އިންޑިއާގެ، ދިއްލީ އެއާޕޯޓަށް ފުރަން ދިޔަ މީހެއްގެ ދަބަހުން ކުރިން ފެނިފައިވާ ވަޒަނެއް: ކުޅުއްދުއްފުށީ އެއާޕޯޓަށް ފުރަން ދިޔަ މީހެއްގެ އަތުން ވަޒަނެއް ފެނުނީ މިދިޔަ ހުކުރު ދުވަހުގެ ރޭ.--
31 ޑިސެމްބަރ 2023 - 12:39
ހދ. ކުޅުދުއްފުށީ އެއާޕޯޓަށް ފުރަން ދިޔަ މީހަކު ބަލައި ފާސްކުރިއިރު، އޭނާ އަތުން ވަޒަނެއް ފެނުނު މައްސަލައިގައި އެ އަންހެންމީހާގެ ބަޔާން ނެގުމަށް ފަހު އޭނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މާލެ އަންނަން ވެގެން ކުޅުދުއްފުށީ އެއާޕޯޓަށް ފުރަން ދިޔަ އެ މީހާގެ އަތުން އެ ވަޒަން ފެނުނީ މިދިޔަ ހުކުރު ދުވަހުގެ ރެ އެވެ.
އެ މީހާގެ އަތުން ފެނުނީ ތަޅުދަނޑިއަށް ލައްވާ އެއްޗެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައްކަމުންދާ ވާހަކަތަކާ ގުޅޭގޮތުން ސުވާލު ކުރުމުން އެމްއެންޑީއެފުން ބުނީ މިހާތަނަށް ބެލި ބެލުމުން އެއީ ވަޒަނެއް ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވޭ ކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، އެކަމާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ މީހާއާ ވެސް ސުވާލުކޮށް، ބަޔާން ނެގުމަށް ފަހު މި ވަގުތަށް ދޫކޮށްލީ ކަމަށް ފުލުހުން ބުންޏެވެ.
މަދުން ނަމަވެސް އެފަދަ ހާދިސާތައް ހިނގާއިރު، މީގެ ކުރިން ސްރީ ލަންކާގައި ދިވެއްސަކު ބަޑިއެއް ގެންގުޅެނު ކަމަށް ތުހުމަތުކޮށް ހައްޔަރު ވެސް ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޔަ
31 December 2023
ވަޒަނެއް ފެނުނީމަަ އެއީ ވަޒަނެއްކަަން /ނޫންްކަން ބުނަން ނޭނގުނީމަ ކަޑަދޯ. އެޔަގީންކުރުމައްޓަކާ ފެނުކައްކާ ލޮނުކައްކާ ލެބޯޓަރީ ޓެސްޓު ހަދާންޖެހޭތޯ. ތިގެންގޮސް އިންޑިއާ ސިފައިންގެ މީހަކައް ދައްކާފަ ބުނެބަލަ ކަލޯމީކޯއްޗެއްހޭ އަނގައިގަަ ބަސްއޮއްްވަ ބުނާނެ ,
އައްޔަ
31 December 2023
ފަޔަރ ނުކޮށް ޔަގީންކުރަންޏާ ޖެހޭނީ ވަޒަނުގެ އެތެރޭގައި ހުރީ ބަޑިބޭސްތޯ ސްކޭން ކުރަން. ނުވަތަ ވަޒަނުގެ މިން ނަގައި އޭގެ ބަރުދަން ބަލަން. މި ކަންކަން ކުރުމަށް ނޫސްވެރން ލެބޯޓަރީ ޓެސްޓޭ ކިޔަސް އެއީ އެމް.އެން.ޑީ.އެފް ގެ ނާގާބިލު ކަމެއް ނޫން ދޯ. ވާނުވާ ނޭގެންޏާ ވާހަކަ ނުދައްކަ.
ވަޒަނޭ
31 December 2023
ތިޔަ ވަޒަނުގެ އޮޓޮޕްސީ ހަދަން ފޮނުވަން ޖެހެނީވެސް އެއްކަލަ އިންޑިއާއަށްދޯ :ޕ
އައްބެ
31 December 2023
ލަދެއްގައި ބެދެންޖެހިދާނެތީ ނެރުނު ބަޔާނެއްކަމަށް ލަފާކުރެވެނީ. ތަޅުދަނޑި ފުލެއް ނުވަތަ ފަނޑިތަވެރިން ތަވީދުލާފައި އެލުވާކަހަލަ އެއްޗެއްކަމަށްވެސް ވެދާނެދޯ ތަހުޤީގު ނިމޭއިރު.
ރޭރު
31 December 2023
ކަޑަ ނުވާންވެގެން ދެން ތިހެންކިޔާ
ކޮމެންޓޭ1
31 December 2023
ޢަންހެނެއްވީމަ ދޫކޮއްލީ. ފިރިހެނެއްނަމަ ޖަލަށް
އުމުރޭ
31 December 2023
ދެން އެމީހާ ޖަލަށް ލާބަ އުމުރަށް
ކައްޕިި
31 December 2023
ތިޔަ ވާނީ އެމީހާ ދިރިއުޅޭ ވަޒަނަށް. އެހެންވީމާ ހައްޔަރު ނުކުރެވޭނެއެއްނު.؟
ފެންވަރު
31 December 2023
އެމްއެންޑީއެފް ބޭފުޅުންނަށް އަސްލު ވަޒަނެެއް ފެނިގެން ލެބޯޓަރީ ޓެސްޓް ނުހަދާ އެއީ ވަޒަނެއްކަން ޔަގީން ނުކުރެވެންޏާ ތިހަދާ ޓްރެއިނިންގެ އެއްވެސް ބޭނުމެއް އޮތްކަަމަށް ނުފެނޭ.. ވަޒަނަކީ އަސްލެއްތޯ ބަލަން މިޖެހެނީ ބަޑިއަށް ލައވާފަ ޖަހަން، އެހެންނޫނީ ޔަގީން ކުރެވޭ ކަމަކަށްނުވޭ..
ޓެސްޓިސްޓު
01 January 2024
ލެބޯރެޓަރީ ޓެސްޓޭ ދޮންކަލޯ؟
އުދުހޭ
31 December 2023
އޯ... ވަޒަނެމީ ލޯބި... އޯ ވަޒަން. އޯ ވަޒަން. މީ ހާދަ ލީތި ލަވައެކޭ. ޔޫޓިއުބުގަ އެބައިން.