ޚަބަރު / ރައީސް ޑރ. މުހައްމަދު މުއިއްޒު

ވިއްސާރައިގައި ގެއްލުން ލިބުނު ގޭގެ އަށް ރައީސް ވަޑައިގެން، ހާލަތު ބައްލަވާލައްވައިފި

ވިއްސާރައިގައި ގެއްލުންވި ގޭގެއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަންނަވަނީ -- ފޮޓޯ: ސޯޝަލް މީޑިއާ

ރެއިން ފެށިގެން މެދުކެނޑުމެއް ނެތި މާލެ އަށް ވެހޭ ވާރޭގައި ގެއްލުން ލިބުނު ބައެއް ގެތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގެން އެ ގޭގޭގެ ހާލަތު ބައްލަވާލައްވައިފި އެވެ.

އެ ގޭގެ އަށް ރައީސް ވަޑައިގަތީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފްގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓުގެ އިސްބޭފުޅުންނާ އެކުގަ އެވެ.

ރައީސް މުއިއްޒު ވަނީ ވިއްސާރާގައި އެ ގޭގެ އަށް ލިބުނު ގެއްލުންތައް ބައްލަވައިލައްވައިފަ އެވެ. އަދި އެ ގެތަކުގައި ދިރިއުޅޭ މީހުންނާ ވާހަކަފުޅު ދައްކަވައި ސަރުކާރުން އެހީ ފޯރުކޮށްދޭނެ ކަމުގެ ޔަގީން ވެސް ދެއްވި އެވެ.

ފެންވަދެ ގެއްލުން ލިބުނު ގެއއަކަށް ރައީސް ވަޑައިގެން -- ފޮޓޯ: ސޯޝަލް މީޑިއާ

މި ޒިޔާރަތަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސްޓޯމް ވޯޓާ ނިޒާމު އަޕްގްރޭޑު ކުރުމުގެ މަސައްކަތް ކުރަމުން އައި ނަމަވެސް އެކަމުން އެކަށީގެންވާ ހައްލެއް ނުލިބޭ ކަމަށެވެ.

މި ސަރުކާރުގެ އަމާޒަކީ މާލޭގެ ހުރިހާ މަގެއް ހަދައި، މަގުތަކުގެ އަޑީގައި ވަރުގަދަ ސްޓޯމްވޯޓާ ނިޒާމެއް ގާއިމް ކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ފެންވަދެ ގެއްލުން ލިބުނު ގެއަކަށް ރައީސް ވަޑައިގެން -- ފޮޓޯ: ސޯޝަލް މީޑިއާ

"އެހެންވިއްޔާ އިރާދަކުރެއްވިއްޔާ މިފަދަ ސިޗުއޭޝަނެއްގައި ވެސް މިފަދަ މައްސަލަތައް ހައްލު ކުރެވިގެންދާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވަނީ މާލެ މަގުތަކުގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ސަލާމަތީ ބާރުގެ އޮފިޝަލުންނާ ވެސް ބައްދަލުކުރައްވައިފަ އެވެ.

46 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 6%
icon angry icon angry 27%
icon wow icon wow 6%
icon inlove icon inlove 45%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަހުދު.

02 January 2024

މާލޭ މޭޔަރަކައް އެތަކެއް އަހަރުތަކެއް ވަންދެން ހުރެގެން ހައްލު ނުކުރެވުނު މައްސަލައެއް އަލުން ބަލައިލީ. އަމިއްލަ ފެއިލިޔަރ ފެނުނުކަމަށް އުންމީދު ކުރަން

The name is already taken The name is available. Register?

އަލީތުއްތޮންބެ

01 January 2024

މުއިއްޒު ހަމަ ތަފާތު އިނގޭ. މާ ބޮޑަށް ވެސް ތަފާތު.

The name is already taken The name is available. Register?

ޖީހާން އިސްމާއިލް

01 January 2024

މިދިޔަ ސަރުކާރުގަ ފެން ބޮޑުވެގެން ހާލުވެސް ނުބަލާ. ޒިޔާރަތްވެސް ނުކުރޭ. އަހަރުމެންގެ ގެޔަށް ނުވެސް އާދޭ.

The name is already taken The name is available. Register?

އިހްސާސް

01 January 2024

މަމީކީ ޕޕއމ އަދި ފއނސ މީހެއް ނޫން. އެކަމަކު މަ މުއިއްޒަށް ވޯޓުދިނީ ހެޔޮވެރިކަމެއް އޯގާތެރި ވެރިކަމެއް ދެކެން އަނެއްކާވެސް ބޭނުންވާތީ. ކިބުރުވެރިކަމާ ބޮޑާކަމެއް ނެތި ހިތްހެޔޮކަމާއެކު ރައްޔިތުންގެ އިޙްސާސްތައް ދަނެގެން ވެރިކަން ކުރައްވާނެ ކަމުގެ ފޮނިއުންމީދުގައި. އެކަމުގެ މަންޒަރުތައް ފެންނާން ފެށުމުން މާތްﷲ އަށް ޙަމްދުކުރަން. އަދި މުއިއްޒަކީވެސް އާދައިގެ އިންސާނަކަށްވީތީ ކުށްކުރެވޭނެ ގޯސްވެސް ހެދޭނެ. އެކަންދަނެ ހެޔޮވެރިކަމަކަށް އަބަދުވެސް އެދެން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

01 January 2024

ޤާނޫނުއަސާސީ އާއި ޤާނޫނުތަކުން ލާޒިމްކޮށްފައިވާގޮތަށް ރައްޔިތުންގެމެދުގައި އަދުލުވެރިކަމާއިއެކު ދައުލަތުގެ މުއްސަނދިކަމާއިވަސީލަތް ޙިއްސާކުރުމުގައިދެމިހުރެ އިޖުތިމާއީ އަދާލަތު ޤާއިމްކޮށްދިނުމުގެބަދަލުގައި މާލޭގައިއޮންނަ ސަރުކާރުހިންގާންހުންނަ "ބޮޑު މީހާ" ނުވަތަ ރައީސުލް ޖުމްހޫރިއްޔާގެ "ހެޔޮފުޅުކަމުން" ކަންކަންކޮށްދެއްވާކަމަށް އަހަރުމެންދިވެހިން ޤަބޫލުކުރާހާ ދުވަހަކު ރާއްޖޭގައި ހުރި އިޖްތިމާއީ އަދާލަތައި ދެކޮޅު ކަންކަން އޭގެ ޒާތުގައި ދެމިހުންނާނެ.

The name is already taken The name is available. Register?

އިސްމާއިލްއަބްދުލްކަރީމް

02 January 2024

"މާލޭގައި އޮންނަ ސަރުކާރޭ' ތޯ؟ އަފީފު އުޑުގަ ޖެހިފަ ބިމުގަ ޖެހުނަސް މިރާއްޖޭގައި އަދި އޮތީ ޔުނިޓަރީ ދައުލަތެއް! އެނަކް ހަޖަމް ކޮށްލައްވާ. އަދި ހޭ ބަހައްޓައިގެން ކޮމެންޓު ކުރައްވާ!

The name is already taken The name is available. Register?

ބޓ އަދުރޭ

01 January 2024

ދިވެހި ކޮންމެ ރައްޔިތަކަށް ތިޔަކަލަ ގަންބޫޓެއް ލިބޭނެގޮތް ހައްދާދެންއެދެން

The name is already taken The name is available. Register?

ޗަކީ

01 January 2024

ތިޔައީ ހަމަ ދިވެހިރާއްޖެތަ؟ ސްލްމަކަށްތަ ގޮސް ތިޔަ އުޅުއްވަނީ؟ އެކަހަލަ ތަންތަން ނަގޤފަ ހުޅުމާލޭން ބިމާ ފުލެޓާ ދިންކަމަށް ކުރިން ހީވެފަ އޮތީ.

The name is already taken The name is available. Register?

މުހައްމަދު ޝާން އައްބާސް

01 January 2024

މަގޭ ހިތައް އަރާ މިހާ ރަނގަޅު ވެރިޔަކަށް މަ ވޯޓް ނުދިނީ ކީއްވެބާއޭ. ހެޔޮ ވޭފުޅެއް

The name is already taken The name is available. Register?

މިސްޓަރ ޓިނޭ

01 January 2024

7 އަހަރު މިނިސްޓަރ ކަމުގަ ހުންނެވި އިރުވެސް އަރުމެން ތިބީ ތިހާލުގަ،، އޭރު ކިއްވެބާ ހާލުބަލާލަން ނައީ؟؟؟

The name is already taken The name is available. Register?

ރަފްއާން ރަށީދު

01 January 2024

ރައީސް މުއިއްްޒް ގެ އޯގާތެރިކަން މިއަދު ފެނިއްޖެ. ހަގީގަތުގައިވެސް އަޅުގަނޑުގެމެންގެ އިހްސާސްތައް ދަންނަ ވެރިޔެއް މިއީ

The name is already taken The name is available. Register?

ތިބިޔާން

01 January 2024

މިކަހަލަ ކޮންމެ ކަމެއްގައި ކުރީގެ ރައީސުން ތިބީ ފިނި ކޮޓަރީގައި. މުއިއްްޒް ތަފާތު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454