ޗައިނާގެ ރިސާޗް އުޅަނދު "ޝިއަންގް ޔަންގް ހޮންގް 3"
02 ޖެނުއަރީ 2024 - 05:40
ޗައިނާގެ ރިސާޗް އުޅަނދެއް ކަމަށްވާ "ޝިއަންގް ޔަންގް ހޮންގް 3" ލަންކާގެ އެއްވެސް ބަނދަރަކަށް ވަނުމަށް ވެސް އަދި އިގްތިސާދީ ހާއްސަ ސަރަހައްދަށް ވަނުމުގެ ހުއްދަ ވެސް ނުދޭނެ ކަމަށް އެ ގައުމުން އިންޑިއާއަށް އަންގާފައިވާ ކަމަށް އިންޑިއާގެ މީޑިއާ އިން ބުނެފި އެވެ.
ދަ ހިންދޫ އިން ބުނީ އިންޑިއާގެ ސަލާމަތަށް ނުރައްކާވެދާނެ އެއްވެސް ކަމެއް ނުކުރުމަށް، ޖުލައި 21، 2023 ގައި ލަންކާގެ ރައީސް ރަނިލް ވިކްރެމަސިންހަ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބައްދަލުވުމުގައި ލަންކާއިން ޔަގީންކަން ދީފައިވާ ކަމަށެވެ. އެކަން އިންޑިއާއިން ލަންކާގެ ސަމާލުކަމަށް ގެނަމުން، ޗައިނާގެ އުޅަނދަށް ހުއްދަ ނުދޭން ނިންމައި އެކަން އެންގީ ކަމަށް، ކަމުގެ މައުލޫމާތު އެނގޭ މީހުންނާ ހަވަލާދީ ނޫހުގައި ބުނެފައިވެ އެވެ.
"ޝިއަންގް ޔަންގް ހޮންގް 3" އިން މާކަނޑުގެ ފުނުގައި ތޮރުފުންތަކެއް ތޮރުފައިގެން ކުރާ ދިރާސާއަކަށް މި މަހުގެ 5 ގައި ވަންނާނެ ކަމަށާއި މި މަސައްކަތް މެއި މަހު ފަހުކޮޅާ ހަމަޔަށް ދިގުދެމިގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ޗައިނާގެ ރިސާޗް އުޅަނދުތަކަށް ލަންކާއިން ހުއްދަ ދީ ޗައިނާއިން ބޭނުން ކޮންމެ ކަމަކަށް މަގު ފަހިކޮށްދޭ ކަމަށް ބުނެ އިންޑިއާ އާއި އެމެރިކާއިން ވެސް ވަނީ ލަންކާގެ ރައީސް ރަނިލް އަށް ފިއްތުން އިތުރުކޮށްފަ އެވެ. ލަންކާއިން ވަނީ ޗައިނާއާ ގުޅިގެން ވެސް ކަނޑުގެ ދިރާސާތަކެއް ކުރިއަށް ގެންގޮސްފަ އެވެ.
މީގެ ކުރިން ޗައިނާގެ ހައިޑްރޮގްރެފިކް ސާވޭކުރާ އުޅަނދަކަށް ވެސް ލަންކާއިން ހުއްދަ ދީ، އިންޑިއާއާ ކައިރި ހަމްބަންޓޯޓާގެ ބަނދަރުގައި ބޯޓު އަޅައިގން ތިބުމުގެ ހުއްދަ ވެސް ދިނެވެ. މިއީ ބެލިސްޓިކް މިސައިލް ވެސް ޓްރެކްކުރުމުގެ ގާބިލްކަން ލިިބިފައިވާ އުޅަނދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސވލ
03 January 2024
ދެންތިއުޅަނދުފެންނާނީ މިރާއްޖެއިންނޫންބާ؟
ފޮނިޓައްޕު ހަސަނު
02 January 2024
ތިޔަ އުޅަނދަށް ޖެހޭނެ މިރާއްޖެ އައުމަށް ދައުވަތު ދޭން. އިންޑިއާ އަކީ ކޮންބައެއްތަ ޗައިނާއާއި ޖައްސާލައިގެން އުޅޭކަށް. ޗައިނާގެ ޖީޑީޕީ އުޅެނީ 3.7 ޓްރިލިއަނ
ޖޯޖޫ
02 January 2024
ދެން ރާއްޖެއަކީ ކޮން ބައެއްތަ އިންޑިއާ ޖައްސާލައިގެން
ބަކަރިސޮރު
03 January 2024
ޕީޕީއެމް ޕީއެންސީގެ މީހުންކޮޅެއް ލަންކާއަށްފޮނުވާ ޗައިނާއައުޓް ގޮވާމުޒަހަރާކުރަން ދަސްކޮށްދޭންވީ
އައްބެ
02 January 2024
އެކަމަކު އިންޑިޔާގެ އުޅަނދުތަކަށް މިރާއްޖޭގެ ކުރީގެ ސަރުކާރުތަކުން ހުއްދަދީފައި އެބަހުރި. ހައިޑްރޮގްރެފިކް ސާވޭކުރަން އިންޑިޔާގެ ސިފައިން މިދިޔަ ސަރުކާރުގައި ރާއްޖޭގައި ބަނޑަހަޖަހައިގެން އަޮތް. އެކަމަކު މިޤައުމުގެ ސަލާމަތަށް ނުރައްކާވާނެކަމަކަށް އޭރުގެ ސަރުކާރަކަށް ނުފެނުނު. މިހުންނަނީ ޤައުމީ ސަލާމަތާއި މެދު ދިވެހިންގެ ފަރުވާކުޑަކަން.