ނާއިޝް ހޯދުމުގައި ބޭނުންކުރަމުންދަނީ އޭވިއޭޝަން އެކަޑަމީން ޕައިލެޓުން ތަމްރީނުކުރުމުގައި ބޭނުންކުރަމުންދާ މަތިންދާ ބޯޓެއް.
22 ޑިސެމްބަރ 2023 - 19:41
އައްޑޫގައި ރައްޓެހިންތަކަކާ އެކު އިހި ނަގަން މޫދަށް ފޭބި ފަހުން ހަބަރެއް ނުވެގެން ގެއްލިގެން ހޯދަމުން އަންނަ ކުއްޖާ ހޯދުމުގެ އޮޕަރޭޝަންގައި އިންޑިއާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ވައިގެ އުޅަނދުތަކުގެ ބަދަލުގައި މޯލްޑިވިއަންގެ މަތިންދާ ބޯޓެއް ބޭނުންކުރަން ފަށައިފި އެވެ.
މިހާތަނަށް ރާއްޖޭގައި މިފަދަ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކާއި ބަލި މީހުން އެއް ތަނުން އަނެއް ތަނަށް އުފުލުމުގައި ވެސް ބޭނުންކުރަމުން އައީ އިންޑިއާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާބޯޓެވެ. އެހެންވެ މިއީ މޯލްޑިވިއަންގެ މަތިންދާ ބޯޓެއްގައި ކަނޑަށް ގެއްލުނު ކުއްޖަކު ހޯދުމުގެ މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.
ޑިފެންސް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓުގައި ބުނީ އެމްއެންޑީއެފުން ނާއިޝް ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނުގައި އޭވިއޭޝަން އެކަޑަމީގެ މަތިންދާ ބޯޓެއް ވެސް ބޭނުންކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. މިއީ އައްޑޫގައި ހުންނަ އޭވިއޭޝަން އެކަޑަމީގައި ޕައިލެޓްކަން ކިޔަވަމުން އަންނަ ދަރިވަރުންގެ ޓްރެއިނިންތަކުގައި ބޭނުންކުރަމުންދާ ބޯޓުތަކެކެވެ.
އެ ސަރަހައްދުގެ ބޮޑު ބައެއް ބަލަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އެކްސްގައި އޭވިއޭޝަން އެކަޑަމީން ވަނީ އާންމުކޮށްފަ އެވެ.
We are assisting MNDF with the ongoing search and rescue of a missing person. pic.twitter.com/QGp4YhLWDd
— Maldivian Aviation Academy (@mvaviationacad) December 22, 2023
ފުރަތަމަ ފަހަރަށް އޭވިއޭޝަން އެކަޑަމީގެ ބޯޓެއް މިފަދަ އޮޕަރޭޝަނެއްގައި ބޭނުންކުރަން ފެށިއިރު މި ސަރުކާރުން ވަނީ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު އޮޕަރޭޓުކުރުމުގެ ނަމުގައި ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުވެ ތިބޭކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ރާއްޖޭގައި މިހާރު ބޭނުންކުރާ އިންޑިއާގެ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާބޯޓު ބޭނުންކުރުން ހުއްޓާނުލައި އަދިވެސް ކުރިއަށް ގެންދާނެ ގޮތަކާ ބެހޭ ގޮތުން ދުބާއީގައި ބޭއްވި ކޮޕް ސަމިޓްގެ ހަވާސާގައި ރައީސް ޑރ. މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޭއްވި ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަމަށް އިންޑިއާގެ އޮފިޝަލުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރެ އެވެ.
އެކަަމަކު އެގޮތަށް މަޝްވަރާކޮށްފައިވަނިކޮށް އެ އުޅަނދުތައް ބޭނުންނުކުރި ސަބަބެއް ސާފެއް ނުވެ އެވެ.
އުމުރުން 18 އަހަރުގެ ނާއިޝް ގެއްލިފައި ވަނީ އިތުރު ދެ މީހަކާ އެކު އިހި ނަގަން ގޮސް އުޅެނިކޮށް ރޭ 10:45 ހާއިރު އެވެ. އޭނާ ގެއްލުނުއިރު ލައިގެން ހުރީ ހުދު ކުލައިގެ ޓީޝާޓެކެވެ.
އެކަމުގެ ރިޕޯޓް ލިބިގެން ކަނޑާއި ހޭޅިފަށުގެ ބޮޑު ސަރަހައްދެއް ބެލުމުގެ މަސައްކަތުގައި އެމްއެންޑީއެފާއި އާންމުން ވެސް ބައިވެރިވަމުން އައި ނަމަވެސް މިހާތަނަށް އަދި އެ ކުއްޖާ ނުފެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮ ހެލޯ
24 December 2023
އިންޑިއާ ވިއަސް ދިވެހިން ވިއަސް ހަމަ ހޯދާނީ ދޯ. އެއްގޮތަކަށް ހޯދާނީ. ވެރިކަން ގެއްލުނީމަ ހާދަ ވަރެކޭ ދޯ ވެފަ މިތިބީ.
ހޮކި
24 December 2023
މޮޅުކަން ދެއްކެން ނޫޅޭ ނުވާނެ
ކީއް
24 December 2023
ކީއްވެ މޮޅުކަން ނުދައްކަންވީ
އަލީހަސަނާ
24 December 2023
ދިވެހި ރައްޔިތަކު ކަނޑަށް ގެއްލި ހޯދަމުންދާ ހިތްދަތި ވަގުތުގައި ސިޔާސީ ކުޅި ކުޅުމަކީ މި ސަރުކާރުން މިހާތަނަށް ހެދި އެންމެ ބޮޑު ގޯސް. އިންޑިއާ، ސްރީލަންކާ، ފޯޅަވަހި، ޓިމްބަކްޓޫ ވިޔަސް މިވަގުތު ލިބެން އޮތް ހުރިހާ އެހީތެރިކަމެއް ހޯދުމަކީ ދިވެހި ރައްޔިތަކު ހޯދުމަށްޓަކާ ދައުލަތުން (ކޮންމެހެން ސަރުކާރަކުން ނޫން) ކުރަންޖެހޭ މަސައްކަތެއް. ނޫސް ތަކުގެ ސުރުހީ ގައި 'އިންޑިއާ ސިފައިންގެ އެހިތެރިކަމާ ނުލާ ގެއްލުނު މީހަކު ހޯދަނީ" އޭ ލިޔުނު ކަމީ ދެރަވަރު ކަމެއް
ގައްޒާފީ
24 December 2023
ސަރުކާރުން، ( ދައުލަތަކުންނޫން) ދައުލަތަކީ ސަރުކާރު ހިމެނޭހެން މުޅި ރާއްޖޭގެ ހުރިހާ މުއައްސަސާތައް. ނަމަވެސް ދައުލާތް ހިންގަން ހަވާލުކުރަނީ ސަރުކާރަށް. މިކަމަކީ ސަރުކާރުން ކުރަންޖެހޭކަމެއް.
ލުތުފީ
24 December 2023
މިވަގުތަކީ އިންޑިއާއިން ދީފއިވާ އެއްޗެއްތޯ ނުވަތަ އަމިއްލަ މަތިންދާބޯޓެއްތޯ ބަލަންވީ ވަގުތެއްނޫން. ދިވެހި ދަރިއެއްގެ ފުރާނައިގެ ވާހަކަ މިދައްކަނީ. ގައުމު ހިންގަންތިބި މީޙުންގެ ވިސްނުން މިހިސާބަށް ދިޔުމަކީ ހިތާމަހުރިމަކެއް.
ކަމަނަ
23 December 2023
ރައީސް ޑރ. މުޢިއްޒުގެ ދަރިއަކަށް ތިފަދަ ކަމެއް ދިމާވިނަމަވެސް އިންޑިޔާގެ ހެލިކޮޕްޓަރުތަކާއި ޑޯނިޔާ ބޭނުން ނުކުރާނެ ދެއްތޯ؟؟؟؟
ކުޑާދަނު
23 December 2023
އިންޑިޔާ ބޯޓު ބޭނުން ނުކުރީމަ ފެނިއްޖެތަ މިހާރު
މެޑަލް ޖަހަން ވިޔަސް ތިއީ ބޮޑުވަރު!
23 December 2023
އެއުޅެނީ ބަޔަކު ދެލޯ ނޭދި، އެދޭ ދަރިފުޅަކު ކަނޑަށް ގެއްލިގެންނެވެ. އެފަދަ ޙާލަތުގައި ވެސް ރ. މުޢިއްޒު އުޅުއްވަނީ ވާކަން ދައްކަވަންވެގެން ސިޔާސީ ފައިދާ ނެންގެވޭތޯ އެވެ! ބަލަ، މިއީ ދޭސީންނާއި ބިދޭސީން ވެސް ޝާމިލްކޮށްގެން އެހީތެރިކަން ހޯދަންވީ ފަދަ ޙާލަތެއްކަމެއް ނޭނގޭ ބޭފުޅަކަށް ރަނގަޅުވާނީ ވެރިކަމާއި ނޫޅުއްވައި ދިވެހި ދިދަ ހިއްޕަވައިގެން ޘަޤާފީ ޑްރާމާއެއް ކުޅުއްވިއްޔާ އެވެ.
ހިޔަޅުން
24 December 2023
ދިދަ ގިސްލަނީއެވެ. ދިދައިގެ ބަހުރުވަ ނޭންގޭތީ މައްސަލައަކީ، ނޫންނަމަ ޖުމްހޫރީ މައިދާނުގަ މަޑުކޮށްލަން ނުކެރޭނެ.
ވާވާ
23 December 2023
ތީދެން މާ މޮޅު ކަމެއްތަ؟
އިބްރާ1
23 December 2023
މިވަރުވީމަ އައްޑޫ ރައްޔިތުން ވިސްނަން އެބަޖެހޭ. އައްޑޫގެ މީހަކު ގެއްލިގެން ހޯދުމަށް، ވުރެ ސިޔާސީގޮތުން އިންޑިއާ އައުޓް މަތީ ދެމިތިބުން މިސަރުކާރަށް މާ މުހިއްމުވީމަ ތާ ޑޯނިއާއި ހެލިކޮޕްޓަރ އެންގޭޖް ކުރަން ބޭނުން ނުވީ. ދެން ބޮނބި އަރިޔަކަށް އަރައިގެން ނުކުމެ އުޅެފަ ބުނާނެ ނުފެނުނޭ.
ގުދުގުދާބެއްޔާ
23 December 2023
ބޮއްކުރައެއްގަ ފަލި ޖަހާފަ ދާންވީނު އޭނާ ހޯދަން!