ވިޔަފާރި / ޕްރޮމޯޝަނަލް ނިއުސް

ސާވިކަލް ކެންސަރު: ރައްކާތެރިވެ, ނައްތާލެވިދާނެ ކެންސަރެއް

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ގައިނޮކޮލޮޖިސްޓު ޑރ. އައިމިނަތު ނުސްރާ ސާވިކަލް ކެންސަރާ ބެހޭ މައުލޫމާތު ދެއްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

28 ޑިސެމްބަރ 2023 - 16:20

1 comments

ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަކީ ދުނިޔޭގެ ނިސްބަތުން އެންމެ އާއްމު އެއް ކެންސަރެކެވެ. ނަމަވެސް މި ކެންސަރަކީ ރާއްޖެއިން މަދުން ފެންނަ ކެންސަރެކެވެ. މި ކެންސަރަކީ މުޅި ދުނިޔެއިން ވެސް ނައްތާލެވިދާނެ ކެންސަރެއްގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ވެސް ބުނެފައިވާއިރު, މި ކެންސަރު ނައްތާލެވޭނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފުރާވަރު އުމުރުން ފެށިގެން އަޅައިގެންނެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ގައިނޮކޮލޮޖިސްޓް ޑރ. އައިމިނަތު ނުސްރާ ވިދާޅުވި ގޮތުގައި މި ބައްޔަށް އޮތް ރައްކާތެރިކަމުގެ ފުރަތަމަ ފިޔަވަޅަކީ ވެކްސިން ދިނުމެވެ.

ސާވިކަލް ކެންސަރުން ރައްކާތެރިވުމަށް ވެކްސިންގެ މުހިންމުކަން ޑރ. ނުސްރާ ފާހަގަ ކުރެއްވި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"މި ކެންސަރަކީ ޖިންސީ ގުޅުމުން އަރާ އެޗްޕީވީ ވައިރަހުން ޖެހޭ ކެންސަރެއް. މި ކެންސަރުން ރައްކާތެރިވުމުގެ ގޮތުން ފުރާވަރު އުމުރުގައި އަންހެން ކުދިންނަށް މި ވެކްސިން ދިނުން މުހިންމު. މި ވެކްސިނަކީ ކައިވެންޏެއްގެ ކުރިން, ޖިންސީ ގުޅުމަކަށް ހުށަހެޅުމުގެ ކުރިން ދޭން ޖެހޭނެ ވެކްސިނެއް." ޑރ. ނުސްރާ ވިދާޅުވި އެވެ.

ޑރ. ނުސްރާ ވިދާޅުވި ގޮތުގައި ވެކްސިނަށް ފަހު މި ކެންސަރުން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ ބޮޑު އެއް ކަމަކީ ގަވާއިދުން ކެންސަރަށް ސްކްރީން ކުރުމެވެ.

"މި ކެންސަރަށް ސްކްރީން ކުރަން ފަށާނީ 25 އަހަރުވުމުން. 25 އަހަރު ފުރުމުން ކޮންމެ ތިން އަހަރަކުން އެޗްޕީވީ ވައިރަސް ހުރިތޯ ބެލުމަށާއި ރަހިމުގެ ދޮރަށް އަންނަ ބަދަލުތައް ދެނެގަތުމަށް ސްކްރީނިން ހެއްދުމަކީ މުހިންމު ކަމެއް. އޭރުން ވައިރަސް ހުރެއްޖެ ނަމަ, ކެންސަރަށް ބަދަލުވުމުގެ ކުރިން ފަރުވާ ފެށޭނެ." ޑރ. ނުސްރާ ވިދާޅުވި އެވެ.

މި ކެންސަރަކީ އާއްމުކޮށް ދަރިމައިވާ އުމުރުގައި ފެންނަ ކެންސަރެކެވެ. މި ކެންސަރު ޖެހުމުން އެންނަ އާއްމު އަލާމަތްތަކުގެ ތެރޭގައި ވެޖައިނަލް ޑިސްޗާޖު އައުމާއި ޖިންސީ ގުޅުން ހިންގައިރު ތަދުވުމާއި ލޭ އައުން ހިމެނެ އެވެ.

މި ކެންސަރަކީ ވައިރަހަކުން ޖެހޭ ކެންސަރަކަށް ވާއިރު, ކެންސަރަށް ބަދަލުވުމުގެ ކުރިން މި ވައިރަހުން ފެންނަ އަލާމަތްތަކަށް ފަރުވާދެވޭނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އެތެރެ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އަންހެނުންނަށް ކުރިމަތިވާ މިފަދަ އެކި ބަލިތަކާއި މައްސަލަތަކުން ރައްކާތެރިވުމަށް ޓްރީޓޮޕް ހޮސްޕިޓަލުން ވަނީ "ވެލް ވިމަން"ގެ ނަމުގައި ހެލްތު ސްކްރީނިން ޕެކޭޖުތަކެއް ތައާރަފް ކޮށްފަ އެވެ. ވިމެން ޕެކޭޖަކީ ދެ އުމުރުފުރާއަކަށް ބަހާލައިގެން ތައްޔާރުކޮށްފައިވާ ޕެކޭޖެކެވެ. އެ ޕެކޭޖުގައި އެ މީހަކު ފެތޭ އުމުރުފުރާއަކަށް ހާއްސަ ވަކި ޓެސްޓުތަކެއް ހެދޭނެ އެވެ. އެ ދެ ޕެކޭޖު ބަހާލާފައި ވަނީ 18 އަހަރާއި 34 އަހަރާއި ދެމެދުގެ މީހުންނަށް ހާއްސަ ބަޔަކާއި 34 އަހަރުން މަތީގެ މީހުންނަށް ހާއްސަ ބައެއް ހިމަނައިގެންނެވެ. މި ޕެކޭޖުތަކަކީ ސާވިކަލް ކެންސަރު ފަދަ ރަހިމުގެ ދޮރަށް ޖެހޭ ބަލިތަކައި ރަހިމުގެ ނިޒާމަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ތައްޔާރު ކޮށްފައިވާ ޕެކޭޖްތަކެކެވެ.

މި ޕެކޭޖްގައި ސާވިކަލް ކެންސަރު ހުރިތޯ ދެނެގަތުމަށް ހަދާ ޕެޕްސްމިއާ ޓެސްޓު ހެއްދޭނެ އެވެ. މި ޓެސްޓަކީ ކޮންމެ ތިން އަހަރަކުން އެއް ފަހަރު ހެދުމަށް ޑޮކްޓަރުން އިރުޝާދު ދޭ ޓެސްޓެކެވެ. އަދި ޓެސްޓު ހެދުމަށް ފަހު, ކެންސަރަށް މަގުފަހިވެދާނެ ކަމުގެ އަލާމަތްތައް ހުރި ނަމަ, މި ހޮސްޕިޓަލުން އެ ކަމަށް ޓްރީޓްމަންޓު ޕްލޭނެއް ހަދާ, ފަރުވާ ދޭން ފަށާނެ އެވެ. އަދި ކެންސަރު ޖެހިފައި ހުރި ނަމަ, އެ ބައްޔަށް ބޭނުންވާ ފަރުވާގެ ބޮޑު ބައެއް ވެސް މި ހޮސްޕިޓަލުން ލިބޭނެ އެވެ.

ސާވިކަލް ކެންސަރަކީ ބަރާބަރަށް ސްކްރީން ކުރާ ނަމަ އަވަހަށް ދެނެގަނެވިއްޖެ ނަމަ ކުރީކޮޅު ފަރުވާ ފަށައިގެން ނައްތާލެވި ދާނެ ކެންސަރެކެވެ. ޑރ. ނުސްރާ އިރުޝާދު ދެއްވަނީ ކެންސަރުން ރައްކާތެރިވުމަށް ކޮންޑަމް ބޭނުން ކުރުމަށާއި, ފުރާވަރު އުމުރުގައި ދޭން ޖެހޭ ވެކްސިން ދިނުމަށެވެ. އަދި ބަރާބަރަށް ގަވާއިދުން ސްކްރީންކޮށް ޓެސްޓު ހެދުމަށެވެ.

ނޯޓު: މިއީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 67%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮން މޮހޮނު

03 February 2024

ތީ ކާކު ؟؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454