މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އާޒިމް، އޭނާގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަނީ.-- ފޭސްބުކް ފޮޓޯ: އާޒިމް ފޯ މޭޔާ
04 ޖެނުއަރީ 2024 - 23:55
މާލޭގެ ބިންތަކުން ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ތަރައްގީކޮށް، އާމްދަނީ ހޯދައިދޭނެ ކަމަށް އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.
މިރޭ ބޭއްވި އާޒިމްގެ ކެމްޕެއިން ޖަލްސާގައި އޭނާ ވިދާޅުވީ މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު ވެރިކަމަށް ވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު މޭޔަރު ކަމުގައި ހުންނަވައިގެން ކުރެއްވި ކަންކަމުން ރައްޔިތުންނަށް ފައިދާއެއް ކޮށްފައިނުވާ ކަމަށެވެ.
އާޒިމް ވިދާޅުވި ގޮތުގައި އޭނާ ނުކުމެވަޑައިގެންނެވީ ދެފުށް ފެންނަ ސިޔާސަތެއް ގާއިމް ކުރަން ކަމަށެވެ. އަދި ހުރިހާ ކަމެއްގައި ތެދުވެރިވެ، އަމާނާތްތެރިވެ ރައްޔިތުންނަށް ހިދުމަތް ދެވޭ ގޮތަށް ސިޓީ ކައުންސިލް ވެސް ބަދަލު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތި ބޭފުޅުންނަށް ފެންނާނެ އެތަނަށް ލިބޭ އާމްދަނީ. ތި ބޭފުޅުންނަށް ފެންނާނެ އެ ތަނުން ކުރާ ހަރަދު. ތި ބޭފުޅުންނަށް ފެންނާނެ އެތަނުން ބިންތައް ބޭނުންކުރާ ގޮތް. ތި ބޭފުޅުންނަށް ފެންނާނެ އެތަނުގެ ބިންތަކުގައި ރަނގަޅު ކަންތައްތައް ކުރަމުންދާ މަންޒަރު،" އާޒިމް ވިދާޅުވި އެވެ.
މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އާޒިމްގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެ ޕާޓީގެ އިސް ބޭފުޅުން.-- ފޭސްބުކް ފޮޓޯ: އާޒިމް ފޯ މޭޔާ
"މިއަދު މިހާތަނަށް އެއްވެސް ސިޓީ ކައުންސިލަކުން ނެތް، ހާއްސަކޮށް އެންމެ ފަހުން މިދިޔަ މޭޔަރުގެ ބެލުމުގެ ދަށުގައި ނެތް އެއްވެސް ބިމަކުން ރައްޔިތަކަށް ފައިދާވާނެ އެއްވެސް ކަމެއް ކޮށްފައެއް ނެތް. ތި ބޭފުޅުން ހެކިވާނެ އެކަމަށް. އަޅުގަނޑުމެން އެމްޑީޕީން އަންނަނީ އިރާދަކުރެއްވިއްޔާ އެކަން ބަދަލުކޮށް، މާލެ ސިޓީގެ ރައްޔިތުންގެ ބިންތައް، މާލެ ސިޓީގެ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް އެކަންތައް ބިލްޑުކޮށް، ރަނގަޅުކޮށް އެތަނުން ނަފާ ހޯދައިދޭން. އިރާދަކުރެއްވިއްޔާ ތި ބޭފުޅުންނަށް އެ ތަން ފެނިގެންދާނެ."
މި މަހުގެ 13 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވާދަކުރައްވާ އާޒިމް ވިދާޅުވީ އޭނާއަކީ ގެއްލުމުގައި ހިންގަމުން ދިޔަ އެމްޓީސީސީ ފައިދާވާ ކުންފުންޏަކަށް ބަދަލުވިއިރު އެ ކުންފުނި ހިންގަން ހުންނެވި ބޭފުޅާ ކަމަށެވެ. އެ ބަދަލުތައް ގެނައީ ހިސާބުތައް ޖަހައިގެން ކަމަށާއި ނަމަވެސް މާލެ ރައްޔިތުންނަށް ކަމަށް ބުނެ ފުށިދިއްގަރުފަޅު ހިއްކަމުން ދިއުމަކީ ވަރަށް ބޮޑު އިސްރާފެއް ކަމަށް އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ މަޝްރޫއިން އެއްވެސް ފައިދާއެއް ނުކުރާނެ އެވެ.
އިންފްރަސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ކުރިން ވިދާޅުވެފައިވާ ގޮތުގައި ފުށިދިއްގަރުފަޅު ހިއްކަން 10 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. އެކަމަކު އާޒިމް ވަނީ އެމްޓީސީސީއަށް ފަސް ބިލިއަން ރުފިޔާއަށް އެކަން ވާނެ ކަމަށް ވިދާޅުވެ، އެ މަޝްރޫއާ މެދު ސުވާލު އުފައްދަވައިފަ އެވެ.
އާޒިމް ވިދާޅުވީ އޭނާ އިންތިހާބުކޮށްފިނަމަ ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދޭނެ ކަމަށެވެ. އަދި އެކަން ކުރާނީ ފެނާއި ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްފަހު ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
އޭގެ އިތުރުން މަގުމަތީގައި އުޅޭ ބުޅާތަކަށް ހާއްސަކޮށް ޕާކެއް ހަދައި، ލަސްވެގެން ހަ މަސް ދުވަހުގެ ތެރޭގައި އެ މައްސަލަ ހައްލުކޮށްދިނުމަށް އޭނާ ވަނީ ވައުދުވެވަޑައިގެންފަ އެވެ.
އާޒިމް ވިދާޅުވީ މި އިންތިހާބުގެ ތެރޭގައި އޭނާއަށް ވުރެ ގިނައިން މާލޭގެ ގޭގެއަށް ޒިޔާރަތްކުރި އެހެން ކެންޑިޑޭޓެއް ނެތް ކަމަށެވެ. މީހުންގެ ހިޔާލާއި ޝުއޫރު ހުރި ގޮތް އެނގިވަޑައިގަންނަވާ ކަމަށާއި ނުކުމެ ވަޑައިގެން ހުންނެވީ އެ ކަންކަމަށް ހައްލެއް ހޯދުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮޅުންސުވާލި
05 January 2024
ސުޕަމެޖޯރިޓީގައި ބާރާއެކު ދައުރެއްފުރިހަމަ ކުރިބަޔަކު ފަހުވަގުތު ވޯޓުކަރުދާސްކޮޅާއެކު ރަޖިސްޓްރީއޭކިޔާ މާލޭރައްޔިތުން ކަނޑުފެއްތި ބަޔަކަށް ދެންވެސް ކޮށްދެވޭނެކަމެއް ނޯންނާނެ.
ސޭކުސްތާން
05 January 2024
ބޭފުޅާ ތިބޭފުޅުންގެ މާލެ އަށް ބޭނުންވާކަންތައް ތިބޭފުޅާއަށް ނޭގުމަކީ ވަރައްދެރަކަމެއް. މާދަން ހަވީރު 4 ރަކުން އިރުއޮއްސި 7 ޖަހަންދެން ކުއާމޮހުދޭގެ ދޮރުމަތީ މަޱުކޮއްލާ ވަރައްރީއްޗައް މާލޭގެ ހާލަތު ފެންނާނެ ސާފުކޮއް. ޖެހިގެން އަންނަދުވަހު ހަވީރު ކަސްޓަމްސް ސަރަހައްދައް ގޮސް އެނތާއެތިބަ ފިހާރަތަކަށް ވަދެބަލަ ބޮޱުމަންޒަރު ފެންނާނެ މިހިސާބުން ސުވާލަކީ މިކަންތައް ކުރަން ކެރޭނެތޯ؟
މާލެ ޑިޕޮޒިޓް
05 January 2024
ކުއްޔަށްދޭމީހުން އެބުނާ 2މަސް ޑިޕޮޒިޓް ސަރުކާރުން ދައްކަދޭންވީ.
ސަންފާތު
05 January 2024
މިހާރުވެސް އަހަރުންނަށް ކުލިން ފައިދާވެޔޭ!
ފަހުދު.
05 January 2024
ކާކައް؟
ފެންނަގޮތް
05 January 2024
5 އަހަރުގައި ސަރުކާރާއި މަޖިލީޙާއި ހުރިހާ އެއްޗެއް ލިބިގެންވެސް ދިޔައީ އޮޔަށް ވަޔަށް..
ކަނބިލި
05 January 2024
އާޒިމު ގޯހެއްނޫން. އެކަމަކު ވަށައިގެން ތިޔަ ތިބީ އާޒިމުގެ ފިކުރާ އަރާރުންވާ ބައެއް. ވަށައިގެން ތިޔަ ތިބީ ތަރައްގީއަކީ ކޮބައިކަން ނޭގޭ ޒާތީ ތައައްސުބާއި ހަސަދައާއި އަމިއްލަ ފައިދާއަށް ވިސްނާބައެއް. މޭޔަރުކަން ލިބުނަސް އާޒިމު ބޭނުންކުރާނީ ސަރުކާރަށް ޖެއްސުންކުރުމަށާއި ރައްޔިތުންނަށް ފައިދާ ހުރި ކަމެއްކުރާ ނަމަ އެކަމަކަށް ހުރަސް އަޅާ އެކަމެއް ވިޔަ ނުދޭން. ދެން އާޒިމު ތާށިވާނީ.
އަލީމު
05 January 2024
އާޒިމަކީ ހިންގޭނެމީހެއް، އަދި ގާބިލުމީހެއް. އެކަމަކު ފޮޓޯގެ ކުރިބަރީގަ ދެންތިބީ އެކަހަލަ ބައެއްނޫން! ފަސް މިނެޓު ހަމަ ފޯނު ނުބަލާ ނީދެވޭނަމަ ގޭގައިދެބަލަ ފޯނުބަލަން! ދެން އެއިނީ މުޅިދުނިޔެވަށާ ފަސްޓްކުލާހުގަ ބުރުޖު ޖެހި މީހާ: ރައްޔިތުންގެލާރިން!
ބޯހިޔާ
05 January 2024
ބޯހިޔާވަހިކަމުގެ އަގު ޑޮލަރުންކިޔައ، 2 ކޮޓަރި 18،000. 2 މަސް ޑިޕޮޒިޓް. ހައްލެއްނެތީބާ؟
އަލްމުދިޝް
05 January 2024
މާލެ ކީޢްކުރަން ސޯލިހުދެއްވި ގޯތިތަކުންވެސް ވާރޭވެހިލާއިރަށް ޗަކަހާހެދި ފައިޖެހެނީ އަދި ދޮންނާށެވެ. ދެން ފައިދާ ވާ ގޮތްރައްޔިތުންނަށް އިތުރަށް ކިޔާނުދެއްވާށެވެ.