުގައި އަޅުވާފައި ކުރިކަމެއް، މިހާރު ކޮވިޑުގެ ކުރިން ހުރިވަރަށްވުރެ އިކޮނޮމީ މިއޮތީ ކުރިޔަށް ގޮސްފައި، މިހާރު ލިމިޓު ދޫނުކުރެވިގެން އުޅެނީ ބޭންކަށް ވާ ފައިދާ ބޮޑުކަމުން.
ކޮރަލް
22 December 2023
އޭޓީއެމް ތަކުން ޑޮލަރު ނަގާ މީޙުންގެ 90 ޕަސެންޓް އަކީ ބިދޭސީން ނެވެ. ނޫނީ ދިވެއްސަކު ކާޑް ބިދޭސީ އަކަށް ދީގެން ޑޮލަރު ނަގާ މީހުންނެވެ. ވޯކަ ވިސާ ގަ ހުންނަ ބިދޭސީން ނަށް އޭޓީއެމް ތަކުން ޑޮލަރު ނުނެގޭ ގޮތް ހަދަން ވީ އެވެ.
އަލި
22 December 2023
އުފެދޭ ސުވާލަކީ ކީއްކުރާ ގޯލްޑް ކާޑާއި ޕްލެޓިނަމް ކާޑެއްތޯ؟. 750 މި ޔޫސް ކުރެވެނީ. ކާޑެއް ހަދައިގެން އެނުއަލް ކާޑް ފީ އަށް ބޭންކަށް މިލިއަނުން ލިބޭ. ކާޑް ވެރިފަރާތަކަށް އެޑްވާންޓޭޖެއް ނެތް.
ޛޮބޭ
22 December 2023
މީނާ ހަމަ ޖެހެނީ ބޭރުކުރަން
ކަކުނިބޯ
22 December 2023
މޮޅުސްޓޯރީއެއްޖައްސާފަ މިއޮތީ، ޑޮލަރ އެކައުންޓްތަށް އުވާލާފާ ކާޑްތަށް ކުރިން އޮތްގޮތަށް އޯޕަންކޮށް ރާއްޖެއިން ބޭރުގެ ޕޭމަންޓްގޭޓްވޭތަށް މަނާކުރީމަތިކަން ތި ނިމުނީ ބިގްބްރަދަރސް ރުޅިއަތުވެދާނެތީވެ ނުކެރެނީ
ހުސް
22 December 2023
ޑޮލަރުގެ ކަޅު ބާޒާރު އުފައްދައިގެން އުޅެނީ ރިސޯޓް އޯނަރުން! އެމީހުންނަށް ލިބޭ ޑޮލަރު އެކިއެކި މީސް މީހުން މެދުވެރިކޮށް ބޮޑު އަގުގައި މާރުކުރުވައިގެން އެތައް މިލިޔަން ރުފިޔާގެ ފައިދާއެއް ދަނީ ނަގަމުން! މިކަން ފުޅާދާއިރާއެއްގައި މީގެކުރިން ހިނގަމުންދަނިކޮށް ރައިސް ޔާމީން ވެރިކަމަށް އައިސް މިކަން ބޮޑުތަނުން ހުއްޓުވާ ޑޮލަރު ހަމަ އަގުގައި ރައްޔިތުންނަށް ލިބޭނެ މަގު ފަހިކޮށްދިން! މިހާރުގެ ސަރުކާރުންވެސް އެކަން ކުރަންވީ!
ރަސްމާލެ
22 December 2023
ރަސްމާލޭ ތެރެއަށް ލައިގެން އިތުރު 200 ހެކަޓަރ ހުޅުމާލޭއާއި ހުޅުލެއިނވިއްކާ ލައިގެން ޑޮލަރ ލިމިޓް ކަޑާ 12.50 އަށް ތިރިކުރަން
ހާސް
21 December 2023
ކުރީގައިބުނި ލިމިޓް ކަނޑާލި ވާހަކަ. ކިހިނެތްމިވީ!
ހަމަސް
21 December 2023
އަދި ނުވޭދޯ ނުވެގެން އުޅޭހާ ދުވަހެއް
ސަންގޯރު
21 December 2023
ގޯތިގެދޮރުހަދަން ނަގާލޯނުތައް%11.5ން މިނަގަނީ ދިވެހިން މަރުވެދާއިރު ދަރަނި ދަންތުރައެއްގަ އަޅުވަންތޯ؟؟