06 މެއި 2025 - 20:40
އިންޑިޔާ ކޯސްޓްގާޑު އުޅަނދު ރާއްޖެ އައިސް، ނުވަ ގައުމެއްގެ ކަނޑުގެ ސިފައިންނާ އެކު އިންޑިޔާ ކަނޑުގެ ތަމްރީން ހަރަކާތް ފަށައިފި އެވެ.
އިންޑިޔާއިން އިސް ނަގައިގެން އިންޑިޔާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ހިންގާ ސެކިޔުރިޓީ އެންޑް ގްރޯތު ފޮ އޯލް އިން ދި ރީޖަން (ސާގަރު)ގެ ތަމްރީން ހަރަކާތަށް އިންޑިޔާގެ ކޯސްޓުގާޑުގެ މަނަވަރު އައިއޯއެސް ސާގަރު ވަނީ ރާއްޖެ އައިސްފަ އެވެ.
އިންޑިޔާ ކަނޑުގެ ނުވަ ގައުމެއްގެ 44 ކޯސްޓުގާޑު އޮފިސަރުންނާއި ކްރޫއިންނާ އެކު ހިންގާ މި ހަރަކާތުގައި ދިވެހި ކޯސްޓުގާޑުގެ ހަތަރު އޮފިސަރުން ބައިވެރިވެ އެވެ.
މި ހަރަކާތް ހިންގުމަށް މި މަނަވަރު ދަތުރު ފަށާފައިވަނީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އެވެ. ރާއްޖެ އައުމުގެ ކުރިން މި މަނަވަރު ވަނީ ސީޝެލްސް، މޮރިޝަސް، ޓެންޒޭނިއާ އަދި މޮޒަމްބީކުގައި ބަނދަރުކޮށްފަ އެވެ.
މި ހަރަކާތުގެ ތެރެއިން ކަނޑުމަތީގައި ހަތިޔާރު ބޭނުންކުރުމާއި ހެލިކޮޕްޓަރު ރެސްކިއުތައް ހިންގުމުގެ ތަމްރީނުތައް ކުރިއަށްދާނެ ކަމަށް އިންޑިޔާގެ ކަނޑުގެ ސިފައިން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންޑިއާ ޕާކިސްތާން
07 May 2025
އިންޑިއާ ޕާކިސްތާން ހަގުރާމަ ފުޅަވެއްޖެ ނަމަ ރާއްޖޭގެ ސަރަހައްދުން ޕާކިސްތާނަށް ހަމަލާދޭން އިންޑިއާއިން ބޭނުން ވެދާނެ. މިކަމަށް ސަރުކާރުން ނޫނެކޭ ނުބުނެވޭނެ. ބޭނުމީ ސްރަހައްދުގަ ސުލްހަ.
އަބްޑޫޅް. +
07 May 2025
އިގިރޭސި ބަހުގެ “ދަ”، މިލަފުޒު “ދި”، މި ލަފުޒަށް ބަދަލުވާ ވަކި ހަމަތަކެއް ހުރެޔޭ. ކަލޭމެނަށް ހީވަނީ “ދި” މިހެން ކިޔަނީ ޕީއެޗުޑީ ފެންވަރަށް ސަނަދު ނަގާފތިބޭ ދަހަކުތަރުން ކަމުގަ ދޯ؟ އަލުން މަކުތަބަށް ގޮސް ކިޔަވަގަ!
ސަގަރު ސާގިރު
07 May 2025
ޕާކިސްތާނު ޒިންދާބާދު ހަމަ.
ނުބެހޭ
07 May 2025
ނޯނޯ! ޓެރަރިޒަމްއަށް ނޯ!
ބަސްމާ
07 May 2025
އިންޑިއާ އައުޓް
ޙައްގުވަސް.
07 May 2025
ޢެމްޑިޕިީ ހެދި އެއްބަސްވުންތަ ކުގެ އަސަރުތައް ތިފެންނަނީ ދެރަ
ސާގަރު ކިނާރީ
06 May 2025
ޕާކިސްތާނު ޒިންދާބާދު.
ވަހގޔް
06 May 2025
ރާއްޖޭގައި ހިންގާ ތަމްރީނުގައި ބައިވެރިވަނީ ދިވެހި އެންމެ 4 ސިފައިންގެ ބޭކަލަކު. މިވަރުވީމަ ދެރަ ދޯ؟
އަފްރާސިޔާބު
06 May 2025
ކުރިން މިތަނަށް ގަދަ ކުރީ އިންޑިޔާ ސިފައިން. މިހާރު މިގަދަކުރަނީ ބާހރަތު ސިފައިން.
ހުސެން656
06 May 2025
ރަގަޅު އެންމެން ގުޅިގެން އުޅޭނަމަ
ޢަސްލު ކަނޑަށް އަހުލުވެރިވުނުވެ ޓްރޭނިންގް
06 May 2025
ހަނގުރާމައެއް ފެތުރި ކަނޑުތަކަށް ނުކުންނަންޖެހުނީމަ ވާޗުއަލްކޮށް ހަދާފަހުއްޓަސް އަސްލު ދިވެހި ކަނޑަށް ހޭނެން ބަނދަރުކޮށް ދަސްކުރަނީ. ރާއްޖޭގެ ކަނޑުގެ ސިއްރުތަށް، އޮޔާ ވަޔާ މޫސުމާ ފަރުތަކާ ތިލަތަކާ ޓެކްނޮލިޖީންބެލިދާނެ، އެއާ nulaa ދިވެހީން ދިވެހިކަނޑަށް ފަރިތަވަރު ކަޅުއޮއްފުންމި ހާމަކޮއްދިނީ. 2ވަނަ ބޮޑު ހަނގުރާމައުގަވެސް ޖަޕާނު ސަބްމެރިންތަކާ އެއްޗެހި އައި vaahaka މާމަމެން ކިޔާ. ޗެނެލްތައް ހަނިކަމާ ކަނޑުގެ މެޕަށް ފަރިތަނޫންވުމަކީ ލިބުނު ހެވެއް
ބުރަދާ
06 May 2025
ކަލޭ އަފީފުދީދީ ކޮޕީކުރަން އުޅުނަސް އެއީ ކަލެއަށް ކުރެވޭނެކަމެއްނޫން.