ަޗައިނާގެ ރިސާޗް އުޅަނދު "ޔުއާންގް ވަންގް 5" ލަންކާގެ ހަމްބަންޓޯޓާ ބަނދަރުގައި. -- ފޮޓޯ: އޭއެފްޕީ
16 އޯގަސްޓް 2022 - 12:45
ޗައިނާގެ ރިސާޗް އުޅަނދެއް ކަމަށްވާ "ޔުއާންގް ވަންގް 5" ސްރީ ލަންކާގެ ހަމްބަންޓޯޓާ ބަނދަރަށް މިއަދު ވަދެފި އެވެ.
ޖާސޫސްކުރުމަށް ބޭނުންކުރާ ކަމަށް ތުހުމަތުކުރާ މި އުޅަނދުގައި ސްޕޭސް ޓްރެކިންގެ ޒަމާނީ ވަސީލަތްތައް ގާއިމުކޮށްފައިވެ އެވެ.
ލަންކާގެ ޕޯޓް އޮފިޝަލުން މީޑިއާގައި ވިދާޅުވެފައިވާ ގޮތުގައި އިންޑިއާއާ ކައިރީގައި އޮންނަ ހަމްބަންޓޯޓާ ބަނދަރަށް އުޅަނދު ވަންނަން ހުއްދަ ދިނީ ލަންކާގެ ކަނޑުގެ ސަރަހައްދުގައި އޮވެ ރިސާޗްގެ އެއްވެސް މަސައްކަތެއް ނުކުރުމަށް ޝަރުތުކޮށްފަ އެވެ.
ލަންކާ އިން ލޯނު ނުދެއްކުމުން ޗައިނާގެ ކުންފުންޏަކަށް 99 އަަހަރަށް ދީފައިވާ ބަނދަރަށް މި ބޯޓު އަންނާތީ އިންޑިއާއިން ކުރިން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އިންޑިއާ އިން ބުނީ މިއީ އެ ގައުމަށް ޖާސޫސްކުރުމަށް ބޭނުންކޮށްފާނެ އުޅަނދެއް ކަމަށެވެ. މި ކަންބޮޑުވުމާ އެކު ލަންކާއިން ވަނީ ވަކި ގޮތެއް އަންގަންދެން ޗައިނާގެ އުޅަނދު އައުން ފަސްކުރަން ވެސް ކުރިން އަންގައިފަ އެވެ. އެކަމަކު ފަހުން ހުއްދަ ދިނީ އެވެ.
ލަންކާގެ ފޮރިން މިނިސްޓްރީން ބުނީ ހަމްބަންޓޯޓާ ބަނދަރުގައި މި ބޯޓު މި މަހުގެ 22 ވަނަ ދުވަހާ ހަމަޔަށް އޮތުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.
ދިރާސާކުރާ މީހުންނާ ހަވާލާދީ ރޮއިޓާސް އިން ބުނެފައިވާ ގޮތުގައި ޗައިނާގެ މި އުޅަނދަކީ ސެޓެލައިޓާއި ރޮކެޓާއި އިންޓަކޮނެޓިނެންޓަލް ބެލަސްޓިކް މިސައިލް ލޯންޗާތައް ޓްރެކްކުރުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެކެވެ.
އިންޑިއާގެ އެންޑީޓީވީން ބުނި ގޮތުގައި މި އުޅަނދާ މެދު އިންޑިއާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އުޅަނދު ދަތުރުކުރަމުން ދާއިރު ވެސް އިންޑިއާގެ އަސްކަރީ މަރުކަޒުތަކާއި ވަސީލަތްތައް ހުރި ތަންތަން ދެނެގަތުމަށް މަސައްކަތް ކޮށްފާނެތީ އެވެ. އެކަމަކު ޗައިނާއިން ކުރިން ބުނެފައިވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފް އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮހޮދު
17 August 2022
ލަންކާ އިން ލޯނު ނުދެއްކުމުން ޗައިނާގެ ކުންފުންޏަކަށް 99 އަަހަރަށް ދީފައިވާ ބަނދަރަށް މި ބޯޓު އަންނާތީ އިންޑިއާއިން ކުރިން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. ޔާމިނު ވެރިކަމުގަ މިހަަރު ހުރިނަމަ މިގައުމައްވެސް ޖެހުނީހީ މިދަތުރު.
ވަކިކޮބާ
18 August 2022
އިބޫ ހުރެގެން އިންޑިއާ މީހުންގެ ހުއްދަ ނެތި އެއްކަމެއްވެސް ނުކުރެވުން ވަކި އޯކޭތަ؟ އިންޑިއާގެ ދަރަނި ދަންތުރައިގަ ޖައްސާ ނުވިތާކަށް ހިންގަން ބުނާ މަޝްރޫއުތަށް ވަގުތަށް ނިންމާނެ ބައެއް ނޫން އިންޑިއާއަކީ. އަވަހަށް ނިންމުމުގެ ނަމުގަވެސް ލޯނު ދެނީ. ހެލިކޮޕްޓަރ ބަލަހައްޓަން ތިބޭ ސިފައިން ބުނީމަވެސް ނުބާލާ ތިބި ބައެއް މިހާރު އެހަދައިދޭނެ ކަމަށް ބުނެ މިގައުމުގަ އެކި ދިމާލުން ހިފާފަ އޮތްހާ ތަންތަން ހަދަން އަރާ އެތިބަގޮތަށް ފައިބާނެ ދުވަހެއް ދެން ނާންނާނެ
މޯދީރާޖާ
17 August 2022
ރަނގަޅު ކަމެއް. ގެނެސް މިތާ ކާރީ އަޅާފަ ބާއްވަބަލަ.
ށަވިޔަނި
17 August 2022
އެހެން މީހުންގެ ކަންކަމުގެތެރެއަށް ވަންންވާނީ ތިމާއަށް ނުރައްކަލެއް ކުރިމަތިވީމަ އެނުރައްކަލަކުން ރައްކާތެތިވުމަށް. ވެދާނެކަމަށް ބުނެ އެހެން މީހުންގެ ކަންކަމުގެތެރެއަށް ވަންނަނީ މިދުނިޔޭގަ އޮތް އެންމެ ތަހުޒާބު ގައުމުކަމަށް ހެދިގެންއުޅޭ ނާތަހުޒީބު އެމެރކާ.
ވިކިލީކްސް
16 August 2022
އިންޓަރނޭޝަނަލް މެރިޓައިމް ޕޮލިސީއާ ޚިލާފު ނުވާހާ ހިނދަކު ޗައިނާގެ އުޅަނދަށް ފިއްތަން އިންޑިއާ ސަރުކާރުން މަސައްކަތް ކުރުމަކީ ހަޑިކަމެއް. މިސަރަހައްދުގެ އެންމެ ބޮޑު ދެބާރުން ކޯޅެންޏާ ކުދި ގައުމުތަކަށްވެސް ބަސް ބުނެވެން ޖެހޭނެ. އެކަމަކުވެސް ޝާހިދު ނުބުނާނެ! ވަރަށް ބޯ ބޮޑު
ބީރުބޮލު ވަޒީރު.
16 August 2022
ތިއަ އުޅަނދު މިރާއްޖެއަށްވެސް ގެނޭ. އޭރުން އިންޑިޔާ ރޭރުވާނީ.
ދގދސެފ×
16 August 2022
ނުރުހިނުރުހި ތިބެންޖެހޭނީ. ލަންކާ އޮތީ ޗައިނާގެ މުށުތެރޭގާ.
ގެދާނޯމޮސް
16 August 2022
އިންޑިޔާ އިން ލަންކާގެ ދާޚިލީކަންކަމާ ނުބެހޭނެ ކަމަށް މިނޫޙުން އެނގިފަވެއެވެ. އަދި ބޯޓުވަނުމަށް ރުހުން އިންޑިޔާއިން ދިނީ އެހެންކަމަށް ވާއިރު ، އަނެއްކާ މީދެން ކޮންކަމެއް ހެއްޔެވެ. ފީފާއިން ބައިނަލް އަޤްވާމީ ކުޅިވަރު ބޮއިކޮޓް ކުރީމާ ނައްޓައިގެން ކުދިގައުމުތަކަށް ނުފޫޒު ފޯރުވަނީއެވެ.