ނަދީމްގެ މަރުގެ ދައުވާލިބޭ މީހުން: އޭގެ ތެރެއިން ތިން މީހަކު ބަންދު ނުކުރަން ނިންމި މައްސަލަ އިސްތިއުނާފް ނުކުރަން ވަނީ ނިންމާފައި
27 ޑިސެމްބަރ 2023 - 15:07
މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ތިން މީހަކު ބަންދު ނުކުރަން ހައި ކޯޓުން ނިންމި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ނުކުރަން ދައުލަތުން ނިންމައިފި އެވެ.
ޖުލައި، 2017 ގައި ޓާމިނަލް ކެފޭ ތެރޭގައި ނަދީމަށް ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ގ. ޝާރާޒް މުހައްމަދު މަފާޒާއި ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިނާއި ލ. ގަން ތުނޑީ ވިދާތަރި އަލީ ނިފާޒާއި ގއ. ގެމަނަފުށީ ހަވާސް މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ.
އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށްފަހު އެ މައްސަލަ ނިމެންދެން އެ މީހުން ބަންދު ކުރަން ދައުލަތުން އެދުނެވެ. ނަމަވެސް ހައި ކޯޓުން އިއްޔެ ނިންމީ އޭގެ ތެރެއިން އަލީ ނިފާޒް ބަންދު ކުރުމަށްފަހު ދެން ތިބި ތިން މީހުން ބަންދު ނުކުރުމަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ތިން މީހުން ބަންދު ނުކުރަން ނިންމި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފެއް ނުކުރާނެ އެވެ.
އެ މައްސަލާގައި ހައި ކޯޓުން އެންމެ ފުރަތަމަ ނިންމީ އޭގެ ތެރެއިން އެންމެން ވެސް ބަންދު ނުކުރުމަށެވެ. ނަމަވެސް އެ މައްސަލަ އޭރު ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އޭރު އެންގީ އެ މީހުންގެ ބަންދާ މެދު އަލުން ގޮތެއް ނިންމުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެއިލްޑް ރިޕަބްލިކް
27 December 2023
ކަލޭމެން ގައުމުގައި މަރުގެ ދައުވާ ލިބޭ ކުށްވެރިން ހައްޔަރުގައި ބައިތިއްބާފައި ކޯޓަށް ގެނެވޭ އިރު ތިބެނީ ފޮޓޯގައިވާ ގޮތަށް ބޮންމާލީހެދި (ކުރި ކަމަށް ހިތާމަ ނުކޮށް އެންޓަރޓެއިންމަންޓް މޯޑުގައި ކަމަށް ވާނަމަ) ތިފަދަ ރަށްތައް އިސްލާހު ކުރަން އަދި 10 އަހަރު ބޭނުންވާނެ ހެން ހީވަނީ.
ފެއިލްޑް ފެކްޓްސް
30 December 2023
ވަރަށް ވިސްނިން ބޮންމާލީ މީ ކޯއްޗެއް ބާއޭ. ރަނގަޅު ނަމަކީ ބޮބްމާލީ.