އިންޑިއަން ނޭވީގެ ޑެޕިއުޓީ ޗީފް އޮފް ދަ ނޭވަލް ސްޓާފް ވައިސް އެޑްމިރަލް ތަރޫން ސޮބްޓީ އާއި ދިވެހި ސިފައިންގެ ޗީފް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ، ސިފައިންގެ އިންޓަގްރޭޓެޑް ހެޑްކުއާޓާގައި ބައްދަލުކުރައްވަނީ.
16 ޑިސެމްބަރ 2025 - 09:15
މެރިޓައިމް ސެކިއުރިޓީ އާއި ޑްރަގް ޓްރެފިކިންގެ މައްސަލަތައް ހައްލުކުރުމުގައި ރާއްޖެ އާއި އިންޑިއާގެ ކަނޑުގެ ސިފައިން ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާކުރެއްވީ ދެ ގައުމުގެ ސިފައިން އާންމުކޮށް ބާއްވަމުން އަންނަ "އެކަތަ" އަސްކަރީ ތަމްރީންތަކުގެ މި އަހަރުގެ އެޑިޝަން ނިންމުމުގެ ރަސްމިއްޔާތަށް އިއްޔެ ރާއްޖެ ވަޑައިގެންނެވި އިންޑިއަން ނޭވީގެ ޑެޕިއުޓީ ޗީފް އޮފް ދަ ނޭވަލް ސްޓާފް ވައިސް އެޑްމިރަލް ތަރޫން ސޮބްޓީ އާއި ދިވެހި ސިފައިންގެ ޗީފް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީގެ ބައްދަލުވުމެއްގައި ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.
މީގެ އަށް އަހަރު ކުރިން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ "އެކަތަ" އެކްސަސައިޒްގެ މި އަހަރުގެ ބުރު ނިންމުމުގެ ރަސްމިއްޔާތަށް ވަޑައިގަތް ވައިސް އެޑްމިރަލް ސޮބްޓީ މާދަމާގެ ނިޔަލަށް ރާއްޖޭގައި ހުންނަވާނެ ކަމަށާއި މިއީ އޭނާ ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރު ކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ބުނެފައިވެ އެވެ.
It was an honor to meet Vice Admiral Tarun Sobti, Deputy Chief of Naval Staff of the @indiannavy, at the Integrated Headquarters of @MNDF_Official and hold discussions on maritime security cooperation and strengthening of our close defence ties. pic.twitter.com/MwiplcbzoL
— Chief of Defence Force (@CDFofMNDF) December 15, 2025
ބައްދަލުކުރެއްވުމަށް ފަހު ސިފައިންގެ ޗީފް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ އެކްސްގައި ކުރެއްވި ޕޯސްޓެއް
ވައިސް އެޑްމިރަލް ސޮބްޓީ އާއި އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީގެ ބައްދަލުކުރެއްވުމުގައި ސަރަހައްދީ މެރިޓައިމް ސެކިއުރިޓީއަށް ހުރި ގޮންޖެހުންތަކާއި ތަމްރީނު ހަރަކާތްތައް އިތުރުކުރުމާއި، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް އެއްބާރުލުން ދިނުމާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށް މީޑިއާގައި ބުނެފައިވެ އެވެ. މީގެ އިތުރުން ޑިފެންސާ ގުޅުން ހުރި މަޝްރޫއުތައް ކުރިއަށްދާ ގޮތް ބައްލަވައި މެރިޓައިމް މައުލޫމާތު ދެ ގައުމުގެ މެދުގައި ހިއްސާކޮށް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ވެސް މަޝްވަރާކުރެއްވި ކަމަށްވެ އެވެ.
ރާއްޖޭގައި މި ވަގުތު އޮތް އިންޑިއާގެ ކަނޑުގެ ސިފައިންގެ މަނަވަރު އައިއެންއެސް ޝާރްދާގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީއަށް ބޭނުންވާ އޮޕަރޭޝަނަލް ސްޕެއާ ވެސް އިންޑިއާއިން ހަދިޔާކޮށްފަ އެވެ.
އެކަތަ އަކީ ޓެކްނިކަލް އަދި ކޮމްބެޓް ޑައިވިން، ބޯޑިން އޮޕަރޭޝަންސް، ފަޔަރިން ޑްރިލްސް، ޑިމޮލިޝަން އެންޑް އެކްސްޕްލޯސިވް ހޭންޑްލިންގް، އެސިމެޓްރިކް ވޯފެއާ ޓެކްޓިކްސް އަދި ސްޕެޝަލް ހެލިކޮޕްޓަ ބޯން އޮޕަރޭޝަން ޑްރިލްސް ހިމެނޭ އެކްސަސައިޒެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަބަރުދާރު
16 December 2025
ހުޅުމާލޭ ވަށައިގެން ކަނޑު އޮންނައިރު އެޗުޑީސީގައި ކޯސްޓްގާޑު ގުރޫޕެއް ހެދުން މިވަގުތަށްވެސް މުހިންމު.
ނީނީ
16 December 2025
ކަލޯ. ގޯޅީ އެބޭފުޅުން ހުރިހާކަމަކައް ފިޓުވާާނޭ ގޯޅި މެން ކީއްކުރާނީ. ދޯ
ގޯޅި
16 December 2025
ޗީފް ޖެނަރަލް އިބުރާހީމް ކުއްލިއަކަށް ނޭވީއަކަށްވީ؟